އަންޖަލް (17)
އަންޖަލް ހުއްޓުން އެރީ ކީއްވެ ކަމެއް އޭނާއަކަށް ވެސް ނޭގުނެވެ. ޖައިޝްއާ ހަތަރު ކަޅި ހަމަ ކޮށްލެވުނު ވަގުތު އަންޖަލްގެ ހިތުގައި މަޑުމަޑު ވިންދެއް ޖަހަމުން ދިޔައެވެ. އަމިއްލަ ހިތް ހުއްޓުވޭތޯ މަސައްކަތް ކުރަމުން އަންޖަލް އަވަސް އަވަހަށް އެތެރެއަށް ވަންނަން ހިގައިގަތެވެ. އެވަގުތު މައި ދޮރުން ވަދެގެން ފުންމަމުން ފުންމަމުން ޖޫދު އައެވެ. އައި ގޮތަށް އައިސް އަންޖަލްގެ އަތުގައި ހިފާ ދެފަރާތަށް އަބުރާލިއެވެ. ޖޫދު ހެވިފައި ހުރިވަރުން އަންޖަލް ގާތަށް ހިނިއައެވެ. ކިހިނެއްވީތޯ އަހާލިއެވެ. ޖޫދު ބޭނުންވީ އޭނާ އަށް ލިބުނު އުފާވެރި ހަބަރު އެންމެ ފުރަތަމަވެސް އަންޖަލްއާ ހިއްސާ ކުރާށެވެ. އެގޮތުން އަތުގައި އޮތް ގަޑުކޮޅު ނަގާ އަންޖަލް އަށް ދިއްކޮށްލިއެވެ.
” ޖޫދު އިސްހާޤު… އެއްވަނަ.. އަލްހަމްދުލިއްﷲ ޖޫދޫ..” ޖޫދު ގެ ދެކޮލުގައި ހިފާ އަންޖަލް ބާރުކޮށްލިއެވެ. އޭލެވެލް އިން އެއްވަނަ ޖޫދު ގެނައުމަކީ އަންޖަލް އުފާވާކަމެކެވެ. އަންޖަލް ދެކެނީ ޖޫދުއަކީ އޭނާގެ އާއިލާ އޭނަގެ ބޭބެއެއްގެ ގޮތުގައެވެ. މަހުގެ ގޮތުން ޖޫދު އަންޖަލްއަށް ވުރެ 7 މަސް ބޮޑެވެ. ދެމީހުންނަކީވެސް އެއް އުމުރެއްގެ ދެމީހުންނެވެ. ޖޫދު ގޭތެރެއަށް ވަދެގަންނަމުން ފަހަރަކު މީހަކަށް ގޮވަން ފެށިއެވެ. އިސާހިތަކު އެންމެންވެސް ސިޓިންގް ރޫމަށް ނިކުތެވެ. ޖައިޝްވެސް ހުސްތަށި ހިފައި ތިރިއަށް ފައިބަން އައެވެ.
” ދަރިފުޅާ މާ ބާރަށް ހާޅެއްތިލަވަނީ އޯ.. ތަނެއްގަ ރޯވީތަ..” އިސްހާޤު ސަކަ ގޮތަކަށް ބުނެލިއެވެ.
” ބައްޕާ ރޯނުވިއްޔާ ދެރަތަ… އަހަންނަށް..” ޖޫދުއަށް އުފަލުން ގޮސް ރޮވޭގޮތް ވިއެވެ. އަތުގައި އޮތް ގަޑު ކޮޅު އާތިކާއަށް ދިއްކޮށްލިއެވެ. އާތިކާ ގަޑުކޮޅު ބަލާލުމަށްފަހު އިސްހާޤަށް ދިއްކޮއްލިއެވެ.
” މި ދަރި މިހިރީ ހަމަ އިސްހާޤު ދަރުވާލަން ނިންމައިގެން.. ދެން ދީ އަވަހަށް އެޕާރޓްމެންޓް ތަޅުދަޑި..” އާތިކާ ބުނެލިއެވެ.
