Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވީމޭ އިންތިޒާރުގައި – 19

Baby Devil Level 610 Stories100 Stories
February 22, 2022 6 Mins Read
1 Comment

ގާތްގަނޑަކަށް ތިރީހަކަށް މިނެޓު ފަހުން ލިއީޝް ކުޑަކޮށް ކުކުރާލިއެވެ. ރީހާން އަވަސް އަވަހަށް ގޮނޑިން ތެދުވިއެވެ.”ޒާން..” ހޭ އެރިތަނުން ވެސް ލިއީޝްއަށް ގޮވާލެވުނެވެ. އަސަރެއް ނެތްކަމަށް ދެއްކި ނަމަވެސް ރީހާން ހިތުގައި ރިއްސާލި އެވެ. ލޯ ހުޅުވާލި ވަގުތު ކުރިމަތިން ރީހާންގެ ސޫރަ ފެނުމުން އަލުން ލޯ މަރާލީ ބޮލުގައި އަތް އަޅައިގެން ހުރެއެވެ.”އާރ ޔޫ އޯކޭ ލިއީޝް؟..” ލިއީޝްއަށް ވީގޮތް ފެނުމުން ރީހާން ކަންބޮޑުވިއެވެ. ފުރަތަމަ ބަލާލުމާއިއެކު ލޮލުން ފެނުނު ހައިރާންކަން ދެވަނަ ފަހަރަކު ނުފެނުނެވެ. ފެނުނީ ކަރުނައާއި ރުޅިވެރިކަމެވެ.”ލިޝް..” ރީހާންއަށް ނުހުރެވިގެން ލިއީޝްގެ އަތްތިލައިގައި ހިފާލެވުނެވެ. އެކަމުން ލިއީޝްގެ ރުޅި އިތުރަށް ގަދަވެގެން ދިޔައިރު އެލީޒާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

 

**19 ވަނަ ޕާޓު**

 

“ދޫކުރޭ އަހަރެންގެ އަތުން..” ލިއީޝް ހަޅޭއްލަވައި ގަތެވެ. ހައިރާންވެފައި ވާ ވަރުން ރީހާންގެ އަތް ލިއީޝްގެ އަތުން ދޫވި އެވެ.”އަހަރެމެން އެކްސިޑެންޓް ކޮށްލާފަ އެބަ ހުއްޓެއްނު އަދި މިތަނަށް އައިސް.. ކޮބާ އަހަރެންގެ މަންމަ؟ ކޮބާ ޒާން؟.. ޖަވާބު ދީބަލަ ނުދަންނަ މީހާ..” ލިއީޝް ވާހަކަ ދެއްކިއިރު ހޯސްލާފައި ކަރުނަތައް ފައިބަނީއެވެ.”އަހަންނަށް ފެނުނޭ އެ ކާރު ކައިރިން ކަލޭ..” ލިއީޝް ރޮއިރޮއިފައި އެ ދޮގު އިލްޒާމް ރީހާންގެ ބޮލުގައި އެޅުވިއެވެ. އަތަށް ގުޅާފައިވާ އައިވީ ނައްޓާލައިގެން ލިއީޝް އެނދުން ފޭބީ ރީހާން އެހުރިގޮތަށް ހުއްޓައެވެ. ހޭވެރިކަން ލިބުނީ ލިއީޝް އަތުން ފައިބަމުންދިޔަ ލޭތިކިތައް ފެނުމުންނެވެ.”ލިއީޝް.. އެލީ ނާރސްއަކަށް ގޮވާ..” ދޮރުން ބޭރަށް ލިއީޝް ނިކުންނަން ވާއިރަށް ރީހާން ހިފަހައްޓާލައިގެން ގެނެސް އެނދުގައި ބޭއްވިއެވެ.

