ތިޔަ ލޯބީގާ 4
ސިޑިން އަރައިގެން ދިޔަ މިޝްޔާ ދިޔަ ދިމާއަށް ބަލަން ހުރެފައި ކިއާރާ އަޒާންގެ މޫނަށް ބަލައިލީ ހަމްދަރުދީގެ ނަޒަރުން ނެވެ. ނަމަވެސް އެކަން އަޒާންއަށް އަށް ސިފަވީ އެހެން ގޮތަކަށެވެ. ބބޭއިޚްތިޔާރުގައި އަޒާން އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.” އައި އޭމް ސޮރަ އަޒާން. ޔޫއާ އަޒާން ރައިޓް ؟“ކިއާރާ ދެރަވެފައި ބުނެލިއެވެ.” ސޮރީ ބުނީމާ ނިމުނީތަ. މަގޭ އެއްވެސް ކުށެއް ނެތްއިރު މަންޖެ https://espanolviagra.net……. “އަޒާންއަށް އޭނާގެ ވާހަކަ ފުރިހަމަ ނުކުރެވުނީ ޝިފާޒް އޭނާގެ ވާހަކަ މެދު ކަޑާލުމަށްފަހު ވާހަކަ ދައްކަން ފެށުމުން ނެވެ.” ޑުޖޫ ނޯ އެބައުޓް ހާ ޕާސްޓް “” ޔެސް“ކިއާރާ ދެރަވެފައި ބުނެލިއެވެ. އޭރު ނިކްޔާން އާއި އަޒާން ތިބީ ވާނުވާ ގައެވެ.” ކޮން ޕާސްޓެއްގެ ވާހަކައެއްތަ ތި ދައްކަނީ.“އެންމެ ފަހުން ނިކްޔާން އަށް ނުހުރެވިގެން އަހާލިއެވެ. ނަމަވެސް ޝިފާޒް އާއި ކިއާރާ އިޙްތިޔާރު ކުރީ ހަމަހިމޭން ކަމެވެ. އޭރު ޝިފާޒް ކިއާރާޔާ ދިމާލަށް ބަލަން ހުރީ ނުރުހުމުގެ ނަޒަރުންނެވެ. އެކަން ކިއާރާއަށް ފަހަގަވުމުން ދެރަވިއެވެ.” އައި އޭމް ސޯ ސޮރީ. ބަޓް ވެން އިޓް ކަމްސް އޮން މިޝްޔާ އައި އޭމް ޓޫ އޯވާ ޕްރޮޓެކްޓިވް. “” އިޓްސް އޯކޭ އައި އޭމް ގްލޭޑް ޓު ނޯ ދެޓް ޝީ އީޒް ޔުއާރ ފްރެންޑް. ޝީ ނީޑްސް ފްރެންޑްސް ލައިކް ޔޫ ކިއާރާ ރައިޓް“ސަލާމް ކުރަން އަތް ދިއްކުރުމުން ޝިފާޒް ބުނެލިއެވެ. ކިއާރާ ވެސް ޝިފާޒް އާއި ސަލާމް ކުރަމުން ބޯޖަހާ ލިއެވެ.”އޭރު ވެސް ނިކްޔާން އާއި އަޒާން ތިބީ ވާނުވާ ގައެވެ.” އޭ. ދެން މިޝީ މަސަލަސް ކުރާނީ ކިހިނެތް. މަގޮއްސިޔާ އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ. “ޝިފާޒް އާއި ދިމާލަށް ބަލާލަމުން ކިއާރާ ބުނެލިއެވެ. ޝިފާޒް ވެސް ކޮނޑު އަރުވާލީ ޚުދު އޭނާ އަށް ވެސް ކުރަންވީ ކަމެއް ނޭގޭތީ އެވެ.”” ދެން އޮތީ އެންމެ ގޮތެއް. އޭއީ އަހޫ އައި މީން އަހާނާ. “ކިއާރާ އެހެން ބުނުމާއެކީ ޝިފާޒް އަށް ވަރަށް ބާރަށް ވަޓް އޭ ކިޔާ ކިޔާލެވުނެވެ. މިފަހަރު ވާނުއާގައިވީ ކިއާރާ އެވެ. އަޒާން އާއި ނިކްޔާން އާއި ދެމީހުން ތިބީ ނުހޭން ތުންފަތުގައި ދަތް އަޅައިގެންނެވެ. ނަމަވެސް ޝިފާޒްގެ މޫނަށް އާރާ ފައިބަމުން ދިޔަ ކުލަވަރު ފެނި ދެމީހުންގެވެސް ހިނިގަނޑު ދިޔައީ ފަޅާ ގެނެވެ. ވަގުތުން ޝިފާޒް އެދެ މީހުންނަށް ލޯއަޅާލީ ގަތް ލަދެއްގެ ސަބަބުން ނެވެ.” ކިހިނެއް ވީ. ތިހާ ވަރަށް ތިޔޮއް ހޭނީ“އެންމެ ފަހުން ނުހުރެވިގެން ކިއާރާ އަހާލިއެވެ. އެއާއެކު ހިނިގަނޑު މަތަކުރަމުން ނިކްޔާން ހުރިހާ ވާހަކައެއް ކިއާރާއަށް ކިޔައި ދިނެވެ. އެ ވާހަކަތައް ކިޔައިދީ ނިމުނު އިރު ކިއާރާ ވެސް ހުރީ ހީހީ ވަރުބަލި ވެފައެވެ.” އައި ތިންކް މިވަގުތު އަހަރެމެން ބަލަން ޖެހޭނީ މިޝީ މަސަލަސް ކުރެވޭ ތޯ. ނޮޓް މޭކިންގް ފަން އޮފް މީ. “ޝިފާޒް އެހެން ބުނުމާއެކު އެތިން މީހުން ހުނުން މަތަކުރަމުން ބޯޖަހާލިއެވެ. ހުނުން މަތަވުމުން ކިއާރާ އަވަސް ވެގަތީ އަހާނާ އަށް ގުޅުމަށެވެ.” އޭ މިޝީގެ ކޮން ޕާސްޓެއްގެ ވާހަކައެއްތަ ތި ދައްކަނީ. އަހަރެމެން ކައިރީ ގައި ބުނީމައެށް ނުން އަހަރެމެންނަށް ވެސް އެހީއެއް ދެވޭނީ“ސީރިއަސް ވެލަމުން އަޒާން ބުނެލިއެވެ.” އޯކޭ. އަޑު އަހާ.“
**************
ހަތަރު އަހަރު ކުރިން.
ދޮންވެލިގަނޑުމަތީ އިށީނދެގެން އިން މިޝްޔާ އިނީ އޭނާގެ ލޯބިވެރިޔާ އަކުރަމްގެ އިންތިޒާރުގައެވެ. އޭނާ އެތާއިންތާ ގާތް ގަނޑަކަށް 10 ވަރަކަށް މިނިޓު ފަހުން މީހަކު އަންނަހެން ހީވެގެން މިޝްޔާ ކޮޅަށް ތެދުވެ ފިޔަވަޅުގެ އަޑު އަންނަ ދިމާލަށް ބަލާލިއެވެ. އޭރު އެދިމާލުން ފިރިހެން ވަންތަ ހިގުމަކުން އަންނަ އަކުރަމް ފެނުމާއެކީ މިޝްޔާ ދުއްވާފައިގޮސް އަކުރަމް ގައިގައި އޮޅުލައި ގަތެވެ.”” އަކޫ ލެޓްސް ގެޓް މެރީޑް. އޯއޭލްސް އައި ވިލް ލޫޒް ޔޫ“އަކުރަމާ ދުރުވެ ލަމުން މިޝްޔާ ބުނެލިއެވެ.” ކިހިނެށްވީ މިޝީ. “މިޝްޔާގެ ކޮނޑުގައި ހިފާލަމުން އަކުރަމް އަހާލީ ހާސްވެފައި ހުރެ އެވެ.” ނަތިން. ޔޫ ޖަސްޓް ޓެލްމީ ވިލް ޔޫ މޭރީ މީދިމާލަށް . “އަކުރަމް މިޝްޔާ އާއި ބަލަން ހުރީ ހައިރާން ކަމާއި އެކުގައެވެ.” އަކޫ ޕްލީސް ޕްލީސް “އެންމެ ފަހުން މިޝްޔާ އާދޭސް ކުރާ ވަރުން އަކުރަމް އެއް ބަސް ވެއެވެ.”