“އެލީ..” އެލީޒާއަށް ވީ ގޮތުން ރީހާން އަށް ހެވުނެވެ.”އެހެން ހުންނާނީ ރީހު އޯލްޑް ވާ ދުވަހުން ވެސް އައި ބެޓް..!!”ޔަޤީންކަން އެކުލެވޭ އަޑަކުން އެލީޒާ ބުންޏެވެ.”އެބަ ވިސްނަން ޕްލާސްޓިކް ސާޖަރީ އެއް ހަދަން..” އެލީޒާ ހުއްޓުމެއް ނެތި ތަޢުރީފު ކުރަން ފެށުމުން ރީހާން ބުންޏެވެ.”ނޯ ނޯ!..” ވަގުތުން އެލީޒާ ދެކޮޅު ހެދިއެވެ.”އެލީއަށް ޔަމާން އެހާ ކަމު ދަންޏާ މެރީ ކުރަން ވީއެއްނު..” ރީހާން އެއްލޯ މަރާލިއެވެ. އެ ލާނެއް ކަމާއި ހެދި އެލީޒާ މޫނު ބަނަވެގެން ދިޔައެވެ.”އިއު […]
ކައިރާގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުން ދިޔައީ އޭނާ އިސްވެ ވާހަކަ ދައްކާނެ ކަމަށް ހީކޮށް ބުނެލާނެ އެއްޗެއްގެ އިންތިޒާރުގައި ހުންނަން ޖެހުމުންނެވެ. ކުރިމަތީގައި އޭނައާ ދިމާލަށް ކަޅިޖަހައިނުލައި ބަލަމުން ދިޔަ އަންހެންކުއްޖާއަށް އަޔާން ބަލާލިއެވެ. މޫނުމަތީގައި ދަންނަ މީހެއްގެ ވައްތަރު ޖަހަމުން ގެންދާތީވެ އަޔާންވެސް ރަނގަޅަށް ބަލަމުން ގެންދިޔައެވެ. ބޮޑަށް ސިކުނޑިއަށް ވާންކޮށްލަމުން އޭނާ ދެލޯ ހަނިކޮށްލިއެވެ. އެއީ ކައިރާކަން އެނގުމުން އޭނާއަށް ހިންދިރުވާލެވުނެވެ. ބުރުގާ އަޅައި ދިގު ހެދުން ލާފައި ހުރުމުން އޭނާއަށް […]
” އަނހަ. މަންމާ ވަދޭ ވަދޭ.” ފަރީދާއަށް ބަލާލަމުން އާސިފާ ހިނިތުންވެލިއެވެ. އާސިފާއަކީ ފަރީދާގެ ދަރިފުޅު ރަމީޒްގެ އަންހެނުންނެވެ. ” މިއީ ކައިރާ ތަ؟. ބޮޑުވެއްޖެއޭ ދޯ މިހާރު” ކައިރާގެ އަތުގައި ހިފައިލަމުން އާސިފާ ވާހަކަދެއްކިއެވެ. އިސްއުފުލާލަމުން ކައިރާ ހިނިތުންވެލިއެވެ. ” އެލީޝާ ކޮބާ؟ އެމަންޖެ ލޮލުން ނުދެކޭތާ އެތައް އަހަރެއްވެދާނެ. އަދިވެސް ރާއްޖެ އަންނާކަށް ނުޅޭތަ؟” ފަރީދާ އޭނާގެ މާމަދަރިފުޅު އެލީޝާ ކޮބައިތޯ އަހާލިއެވެ. ” މަންމާ! އެލީޝާ އަދި ދެ އަހަރު އެކޮޅުގަ ނަގާނެ […]
ރީޝަމް ބަލަން ހުއްޓައި ކިޔާން ފޯނާއި ކުޅެމުން ދާން ހިނގައިގަތެވެ.”ކިޔާން..” ހިތްވަރު ކޮށްފައި ރީޝަމް ގޮވާލިއެވެ. ކިޔާން ހުއްޓިފައި ފަހަތަށް އެނބުރުނެވެ.”ހެޕީ ބާރތްޑޭ..” އިސްޖަހާލައިގެން ރީޝަމް ބުންޏެވެ. އެވަގުތު ކިޔާންއަށް ކަޑި ބަލާލެވުނެވެ. ބަރާބަރު އެގާރަ ގަޑި ފަންސާސް ނުވައެކެވެ. އުފަންދުވަހުގެ ތަހުނިޔާ ރީޝަމް އެ ކީ އެންމެ ފަހު މިނެޓްގައެވެ.”ތެންކްސް..” ޝުކުރު އަދާ ކޮށްފައި ކިޔާން ދިޔަ ދިމާއަށް ބަލަން ހުރި ރީޝަމްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.”ރީޝް!..” **21 ވަނަ ޕާޓު** ފަހަތުން […]
