ހިތުގެ ވެރިޔާ (2)
*އޯހް ނޯ.’ ކައިރާއަށް ގަޑި ބަލާލެވުނު އިރު ކަމަކުދާކަށް ނެތެވެ. އޭރު އަށެއް ޖަހަން ފަސް މިނެޓެވެ. އޭނާައަށް އިސްޖަހާލެވުނެވެ. ކޮންމެ ހަފުތާއެއްގެ ކޮންމެވެސް އެއްދުވަހަކު މިކަހަލަ ކަމެއް ދިމާވާނެއެވެ. ކައުސަރުގެ އެދުމަށް ފުރަގަސް ދެވުމުން ކައިރާއަށް ބޯ ހޫރައިލެވުނެވެ. އަދި ފަޔަށް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަތެވެ.*
ބާރުބާޜަށް ދުވަމުން ދިޔަ ކައިރާއަށް ހުއްޓުމަކަށް އާދެވުނީ އޭނާ ކިޔަވާ ކިލާސްތެރެއަށް ވަދެވުމުންނެވެ. ވަރުބަލި ވެފައި ހުރިލެއް ބޮޑުކަމުން އޭނާއަށް ދޮރުމަތީގައި އިރުކޮޅަކު މަޑު ކޮށްލެވުނެވެ. އެއަށްފަހު އޭނާގެ މޭޒު ކައިރީ އިށީނެވެ. އެވަގުތު ކްލާސް ކުރިމަތީ ހުއްޓިގެން ހުރި ފިރިހެން ކުއްޖާ ކައިރާގެ ލޮލުގައި އަޅައިގަތެވެ. ދޮން މޫނެކެވެ. އޭނާގެ މުށި ކުލައިގެ މާދިގު ނޫނަސް ދިގު އިސްތަށިގަނޑު އެމޫނުގައި އަޅި ކުލައިގެ ދެލޮލާއި، ފިޔާތޮށިކަން ގަަދަ ތުންފަތް ފުރިހަމަ ކޮށްދެއެވެ.
އެ ފިރިހެންވަންތަ ހަށިގަނޑަށް އާޝޯހުވެ ބަލަހައްޓައިގެން ހުރެވުނު ކައިރާއަށް ދުރުބަލައިލެވުނީ ޖެހިގެން ހުރި ގޮނޑީގައި އިން ނަވްރީން ބާރުބާޜަށް ހޭން ފެށުމުންނެވެ. ‘ބަލަ ކައި.. އަލަށްތަ ފިރިހެން ކުއްޖަކުތި ފެނުނީ.. އެހެންޏާ ތިހާވަރެއް ނުވޭ..’ ނަވްރީން ހީވަނީ ދެންމެ ދެންމެ ގޮނޑިން ވެއްޓިދާނެހެންނެވެ. އޭނާ ހެމުން ދިޔައީ ހަމަ އެހާވެސް ބާރަށެވެ. އެ ދެ އެކުވެރިންގެ ފަހަތުގައި ތިބި ސަނާ އާއި ޔަލްވީ ވެސް ހުރީ ހިނިއައިސް ފައެވެ. ކައިރާ ތުން އަނބުރައިގެން އިނީއެވެ. ‘ކައި.. އެއީ ކާކުކަން އެނގެން ބޭނުންތަ؟’ ޔަލްވީ ކުޑަކޮށް ހަމަޖެހިލަމުން ބުނެލިއެވެ. ކައިިރާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެވަގުތު އެ ފިރިހެން ކުއްޖާ ކްލާހުން ނިކުމެގެން ހިނގައްޖެއެވެ. ‘ހީ އިޒް މައި ބްރަދާ.. ވަރަށް ކޫލް ވާނެ.. އެކަމް އަދި ސިންގަލްކޮށް އެހުރީ..’
‘އެ އޭން؟.. ކައި ނޫޅެމޭ އޭނަ އަޅައިގަނެންނެއް.. ނޯ ވޭ.. އެކަމްވެސް އޯ މައި ގޯޑް.. ހީ އިޒް ސޯ ހޮޓް..’ ކައިރާ މިހެން ބުނުމާއި އެކު އަނެއްކާވެސް އެ ތިންކުދިންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ‘އަޅޭ ކައި އަށް އަޔާން ކަމުނުދަންޔާ ހީ އިޒް ސޯ ހޮޓެކޭ ނުބުނާނަމެއްނުން ދޯ.. ބަޓް ހަމަ އަސްލުވެސް އިނގޭ.. ހީ އިސް ރިއަލީ ކިއުޓް ދޯ.. ހީވޭ ކައި އާ ގުޅޭނެހެން..’ ސަނާ ހެމުން ހެމުން ބުނެލި އެވެ. ކައިރާ އޭނަ އާއި ދިމާލަށް ލޯއަޅާލަމުން ދަބަސް ކޮނޑުން ނެގި އެވެ. ‘ހުން.. ވަރަށް ފޫހި..’ މަޑު މަޑުން ކުދި ކިޔަމުން ދިޔަ ކައިރާ ފޮތްތައް މޭޒުމައްޗައް ލައިފައި ސްކޫލު އޮފީހަށް އޭނަގެ ނަން ހާޒިރީގައި ލިޔަން ދިޔައެވެ.
