Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ – 4

Baby Devil Level 610 Stories100 Stories
March 6, 2021 4 Mins Read
3 Comments

” އަންނާނެއްނު.. މި ޔާން މަށަށް ލަނޑު ދިނިމަ … ދިޔަ ގޮތަށް އިލޫ ޔާން ބޭބެގެ އަލަމާރި ވިއްޔަ ހުޅުވުނީ… ލަދުން ބޯ ގޮވާފި… ” އިލްޔާ ކުދި ކިޔައިގަތެވެ.” އިލޫ އަށް ހަމަ ނެނގެނީތަ މަގޭ އަލަމާރި ހުންނަތަން… ” މަޔާން ހެމުން ވާހަކަ ދެއްކިއެވެ.” ރާއިލްބެ ބުނީ އެތަން ޗޭންޖް ކޮށްފީމޯ.. އެހެންވެ އިލޫ އަށް ވެސް އޮޅުނީ… ” އިލްޔާ ކޮތަޅު އަތަށް ބާރު ކޮށްލަމުން މަޔާން އާއި ދިމާއަށް އެނބުރުނެވެ. ސަނާ ވެސް ހެމުން ކޮޓަރިން ނިކުތެވެ. މަޔާން ކައިރީގައި އޮތް ބާލިސް ނަގާ މޫނު ފޮރުވާލީ އިލްޔާ ކޮށްފާނެ ކަމަކާ މެދު ވިސްނަމުންނެވެ. އޭރު ވެސް މަޑު މަޑުން ހެވެމުން ދިޔައެވެ.

 

**4 ވަނަ ޕާޓު**

 

އިލްޔާ ދިޔަ ގޮތަށް ގޮސް މަޔާން އަތުން ބާލީސް އަތުލިއެވެ.” ކީއްކުރަން އިލޫ ފޮނުވީ… ” އިލްޔާ ތުން ދަމާލިއެވެ.” މަ ފެން ނުވަރާ ހުރީމަނުން… މަ ދަނީ ފެންވަރަން.. ” މަޔާން އެހެން ބުނެފައި ފާހަނައަށް ވަނެވެ. މަޔާން ވަނުމުން އިލްޔާ ކޮޓަރި ދޮރު ލައްޕާލާފައި ސަނާމެން ކޮޓަރިއަށް ދިޔައެވެ.

 

” މަންމާ.. ވާހަކަ އެއް ދައްކާލަން..” އިލްޔާ އެނދަށް އަރަމުން ބުންޏެވެ.

” ކޮން ވާހަކަ އެއް އަނެއްކާ.. ފަށާބަލަ ” ސަނާ ވެސް ހަމަ ޖެހިލަމުން އަހާލިއެވެ.” ކިހިނެއް ވާނެ ޔާން ގޮވައިގެން އެހެން ރަށަކަށް ދާން… އޭނަ ދެރަ ވެފަ ހުންނަތަން ބަލާކަށް އިލޫ ބޭނުމެއް ނޫން.. ” އިލްޔާ ސަނާ ކައިރީގައި ބުންޏެވެ.” އާނ.. ތީ ރަނގަޅު ހިޔާލެއް… އެކަމު މަންމަ އަކަށް ނުދެވޭނެ… ބައްޕަ އަންނަން އުޅެނީ މާދަން ކަންނޭނގެ.. ” ސަނާ އެ ހިޔާލަށް އެއްބަސްވިއެވެ.

 

” ދެން ކާކާ އެއްކޮށް ދާނީ..؟ ” އިލްޔާ ސުވާލުކޮށްލިއެެވެ.” ރާއިލްބެ އެހުރީނު.. ” ސަނާ އިލްޔާ ބޮލުގައި ފިރުމާލަމުން ބުންޏެވެ. އިލްޔާ ބޯ ޖަހާލިއެވެ.” އަދި ދެމީހުން އެކީގަ ދޯ ނިދަން ވެސް ޖެހެނީ… ” ސަނާ ޖެއްސުން ކޮށްލިއެވެ.” ދެން.. އެއީ އިލޫގެ ކަމެއް ނޫނޭ.. ޔާން އިންނާނެ އިލޫ ލަސްވެފަ… ދަނީ..” އިލްޔާ ނިކުންނަމުން ބޯހޫރުވާލިއެވެ.” އާދޭ ސައިބޯން މަޔާން ގޮވައިގެން.. ” ސަނާ އެހެން ބުނުމުން އިލްޔާ ބޯ ޖަހާލާފައި ކޮޓަރިއަށް ވަނެވެ. އަދި މަޔާން ގޮވައިގެން ކާގެއަށް ދިޔައެވެ.