 

އިރުކޮޅެއް ނުވެ ނަރުހަކާއި އެކީ އެލީޒާ ވަދެގެން އައެވެ. އެވަގުތު އެކްސިޑެންޓްގެ ޚަބަރު ލިބިގެން ދުވެފައި އައި ލަހުމާ އަށް ރީހާން ފެނުމުން ނުބައި ގޮތަކަށް ލޯ އަޅާލިއެވެ.”މަންމާ.. ޒާން ކޮބާތަ..” ނަރުސް ކުއްޖާ އަލުން އައިވީ ގުޅާފައި ދިއުމުން ލިއީޝް އޭނާގެ މަންމަ ކައިރީގައި އެހިއެވެ.”އެމަޖެންސީ ރޫމްގަ.. ލިއީ ހާސް ނުވޭ..” ރީހާން އާއި ދިމާއަށް ބަލާލަމުން ލަހުމާ ވާހަކަ ދެއްކިއެވެ.”އަދިވެސް ނިކުންނަން ނުވޭތަ.. މިކުއްޖާގެ އެހީތެރިޔާ މިހުރީއޭ.. ދެން ތި މީހާ ހުރުމުގެ ބޭނުމެއް ނެތް..” ރީހާން ނުގޮސް ހުރުމުން ލަހުމާ ފާޑަކަށް ބުންޏެވެ. އެލީޒާ ރީހާންގެ އަތުގައި ހިފައިގެން ވޯޑުން ނިކުތެވެ. އޭރުވެސް ޒާން އާއި ލިއަމް ނުނެރޭތީ ރީހާން ބުނީ ގެއަށް ދާނީ ލިއަމްގެ ހާލަތު އިނގުމުންކަމަށެވެ.

 

ލިއީޝްގެ އައިވީ ފުޅި ހުސްވިއިރުވެސް އެމީހުން ނުނެރެއެވެ. ކުޑައިރުކޮޅެއް ކުރިން ޑޮކްޓަރ އެއް ނިކުމެފައި ގޯހެއް ނޫންކަމަށް ބުނީ ލަސްވެގެން އެތާ ތިބި މީހުން ކަންބޮޑުވެދާނެ ތީއެވެ. އެލީޒާ ފާޚާނާއަށް ދާން ބޭނުންވާ ވާހަކަ ބުނުމުން ރީހާން އެލީޒާ ގޮވައިގެން ފާޚާނާ ބަރި ދައްކަން ދިޔައެވެ. އޭރުވެސް ލިއީޝްގެ ބަސްތަކުން ރީހާންގެ ހިތަށް ލިބިފައިވާ ޒަޚަމްތަށް ފުންކޮށް ހުއްޓެވެ. ފާޚާނާއިން ނިމިގެން ރީހާން ދިޔައިރު ލިއީޝް އިނީ ގޮނޑިއެއްގައި އިށީނދެގެންނެވެ. އިތުރު މީހަކު ފެންނަން ނެތުމުން ރީހާން ގޮސް ލިއީޝްގެ ކައިރީގައި އިށީނެވެ.”ކީއްކުރަން ތި އައީ.. އަހަރެން ވަރަށް ފޫހިވޭ ނުދަންނަ މީހުން ކައިރީގަ ހުންނަން.. ޚާއްޞަކޮށް ޖަރީމާތައް ހިންގާ މީހުން ދެކެ..” ލިއީޝް ފޫހި ފާޑަކަށް ބުންޏެވެ.”ފުރަތަމަ ކަމަކަށް.. އެ ކާރު ދުއްވަން އިނީ ލިއަމް.. އަހަރެންގެ ގެ ކައިރިއަށް އޭނަ އައީ އަހަރެން ބުނެގެން….”

 

