Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ – 5

Firewolf Queen Level 2100 Login
February 22, 2022 6 Mins Read
1 Comment

އައިލީންއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖިއެވެ. އައިލީންއަށް ނޭނގުނީ އިނގެން ޖެހުނު ތަންކޮޅެވެ. ނަމަވެސް އަޔާން ލޯބިވާ ކުއްޖަކު ހުންނަ ނަމަ އެދޭތެރެއަކަށް ވަންނާކަށް ބޭނުމެއް ނޫނެވެ. އަޔާންގެ ލޯބި ނުލިބުން އެއީ އޭނާއަށް އޮތް ގޮތް ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ވެވޭނީ ލޯތްބެވެ. ބަދަލެއް ނުވާނަމެވެ.

* ފަސްވަނަ ބައި *

މިޝްޔަލް ތައްޔާރު ވަމުން ދިޔައީ ވިޝާން ދިން ދަޢުވަތަށް ދިއުމަށެވެ. ދާން ވީ ބާއެވެ ނޫނީ ނުދާންވީ ބާއޭ ވެސް ހިތަށް އަރަމުން ދިޔައެވެ. އެކި ގޮތްގޮތަށް ވިސްނުމަށް ފަހު ނިންމީ ދިއުމަށެވެ. އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަތުކުރި ގަޑި އަޅާލަމުން ގަޑި ބަލާލިއެވެ. އޭރު ގަޑިން އަށްގަޑި ފަންސާސް ހިނގައިފިއެވެ. ތަންކޮޅެއް އަތްމަތި އަވަސް ކޮށްލަމުން ކޮޓަރީގެ ލައިޓްތައް ނިއްވާލާފަ ނިކުތެވެ. އޭރު އޮތީ އުޑުމަތި ބަނަކޮށްލާފައެވެ. އިރަކަށް ވުރެ އިރެއް ދިޔައީ ވައި ބާރުވަމުންނެވެ. ވަޔާއި މޫނު މައްޗަށް އެޅެމުން ދިޔަ އިސްތަށިތައް ކަންފަތައް ޖަހަމުން ދިޔައިރު އިރު އިރުކޮޅުން ކުޑަކޮށް ދުވެލައެވެ. ވާރޭ ކަނި ޖަހަން ފެށުމުންނެވެ. ރެސްޓޯރެންޓަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ވާރޭގެ އަޑު މުޅި މާހައުލުގައި ގުގުމާލިއެވެ. އަވަސް އަވަހަށް ހޯދީ ވިޝާން ފެނޭތޯއެވެ. ފެންނަން ނެތުމުން ކުޑަކޮށް ރުޅިވެސް އާދެވުނެވެ. އިރުކޮޅަކުން އައިސް ދާނޭ ހިތާ އެންމެ ކައިރި ހުރި ހުސް މޭޒުދޮށުގައި އިށީނެވެ. ކުއްލިއަކަށް ވަން ވިޝާން އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ ލިއުޝާގެއެވެ. ވިޝާން އައިސް ވަންއިރު މުޅި މީހާ ހުރީ ލޮޑުވެފައެވެ. ފަން ކަޅުކަން ގަދަ އިސްތަށިގަނޑު އޮތީ ތެމިގެން ނިތްކުރި މައްޗަށް ވެއްޓިފައެވެ. ލައިގެން ހުރި ކަޅު ޓީޝާޓު ވެސް ހުރީ ތެމިގެން ގަޔަށް ހިފާފައެވެ. އިސްތަށިގަނޑު ފޮޅާލަމުން ވިޝާން އައިސް މިޝްޔަލް ކުރިމަށްޗަށް ހުރި ގޮނޑީގައި އިށީނެވެ. ލިއުޝާއަށް މިޝްޔަލް ފެނުމުން ނުލަފާ ހިންޏެއް އައެވެ. ޝޯ ފެށެނީއޭ ހިތާ ގޮސް އެދިމައިން ހުރި ގޮނޑި އެއްގައި އިށީނދެ ފޯނު ވީޑިއޯއަށް ޖައްސާލިއެވެ. ” ހަހްހް.. ލަސްވީތަ؟ ސޮރީ.” ވިޝާން މިޝްޔަލްގެ ހަނދެއްފަދަ ރީތި މޫނަށް ބަލާލަމުން ބުނެލިއެވެ. ” ލަހެއްނުވޭ. ކިހިނެއްވެ އަންނަން ބުނީ؟ ” މިޝްޔަލް ހުރީ މާގިނަ ވަގުތު ހޭދަ ނުކޮށް އަވަހަށް ދާން ބޭނުންވެފައެވެ. ” ދެން ހަމަ ވާހަކަ ދައްކާލަން ކަމަށް. ” މޫނުމަތިން ކިތަންމެ ހަމަޖެހުން ދެއްކިޔަސް ވިޝާންގެ ހިތުގައި ދިޔައީ އެތަށް ކޫރެއް އިތުރުވަމުންނެވެ. މިޝްޔަލް އާއި ދުރަށް ދާން ޖެހުމުންނެވެ. އެ ހިތުގައި އަޅާވޭން ހަމަ މިޝްޔަލްއަށް ނޭނގެނީ ބާވައެވެ؟ ނުވަތަ އެނގިހުރެ ވެސް ފުރަގަސް ދެނީ ހެއްޔެވެ؟ މިޝްޔަލް ކުއްލިއަކަށް ދުރުވާންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ” ކޮން ވާހަކައެއް؟ ” މިޝްޔަލް އަހާލިއެވެ. ވިޝާން ދައްކަން އުޅޭ ވާހަކައެއް އިނގެން މިޝްޔަލް ހުރީ ކެންމަދު ވެފައެވެ. އެކަން އެ މޫނު މަތިން ވެސް ފެނެއެވެ. ވިޝާންއަށް ހީނލެވުނެވެ. ” މަޢުލޫއެއް ނެތް..” ވިޝާންއަށް ފަށާނެ ވާހަކައެއް އެއްގޮތަކަށް ވެސް ބޮލަކަށް ނައެވެ. އަހާނެ ސުވާލު ބައިވަރެވެ. އަހަން ފަސްޖެހެވެނީއެވެ. މިޝްޔަލް ހިތްހަމަ ނުޖެހިދާނެތީއެވެ. އަލުން އެވާހަކަ ފަށަން ވެސް ހިތް ދެކޮޅު ހެދިއެވެ. ހަމައެކަނި ބޭނުންވަނީ އުފާވެރި ވަގުތުކޮޅެއް އެ ހިތުގައި ރައްކާކުރަންށެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ” ދަނީ އެހެންވީރުން. ” މިޝްޔަލް ތެދުވެ ދޮރާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ވިޝާން ތެދުވެ މިޝްޔަލް އަތުގައި ހިފެހެއްޓިއެވެ. ލިއުޝާ ދިޔައީ އެމީހުންގެ ކޮންމެ ޚަރަކާތެއް ވެސް ވީޑިއޯ ކުރަމުންނެވެ. ‘ ޕިސް ޕިސް.. މިރޭ ފޯރި ފަށެއް ހުންނާނެ. ‘ ލިއުޝާ ދިޔައީ ސިނކުޑި ތެރޭ ރޭވުންތަކެއް ރާވަމުންނެވެ. ” މިޝް. މަޑުކޮށްބަލަ އިރުކޮޅަކަށް. އަދި ނުވެސް ދެވޭނޭ. އެއޮތް ވާރޭ ވެހެނީނުން.” ވިޝާން މިޝްޔަލް އައިސް ގޮނޑީގައި ބައިންދަމުން ބުނެލިއެވެ. އަދިވެސް އެ ސިނކުޑި ވަނީ ހުސްވެފައެވެ. އެހެންނޯނިއްޔާ މިޝްޔަލްއާއިއެކު އުޅޭ އިރުވެސް ވާހަކައެއް ފަށާނީ މިޝްޔަލްއެވެ. ނަމަވެސް މިއަދު ދެ ހިތުގައި ވަނީ އެއް ޚާލެކެވެ. ބުނަން ނޭނގޭ ހިތާމައެކެވެ.