***
މުޅި ގޭތެރެއަށް ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ. ގޯތިތެރެ ޒީނަތް ކުރަމުން ގެންދިޔައީ މިރޭގެ ޕާރޓީއަށެވެ. ޖޫދުއަށް އެއްވަނަ ލިބުމުން އާއިލާ މީހުންނަށާއި ރައްޓެހިންނަށް ދައުވަތު ކާޑޫވެސް ވަގުތުން ވަގުތަށް ހަދާ އިސްހާޤު ފޮނުވިއެވެ. އަންޖަލް ކޮޓަރީގައި ޖޫދު ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވަދެ ބޯދިއްކޮލިއެވެ.
” އަންޖޫ…” ޖޫދު އަންޖަލް ފެންނަން ނެތުމުން ގޮވާލިއެވެ. އިރުކޮޅަކުން އަންޖަލް ފާހަނައިން ނިކުތެވެ.
” އާން ޖޫދު ކީކޭ..”
” އެއްކަލަ ކުއްޖާ ގެނެވޭނެތަ މިރޭ ޕާރޓީއަށް..” ޖޫދު ބުނީ ފައިހާގެ ވާހަކަކަން އަންޖަލް އަށް އެގުނެވެ.
” ކޮންކަލަ ކުއްޖާއެއް.. ނަމެއް ނެތް ކުއްޖެއް އަހަރެން ކިހިނެއް ގެންނާނީ..” އަންޖަލް ގަސްދުގައި ޖޫދު ލައްދު ގަންނަވާލަން ބުނެލިއެވެ.
” ފައި… އަންޖޫގެ ބެސްޓީ.. ދެން ހަމަ އަހަރެން ނުބުނިއްޔާ ނޭގޭދޯ..” ޖޫދު މިހެން ބުނުމަށްފަހު ލަދުން އަވަހަށް ދިޔައެވެ. ޖޫދުއަށް މިހާރަކަށް އައިސް ފައިހާ އާ ދޭތެރޭ ވިސްނެއެވެ. ފައިހާގެ މިޒާޖު ޖޫދުއަށް ވަރަށް ކަމުދެއެވެ. އަންޖަލް ފޯނު ނަގާ ފައިހާއަށް ގުޅާލުމަށްފަހު އެގެއަށް މިރޭ އައުމަށް ދައުވަތުދިނެވެ. ޖޫދު ބުނެގެންނޭ ބުނުމުން ފައިހާ އުފަލުން ނުފޮޅުނީ ކިރިއާއެވެ.
އަންޖަލް ހިޔާލެއްގެ ތެރޭގައި ގެއްލިފައި އިނެވެ. މިއަދު ޖުނާން އަންނާނެބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ޖުނާން ނުފެންނަތާ މިހާރު ހަފްތާއެއް ވެއްޖެއެވެ. އަދިވެސް ޖުނާން މަތިން އަންޖަލް ވަރަށް ހަދާންވެއެވެ. ނަމަވެސް ފައިހާގެ ސަބަބުން ކަމެއް ނުވާކަމަށް ހަދާލައިން ހުންނަނީއެވެ. އަންޖަލް ފޯނު ނަގާ ޖުނާންގެ ނަންބަރަށް ގުޅާލިއެވެ. ދެތިން ފަހަރު ގުޅި އިރުވެސް ފޯނު އޮތީ ނިއްވާލާފައެވެ. އަންޖަލް ކުޑަކޮށް ކަންބޮޑުވިއެވެ. ފޯނުން ޖުނާންއަށް އަނެއްކާވެސް ޑައިލް ކޮށްލިއެވެ. ކާރޓެން ކައިރީ އެޔާ ކުޅެލަ ކުޅެލާ އަންޖަލް ހުރީ ޖުނާންގެ އަޑު އެއްފަހަރުވެސް އަހާލުމުގެ އިންތިޒާރުގައެވެ. ޖައިޝް ބެލްކަންޔަށް ނުކުތް ކަމެއް އަންޖަލްއަކަށް ނޭގެއެވެ. ޖައިޝް ނިކުމެ އަންޖަލް ދޮރު ކައިރީ ހުރިތަން ފެނުމުން އަންޖަލްއަށް ފުން ނަޒަރަކުން ބަލަހައްޓައިން ހުރެވުނެވެ. އަންޖަލް އާ ވާހަކަ ދައްކަން ޖައިޝް އިންތިހާއަށް ބޭނުމެވެ. ނަމަވެސް އަންޖަލް އޭނާދެކެ ރުޅި އައިސް ހުރިކަމަށް ޖައިޝްއަށް ހީވަނީއެވެ. އަނެއްކާ އަންޖަލް ބަލިވެ އޮތް އިރު ވެދިޔަކަންތައް އަންޖަލް ހަދާން ހުރީ ބާއެވެ. އަންޖަލް އެއްލި ކަޅިއަކުން ޖައިޝް ހުރިތަން ފެނުނެވެ. ބޭ އިހްތިޔާރުގައި އަންޖަލްއަށް ދޮރު ފޮތިގަޑު ކަހާލެވުނެވެ.
