” އަހަރެން ކިހިނެއް ހަދާނީ.؟” އޭނާގެ ހިތުގެ ހާލަތު އެމީހަކާއި ހިއްސާކުރުމަށްފަހު އެންމެ ފަހުން އެލީޝާ ބުނެލީ އެހެންނެވެ. އަޔާންއާއި އޭނާއާ ދެމެދުގައި ޖެހިފައިވާ މައްސަލަތަކުގެ ވާހަކައާއި އެކަން ހައްލުކުރާނެ ގޮތެއް ބުނެދިނުމަށް އޭނާ އެދުނެވެ. ” ވަޓް؟ ބްލެކް މެޖިކް.” އެލީޝާގެ އަޑު ބާރުވެގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލެވުނީވެސް ޤަބޫލުކުރަން ދަތިވި ވަރުންނެވެ. އެކުވެރިޔާ އެފަދަ ހިރާސް ބޮޑު ކަމެއްކުރަން ލަފާދޭނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. “އާ. ވީހާވެސް ފަސޭހަގޮތަކަށް ތިކަން ހާސިލްކުރެވޭނެ ގޮތެއްމީ. […]
ބޮޑުދައިތަ ގުޅާފައި ބުނި ވާހަކަ އަކުން މާކިންގެ ހަތަރު އުދަރެސް ފެނު ޖެހުނު ފަދައެވެ. މަންމަ ވަކިވެގެން ދިޔައީ އަލްވަދާއުގެ ބަހެއްވެސް ބުނެ ނުލައެވެ. އަބަދުވެސް އޭނާ ކައިރި ރަނގަޅަށް އުޅުމަށް ބުނެއެވެ. ލޯބިން ފިރުމާ ނަސޭހަތް ދޭކަށެއް މަންމަ އެއް ދެނެއް ނުހުންނާނެ ތާއެވެ. މަލަކާ މަތިން ހަނދާން ވުމުން އަވަހަށް ގެއިން ނުކުމެ ސައިކަލުގައި ހޮސްޕިޓަލާއި ދިމާލަށް މިސްރާބު ޖެހިއެވެ. ހޮސްޕިޓަލްގެ އެތެރެއަށް ނުވަދެވެނީސް ފެނުނު މަންޒަރުން އޭނާއަށް ލިބިފައިވި ހިތާމައިގެ ކުރިއަށް […]
ކޮޓަރިއަށް ވަދެ ނިދަން އެއްޗެހި ބަދަލް ކޮށްލާ ތާޒާވެލައިގެން އައިސް ޒައިހާ ގެ ކޮޓަރި ދޮރުވެސް ހުޅުވާ ބަލައިލީ ޒައިހާގެ ހާލެއް އޮޅުން ފިލުވާށެވެ. އަރާމު ތަންމަތިގައި ހުވަފެނީ އާލަމުގައި ދަތުރުކުރަމުން ދިޔަ ޒައިހާ ފެނުމުން އޭނާ އެކޮޓަރިން ނުކުމެ އޭނަގެ ކޮޓަރި އަށް ވަނެވެ. ފޯނުހިފައިގެން އެނދުމައްޗަށް އަރައިގެން ގޮސް ވައިބާ ބަލައިލުމުން އޭނަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވި ނަމަވެސް އޭނާ އަލުން އެ ހިނިތުންވުން ތުންފަތް މަތިން ފުހެލިއެވެ. އަދި އޭނާ ނެގި […]
އިރުކޮޅެއް ނުވެ ރީޝަމް ވެސް އަންނަތަން ފެނެއެވެ. ހުއްޓިފައި ފަހަރަކު މީހަކަށް ބަލާލާފައި ރީޝަމް އިސްޖަހާލިއެވެ. އެތާ ހުންނަން ވެސް ބޭނުން ނުވީ ކަންނޭނގެ އެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޭތެރެއަށް ވަދެގެން ދިޔަތަން ބަލަން މާއިލް ހުރީ ހިނިތުންވެގެންނެވެ. ކިޔާން މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ.”ރީޝް.. އަންގާ ވެސް ނުލާ ބަލާބަލަ..” ރީޝަމް ވަތް ތަނުން އާނިޔާ ބުންޏެވެ.”ކޮން ކަމެއްތަ އަންގާ ނުލަނީ..” ވާނުވާގައި ހުރެފައި ރީޝަމް އެހިއެވެ.”ކިޔާން އެ ބުނީނު މެރީ ކުރަނީ އޭ..” […]
ގަޑިން 5 ޖަހަނީއެވެ. ނިދާފައި އޮތް ނަދާ ސިއްސައިގެން ދިޔައީ ބޮޑުދައިތައިގެ ފޯނު ކޯލަށެވެ. ފީ އަޑަކުން ‘ ހަލޯ’ އޭ ނަދާ ބުނެލިއެވެ. ‘ރަންކޮޅާ މިއީ ބޮޑުދައިތަ އެވެ ،ދަރިފުޅު އަދިވެސް ނިދަނީތަ؟ ހޭލާ އަވަހަށް ފަތިސް ނަމާދު ކުރަން. މިއަދު ފުރަން ވެސް ޖެހެއެއްނުން. ނަދާގެ ބޮޑުދައިތަ ނަސީމާ ބުންޏެވެ.’ ހިމަ ހިމަ އަޑަކުން ލައްބަ މިދަނީ އޭ ބުނެފަ ނަދާ ފޯނު ކަޑާލުމަށްފަހު ވަނީ ފާހަނައަށް ށެވެ. *************** ތާޒާވެލައިގެން ނަދާ ނަމާދު […]