“ތީނަ ބުނެގެން ޒާން ނޫނީ އަހަރެން މަރާލަން..” ރީހާންގެ ވާހަކަ ނުނިމެނީސް ލިއީޝް ބުންޏެވެ. އެވަގުތު ކެންޓީނުން ލިއީޝްއަށް ކާ އެއްޗެހި ގަނެގެން ލަހުމާ އައިސް ހުއްޓުނެވެ. ރުޅި ގަދަވެފައި ރީހާން ކައިރީގައި ލަހުމާ ދިއުމަށް އިޝާރާތް ކުރީ ލޮލުންނެވެ. މާޔޫސްވެފައި ރީހާން ތެދުވެ އެލީޒާ ކައިރީގައި އިށީންނަން ދިޔައެވެ. އަދިވެސް އެއްފަހަރު ލިއީޝް އާއި ދިމަ ރީހާން ބަލާލިއެވެ. އޭރު ލަހުމާ ދިޔައީ ގަދަކަމުން ކާށޭ ކިޔަމުންނެވެ. ދެރަވި ވަރުން ރީހާން އަށް ލެނގިލެވުނީ ވަރުބަލިކަން އިހްސާސްވުމުންނެވެ.”ރީހާން ހިނގާ އެއްޗެއް ކާލަން..” އެލީޒާ އެދުނެވެ. ރީހާން އިނީ ލިއީޝް ގެއްލޭ ހިސާބަށް ދާހިތް ނުވެފައެވެ.”އަހަރެން ނެތް ކާހިތެއް.. އެލީ ދާންވީނު ކައިލައިގެން އަންނަން..” ރީހާން ނޭނގޭ ކަމަށް ހަދާފައި އެލީޒާއަށް ބަލާލިއެވެ.”މަޑުކޮށްލާ..” އެލީޒާ ހިނގައިގަތުމުން ރީހާން އަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

 

އިރުކޮޅެއް ނުވެ އެލީޒާ އައީ ދެ ސަބްމެރީން އާއި ދެ އައިސް ކޮފީ ގަނެގެންނެވެ.”ހިނގާ ކާން ދޯ؟.. އެކަނި އިންނަން ނުކެރިގެން މި އައީ..” ޓިޝޫ އަކާއި އެކު އޮތް އެއް ސަބްމެރީން އެއް ދިނުމަށްފަހު އައިސް ކޮފީއެއް އެލީޒާ ދިއްކޮށްލިއެވެ.”ބަނޑުހައެއް ނުވެއޭ ބުނީމަ ވެސް.. އެލީ ދެން ކާލާ..” ލިއީޝް ނުކާން ގަދަ ހަދަމުން ދާތަން ފެނި ރީހާންވެސް ކާން ބޭނުމެއް ނުވިއެވެ. އެހެނަސް އެލީޒާ މާ ވަރަކަށް ކިޔާތީ ރީހާންއަށް ޖެހުނީ އޭގައި ހިފަންށެވެ. ރީހާން ހުއްޓާނުލައި ލިއީޝްއަށް ބަލަން އިންދައި އެންމެފަހުން ލަހުމާ ހިތްހަމަ ނުޖެހިގެން ގަދަކަމުން އަތުގައި އޮތް ޖޫސް ޕެކެޓްގެ ހޮޅި ލިއީޝްގެ އަނގައަށް ލެއްވާތަން ފެނެއެވެ. ގޮތްހުސްވެފައި ލިއީޝް މަޑުމަޑުން ކާން ފެށުމުން ރީހާން ވެސް ހިތްހަމަޖެހިގެން ކާން ފެށިއެވެ.

 

އެމަޖެންސީ ރޫމްގެ ދޮރު ހުޅުވާފައި ދެ ޑޮކްޓަރުން ނިކުތީ އެގަޑިގައެވެ.”ދެމީހުން ވެސް ރަނގަޅު.. އެކަމް ޒާން ކިރިޔާ ސަލާމަތްވީ.. ކުޑަ މިނެޓް ކޮޅެއް ލަސްވި ނަމަވެސް ސިކުނޑިއަށް ގެއްލުން ލިބުނީސް..” އެތަނުން އެއް ޑޮކްޓަރ ވާހަކަ ދެއްކިއެވެ. އޭރު ލިއީޝް އާއި ލަހުމާގެ އިތުރުން އެލީޒާ އާއި ރީހާންވެސް ޑޮކްޓަރުން ވަށާލާފައި ތިއްބެވެ.”ގަޑިއެއް ހާއިރު ތެރޭ ވޯޑަށް ބަދަލު ކުރާނެ..” އަނެއް ޑޮކްޓަރ ބުންޏެވެ. ރީހާން އޯކޭއޭ ބުނެފައި ދުރަށް ޖެހިލައި ލިހުއާން އަށް ގުޅިއެވެ.”އާދޭ ހޮސްޕިޓަލަށް.. ލިއަމް ކައިރީގައި އެބަ ޖެހޭ މަޑު ކުރަން މީހަކު..” ލިހުއާން ފޯނު ޖެހުމުން ރީހާން ބުންޏެވެ. އިރުކޮޅަކު ހުރެފައި މިދަނީއޭ ބުންޏެވެ.