- މީ މޮޔަވެގެން އުޅޭ ހިތެއްތަ.. ޖައިޝް ފެންނައިރަށް މިއަށް މިވަނީ ކީއްތަ….-
އަންޖަލް ހިތާ ހިތުން ކިޔާލިއެވެ. އާނ އެކެވެ. މިހާރަކަށް އައިސް ޖައިޝް ފެންނަ ކޮންމެ ފަހަރަކު އަންޖަލްގެ ހިތް ތެޅެއެވެ. ޖައިޝްގެ ކައިރިއަށް ދާން ބޭނުންވެއެވެ. އޭނާގެ ހިތް އޭނާ އަށް ކޮންޓްރޯލް ނުވެދާނެތީ އަންޖަލް އިންތިހާއަށް ބިރުގަނެއެވެ. ޖައިޝް ބަސް ހުއްޓިފައި ދޮރާ ދިމާލަށް ބަލަހައްޓައިން ހުރެވުނެވެ.
***
ރީތިވެލައިން ތިރިއަށް ފޭބި އަންޖަލް އަށް އެވަގުތު ގެއަށް އައިސް ތިބި އެންމެންގެ ނަޒަރު ހުއްޓުނެވެ. އަންޖަލްގެ ޖާދުވީ ހަށިގަޑަކީ ކޮންމެ ފިރިހެނަކުވެސް ބޭނުންވާނެފަދަ ރީތި ކަމެކެވެ. ފެން ބޮވައިގަނެފައި ހުރިވަރުން އަންޖަލް އައިސް ކާގެއަށް ވަދެ ފެންތައްޓެއް އަޅާއިން ބޯން ފެށިއެވެ.
” ކަލޭ ކަރުން އެއްޗެއް އެބަދޭދޯ… އަހަންނަކަށް ނޭގެ މަގޭ ދަރި ހުރީ ކައިގެން ކަމެއް ނުކައި ކަމެއްވެސް..” ފަހަތުން އައި އަސްމާގެ އަޑު އިވުމުން އަންޖަލް ދިޔައީ ސިއްސައިންނެވެ. މީ އަސްމާ މިފަދަ ގޮތަކަށް އަންޖަލްއާ މުހާތަބު ކުރި ފުރަތަމަ ފަހަރެވެ.
” ދައްތާ އަޅުގަޑު..” އަންޖަލް ފަހަތަށް އެބުރި ބަލާލަމުން ވާހަކަ ދައްކަން ފެށިއެވެ.