މި ވާވަރު ބުނެދޭ ހިތްވޭ

ކަލާޔަށް އަންގާ ހިތްވޭ

ތި ލޯތްބަށް އެދިގެން ދާހިތްވޭ

މަގޭ ހިތް މޮޔަ ވާވަރު ވޭ

މަގޭ ހިތް ހުއްޓޭ ގޮތްވޭ

އަރާމެއް މިހިތައް ބޭނުންވޭ

ކަލާ ފެނުމުން ހީވަނީ އަހާހެންނޭ ލޯބިވޭހޭ ނިކަން

ޝަކުވާ ހިތާ ކުރެވޭ ރޮމުން

އާދޭސް ކުރާ ހިތްވޭ ރޮމުން

މިދެލޯ ފޮހެލާދޭން ކަލާ އަންނާށޭ

އިންތިޒާރުގައި ހުންނަމޭ ލޯބިން

” ހަލޯ.. ” ފޯނު ނެގުމާއި އެކު ޔަޝްފާ ބުނެލިއެވެ. ” ޔެސް ބޭބީ ” މާއިން ފޯނު ކަންފަތުގައި ޖައްސައިގެން ގޮސް އެނދުގައި އޮށޯވެލިއެވެ. ” ކިހިނެއްވެ ގުޅީ؟ ” ޔަޝްފާ ވެސް އޮތީ އެނދުގައި މާއިންގެ އަޑު އަހާހިތުންނެވެ. ” ގުޅަލީ ލޯބިން، އެހީއެއް ދޭށޭ…. “” ހޫނ ހޫން.. ދެން ކިހިނެއްތަ ވީ؟ ” ޔަޝްފާއަށް ހެވުނެވެ. ” ޔަޝްގެ އަޑު އަހާލާ ހިތުން މިއޮތީ. ނުވެސް ދެވޭނެ ވިއްޔަ ވާރޭ ވެހޭވަރުން. ” މާއިން ދެރަވާ ކަމަށް ހެދިލިއެވެ. ” އައި މިސް ޔޫ ޓޫ.. ” ޔަޝްފާ ކައިރީގައި އޮތް ބާލީހެއްގައި އޮޅުލައިގަތެވެ. ” ކީއްކުރަނީ؟” ބޯ ދަށަށް އަތްލުމުން މާއިން ވާހަކަ ދެއްކިއެވެ. ” ނުކުރަން ކަމެއް. ހަމަ އޮތީ.” ޔަޝްފާ ބުނެލިއެވެ. ” އެހެންތަ. މާދަން ވާނެ މީޓް ވާން. ” މާއިން އެދުނެވެ. ” ޔެސް. ދެން ބޭއްވިއްޔޭ ވަރަށް ވަރުބަލި ވެފަ މިހިރީ. ނިދި ވެސް އައިއްސި. ގުޑް ނައިޓް.” ޔަޝްފާގެ ލޮލަށް ބަރުވާން ފެށިއެވެ. ” އޯކޭ. ގުޑް ނައިޓް.”