 

ލިހުއާން އައުމުން ވީގޮތް ސާފު ކޮށްދީފައި ރީހާންއާއި އެލީޒާ ދިޔައީ ގެއަށެވެ. ލިއީޝްގެ އެ ދުރުކަމުން ހިތަށް ކޮށްފައިވާ އަސަރުން ރީހާންއަށް މާ ގިނަ ވާހަކައެއް ދެއްކޭ ވަރެއް ނުވިއެވެ. ގެއަށް ވަދެފައި ހުސްވެފައި ހުރި އައިސް ކޮފީ ތަށި ޑަސްބިނަށް އެޅުމަށް ފަހު ރީހާން ކޮޓަރިއަށް ވަނެވެ. ގެއަށްދާ ޚިޔާލު ނުކޮށް އެލީޒާ ވެސް ރީހާންގެ ފަހަތުން ކޮޓަރިއަށް ވަނެވެ. އޭރު ނިއްކުރި މަތީގައި އަތް ބާއްވާލައިގެން ސީލިންއަށް ނަޒަރު ހުއްޓާލައިގެން ރީހާން އޮތީ ޚިޔާލެއްގައެވެ. ނުދަންނަ މީހެއްގެ ދަރަޖައަށް ލިއީޝް ރީހާން ލާނެ ކަމަކަށް ދުވަހަކު ވެސް އުންމީދެއް ނުކުރެއެވެ. އެހާ ލޯބިން ވާހަކަ ދެއްކުމުން ރުޅިއައިސްފައި ރައްދު ދިން ގޮތުން ރީހާންގެ ހިތް ފަޅައިގެން ދާ ވަރުވިއެވެ. އެ ޚިޔާލު ތަކުގައި އޮއްވާ ރީހާން ލޯ މަޑުމަޑުން ތެމެންފެށިއެވެ.

 

“ރީހު..” ކައިރިއަށް އައިސް އެލީޒާ ގޮވާލިއެވެ. އެއަޑަށް ސިހިފައި ރީހާން އަށް އެސްފިޔަ ޖަހާލެވުނީ ކަރުނަތައް ފައިބައިގެން އައިސްދާނެ ތީއެވެ.”ސުވާލެއް ކޮށްލަންތަ؟؟..” ނާހަން އިނދެފައި އެލީޒާ އެހިއެވެ.”އެ އަންހެން ކުއްޖާއާ ރީހުއާ ގުޅުމެއް އޮވޭ ދޯ؟..” ރީހާން ބޯ ޖަހާލުމުން އެލީޒާ އެހިއެވެ. ކުއްލިއަކަށް ރީހާން އިސް އުފުލާ އެލީޒާއަށް ބަލާލިއެވެ.”އަހަރެންނަށް ފާހަގަވި.. އެކުއްޖާ ރީހު ނުދަންނަ ކަމަށް ބުނީމަ ވެސް ރީހު އެކުއްޖާ އަށް ބެލި ވަރު.. އަހަންނަށް އިނގޭ އެކުއްޖާ އިނީމަ ކާން ދާން ވެސް ދެކޮޅު ހެދީ..އެން.. ފެނުން ބަލަން ހަވާލުވެގެން އައި މީހާ އެކުއްޖާއަށް ކާން ދޭތަން ބަލަން އިނދެފަ ރީހު ކާންފެށީ ވެސް..” ކުޑަ ހިނިތުންވުމަކާ އެކު އެލީޒާ ބުންޏެވެ. އެވަގުތު ރީހާންގެ އަތް މުއްކެވުނެވެ.”އެއީ..ކުރީގެ..ކުރީގެ ފްރެންޑެއް..”