ނިންދަވައިދޭންވީތަ؟” އާދޭ އަހަރެން ނާނާ ކިޔާނަން.” އެއްމިޔަކަނުން ހީލަމުން އަޔާން ވާހަކަދެއްކި ގޮތުން ކައިރާގެ މޫނަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. ކުޑަ ވަށް ބުރުގަލަކާއި ދޫހެދުމެއް ލައިގެން ހުރި ކައިރާއަށް ބަލާލަމުން ފުރަތަމަ ފަހަރަށް އަޔާންއަށް ކައިރާއާމެދު ވިސްނާލެވުނެވެ. އެމަޑުމައިތިރި މިޒާޖާއި ހެދުން އެޅުމުގައި ގެންގުޅޭ ރީތި ސިފަތައް އަޔާންއަށް ކަމުދިޔައެވެ. “ކައިރާ!” ހަމަހިމޭންކަމުގެ ސުކޫތަކަށްފަހު އަޔާން ގޮވާލިއަޑަށް ކައިރާއަށް އިސްއުފުލާލެވުނެވެ. ކައިރާ މަޑުމަޑުން ހޫމް އަޅުވާލީ އަޔާންއާ އެއްހަމައެއްގައި ހުއްޓިލަމުންނެވެ. ” ޔާން..!!!!” އެލީޝާ ގޮވާލި […]
ޒައިހާގޮވައިގެން ޒީހާން ގެއަށް ވަދެގެން ދިޔައީ ސިއްރުންނެވެ. މަންމައަށް ފެނިއްޖެނަމަ ސުވާލު ކުރާނެކަން އިނގޭތީ އެވެ. ޒައިހާ އޭނާގެ ކޮޓަރިއަށް ވަނުމުން ޒިހާން ހިނގައިގަތީ ޒިވާ ކައިރިއަށެވެ. ދެތިންފަހަރު ޒިވާ އަށް ގޮވާލާ ވި ކިހިނއްތޮ އެހުމުން ޒިވާ ޒީހާންއަށް ވީގޮތް ކިޔައިދިނެވެ. ކަން ވީ ގޮތް އެނގުމުން ޒީހާން ރުލި އައި ނަމަވެސް މާހިގެ ހާލަތު ނޭނގޭތި ކަންބޮޑުވިއެވެ. އެހެންނަމަވެސް ދެން ޒިވާ ބުނެލި ބަސްތަކުން ޒީހާންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ⋆⋆ ހަވަނަބައި ⋆⋆ […]
” އެކައިރާހޯ. މަށަށް ދެން އޭނަ ވަކިކުރަން ނޭނގޭނެތަ؟ ކަލެޔަށް ނުފެނުނަސް މަށަށް ފެނެޔޭ އެމީހުން އެކުގަ އުޅޭތަން. އެދުވަހު ހީވެގެން ފާރަލީމޭ ވަރަށް. އެންމެފަހުން ކަލޭގެ ސޮރު ކައިރީ މައެހީ އެއީ ކޮން އަންހެން ކުއްޖެއްހޭ. ބުނިހާއިރުން ބުނެފި ތިމަންނާގެ ރައްޓެއްސެކޭ. މަށަށް ވަގުތުން އެނގުނު އެދެމީހުންނަށް ހަޤީޤަތް ނޭނގޭކަން.” މީހެއްގެ ހިލަންވި އަޑު އިވިގެން ދެމީހުންވެސް ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލިއެވެ. އަނެއްކާ އެއީ ނާއިކް ހެއްޔެވެ؟ ” ދައްތާ. ފެންފުޅި ހުންނަނީތަ؟ މަސައްކަތްކުރާ […]
މާހީ މިތާ ކީތް ތި ކުރަނީ.. އެވެސް މިގަޑީ.. އަނެއްކާ..؟ ބިޓު ހިއްލަން އައިސް ދޯ؟!!!” ޒިވާ އޭނަގެ ލާނެތް ކަން މަތީ ހުރެ މާހީ އާއި ވާހަކަ ދައްކަމުން ދިޔައެވެ. ޒައިހާ ވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވެ މާހީއާއި ދިމާކުރަންފެށިއެވެ. އެމީހުން ކައިރި ކިތަންމެ ވަރަކަށް އޭނާއާއި މާކިން ރުޅިވި ވާހަކަ ބުނަން ބޭނުންވިޔަސް މާހީ ނުބުނެވުނީ އެ ދެމީހުން އޭނާއަށް ފުރުސްތު ނުދިނުމުންނެވެ. އެހެންނަމަވެސް އެވަގުތު އޭނާއަށް ފެނުނު މަންޒަރުން އަނގަ މަތީގަ ވެސް […]