” ކޮން އަޅުގަޑެއް މަޅުގަޑެއް ކިޔާކަށް.. އަންޖަލް މިއަދު ތިރިއަށް ފައިބައިގެން ނުވާނެ…. އަހަރެން ބޭނުމެއްނުން އަހަރެންގެ ދަރިފުޅަށް ހިތާމަތަކެއް ދީފަ އަންޖަލް އުފަލުގަ ހީ މަޖާކޮށް އުޅޭތަން ބަލާކަށް..” އަސްމާ ރުޅިއައިސްފައި ބުނެލިއެވެ. އަސްމާގެ މި ބަސްތަކުން އަންޖަލްގެ ހިތުގައި ޖެހުނެވެ. ލޮލުން އައި ކަރުނަތަށް ފޮހެމުން ސިޑިއާ ދިމާލަށް ދުއްވައިގަތެވެ. އެވަގުތު ސިޑިން ފައިބަމުން އައި ޖައިޝް އަންޖަލްގެ އަންޖަލްގެ އަތުގައި ހިފާލިއެވެ. އަންޖަލްގެ ލޮލުން ކަރުނަ އައިސް ހުރިތަން ފެނުމުން އަތްމުއްކަވާލެވުނެވެ. އަންޖަލް ޖައިޝްގެ އަތުން ވީއްލިގަތުމަށްފަހު ކޮޓަރިއަށްވަދެ އެދުމައްޗަށް ވެއްޓިގަތެވެ. ހިތްފުރެންދެން އަންޖަލް ރުއި އެވެ.
” އަންޖޫ… އަންޖޫ..” އަދިރިކޮށްފައި އޮތް ކޮޓަރި ތެރެއަށް ވަދެ ބޮކި ދިއްލާލަމުން ފައިހާ ގޮވާލިއެވެ. އެދުގައި ބަންޑުން އޮތް އަންޖަލް ފެނުމުން އެދުގައި އައިސް ފައިހާ އިށީދެލިއެވެ.
” ބަލާބަލަ މަށައް ދައުވަތު ދީފަ އަންޖޫ ތި ނިދަނީ..” ފައިހާ އަންޖަލްގެ ފޫކޮޅުގައި ޖަހާލަމުން ބުނެލިއެވެ.
” ފައި..” އަންޖަލް ތެދުވެ ފައިހާގެ ގައިގާ ބައްދާލައިން އިދެ ރޯން ފެށިއެވެ. ކޮޓަރީގެ ދޮރުވެސް ހުރީ ހުޅުވާފައެވެ. ފައިހާ އަންޖަލް ދުރުކޮށްލުމަށްފަހު އަންޖަލްގެ މޫނަށް ބަލާލިއެވެ. ކޮށްފައި ހުރި މޭކަޕް އެއްކޮށް ހުރީ ހަޑިވެފައެވެ. ފައިހާ ތެދުވެގެން ގޮސް ދޮރު ލައްޕާލަން ދިމާ ކުރި ވަގުތު ޖައިޝް އެ ކޮޓަރީ ދޮރު ބޭރުގައި ހަށަންބަދެލައިން ހުރިތަން ފެނުނެވެ.
” އަންޖޫ.. ކިހިނެއްތަވީ.. ޖުނާން އެއްޗެކޭ ބުނީތަ..” ފައިހާ ހާސްވެފައި އަހާލިއެވެ.. އަންޖަލް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.
” ދެން… ޖައިޝް އެއްޗެކޭ ބުނީތަ؟” ފައިހާ އަނެއްކާވެސް އަހާލިއެވެ. މިފަހަރުވެސް އަންޖަލް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.
” ދެނޯ… އަންޖޫ ވަހަކަ ދައްކަބަލަ.. ކިހިނެއްތަވީ…. ތިހެން އަދި ރުއިމަކުން ހުރިހާ ކަމެއް ހައްލެއް ނުވާނެ… އަހަރެން ކައިރީ ބުނީމަ ދޯ އަހަންނަށްވެސް ހެލްޕް ވާން އެގޭނީ… ” ފައިހާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. އަންޖަލް އަސްމާ ކަންތައް ކުރި ގޮތުގެ ވާހަކަ ފައިހާއަށް ކިޔާ ދިނެވެ.
” އައްޗި.. އަންޖޫދޯ މި ގޯސްވީ.. ތިމާ މީހާ ކުރި ކަމަކުން ކަމެއް ނޭގޭދޯ ތިމާ މީހާގެ ދަރި ދިޔައި.. އަންޖޫ ކީއްވެތަ އެއްޗެކޭ ބުނަން ނުކެރެނީ އޭނ..” އަސްމާގެ އަމަލްތަކުން ފައިހާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ޖައިޝް ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައި އެވަގުތު އެވެ.