 

ކައި ނިންމައިގެން ދެމީހުން ސޯފާގައި އިށީނެވެ.” ޔާން ދާނަންތަ އިލޫއާ އެއްކޮށް ރަށަކަށް… ” އިލްޔާ އަހާލިއެވެ.” އޯކޭ.. ކިހިނެއްވީ.. ” މަޔާން އެއްބުމަ އަރުވާލިއެވެ.” އެއީ ހަމަ ފޫހިވާތީ.. އިލޫ އެހެން ރަށަކު ހުއްޓަ އަށާރަ ވަނަ އުފަންދުވަސް އަންނަން ބޭނުމީ… އެންޑް ޔާން ޖެހޭނީ ކުއްޖަކު ސެޓު ކޮށްގެން އަންނަން..” އިލްޔާ ދެފައި ވައްކޮށްލިއެވެ.” އޯކޭ.. މަގޭ ސްވީޓް ހާރޓް ބޭނުން ގޮތެކޭ… ” މަޔާން އެއް ލޯ މަރާލި އެވެ. އިލްޔާ ލޯ އަޅާލިއެވެ.” ދެން ކޮން ރަށަކަށް ދާން ތި ވިސްނަނީ ސްވީޓީ…. ” މަޔާން ނިކަށް ލޯބިން ބުނެލިއެވެ.

 

” ސާބަހޭ ޔާން… އަމްމް… މީދޫ ކިހިނެއް ވާނެ.. ” އިލްޔާ ވިސްނާލާފައި ބުންޏެވެ.” އޯލް ރައިޓް ސްވީޓީ.. ކޮން އިރަކުން ފުރާނީ.. ؟؟ ” މަޔާން ތެދުވަމުން ބުންޏެވެ.” މާދަންރޭ ބައްޕަ އައީމަ.. ” އިލްޔާ ވެސް ކޮޅަށް ތެދުވިއެވެ.” އޯކެއި.. ” މަޔާން ހިންދެމިލި އެވެ.” ޔާން ދޭ ރެޑީ ވާން.. !!” އިލްޔާ އަމުރު ކޮށްލިއެވެ.

 

” ނޯޕް.. ނޮޓް ނައު.. ފަހުން.. މިހާރު ބޭނުމީ ސްވީޓީ ކައިރީ ހުންނަންށޭ ލޯބީ.. ” މަޔާން ކުޑަ ކުއްޖެއްހެން ބޮޑާ ހާކާލިއެވެ.” އޯކޭ އޯކޭ.. އިލޫ މިދަނީ ޕެކް ކުރަން.. ” އިލްޔާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.” މަޔާން ވެސް ފަހަތުން ދުއްވައިގަތެވެ. ދެމީހުން އެ ސަކަރާތެއްގައި ތިބެގެން ޕެކް ކުރަމުން ދިޔައެވެ. އިލްޔާ އެކިކަހަލަ ވާހަކަތައް ދެއްކުމުން މަޔާންއަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ލީޝާގެ ހިޔާލު ތަކުން ދުރުވެވުނެވެ. މަޔާންގެ މޫނުމަތީގައި ހަމަޖެހުމުގެ ކުލަވަރު ހުރުމުން އިލްޔާ ވެސް ހިތްހަމަޖެހުނެވެ.

 

އިލްޔާ ބޭނުންވާ އެއްޗެހި ޕެކް ކޮށް ނިންމާލީރު ދޭއް ޖަހަނީއެވެ. އޭރު ވެސް މަޔާން އިނީ ކުދި ކުދި ޖެއްސުންތައް ކުރަންށެވެ.” ދެން ހުއްޓަބަލަ.. ވަރު ބަލި ވެއްޖެއޭ.. ” އިލްޔާ އިށީންނަމުން ބުންޏެވެ.” އޯކޭ.. ވަރުބަލި ވަންޏާ އާދޭ އޮށޯންނަން މަގޭ އުނގުގަ..” މަޔާން އުނގު ދައްކާލަމުން ބުންޏެވެ. އެވަގުތު ސަނާ ކާން ގޮވިއެވެ.އިލްޔާއަށް އެ އަޑު އިވުނުހެނެއް ހިއެއް ނުވެއެވެ. ” ކިހިނެއް ވެފަ ހުރި ދުވަހެއް މިއަދު.. ” އިލްޔާ ހައިރާންވެފައި އަހާލިއެވެ.” އިލޫ އަށް ހަމަ ނޭނގެނީތަ..؟؟ ” މަޔާން އިސް ޖަހާލިއެވެ.