‘އަރރގްހް.. ކިހިނެތްތަ މިވީ..’ ކައިރާ އެނބުރި ކްލާހަށް ދިޔަ މަގުމަތީ ހިތާހިތުން ބުނެވެމުން ދިޔައެވެ. ‘މި ކަހަލަ ކަމެއް އަދި އަލަށްވެސް ނުވޭ.. ހްމްމްމް.. ދެން އޯކޭވަނެ..’ ކުއްލިއަކަށް އޭނާ އަށް ކުރިމަތިން ދިޔަ މީހެއް ގައިގަ ޖެހުނެވެ. ‘އަރގްހް.. ބޮޑު ކަމެއްދޯ.. ކުޑަކޮށް ބަލައިލައިގެން ބޭފުޅާ ހި..’ ބުނެވެމުން ދިޔަ ޖުމްލަ ކައިރާ އަށް ހުއްޓައިލަން ޖެހުނީ ދެންމެއަކު އޭނާ ގައިގަ ޖެހުނު މީހާ ފެނުމުންނެވެ. ‘އޯހް..’ ކައިރާއަށް އަނގަ މަތީ އަތް އަޅާލެވުނެވެ. އެއީ މީގެ އިރުކޮޅެއް ކުރިން ކްލާހުން ފެނުނު އެއްކަލަ ފިރިހެން ކުއްޖާއެވެ. ‘އައިމް ސޯ ސޮރީ.. އަހަރެން އަބަދުވެސް ކޮންމެސް މީހެއްގައިގަ ޖެހެވޭ.. ބައްޔެއް ކަންނޭގެދޯ..؟’ ލާނެތް ގޮތަކަށް އެ ފިރހެން ކުއްޖާ ވާހަކަ ދައްކަން ފެށުމުން ކައިރާ ރަކިވިއެވެ. އެހެނެއްކަމަކު އޭނާ ވާހަކަ ދައްކަން ފެށިއެވެ. ‘އެ ދެން އެހާ ބޮޑު ޖަމެއް ނޫނ.. ކޮން ނަމެއް ތަ ކިޔަނީ..؟ އައިމް މަރިޔަމް ކައިރާ ކައުސަރު.. ޔޫ؟..’ އެވަގުތު އެއްކަލަ ފިރިހެން ކުއްޖާ ހީނލިއެވެ. ‘ހާދަ ބައިވަރު ސުވާލެކޭ. އުހުނ.. މައި ނޭމް ދޯ.. މުހަމެޑު އަޔާން އަނީލް..’ އަޔާން ނަން ބުނެލި ގޮތުން ކައިރާ އަށް ހެވެން ފެށުނެވެ. ‘ރީތި ދިވެހި ބަހެއް އޮވޭނުން.. ހޫން އަޔާން ދޯ.. އޯކޭ.. ތީ ޔަލްވީގެ ބޭބެ ދޯ؟ ކީއްވެ މުޅި ސުކޫލުގަ ތި ހިނގަނީ؟ އެއް ކްލާ..’ ކައިރާ ވާހަކަ ދެއްކުން ހުއްޓާލީ އަޔާން އޭނާގެ ބޮލުގަ ހިފާ ތަޅުވައިގަތުމުންނެވެ. ‘ޕިސް ޕިސް ހާދަ ބައިވަރު ސުވާލު ކުރާ ކައިރާ އެއް ދޯ.. އާނ މީ ޔަލް ގެ ބޭބެ އެއް.. ދެން ދޭ ކައިރާގެ ކްލާހަށް.. ލާދެންވީތަ؟’ އަޔާން ހިތްހަމ ނުޖެހުނު ހެން ހީވީމަ ކައިރާ ކުޑަކޮށް ދެރަވި އެވެ. އެހެންކަމުން އެއަށް އެއްވެސް ޖަވާބެއް ނުދީ އޭނާ ކްލާހަށް އެބުރި ދިޔަ އެވެ.