 

އެލީޒާ ފުން ނޭވާއެއް ލިއެވެ.”ދެން ކީއްވެ އޭނަ ނުދަންނަ ކަމަށް އެ ހެދީ؟.. ކުޑައިރު މައްސަލައެއް ޖެހުނީތަ؟..” ޝައުގުވެރިވެފައި އެލީޒާ ސުވާލު ކުރިއެވެ.”ނުޖެހޭ އިނގިގެންނެއް.. އަހަރެން ނިދަން ބޭނުން..” ލިއީޝްގެ ވާހަކަތައް އެހުމުން ރީހާން ހިތަށް ތަދުވިއެވެ. ނޭނގިގެން ވެސް އޭނާގެ ބަލިފަޔަކަށް ވީ ލިއީޝްއެވެ. އޭގެ އިތުރުން ރީޝަމް އާއި ރޭޝްމާ މެންނެވެ. ރީހާން އެހެން ބުނީ ސުވާލުތަކުން ރެކެން ކަން އެލީޒާއަށް ރަނގަޅަށް އިނގުނެވެ.”އޯކޭ ގުޑް ނައިޓް..” ދޮރު ލައްޕާލާފައި އެލީޒާ ކޮޓަރިން ނިކުތެވެ. އެލީޒާ ނިކުތުމާއެކު ރީހާން ބަންޑުން ޖެހުނެވެ. އިރުކޮޅެއް ވަންދެން އެހެން އޮވެފައި ރީހާން ތެދުވެ ކުޑަދޮރު ކައިރިއަށް ދިޔައެވެ. ސްނޯ ސީޒަން ނިމެން ކައިރިވެފައި ވުމާއެކު ސްނޯ ވެހޭތަން މިއަދަކު ނުފެނެއެވެ. ބޭރަށް ބަލަން ހުރެފައި މަޑުމަޑުން ރީހާން ބިއްލޫރި ގަނޑުގައި ބޯ ޖައްސާލިއެވެ. ދެން ލަންޑަނުގައި ހުންނަން ޖެހޭ ސަބަބަކީ ކޮބާ ހޭ ރީހާންގެ ހިތަށް އެރިއެވެ.”އައި މިސް ޔޫ..” މަޑުމަޑުން ރީހާންގެ އަނގައިން ބޭރުވި ޖުމްލަ ނިސްބަތް ކުރީ އޭނާގެ ހަޔާތަށް އެއް އިރެއްގައި އައި ތިން މީހުންނަށެވެ.

 

★★★

 

ބޯ ގޮވަން ކައިރި ވެފައި އިންދާ މާއިލް ގުޅަން ފެށުމުން ކިޔާން ހާސްވިއެވެ. ނުނަގަން އިނދެފައި ތިން ހަތަރު ފަހަރު ގުޅަން ފެށުމުން ނުނަގާ ހުންނާކަށް ނުކެރުނެވެ.”ކިހިނެއްތަ؟ ހާދަ ބިޒީ ކޮށްލައިގެން..ބިޓެއް ހޯދީތަ؟..” މާއިލް ސަމާސާ ރާގެއްގައި އެހިއެވެ.”އުހުނ..” ކިޔާން އިނީ އެކަހަލަ މޫޑެއްގައެއް ނޫނެވެ.”ކަލޭ ބާރތްޑޭ އަށް މަ ދަން އިނގޭ.. ޝަލީ އާ ލައު މެން ގޮވައިގެން ދަތުރެއް ހަދައިލަން..” ގަސްތުގައި ރީޝަމް ނަން މާއިލް ނުކިޔުމުން ކިޔާންގެ ހިތަށް ފަސޭހަވިއެވެ.”ދާ ހިތެއް ނެތް.. ވަރަށް ފޫހި..” ކިޔާން ދެކޮޅު ހެދިއެވެ.”ސުބުހާނަﷲ.. އަނެއްކާ ތީ ކިޔާން ތަ ހަމަ؟..” ހައިރާންވެފައި މާއިލް އެހިއެވެ.”ހޫމް..” ހައިރާން ނުވާންވީ ކީއްވެ ހެއްޔެވެ؟ ކިޔާން ދަތުރަކަށް ނޫނެކޭ އެ ބުނީ އަލަށް ވިއްޔާއެވެ.