އަފްޝާ އޮތީ މިޝްޔަލް ބޭރަށް ދިޔައީމަ ފޫހިވެފައެވެ. ކުރާނެ ކަމެއް ނޭނގިގެން ފޯނު ހާވަން ފެށިއެވެ. އިންސްޓަގްރާމަށް ވަންތަނުން އައިއްސަ އިން ފޮލޯ ރިކުއެސްޓެއް އެކްސެޕް ކޮށްލިއެވެ. ހަދާފަ އިން ފޭކް ޔޫޒާރނޭމްއަށް ބަލާލާފައި އެއީ ފިރިހެނެއް ކަން އިނގެއެވެ. އިތުރު މަޢުލޫމާތެއް ލިޔެފަކާ ނެތެވެ. އެކިއެކި ޕޯސްޓްތަކަށް ލައިކް ދޭން އޮއްވާ އެމީހާގެ މެސެޖެއް އައެވެ. ‘ ހައި ‘ އެކެވެ. އަފްޝާ ވެސް ‘ ހައި’ ޖެހިއެވެ. ‘ ތީ ކޮން ރަށެއްގެ ކުއްޖެއް؟ ‘ އެ ފިރިހެން ކުއްޖާ އެ ސުވާލު އެހުމުން އަފްޝާ ދޭނެ ޖަވާބެއް ވިސްނިއެވެ. މިނެޓެއް ހާއިރު ފަހުން ‘ އަމް ސޮރީ ބަޓް ނެތް ބުނެވޭކަށް. ‘ އެހެން ޖެހުމަށްފަހު ފޮނުވިއެވެ. ‘ އޮހް. އައި އަންޑާސްޓޭންޑް. މޭބީ އައިލް ގޯ ފަސްޓް. ‘ އެ ރިޕްލައިއަށް އިޚްތިރާމުކުރަމުން އަފްޝާ ‘ އޯކޭ ‘ ޖަހާލިއެވެ. ކުއްލިއަކަށް އައި މެސެޖްއަކުން އަފްޝާއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.

ދެމީހުނަށް ވެސް ތިބެވުނީ އަނިކެއްގެ މޫނަށް ކަޅި ހުއްޓިފައެވެ. ދައްކާނެ ވާހަކައެއް ދުލަކުން ބޭރެއް ނުވިއެވެ. ‘ މި ދެން ކިހިނެއްވެފަ ތިބެނީތަ! ‘ ލިއުޝާ ކުރި ވީޑިއޯ ނިޝްފާއަށް ފޮނުވާލިއެވެ. ވަގުތުން އެ ‘ ސީން ‘ އަށް އެރިއެވެ. އިރުކޮޅެއްވި ތަނުން ނިޝްފާ ގުޅަން ހެދިއެވެ. ” އޭނ މިކަންތައް ގަނޑު ނިންމާލާ. ” ނިޝްފާ ހުރީ ރުޅި ފަށެއް އައިއްސައެވެ. ” ތިބުނީ މިޝްޔަލްގެ ދުވަސް ދުއްވާލަން ދޯ؟ ” މީހަކަށް އަޑު އިވިދާނެތީ ލިއުޝާ ވާހަކަ ދައްކަން ޖެހުނީ ވަރަށް މަޑުންނެވެ. އޭނަ ވެފަ ހުރި ތައްޔާރީތައް އެއަޑުން ނިޝްފާއަކަށް ނަގައިގަންނުވައިދޭ ވަރެއް ނުކުރެވުނެވެ. ” އާނ ދެން ތި ކުރާ ކަމެއް ކުރާއިރު ބަލައިގެން އުޅޭ ތި. ކަމެއް ގޯސް ވެއްޖިއްޔާ ވެސް ބުނާތި. ބޭއްވީ.” ފޯނު ކަނޑާލުމުން ލިއުޝާ މިހާކަށް ގުޅަމުން ބޭރަށް ނިކުތެވެ.

