ތިޔަ ލޯތްބަށް އެދެމޭ – 1
މުޅި މާހައުލު ވަށައިގެން ވަނީ ހަމަހިމޭން ކަމެވެ. ކަޅު އަނދިރިކަން ވެރިވެފައިވާ އެ މަގުމަތީގައި ފުރާވަރުގެ އަންހެން ކުއްޖަކު ފިޔަވައި އެހެން އިންސާނެއް ފެންނާކަށް ނެތެވެ. އެ އަންހެން ކުއްޖާ އުޑާއި ދިމާއަށް ބަލަހައްޓައިގެން އިނީ ކަމަކާ ވިސްނާފަދަ ގޮތަކަށެވެ. މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހުމުގެ ކުލަވަރެވެ. ބިންމަތިން ތެދުވެފައި އެ އަންހެން ކުއްޖާ ދުއްވައިގަތީ ހަނި ގޯޅިއަކާ ދިމާއަށެވެ.
” މިހާ ދަންވަރު ކޮންތާކު އުޅެފަ ތިއައީ!!؟؟ ” އެ އަންހެން ކުއްޖާ އައިސް ގެއަށް ވަދުމުން އަންހެން މީހެއް އަހާލިއެވެ.” ބޭރުންނު.. އެ ނޫން ކޮންތާކުން؟؟ ” އެ ކުއްޖާ ހަމަ ޖެހިލާފައި ބުންޏެވެ.” އިލްޔާ އަކަށް އަޑެއް ނީވޭތަ ބޭރަށް ނުދާށޭ ބުނާ އަޑެއް.. ދަންވަރަކަސް ހެޔޮ ދޯ.. ދޭ އޮށޯންނަން.. ” ސަނާ އިލްޔާއާއި ދިމާއަށް އަމުރު ކޮށްލިއެވެ.” ދެން މަންމަ ވެސް ނުނިދާ އުޅެންޏާ ކީއްކުރަން އަހަރެން ނިދަންވީއެއް.. ” އިލްޔާ ސަނާ އުނގަށް އަރަމުން ބުންޏެވެ.
” އުމުރުން ސަތާރަ އަހަރު ވިޔަސް އުޅޭއްޗެ ކުޑަ ކުއްޖެއް ގޮތަށް.. މަންމަ ވެސް މިދަނީ ނިދަންށޭ.. ދަރިފުޅު ވެސް ދޭ ނިދަން.. ” ސަނާ އިލްޔާ ނަގަމުން ބުންޏެވެ.” އޮކޭ.. ” އިލްޔާ ދުވެލާފައި ގޮސް ކޮޓަރިއަށް ވަނެވެ. ސަނާ ވެސް ހިނިތުންވެލަމުން ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އިލްޔާ ކުޑަކުދިންގެ ގޮތްގަނޑު ދޫކޮށްލާނީ ކޮންއިރަކުން ބާއޭ ސަނާ ހިތަށް އަރަމުން ދިޔައެވެ.
ހެނދުނު ހޭލައިގެން އިލްޔާ އެނދުމަތީގައި ރީއްޗަށް އިށީނެވެ. އެ ދުވަހަކީ އުޑުމަތި ކުޑަކޮށް ބަނަ ދުވަހެކެވެ. އިލްޔާ އެެހެން އިނދެފައި ތެދުވެ ފާހާނާ އަށް ގޮސް ފެންވަރާލިއެވެ. އަދި ކުޑަ ބުރުގާއެއް އަޅައިގެން ކޮޓަރިން ނިކުތެވެ. އޭރު ސަނާ އިލްޔާގެ އިންތިޒާރުގައި އިނެވެ.” މިއަދު ނުވާނެ ބޭރަށް ގޮސްގެންނެއް.. ވާރޭ ވެސް ވެހެން އެ އުޅެނީ… ” ސަނާ ކާގެއަށް ވަންނަމުން ބުންޏެވެ.” ވައި… މަޔާން އާ އެއްކޮށް ބޭރަށް ދާން މިއަދު ގަޑިކީ.. ” އިލްޔާ މޫނު ކުނިކޮށްލިއެވެ.