 

“ބްރޯ އޯކޭތަ އަނެއްކާ ހުރިހާ ކަމެއް؟..” ޔަޤީން ކުރަން ވެގެން މާއިލް އެހިއެވެ.”ހޫމް ރަނގަޅޭ…” ދެލޯ މަރައިގެން އިނދެ ކިޔާން ބުންޏެވެ.”އެކަމަކު ޔޫސުފް ކިޔާން އޭ ދަތުރަކަށް ނޫނެކޭ ތި ބުނީ.. އެއީ ދުވަހަކު ވެސް ވާނެ ކަމެއްތަ؟ އެންމެ ފަހުން ވެސް ނޫނެކޭ ބުނީ މަންމަ މަރުވެގެން އުޅުން ދުވަހު އެއްނު.. އެކަހަލަ ކަމެއް ދިމާވީތަ؟..” މާއިލް ހުރީ އޮޅުން ފިލުވަން ބޭނުންވެފައެވެ.”ޕިސް.. އަހަރެން ނުވޭ އުފަންދުވަސް ފާހަގަ ކުރާ ހިތެއް..” ކިޔާން ފޫހި ފާޑަކަށް ބުންޏެވެ.”އެންމެ ރަނގަޅު..” އިރުކޮޅެއް ފަހުން މާއިލް ޖަވާބު ދިނެވެ. އަދި ކިޔާންގެ އުފަންދުވަސް އަންނަން ހަފްތާއެއް ވަރު އެބަ އޮތެވެ. ޚިޔާލު ބަދަލު ވަންޏާ އެހާއިރުން ވާނެއެވެ. ކިޔާން ބޭނުން ނުވިޔަސް އޭނަ ރަށަށް ދާނެއެވެ.

 

ރީޝަމް މަތިން ހަނދާން ވާ ވަރުން މާއިލްއަށް ގިނަ ރޭރޭ ނިދެނީ ދަންވާ ފަހުންނެވެ. ކިޔާން ކައިރީގައި ރީޝަމްގެ ވާހަކަ ނާހާލެވި ހިފެހެއްޓެނީ ކިރިޔާއެވެ. މި ފާއިތުވެ ދިޔަ މަދު ދުވަސް ކޮޅު ތެރޭގައި ގެއިން ބޭރުގައި އުޅެނީ ރީޝަމް މަތިން ހަނދާން ނުކުރުމުގެ ބޭނުމުގައެވެ. ކިޔާން ވެސް އުޅެނީ ހަމަ އެހާލުގައެވެ. އެރެއަށް ފަހު ރީޝަމްގެ ޚަބަރެއް ނުވާތީ އެހިސާބު ގަނޑުގައި ދެތިން ދުވަހު މުގޯލިއަޅައިފިއެވެ. އެންމެ ފަހުން އޮންލައިން ވެފަ އިން ގަޑި ބެލި އިރުވެސް އެދުވަހަށްފަހު އޮންލައިން އެއް ނުވެއެވެ. ގޭގައި ހަތަރުދަން އިންނަނީ އޭނާގެ ސަބަބުންހޭ ކިޔާންގެ ހިތަށް އެރިއެވެ.

 

“ރީޝް އަޅެ މިއަދު ދޭބަލަ މާހީ ގޮވައިގެން ބޭރަށް ނިކުމެލަން.. ކީއްވެފަ ތި އޮންނަނީ.. ބަލީތަ؟..” ރީޝަމް ކަމެއް ނުކޮށް ކޮޓަރީގަ މާ ގިނައިން އޮންނަން ފެށުމުން އާނިޔާ އެހިއެވެ.”ދާ ހިތެއް ނެތް..” ފަރުވާކުޑަ ޖަވާބެއް ރީޝަމް ދިނުމުން އާނިޔާ ހިތްހަމަ ޖެހޭގޮތެއް ނުވިއެވެ.”ކަމަކާ މެދު ހާސްވެފަ ހުއްޓަސް ބޭރަށް ނިކުމެލީމަ ބޮލަށް ފަސޭހަ ވެދާނެ ކަންނޭނގެ ރީޝް..” އާނިޔާ އެދުނެވެ. ދެންވެސް ރީޝަމް ދެކޮޅު ހެދީ ކިޔާން ފެނިދާނެތީ އެވެ. އިތުރަށް ކިޔާންގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް އެ ހަށިގަނޑުގައި ނެތެވެ. އާނިޔާ ހުރީ ގޮތްދޫ ކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ހުއްޓާނުލައި ކިޔަން ފެށުމުން ރީޝަމް އަށް އުނދަގޫވެގެން އެއްބަސް ވިއެވެ.