” ތީ ހަމަ ތެދެއްތަ؟” ޖައިޝް އަށް އަސްމާ އެގޮތަށް ކަންތައް ކޮށްފާނެ ކަމަށް ގަބޫލުވެސް ނުކުރެވުނެވެ.
” ކިހިނެއްވީ ޖައިޝްއަށް ހީވަނީތަ އަންޖޫ ދޮގު ވާހަކަ ދައްކަނީޔޭ..” ފައިހާ ރުޅިގަޑު ބޭލީ ޖައިޝްއަށެވެ.
” އަހަރެން އެހެން ބުނެފިންތަ..” ޖައިޝް ކުޑަކޮށް ޖެހިލުންވިއެވެ. އަންޖަލް ގާތު ތައްޔާރުވުމަށް ބުނުމަށްފަހު ޖައިޝް ގޮސް ބޭރުގައި މަޑުކޮށްލިއެވެ. ފައިހާ ފުއްދަޅައި މޭކަޕް ހިފައިން އައިސް އަންޖަލް ކައިރީ އިށީދެލިއެވެ.
” މި ދެލޯ ކިހިނެއްތަދެން މަ ރީތި ކުރާނީ… އަންޖޫވެސް ވާނެ ކޫސަނި ކަންތައްތަކާ ރޯން.. އަސްމާއްތަ ކިޔާ އެއްޗެއް ކިޔާފާނެ ނުން. އަންޖޫއަށް އެގޭނުން އޭގަ އަންޖޫގެ އެއްވެސް ކުށެއް ނެތްކަން… ދެންފަހަރަކުވެސް އަމިއްލަ ނަފްސް ދިފާއު ކުރާތި.. އަބަދަކު ޖައިޝްއެއް ނުހުންނާނެ އަންޖޫ ސަލާމަތްކުރަން…” ފައިހާއަށް އޮޅިގެން ޖައިޝްގެ ނަން ބުނެވުނެވެ.
” އޭނ.. ކީއްވެ ތިހެން ތިބުނީ..” އަންޖަލް ހައިރާން ވިއެވެ.
” އަހަރެން މިވާހަކަ ނުބުންނަ ހުރީ… ބަޓް ސިންސް ވީއާ ބެސްޓްފްރެންޑްސް އަހަރެން މިކަމެއް ސިއްރެއް ނުކުރާނަން… ” ފައިހާ ބުނެލިއެވެ.
” ކޮންކަމެއްތަ ފައި…. ” އަންޖަލް ކުޑަކޮށް ޖެހިލުންވިއެވެ.
” އަންޖޫ ހުމާ އޮތް ދުވަހު އަހަރެން އަންޖޫ ގައިގަ ބައްދާލައިން އޮތީ ޖައިޝް ބުނެގެން.. އަހަންނަށް ޖޫދު ގުޅާފަ ބުނީ އަންޖޫ ހުންއައިސް އެބައޮތޭ ދޮންބެ ބުންޔޯ އައިސްލަ ދެވިދާނެހޯ… ދެން އަހަރެން އައިސް މިކޮޓަރިއަށް ވަތް އިރު ޖައިޝް އޮތީ އަންޖަލް ގައިގަ ބައްދާލާގައިން… ޖައިޝްއަށް ނިދިފަ އޮތީމަ އަހަރެން މަޑުމަޑުން ގޮވާލަން އަތް ޖައްސާލީ… އަހަންނަށް ހުންއައިސް އޮތީ ކާކުކަން އޮޅުނު.. އަންޖޫގެ ހުމެއް ނެތް އެކަމް ޖައިޝްގެ ހުން އޭރު ވަރަށް ގަދަ…. އަހަރެން ދެން ޖައިޝް ބުނީމަ އެހެން އެތީ… ސޮރީ ފޯ ކީޕިންގް އިޓް..” ފައިހާގެ ވާހަކަތައް ކުރިއަށް ދިޔަވަރަކަށް އަންޖަލްގެ ހިތް އޮބި ނޯންނަ ވަރަށް ތެޅޭން ފެށިއެވެ. ޖައިޝް އޭނާއަށް ހާދަހާ ރަގަޅެވެ. ކޮންމެ ކަމެއްގައިވެސް އޭނާއަށް އެހީވެއެވެ. އަންޖަލް ދެލޯ ފޮހެލުމަށްފަހު ފުއްކޮޅެއް ޖަހާލައިގެން ބޭރަށް ނުކެވެ. އޭރު ޖައިޝް ހުރީ ދޮރު ކުރިމަތީއެވެ. އަންޖަލް ކުޑަކޮށް ލަދުގަންނަ ގޮތް ވިއެވެ. ނަމަވެސް އެކަން ފޮރުވޭތޯ މަސައްކަތް ކުރިއެވެ.