 

” ލީޝާ ވެސް ކޮންމެ ދުވަހަކު އޮށޯވޭތަ އުނގުގަ.. ” އިލްޔާ މަޑު މައިތިރި އަޑަކުން އިލްޔާ އަހާލިއެވެ. މަޔާން ބޯ ޖަހާލިއެވެ.” އެންމެ ފަހުން މަޔާން ދެރަވެފައި އިނީމައި އިލްޔާ އެނދަށް އެރިއެވެ. އަލަށް ފިރިހެން ކުއްޖެއްގެ އުނގުގައި ބޯ އަޅަން އުޅޭތީ ކަންބޮޑު ވަމުން ދިޔައެވެ. ނަމަވެސް ހަމަޖެހިލަމުން މަޔާން އުނގުގައި ބޯ އަޅައިގެން އޮށޯތެވެ. ހަމަ އެވަގުތު ސަނާ ދޮރު ހުޅުވާލާފައި ވަނެވެ. އޭނައަށް ފެނުނު މަންޒަރަކުން ހިނިވެސް އައެވެ. ނަމަވެސް ހިނިގަނޑު މައިތިރި ކުރަމުން ވާހަކަ ދެއްކިއެވެ.” ކާން ގޮވައިފިން.. އަޑު ނީވުނީމަ މި އައީ.. ” ސަނާ ހިނި އައިސްފައި ވާހަކަ ދެއްކިއެވެ. އެވަގުތު މަޔާން ކައްޓެއް ޖެހިހެން ކޮޅަށް ތެދުވިއެވެ. އިލްޔާ އަށް ވެސް ވީ އެވަރެވެ.

 

” މީ.. މިދަނީ ކާން.. ” އިލްޔާ ވަގުތުން ޖަވާބު ދިނެވެ. އަދި މަޔާން ކައިރީ އަންނާށޭ ބުނެ ހިނގައިގަތެވެ. މަޔާން ވެސް ބަސްއަހާ ކުއްޖެއްހެން އިލްޔާ ފަހަތުން ހިނގައިގަތެވެ. އިލްޔާ މަންމަ ރުޅި އަޔަސް އެއީ އޭނާގެ ސަބަބުން ވީ ކަމެކެވެ. އޭނަ އިލްޔާ ކައިރީ އުނގަށް އަރަން ނުބުނެވުނު ނަމައެވެ. އިސްޖަހާލައިގެން ދަނިކޮށް ކާގެއަށް ވަދެވުނެވެ. ދެމީހުން ވެސް ހަމަ އެކެއްޗެއް ނުބުނެ ކާން ފެށިއެވެ.

 

” އިލޫ ގޮސް ފާނަންތަ މަށާ އެއްކޮށް ގެއަށް.. ” ކައި ނިމުމުން މަޔާން އެހިއެވެ. އިލްޔާ ދެބަސްވުމެއް ނެތި ބޯ ޖަހާލިއެވެ. ” ހިނގާ ދާން .. ” މަޔާން ހިނަގއިގަތެވެ. އިލްޔާ ވެސް ދިޔައެވެ. ދެމީހުން ދިޔަތަން ބަލަން ސަނާ ހެވިލާފައި ހުއްޓެވެ.

 

” އޭއި.. ބްރޯ.. ” ގެއަށް ވަތް ގޮތަށް މަޔާން ގޮވާލިއެވެ.” އޯއިކޭ… ޕިސް ޕިސް.. މިހާރު ކިހިނެއްވެ އަނބި ގޮވައިގެން ތިޔައީ.. ” ރާއިލް ޖެއްސުން ކޮށްލިއެވެ.” މަގޭ ވެސް ގެއޭ މީ.. އެހެންވެ އަންނާނެއްނު.. ” އިލްޔާ ކޮނޑަށް އަތް ވައްޓާލަމުން މަޔާން ހިނިގަނޑެއް ޖަހާލިއެވެ.” ތިޔެއް ނޫނޭ.. މަށަށް ކަމެއް ކޮށްދީބެ.. ” މަޔާން އެދުނެވެ.” ކޮން ކަމެއް ؟ ” ރާއިލް އަހާލިއެވެ.” މަށާ އިލްޔާ އާ އެއްކޮށް ވާދޫ އަށް ދެވިދާނެތަ.. ” މަޔާން ބުމަ އަރުވާލިއެވެ.