” އަމްމް.. އެއޮތް ވާރޭ ހުއްޓާލީ ދާނަންތަ ހިނގާލަން؟ ” ވިޝާން އެހެން ބުނުމުން މިޝްޔަލް މަޑުމަޑުން ބޯޖަލާލިއެވެ. މަޑު ހިނގުމެއްގައި ދެމީހުން ގޮސް ހުއްޓުނީ ޖެޓީ ކައިރީގައެވެ. ވައި ބާރު ކަމުން ހީވަނީ މީހަކުވެސް ވިއްސާލަފާނެ ހެންނެވެ. މިޝްޔަލްއަށް މާބޮޑަށް ފިނިވާން ފެށުމުން ދެއަތް ވައްކޮށްލިއެވެ. ” މިޝް. ދެން އަނބުރާ ތި ލޯތްބެއް ނުލިބޭނެތަ؟ ” ވިޝާން އެހެން ބުނުމުން މިޝްޔަލް އެ މޫނަށް ބަލާލިއެވެ. އެމޫނު ރޮއެރޮއެ އާދޭސް ކުރާފަދަ އިޚްސާސެއް ކުރެވުނެވެ. މިޝްޔަލް އަވަހަށް އެހެން ދިމާއަކަށް ބަލާލިއެވެ. ނުރޮއެވޭ ތޯއެވެ. ” ހްމްމް..” މިޝްޔަލް އެހެން ކިތަންމެ މަޑުން ބުނި ނަމަވެސް ވިޝާން ކަންފަތާއި ހަމައަށް ފޯރިއެވެ. ” އޯކޭ. މި އަހަރެމެންގެ އެންމެ ފަހު ބައްދަލުވުން ކަމަށް ބަލާ… ދެން އަހަރެން މިޝްޔަލްއާއި ދިމާނުވެދާނެ.. އުފާވެރި ޚަޔާތަކަށް އެދެން. ” މިޝްޔަލްގެ މޫނަށް ބަލާލާފަ ހީނލަމުން ވިޝާން ހިނގައިގަތެވެ. މިޝްޔަލް ދެލޯ މަރާލިއެވެ.

” ވަޓް؟ ” އަފްޝާއަށް ބާރަކަށް ބުނެވުނެވެ. ” އަނިއްކާ މީނާ ދޮގު ނޫންބާ މިހަދަނީ؟ ” އަވަސް އަވަހަށް ޓައިޕް ކުރަމުން އަފްޝާ މެސެޖް ފޮނުވާލިއެވެ. ‘ ހަމަ އަސްލުތަ؟ ‘ އިރުކޮޅަކުން ރިޕްލައި އައެވެ. ‘ ޔެސް. ކިހިނެއްވީ؟ އެއްރަށެއް ތަ؟ ކޮން ކުއްޖެއް؟ ‘ އަފްޝާ ހުރީ އެ ކާކު ކަން އިނގެން ޝައުޤުވެރިވެފައެވެ. ‘ ޔެސް އެއް ރަށެއް. ލެޓްސް މީޓް. ބަނދަރަށް އާދެވޭނެތަ މިގަޑީ؟ ‘ ރިޕްލައިއަށް އިންތިޒާރު ކުރަމުން އަފްޝާ އެނދުން ތެދުވެލިއެވެ. ‘ އޯކޭ. އެބަ ދަން. ލަސްނުކޮށް އަންނަށްޗޭ. ‘ އަފްޝާ ހުމް އެކޭ ޖަހާފަ އަވަސްއަވަހަށް ރީތި ހެނދުމެއް ނެގިއެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން އައިސް ބުރުގާ އަޅާލިއެވެ. ” އަނިއްކާ އެއީ ބޭޑް މީހަކަށް ވެއްޖިއްޔާ ކިހިނެއް ހަދާނީ؟ ނުދާންވީ ކަންނޭގެ. އުހޫނ އޭނަ ވާހަކަ ދެއްކި ގޮތުން ހިޔެއް ނުވޭ. ޕިސް އަޅެ ދާންވީބާ؟ ” އަފްޝާއަށް އެކި ޚިޔާލުތައް ވެރިވަމުން ދިޔައެވެ. އެންމެފަހުން ގޮތެއް ނިންމާފަ ދާން ނިކުތެވެ. އޭރު ގަޑިން 11:57 ވެއްޖެއެވެ.