” ފިރިހެން ކުދިންނާ އެއްކޮށް ބޭރަށް ނުދާށޭ ނުބުނަންތަ؟! ” ސަނާ ހިތްހަމަ ނުޖެހުނެވެ.” މަންމާ އެއީ ބެސްޓް ފްރެންޑްއޭ.. އޭނައާ އެއްކޮށް ދިޔަޔަސް އޯކޭވާނެ.. އަހަރެން އެހެން ފިރިހެން ކުއްޖަކާ އެއްކޮށް މަގުމަތިން ފެނުނުތަ އަޅެ ” އިލްޔާ ޝަކުވާ ކޮށްލިއެވެ. ސަނާ ބޯ ހޫރުވާލިއެވެ.” ޕިސް މަންމަ ދެން ކީކޭ ބުނާނީ.. އެންމެ ރަނގަޅު ދިޔަޔަސް ” ސަނާ އޭނަ އަމިއްލަ ދަރިއަށް އިތުބާރު ކޮށްފައި ހުއްދަދިނެވެ. އިލްޔާ އުފަލުން ސަނާ ގައިގައި ބައްދާލިއެވެ.
އިލްޔާ ކޮޓަރިއަށްވަދެ އަލަމާރި ހާވަންފެށީ ލާނެ ހެދުމެއް ހޯދަންށެވެ. ވަރަށް ވަރުން ކަޅު ކުަޅުކުލައިގެ ކަކުލާ ހިސާބަށް އަރާ ކުރުތާއަކާއި ކަޅުކުލައިގެ ހަރުވާޅެއް ނެގިއެވެ. އަދި ހަމަ އެ ކުލައިގެ ބުރުގާ އެކެވެ. އެ ހުރިހާ އަންނައުނެއް ރީއްޗައް ބަހައްޓާފައި އިލްޔާ ސައިބޯން ނިކުތެވެ. އޭރު މެންދުރު ވެއްޖެއެވެ. ކުޑަކޮށް ވާރޭ ވެސް ވެހެން ފަށައިފިއެވެ. އިލްޔާ ސައިބޯން އިންދައި މަޔާން ގުޅިއެވެ.” މިއަދު ޕާކަށް ދާނީ.. ލީޝްގެ ކޮއްކޮއެއް ވެސް ދާތީ ” މަޔާން ބުންޏެވެ. އިލްޔާ ބޯ ޖަހާލިއެވެ.
” ކާކު ގުޅީ؟ ” ސަނާ ކަމުން ސުވާލުކޮށްލިއެެވެ.” ޔާން.. ބުނީ ލީޝާގެ ކޮއްކޮ އެއް ދާތީ ޕާކަށޯ ދާނީ.. އަޅެ އަހަރެން ހާދަ ފޫހި ވާނެއޭ.. ލީޝާއާ އެއްކޮށް އަބަދު މަޔާން އުޅޭނީ.. ” އިލްޔާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. ސަނާ އަށް ހެވުނެވެ.” ދެން ނުދާން ވީނުން ”
” ނޯ ވޭ.. އޭނައަށް ކުރާ ރެސްޕެކްޓް އޭނަގެ ލޯބިވެރިއަށް ވެސް ކުރަން ޖެހޭނެ.. އަސްލު ލީޝާ ވަރަށް ސެލްފިޝް… ” އިލްޔާ ދޫ ނެރެލިއެވެ.
” ސާބަހޭ.. އެމީހަކު އުޅޭނެ ގޮތަކަށް އުޅެން ދޫކުށްލަބަލަ.. ހިލްޔާ ތި ކެވޭތޯ ބަލައިބަަލަ.. “ސަނާ އިލްޔާ ބޮލުގައި ޖަހާލަމުން ހީގަތެވެ. އެހެން ބުނުމުން އިލްޔާ ވެސް ހެމުން ކެއުމާއިގެން ކުރިއަށް ދިޔައެވެ.