މާހީ ދެން ގެނައި ހަރަކާތަކީ ޒީހާން ވެސް ހައިރާން ކުރުވި ކަމެކެވެ. އަދި ކުޅިބަލަން ތިބި އެންމެން ވެސް އަނގަމަތީ އަތް އަޅާލި އިރު އެ އެންމެންގެ ވެސް ދެލޯ ވަނީ ތަންމިނަށް ހުޅުވިފައެވެ. ⋆⋆- ހަތަރުވަނަބައި -⋆⋆ މާހީ އެ މާބޮނޑި ޒީހާންގެ އަތުން ނެގި ގޮތަށް އޭތި ބިންމައްޗަށް ވައްޓާލާ އެޔަށް ފައިން އެރިއެވެ. އެ މާތަކައި އެކު ޗިސްޗިސްވެގެން އެ ދިޔައީ ޒީހާންގެ ހިތް ކަމެއް މާހީ އަކަށް ނޭގެއެވެ. […]
އެދުވަސްތައް ރީޝަމް ވޭތު ކުރީ ގޭތެރޭގައެވެ. އާނިޔާއަށް ޝައްކެއް ވެދާނެތީ ކުޑަކޮށް ބޭރަށް ނިކުމެލިޔަސް ނުލާހިކު އަވަހަށް އެތެރެއަށް ވަދެއެވެ. ކިޔާންގެ ޚިޔާލުތަކުން މިންޖު ވުމަށް ރީޝަމް ގިނަވަގުތު މާހީ އާ އެކީ އުޅެން ފެށިއެވެ. ހާނިމް އެގޭގައި އުޅޭ ދޭތެރެއަކުން ބަސް ބުނަން އުޅޭތީ ރީޝަމް ހިތްހަމަ ނުޖެހެއެވެ. އޭނާ ބަލަނީ ހާނިމް ނޫޅޭ ގަޑިއަކު ނިކުމެ އުޅެވޭތޯއެވެ.”ރީޝް.. ދޭބަލަ ފިހާރައަށް..” އެވަގުތު ހެނދުނު ސައި ހަދަން ހުރެފައި އާނިޔާ އެދުނެވެ. އަބަދުވެސް ކޮންމެސް އެއްޗެއް […]
އަށް ގަޑި ބައި ވީ އިރު ޒީހާން ހުރީ ސްވީޓްސް ރެސްޓޮރެންޓު ކުރިމަތީގައެވެ. އެ ތާނގެ އެތެރެ އަށް ވަދެ ސިޑިން މައްޗަށް އަރާ ފުރަތަމަ ފޮލޯ އަށް އެރިއެވެ. އޭރު އެ ކުލާހުގެ ގިނަ ކުދިން އައިސް ތިއްބެވެ. ޒީހާން އައުމުން އައިހަމް އޭނާކައިރި އެއްޗެކޭ ބުނެލިއެވެ. ” އޭ މާޝާ ބުނީ އޭނަ އަންނާނި އޭނަ ކަޒިން އެއް ގޮވައިގެންނޯ އެމީހުން މަންމަ މެން މާލެ ގޮސްގެން އެ މަންޖެ ހުރީ އޭނަ ކައިރީގަޔޯ… […]
އިރާ ތިއުޅެނީ ކުއްޖަކާ ރައޓެހިވެގެންތަ؟ ކޮންމެ ރެއަކު ކައިރާއާއެކު އެއުޅެނީ ކޮންކުއްޖެއް؟” ކައިރާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ފަރީދާކޮށްލި ސުވާލުން އަނގަޔަށްލި ކާއެތިކޮޅުވެސް ސައިފޮދަކާ ނުލައި ދިރުވުންވީ އުނދަގޫ ކަމަކަށެވެ. ފަރީދާ މާފާޑަކަށް ހުންނަނީ މިވާހަކައެއ އަހަންތާއެވެ. ދެމީހުންގެ ދެމެދުގައި އޮތީ ހަމައެކަނި އެކުވެރިކަމުގެ ގުޅުންކަން ކައިރާ އަންގައިލުމުން ފަރީދާގެ ހިތުގައި އުފެދިފައިވާ ޝައްކު ފިލައިގެން ދިޔައީ ކައިރާގެ މޫނުގައި އެކަހަލަ އެއްވެސް ކުލަވަރެއް ނެތީމައެވެ. ބައެއްފަހަރު މީހާ ބުނާ ބަސްތަކަށްވުރެ އެމީހާގެ މޫނުގެ ކުލަވަރާއި […]
ދެން ފްރެންޑްސް ދޯ. މަގޭ ކޮއްކޮ އީނާއާއެކު އުޅޭނީ. އޯހް. އެންމެ މުހިއްމު ތަންކޮޅުދޯ. ޝީއިސް ސިންގަލް. ފުރިހަމަ ނަމަކީ އާމިނަތު ކައިރާ އަފީފް. އުޅޭނީ ހޮސްޕިޓަލްގެ ވައަތްފަރާތު ހުންނަ ގޭގަ. ދެން ފޯން ނަންބަރ..” ” ހޯހޯހޯ. ކާމް ޑައުން ބުރޯ. ބްރީތް. ބްރީތް. ތިހާވަރު ވާކަށް އަދި ނުވެޔޭ.” ރީހާން އެއްނޭވާއިން ހުރިހާ ވާހަކަތަކެއް ދައްކަންފެށުމުން ނާއިކް ހިނިއަންނަ ގޮތްވިއެވެ. ” ހުއް. ކިޔައިދޭންޖެހޭނެނު. ތިއޮތީ ހިތްކިޔައިފަ ވިއްޔާ” ރީހާން އަދިވެސް ބެލީ ނާއިކްއާ […]