 

އެދުވަހު ރީޝަމް ހިނގީ ވީހާވެސް ކިޔާން ނުދާނެ މަގު ތަކުންނެވެ. ޕާކު ތެރެއަށް މާހީ ފޮނުވާލާފައި ރީޝަމް ގޮސް އިށީނީ ބެންޗެއްގައެވެ. ވިސްނަން އިނދެފައި އިސްއުފުލާލާ ދުރު ބަލަލާ ލުމާއެކު ފޯނެއްގައި ހުރެ ހެމުން އަންނަމުން ދިޔަ ކިޔާން ލޮލުގައި އަޅައިގަތެވެ. އެވަގުތު ވީ ކިޔާން ވެސް ބަލާލި ގަޑިއަށެވެ. ހަތަރުކަޅި ބައްދަލުވި ވަގުތު ދެމީހުންގެ ހިތް އަވަސްވި އިރު ރީޝަމް އަވަސް އަވަހަށް އިސްޖަހާލިއެވެ. އޭނާއަށް ދެރައެއް ދެވުމުން ކިޔާން މާ އުފަލުން ހުންނާތީ ރީޝަމް ފެންކަޅި ވާގޮތް ވިއެވެ. ކިޔާން އޭނާގެ ހިތް ހަލާކު ކުރުމަށްފަހު ހަމަ ޔަޤީނުންވެސް ރީޝަމް އަދި ހިނިތުންވުމެއް ނުވެއެވެ.ރީޝަމް އިސްޖަހާލުމާއެކު ކިޔާން ވެސް ނޭނގޭ ކަމަށް ހަދާލާފައި ހިނގައިގަތެވެ. އެ މޫނުމަތިން ހިނިތުންވުން ނުފެނުމުން ކިޔާންއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

 

އެންމެފަހުން ގެއަށް ގޮސް ރޯން ބޭނުންވުމުން ރީޝަމް މާހީ އަށް ގޮވައިގެން ގެނައެވެ.”ހިނގާ..” މާހީ ދޭނެ ޖަވާބަކަށް ބެލުމެއްނެތި ރީޝަމް މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ. ފަހަތުން މާހީ ތުން ދަމައިގެއް އައެވެ. ގެއަށް ގޮސް ޝަކުވާ ކުރަން ނިންމައިގެން ކަންނޭނގެ އެވެ. ކޮޓަރިއަށް ވަދެފައި ރީޝަމް އެނދުމައްޗަށް ވެއްޓިގަތީ ދޮރު ތަޅުލާފައެވެ. ބޭރުން މާހީ ބޮޑާ ހާކާ އަޑު އިވެން ފެށުމުން ރީޝަމްގެ ބޮލަށް އިތުރަށް އުނދަގޫ ވިއެވެ. ކަންފަތުގައި ބާލީސް އަޅައިގެން އޮވެ ކަރުނަ އޮއްސަން ފެށީ ހިތަށް ފަސޭހަ ވާނެތީއެވެ. މާއިލް މަތިން ހަނދާން ވީ ވެސް ކުއްލިއަކަށެވެ. މާއިލް ހުރިނަމަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޭނަ ހަމަޖެއްސޭތޯ އުޅޭނެއެވެ. އެކަމަކު ކިޔާންގެ އެކުވެރިއަކަށް ވީތީ މާއިލްއަށް އޮތް އިތުބާރު ވެސް ފުދޭވަރަކަށް ކުޑަވިއެވެ.