ދާން ނިކުންނަނިކޮށް މިޝްޔަލް ހުންނަ ކޮޓަރީގެ ހުޅުވިފަ އިން ދޮރު ފެނުނެވެ. ‘ އަދި މިޝްޔަލް ނާންނަނީތަ؟ ‘ ގުޅަން އުޅެއުޅެފައި ވެސް އެނުދަންނަ މީހާމަތިން ހަނދާންވެގެން ލަސްވެދާނެތީ ނުގުޅާ ނިކުތެވެ. މަގުމަތި އޮތީ ވަރަށް އަނދިރި ކޮށެވެ. އެ ހިސާބުގައި ހުންނަ ހޮޅިދަނޑި ހުރީ އަނދާފައެވެ. އިރު އިރުކޮޅާ ފަހަތް ބަލާލެވެނީ މާބޮޑަށް ބިރުގަންނަން ފެށުމުންނެވެ.

މިޝްޔަލް މަޑުމަޑުން ދިޔައީ ގެއާ ދިމާއަށެވެ. ލޮލަށް އެއްވަމުން އައިހާ ކަރުނައެއް އޮހެމުން ދިޔައެވެ. މީހަކު ފަހަތުން އަންނަ އިހުސާސެއް ވެގެން ފަހަތަށް އެނބުރިލިއެވެ. ނަމަވެސް އެ މަގުގައި މިޝްޔަލް ނޫން މީހެއް ނެތެވެ. ހީވި ކުއްހީއަކަށް ހަދާފަ ހިނގައިގަތެވެ. ނަމަވެސް ބޯމަތީ ހުރި ހޮޅިދަނޑީގެ ސަބަބުން މީހެއްގެ ދިގު ހިޔަނި ފައި ކައިރިއަށް އެޅުނުތަން ފެނުނެވެ. މިޝްޔަލް ހާސްވިއެވެ. ބާރު ބާރަށް ހިނގައިގަތެވެ. އެމީހަކަށް އިނގިގެން އޭނާގެ ހިނގުން ބާރުވިކަން ވެސް އިނގުނެވެ. މިޝްޔަލް ދުއްވައިގަތެވެ. ހަމައެފަދައިން ފަހަތުން އައި މީހާގެ ފިޔަވަޅުތަކުގެ އަޑު ވެސް އިވެން ފެށިއެވެ. މިޝްޔަލްއަށް ގޮސް ގެއަށް ވަދެވަދެވި ހުއްޓާ ފަހަތުން މީހަކު އައިސް އަނގަމަތީ އަތް އެޅިއެވެ. ދެތިން ސިކުންތަކަށް ފަހު މިޝްޔަލް ނޭވާ ހާސްވެގެން އެމީހާ އަތްދަނޑި މައްޗަށް ވެއްޓުނެވެ.

އަފްޝާ ގޮސް ޖެޓީ މައްޗަށް އެރިއެވެ. މުޅި އެ ހިސާބަށް ލޯ ހިންގާލިއެވެ. އެމީހަކަށް ވެދާނެ މީހެއް އެހިސާބަކުން ނުފެނެއެވެ. އިރުކޮޅަކު މަޑުކޮށްލަން ކައިރި ހިސާބެއްގައި ހުރި ބެނޑެއްގައި އިށީންނަން ދިޔައެވެ. އިންސްޓަގްރާމަށް ވަދެލިއިރު އެމީހާ އޮންލައިންގަ އިންކަމަކަށް ނުދައްކައެވެ. ކުއްލިއަކަށް ފަހަތުން މީހަކު ޕޮއް ކިއެވެ. އަފްޝާ ސިއްސައިގެން ގޮސް އެތަނުން ނުވެއްޓުނީ ކިރިޔާއެވެ. މޫނަށް ބަލާލިއިރު އެއީ ޔައިޝްއެވެ. ” ޔައިޝް..” އަފްޝާ އެހެން ބުނެލި ގޮތުން ޔައިޝް ފާޑަކަށް ބަލާލިއެވެ.