‘ކައި ދޫނީ..’ އަކުރުތަކަށް ދަމާލައިފައި ނަވްރީން ވާހަކަ ދައްކަން ފެށިއެވެ. ކައިރާ ނޫން ކަމަށް ހަދާ އޭނާ ކާން އިން ޕިއްޒާ ފޮތިން އެތިކޮޅެއް އަނގަޔަށް ލިއެވެ. ‘ކައި.. ހާދަ ޑައުން ވެފަ.. ކައިގެ ބެސްޓީ ކައިރީ ބުނެބަ ދެން ވީ ގޮތް..’ ނަވްރީން އަނެއްކާވެސް ވާހަކަ ދެއްކި އެވެ. ‘މީ.. ދެން.. އެހާ ބޮޑު ކަމެއ ނުވެޔޭ.. ކިހިނެތް ވީތަ..؟’ ކައިރާ އަނގައިގަ ފުރާ ކާއެއްޗެހި ލައިގެން ބުނެލިއެވެ. ‘ނަވްއަށް އެނގޭ ތިހުރީ ކަމެއް ވެފަކަން. ދެން ބުނެބަ.. ނަވް ނުބުނާނަން އެއްވެސް މީހެއް ކައިރީ..’ ނަވްރީން އާދޭސް ކުރަން ފެށުމުން ކައިރާއަށް މިއަދު އޮފީހުން ކްލާހަށް އައި މަގުމަތީގައި ވީ ހުރިހާ ކަމެއް އަލިފުން ޔާ އަށް ކިޔައިދިނެވެ. ‘ދެން ހިޔެއް ނުވޭ އޭނަޔާދެން ވައި އެޅޭނެ ހެނެއްވެސް.. އޯހް ހާދަ ލަދުގަނެއްޖެޔޭ.’ ބޮލުގައި އަތްއަޅާލަމުން ކައިރާ ބުންޏެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް، ނަވްރީން މަޑުމަޑުން އިނެވެ. ނަމަވެސް ކައިރީ އަޑުއަހަން ތިބި ސަނާ އާއި ޔަލްވީ ހުރީ އަނގައިގަ އަތް އަޅައިގެން ހޭށެވެ. ‘ކައި ޑޯންޓް ވޮރީ.. ނަވް އަކަށް ހީއެއް ނުވޭ އަޔާން ރުޅި އައި ހެނެއް..’ ނަމަވެސް މިފަހަރު ނަވްރީން އަށް ވެސް ހީނލެވުނެވެ. ‘އެކަމް.. ނަވް އަށް ހީވަނީ ކައި ތިހުރީ އަޔާން ދެކެ ކުޑަކޮށް ވިޔަސް ލޯބިވެވިފައިހެން.. ހެހެ.. ބިކޯޒް ވީ ޓޯލްޑް ޔޫ ހިޒް ނޭމް ދެން އަނެއްކާ އޭނައާއި ދިމާވީމައި ކޮން ނަމެއްހޭ ކިޔަނީ އަހާނީ ކާކުތަ އަޅެފަހެ؟.. ދެން ކައި ޔޫ އާ ޖަސްޓް ޓޫ ފަނީ އިނގޭ..’ ނަވްރީން ހެމުން ބުނެލިއެވެ.
ނުނިމޭ
(އަޅުގަނޑު މިލިޔެލަނީ އަޅުގަނޑުގެ ހޭންގްއައުޓް ޔޫސަރ އަދީ ޑިސްކޯރޑް ޔޫސަރ..
ޑިސްކޯރޑް= Cute Koya #4246
ހޭންގްއައުޓް[email protected]
11 Comments!
Comments are closed.


Wow this part is amazing.. Kai is so cute ?very curious to read the next part.. Stay safe ly ❤️❤️
wow..?????. vrh reethi this prt.. ??awwwesome.. ???loved it..❤️❤️❤️❤️❤️ n as kukkyyy said kai is cute.??? first site love dhw..?? vrh cute mi prt vrh reethi vrh furihama..☺️☺️ yea n i have send an invitation plx except it?? stay safe and sound ?? take care gey darla ? luv ya..❤️❤️
Yes love at first site dhw! ?OMMMGGGYYYY this kai would be hama amazing ?❤️
thanx blossom
???? wow mibai ves vara salhi Masha Allah
Waiting for the next part
Ahhahahhahah alhe haadha majaley mi kairaa ulhey gothun ?? varah interesting vaahaka eh meekee ♥️♥️ Masha Allah mi bai varah obi ♥️♥️ curiously waiting for nxt ?? stay safe ?? saranghae ♥️♥️
Oh ThanQ…☺️☺️☺️ I will send you a invitation insha Allah…??? BTW mi bai hama speechless ey.???.. Blossom buni gothah first sight love dho❤️❤️❤️.. Hoon???.. Igeytha Xaa akah qabooleh nukurevey first sight love eh???.. But eyothy faadakah vefa dhw???.. Hama saabahey army ah thikuraa hihvarah.???.. Very curious for the nxt part..???.. And Xaa ah ves Egothah Varah suvaalu kureveyne.???. Hehe???…Luv ya..?? Stay safe.???. And home..???
???Hii?????????
???????Mi part ves vrh sali ?????
?????Masha Allah keep it up ????????
??Aley kairaa and ayyan haadahaa vaa cute ey dhw?
???Awnnnnnnnnnnnnnnnnnn?????????
????Vrh wait kurevey ingey eba next part Ah???
???Luv uuuu ???
??Stay safe????
?????Stay home????
Mi part ves hama V Salhi ????
Keep it up dear ????
Curiously waiting for the next part ????
LVE U ???
Be safe ???
Mi part vex varah salhi
Keep it up❤️❤️❤️❤️
Photo ga 2 vana ah e inee ehnnu Navreen e eee blackpink ge rose dhw….v cute…Also vaahaka vx Varah reethi ??☺️?♥️♥️♥️❤️❤️❤️❤️❤️❤️