 

“ރީޝް.. ކީއްވެ ކުއްލިއަކަށް އައީ؟.. ހާދަ ލަހުން ތި ނިކުތީ..މާހީ ޝަކުވާ ބޮނޑި ހިފައިގެން އައިސް އޮއްސާލި..” ރީޝަމް ކޮޓަރިން ނިކުތްތަން ފެނި އާނިޔާ އެހިއެވެ.”ބޮލުގަ ރިއްސާތީ އައިސް އޮއްވަ ނިދުނީ..” ރީޝަމް ޖަވާބު ދީފައި ކާގެއަށް ވަނެވެ. އެވަގުތު ހާނިމް ގެއަށް ވަނެވެ. ކާ ހިތް ކެނޑިފައި ރީޝަމް އަށް ކުދި ކިޔައި ގަނެވުނެވެ.”ނުކަންތަ؟..” ފިނި ފެން ފުޅިއެއް ހިފައިގެން ރީޝަމް އެތެރެއަށް ވަންނަތަން ފެނުމުން އާނިޔާއަށް އެހުނެވެ.”ބޮޑާ ހާކާ.. އަހަރެން މިތަނަށް އައީމަ ނުކާން އެއުޅެނީ.. އަމިއްލައަށް ނިމި ގޮސްދާނެއްނު އެހެން އުޅެންޏާ..ފާޑު ފާޑަކަށް ބަލާނެ ކަމެއް ނެތް..” ހާނިމް ނުރުހިފައި ވާހަކަ ދެއްކިއެވެ. ރުޅި އާއި އެއްވަރަށް ރީޝަމް ދެރަ ވެސް ވިއެވެ.”އާދޭ ކާން..” ހާނިމްއަށް ލޯ އަޅާލާފައި ރީޝަމް ކައިރީގައި އާނިޔާ އެދުނެވެ.

 

އެދުވަސްތައް ރީޝަމް ވޭތު ކުރީ ގޭތެރޭގައެވެ. އާނިޔާއަށް ޝައްކެއް ވެދާނެތީ ކުޑަކޮށް ބޭރަށް ނިކުމެލިޔަސް ނުލާހިކު އަވަހަށް އެތެރެއަށް ވަދެއެވެ. ކިޔާންގެ ޚިޔާލުތަކުން މިންޖު ވުމަށް ރީޝަމް ގިނަވަގުތު މާހީ އާ އެކީ އުޅެން ފެށިއެވެ. ހާނިމް އެގޭގައި އުޅޭ ދޭތެރެއަކުން ބަސް ބުނަން އުޅޭތީ ރީޝަމް ހިތްހަމަ ނުޖެހެއެވެ. އޭނާ ބަލަނީ ހާނިމް ނޫޅޭ ގަޑިއަކު ނިކުމެ އުޅެވޭތޯއެވެ.”ރީޝް.. ދޭބަލަ ފިހާރައަށް..” އެވަގުތު ހެނދުނު ސައި ހަދަން ހުރެފައި އާނިޔާ އެދުނެވެ. އަބަދުވެސް ކޮންމެސް އެއްޗެއް މަދުވެގެން އުޅޭތީ ރީޝަމް ހުންނަނީ ފޫހިވެފައެވެ. ފިހާރައަށް ވެސް ދާންޖެހޭނީ އޭނައަށް ވިއްޔާއެވެ. ކުޑަ ގޮތަކަށް ރީތި ވެލައިގެން ރީޝަމް ބޭރަށް ނިކުތެވެ. ކައިރި ހިސާބެއްގައި ފިހާރައެއް ހުންނަ ކަމަށްވެސް އަދި ނުވެއެވެ. ހިތާއި ހިތުން އެއްޗެހި ގޮވަމުން ރީޝަމް ފިހާރައަށް ވަންނަން އުޅެނިކޮށް މީހެއްގެ ކޮނޑުގައި ޖެހިލެވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (26)

Next

އަބަދަށް އެކުގައި

Next
February 22, 2022

އަބަދަށް އެކުގައި

Previews
February 21, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (26)

One Comment

  1. Hûdhãkkø says:
    February 23, 2022 at 12:58 pm

    Alhey dhen vaane gothakaamedhu Hama visneni eyyy
    Mi part VX vrh reethi
    Next part vrh vrh vrh vrh vrh vrh vrh avahah kiyaalan libeyne kamah unmeedhu kuran ?????

Comments are closed.

Next Episodeވީމޭ އިންތިޒާރުގައި – 20←


All Right Reserved!