” ހުމްމް މީ މަށޭ. ކިހިނެއްވެފަ؟ ބިރެއް ފެންނަނީތަ މަގޭ މޫނުން.” ޔައިޝް އަފްޝާ ކައިރި އެކެއްގެ ޖާގަ ބައިންދަމުން އިށީނދެލިއެވެ. ” ނޯން. ޔައި މިތާ ކީއްކުރަނީ؟ ” ޔައިޝް އެމީހާއަށް ވެދާނެ ކަމުގެ ޝައްކުކުރެވުނެވެ. ” އަމް.. މިދެން ހަމަ އައިސްލީ.” ޔައިޝް ކަމެއް ސިއްރުކުރި ކަމެއް އަފްޝާއަކަށް ނަގައެއްނުގަނެވުނެވެ. އެއަށްވުރެ އޭނާ މާ ސަމާލުކަން ހުރީ އެމީހާގެ އިންތިޒާރެއްގައެވެ. ” ކޯއްޗެއް އަފޫ ތި ހަދަނީ މިތާ މާ ލަސްވަންދެން؟ ” އަފްޝާގެ މޫނަށް ބަލާލަމުން ޔައިޝް އެހިއެވެ. ” ހިތައްއެރީ ވާރޭ ހުއްޓާލީމަ އައިސްލާނިއްޔޭ. އެހެންވެ. ” އަފްޝާ ވެސް އޭނަ އައި މަޤްޞަދު ސިއްރުކުރިއެވެ. އަފްޝާ ދޭތެރެއަކުން މަގުމައްޗަށް ނަޒަރު ހިންގާލައެވެ. ޔައިޝް ވެސް އަފްޝާއަށް ނޭނގުނު ނަމަވެސް އިރުއިރުކޮޅާ ބަލައިލައެވެ.

މިޝްޔަލް ހޭއެރިއިރު ބޮލަށް އެނބުރުމެއް އަރާފައި ހުއްޓެވެ. ހުރެވުނު ތަނަށް ބަލައިލެވުނެވެ. އެއްޗެއް ފެންނަ ވަރެއް ނޫނެވެ. ކަޅު އަނދިރި ގަނޑެކެވެ. މުޅި ގަޔަށް ހުރީ އެހެން ކަހަލަ ތަދެއް އަރާފައެވެ. ތެދުވަން އުޅުނު އިރު އަތް ހުރީ ފަހަތަށް ބަނދެފައެވެ. އަނގަމަތީ ފޮތިގަނޑެއް އައްސާފަ އޮތް އިޙްސާސް ވެސްވީ ދެނެވެ. މީހައަށް ހޭވަރިކަންވިއެވެ. މަގުމަތި ވިކަންތައް ވެސް ހަނދާންވިއެވެ. ހަޅޭއް ލަވައިގަންނަން އުޅެއުޅެ ވެސް އަރުން އަޑެއް ނުނިކުތެވެ. ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. މިޝްޔަލް ބިރުން ދާހިއްލަން ފެށިއެވެ. ހިތް ނުހުއްޓި ތެޅެމުން ދިޔައެވެ.

 

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Firewolf Queen

Level 2100 Login

Other Articles

Previous

ފުރިހަމަ ހަނދުވަރު 3

Next

ބުނެބަލާ ލޯބިވޭ 9

Next
February 23, 2022

ބުނެބަލާ ލޯބިވޭ 9

Previews
February 22, 2022

ފުރިހަމަ ހަނދުވަރު 3

One Comment

  1. Hûdhãkkø says:
    February 23, 2022 at 1:17 pm

    Love this story ????
    This story seem like very interesting
    Btw mi part VX vrh vrh vrh vrh vrh reethi ????????

Comments are closed.

Next Episodeނުވާނަމޭ ބަދަލެއް ހުވާ ޔާރާ – 6←


All Right Reserved!