” އަންޖަލް ހުންނާނީ މިރޭ އަހަރެން ކައިރީ… ހަދާނކޮށް އަހަންނަށް ނުފެންނަ ހިސާބަށް ނުދާތި..” އަންޖަލްގެ އަތުގައި ހިފާލަމުން ޖައިޝް ބުނެލިއެވެ. އަންޖަލްގެ ދޮންމޫނު މަޑުމަޑުން ރަތްވަމުން ދިޔައެވެ. ހިތްތެޅޭވަރުން ކެތްނުވެއެވެ. އަންޖަލް ޖައިޝްގެ މޫނަށް ބަލާލިއެވެ. ބަލާލުމުން ހިތްތެޅޭވަރު އަދި މާ ގަދައެވެ. އަންޖަލްގެ އަތުގައި ހިފައިން ތިރިއަށް ފޭބި ޖައިޝްއަށް ބަލަހައްޓައިގެން އަސްމާއަށް ހުރެވުނެވެ. ނުފައިބަން ބުނީމަވެސް ފެބީތާއޭ ހިތަށް އަރަމުން ނެވެ. ޖައިޝް ފެނުމުން އާތިކާ އައިސް ޖައިޝްގެ އަނެއް އަތުގައި ހިފާލިއެވެ. އަންޖަލްގެ އަތުގައި ޖައިޝް ހިފަހައްޓައިން ހުރުން އެއީ އާތިކާ މާ ބޮޑު ކަމަކަށް ނުވިއެވެ. ޖައިޝްގެ އަތުން އަންޖަލްގެ އަތް ދޫކޮށްލީ ގޭތެރެއަށް ވަދެގެން އައި ޖުނާން ފެނުމުންނެވެ. އަސްމާ ދަރިފުޅާއޭ ކިޔާ ޖުނާންގެ ގައިގާ ބައްދާލިއެވެ. މީހާގެ ސިފަ ގެއްލޭވަރަށް ހުރީ ހަޑިވެފައެވެ. ޖުނާން ހުރިގޮތް ފެނުމުން އަންޖަލްގެ ލޮލުން ކަރުނަ ފޭދުނެވެ. ޖައިޝް އެވަގުތު އަންޖަލް އަށް ބަލާލިއެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Vrh loabi mi bai ves… Curiously waiting… Komme Saturday eh ga thrr thi up kohdhenyy… Adhi eves emme part eh… ????
Wow vara salhi mi Bai ves Masha Allah
Waiting for the next part ?????
Vvvv reethi mi part vx… Curiously waiting for next part ngey… Bts thankolheh avahah up kohdhehchey next part… Waiting ?????
Alheyss haadha lahey up kohdheyleh btw mi part ves vrh salhi
Masha Allah varah reethi mi prt vx ♥️♥️ alhe jaish haadha ragalhey ?♥️ congrats joodhoo ?? alhe dhn kihinei baa vaanee ?? curiously waiting for nxt ♥️♥️ stay safe ?? saranghae ??????♥️♥️
Wow vrh reethi Mi part ves❤️❤️❤️
Masha Allah keep it up sis❤️❤️❤️
Aley anjal aa jaish aa ingey guluvaany Sis ❤️❤️❤️❤️
And sis are u okay sis ge habarehves nuvaathy mithaa❤️
Waiting for the next❤️❤️❤️
Saarangey ❤️❤️❤️
Josimheyo ❤️❤️❤️
Maashaa Allah……….
V v v v v v v v nice……..
Keep it up……..
Love you……
when is the next part coming?????