ޔެސް އައި ލަވް ޔޫ ސޯ މަޗް.“މިޝްޔާ އަނެއްކާވެސް އަކުރަމް ގައިގާ ބައްދާ ލަމުން ބުނެލިއެވެ.” އޯކޭ. ސޯ ބީ ރެޑީ އެޑް 8. އައި ވިލް ކަމް ޓު ޕިކްޔޫއަޕް. “އެހެން ކިޔާފައި މިޝްޔާ ދުއްވައި ގަތީ އޭނަ ކުރިން އިއްތައި ލައިގެން އިންތަނާ ދިމާލަށެވެ. އޭތާގައި ހުރި ކޮތަކެޅެއް ނަގައިގެން އަނެއްކާވެސް މިޝްޔާ ހިގައި ގަތީ އަކުރަމް އާ ދިމާލަށެވެ.” މިތި ލާނީ ކައިވެންޏަށް “އަކުރަމްއާ އަރާހަމަވުމުން މިޝްޔާ އޭނަޔަށް އެކޮތަޅު ދިއްކޮއްލަމުން ބުނެލިއެވެ.” ހުރިހާ ތައްޔާރީއެއް ވެގެން ދޯ “މަޖާ ރާގަކަށް އަކުރަމް އަހާލިއެވެ. މިޝްޔާވެސް އަކުރަމް އަށް ހިނިތުން ވުމެއް ރައްދުކުރަމުން ބޯޖަހާލިއެވެ >. އެވަގުތު މިޝްޔާ އިސްޖަހައިގެން ހުރުމުން އަކުރަމްގެ ތުންފަތް މަތީ ދުވެލި ނުލަފާ ހިނިތުން ވުމެއް ނުފެންނާނެ. އަކުރަމް މަޑުމަޑުން މިޝްޔާ އާއި ކައިރި ވެލަމުން މިޝްޔާ ގެ އުނަގަނޑު އޭނާގެ ބާރުގަދަ ދެއަތުން ވަށާލިއެވެ. އެއާއެކު މިޝްޔާ އިސްއުފުލާ އަކުރަމް އަށް ބަލާލިއެވެ. އޭރު އަކުރަމުގެ ކަޅުކަން ގަދަ އެ ދެލޮލުގެ ތޫނު ނަޒަރު ހުއްޓިފައި ހުރީ ސީދާ މިޝްޔާ ގެ ދެ ލޮލަށެވެ. އަކުރަމް ގެ ހޫނުނޭވާތައް މިޝްޔާ ގެ މޫނަށް އެޅެން ފެށުމުން މިޝްޔާ ލޯމަރައިލީ އަކުރަމަށް ދަޢުވަތު ދެމުން ނެވެ.
Riddle: I have cities,but no houses. I have mountains, but no trees. I have water, but no fish. What am l?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Vrh Sali mi part vess ???
Masha Allah ❤️???
Ahhahahaha haadha majaleyy ahaanaa aaa shifaaz ah vee goi Hama hini annany???????
Ahahhaha??????????
Ohh fainally mishyaa ge past revel vany dhw❤️❤️❤️❤️❤️❤️❤️❤️❤️
Next part vrh kiyaahie vehje ❤️❤️❤️❤️
Waiting for it❤️❤️❤️❤️
Love u stay safe and take care❤️❤️❤️❤️
And the answer of the riddle is MAP❤️❤️
Am I correct tha❤️❤️
Thank you ril. And yes your correct. The answer is map. ???????????????????