ކައިނިމިގެން ފެންވަރާލަންވެގެން އިލްޔާ ކޮޓަރިއަށްވަނެވެ. މޫސުމުގެ ގޮތުން އިލްޔާ ހުރީ ފިނިވެފައެވެ. ރީއްޗަށް ފެންވަރާލައިގެން ނެގި ހެދުންތައް ލައިގެން ލޯގަނޑު ކުރިމަތީގައި އިލްޔާ ހުއްޓުނެވެ. މޭޒު މަތީގައި ހުރި ސެންޓްފުޅިން މުޅި ގަޔަށް ވެސް ޖަހާލިއެވެ.” ހެވޭ ތިހާ ފަރި ނުވިޔަސް… އާދޭ ދާން.. މަ އެކަނި އިލޫ އަށް ބަލަން ޖެހޭނީ” ދޮރު ކުރިމަތީގައި ހުރި މަޔާން އެހެން ބުނެފައި އެއް ލޯ މަރާލިއެވެ. އިލްޔާ ލޯ އަޅާލާފައި ކޮޓަރިން ނިކުތެވެ. އޭރު ލީޝާ ވެސް ލީޝާގެ ކޮއްކޮ ޝަލާ ގޮވައިގެން އިނެވެ.
” ދަނީ އިނގޭ.. އަންނާނަން ވަރަށް އަވަހަށް… ” އިލްޔާ ސަނާ ކައިރީގައި ބުނެފައި މަޔާންއާއި އެއްކޮށް ހިނގައިގަތެވެ.” ޔާން.. ކޯޗެއް މިއަދު ބޯނީ… ” ލީޝާ މަޔާން ގައިގައި ތަތްވިއެވެ.” ލީޝްއަށް ސާބަސް.. މަ ބުނިންދޯ ގަޔަށް ނާރާށޭ ތިހެން… ” މަޔާން ހިތްހަމަ ނުޖެހުންކަން އަންގާލިއެވެ. ލީޝާ ތުން ދަމާލަމުން ދުރުވެލިއެވެ.” މަ ބޭނުމެއް ނޫނޭ ޔާން އެހެން މީހަކަށް ލިބޭކަށް.. ” ލީޝާ އިލްޔާއާއި ދިމާއަށް ވައްކަޅިން ބަލާލާފައި ބުންޏެވެ. އެތަން ކިތަންމެ ރަނގަޅަކަށް ވެސް އިލްޔާއަށް ފެނުނެވެ. އަދި ކުރިން ހިތުގައި ލީޝާ އާއި މެދު އޮތް ފޫހިކަން އިތުރުވިއެވެ.
އެ ދެމީހުން އުޅޭ ގޮތަަކަށް އުޅެން ދޫކޮށްލާފައި ޝަލާ ގޮވައިގެން އުޅެން ޖެހުނީ އިލްޔާއަށެވެ.” އިލޫ.. އާދޭ އެކޮޅަށް ދާން.. ” މަޔާން އެހެން ހުރެފައި ގޮވާލިއެވެ.” ޕިސް ކީއްތިކުރީ.. އަހަރުން އެކަނި ދާނީ ” ލީޝާ ބޮޑާ ހޭކިއެވެ. މަޔާން ހިނިތުންވެލާފައި ލީޝާ އަތުގައި ހިފައިގެން ހިނގައިގަތެވެ. އިލްޔާ ނުލާހިކު ހިތުގައި ޖެހުނެވެ. ދަންވަރު ބޭރަށް ދަނީވެސް ހިތްހަމަ ޖައްސާލަންށެވެ. މީހަކު ނެތް ހިތްފަސޭހަ މާހައުލުން އިލްޔާ ހިތްހަމަ ޖެހެއެވެ. އެ ހިޔާލުތަކުން ދުރުވެ ޝަލާ ގޮވައިގެން ހިލްޔާ ކުޅެން ފެށިއެވެ.
އިރުއޮއްސެން ކައިރިވުމުން ލީޝާ އާއި މަޔާން އިލްޔާމެން ތިބި ދިމާއަށް ދާން ހިނގައިގަތެވެ.” ޔާން މިރޭ ވާހަކަ އެއް ބުނަން ބައްދަލު ވާނެތަ.. ދަންވަރު ގަޑީގަ.. ބީޗުން.. ” ލީޝާ ފޮނިގޮތަކަށް ވާހަކަ ދެއްކިއެވެ. މަޔާން ބޯ ޖަހާލިއެވެ.” ހިނގާ ގެއަށް ދާން.. ” އިލްޔާ އާއި އަރާ ހަމަ ކުރަމުން މަޔާން ބުންޏެވެ. ލީޝާ ޝަލާ އަތުގައި ހިފިއެވެ. މަޔާން އިލްޔާ އާއި ވާހަކަ ދައްކަމުން ހިނގައިގަތެވެ.
” މަގޭ ޔާން މަށާ ވާހަކަ ދައްކާލެއް ހާދަ މަދޭ މިހާރު.. އެކަމު އެ އިލްޔާ ގަނޑަކާއި އެބަ ވާހަކަ ދައްކާ ކޮންމެ ފަހަރަކު.. ރަނގަޅު ލަނޑެއް ދޭނަން ހުރެބަލަ.. ޔާން ލިބޭނީ ހަމަ އެކަނި މަށަށް..!! ” ލީޝާ ދެބުމަ ގޮއްޖަހާލައިގެން އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ.” ކޮން ރުޅި އެއް އައިސް ލީޝް ތިހުރީ.. ” މަޔާން ސުވާލުކޮށްލިއެވެ.” ވިސްނާލީ ކަމަކާ.. ” ލީޝާ ހަމަޖެހިލަމުން ބުންޏެވެ. ގެއާއި ހިސާބަށް އާދެވުމުން ލީޝާ ގެއަށް ލާފައި މަޔާން އާއި އިލްޔާ ގެއަށްދާން ހިނގައިގަތެވެ. މަޔާންގެ ގެ ހުންނަނީ އިލްޔާ މެންގެ ކައިރީގައެވެ. އެކަމާ ވެސް ލީޝާ ހުންނަނީ ރުޅި އައިސްގެން ގޮސް އަނދަ އަނދައެވެ.
ގެއަށް ވަދެފައި އިލްޔާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ގޭތެރޭގައި ސަނާ ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަދެ ނިދާ ހެދުންލައިގެން އިލްޔާ ނިކުތެވެ. އޭރު މުޅި ގޭތެރޭގައި ވަނީ ނޫޑްލީހުގެ މީރު ވަހެވެ. އިލްޔާ ކާހިތުން ބަދިގެއާއި ދިމާއަށް ދިޔައެވެ.” ކިތަންމެ ކާ ހިތުން ހުއްޓަސް މިރޭ ބޭރަށް ނުދާ މަތިން މި ލިބޭނީ.. ” ސަނާ ދެ ތައްޓަށް ނޫޑްލްސް އަޅަމުން ބުންޏެވެ.” ދެން މަންމާ.. ” އިލްޔާ ދެފައި ތަޅާލިއެވެ.” މަންމަ މީތި މި ދެނީ ބޭރަށް ނުދާ މަތިން ދަންވަރު.. ޔާން އާއި އެކު ފޮނުވަނީ ވެސް ޔާންއަށް އިތުބާރު ކުރާތީ… ދަރިފުޅަށް ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ މަގުމަތީގައި އުޅެނިކޮށް.. ” ސަނާ ތަށި މޭޒުމަތީގައި ބަހައްޓަމުން ބުންޏެވެ.
” އަހަރެންނަށް ދެރަ ގޮތެއް ނުވާނެ.. ” އިލްޔާ ގޮނޑީގައި އިށީނެވެ.” ނޫނޭ ލީޝާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ.. މަންމަ ކަންބޮޑުވޭ.. މިއަދު ވެސް މިގެއަށް އައިސް އިނީ ފާޑަކަށް.. ” ސަނާ ކަންބޮޑުވިއެވެ.” ހަސަދަ ލާމީހުން ހަސަދަ ލާނެނުން.. އޭނަ ޖޭ ވަނީ ޔާން އަހަރެންނާ އެއްކޮށް އުޅޭތީ އޯ.. ބެސްޓް ފްރެންޑް ވީމަ އުޅެން ވެސް އުޅޭނެ ދޯ އެކީގަ.. ” އިލްޔާ ކުދި ކިޔެވެ. ” ދަރިފުޅު ގަޔާ ވަނީތަ ޔާން އާ.. ” ސަނާ ކޮށްލި ސުވާލުން ޔައިނީ ހައިރާން ވިއެވެ.
– ނުނިމޭ –
2 Comments!
Comments are closed.
Wow very nice story waiting for the next part of the story and keep it up ?
Hi. Stry vrh reethi ?? waiting for next part ?? when is next part ?? and unknown girl could u please comment on my strys