 

” އެންމެ ރަނގަޅު.. ކޮން އިރަކުން ދަނީ.. ” ރާއިލް ފޯރިއާއެކު ބުންޏެވެ.

” މާދަންރޭ.. ” މަޔާން އިށީންނަމުން ޖަވާބުދިނެވެ.” އޯހ.. އޯކޭ.. ރަށަކަށް ނުދެވިފަ މަ މި ހުންނަނީ..” ރާއިލް އެ ފޯރީގައި ބުންޏެވެ.” ކަލޯ ވާ ރަނގަޅު.. އަދި އަބޮތް ޝަރުތެއް.. ” މަޔާން ނުލަފާ ވައްތަރަކަށް ހީލިއެވެ. ރާއިލް ލޯ އަޅާލާފައި ކޮން ޝަރުތެއްތޯ އަހާލިއެވެ.” ވާދޫއިން ކުއްޖަކާ އިންނަން ޖެހޭނެ.. ތިހިރަ ފަންސަވީސް އަހަރު ވަނީ މީހަކާ ނީނދެ ހުއްޓައި.. ” މަޔާން ހޭން ފެށިއެވެ.

 

” ކަމް އޯން މޭން… މަގޭ ޒުވާން އުމުރުގެ ތިކަހަލަ ކަންތައް ނުޖައްސާ.. ” ރާއިލް މޫނު ކުނިކޮށްލިއެވެ.” ނޯ… ޖެހޭނެ ހަމަ.. ދޯ އިލޫ.. ” މަޔާން އިލްޔާ ކައިރީ އަހާލިއެވެ.” އަދި ކިރިޔާ ދޯ މަ ހުރިކަން އިނގުނީ.. ” އިލްޔާ ލޯ އަޅާލިއެވެ.” ސޮރީ ލޯބީ.. ” މަޔާން މާފަށް އެދުނެވެ. ރާއިލް ހުރެފައި ހެން ފެށިއެވެ.” މީދޯ މި ގަންނަ ގަނޑަކީ.. ” ރާއިލް ހެމުން އަހާލިއެވެ.” ނޫނޭ.. މަޖަލަކަށް ޔާން އެހެން ކިޔަނީ… ” އިލްޔާ ތުން ދަމާލިއެވެ.

 

” އޯކެ ޕީސް ” ރާއިލް މަޔާންއަށް ދޫ ނެރެލިއެވެ.” ދެން ހެވޭ.. މަ މިއައީ ޕެކް ކުރަން.. ކަލޭ ވެސް އާދޭ ޕެކް ކުރަން.. ” މަޔާން ރާއިލް އަތުގައި ހިފާފައި ދަމަމުން ކޮޓަރިއަށް ވެއްދިއެވެ.” އިލޫ ވެސް އާދޭ މަށަށް ހެލްޕް ވާން.. ” މަޔާން ގޮވާލިއެވެ. އިލްޔާ ދުވެފައި ކޮޓަރިއަށް ވަނެވެ.

 

ސަނާ ކޮޓަރި ސާފު ކުރުމުގައި އަވަދިނެތި އުޅެނިކޮށް މީހަކު ގެދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ.” މިއޮށް ފަދަ ގަޑީގައި ކާކުބާ.. ” ސަނާ ފޮޅުން ހުއްޓާލާފައި ވާހަކަ ދެއްކިއެވެ. އަދި ދޮރާއި ދިމާއަށް ހިނގައިގަތެވެ. މިގަޑީގައި ކުރަން ހުރި މަސައްކަތްތައް ހުއްޓާލާފައި އަންނަން ޖެހުމުން ކުދި ކިޔަމުންނެވެ. ދޮރު ހުޅުވާލި ތަނާ ސަނާއަށް ލޯ ބޮޑުކޮށްލެވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ރީމާ – 8

Next

ވާން އެދެމޭ ގާތުގާ (3)

Next
March 6, 2021

ވާން އެދެމޭ ގާތުގާ (3)

Previews
March 6, 2021

ރީމާ – 8

3 Comments!

  1. ?Ril? says:
    March 6, 2021 at 7:52 pm

    Hlw unknown girl❤❤
    Masha Allah vrh sali mi part VX❤❤
    Vrh reethi Hama❤❤
    Regular koh cmnt nukuriyas I read mi stry ❤❤
    Stry ge cover pic vxx vrh lwbi ❤❤
    Waiting for the next part ❤❤
    Ly❤❤❤
    Stay safe and take good care ❤❤

    1. UNKNOWN GIRLL says:
      March 7, 2021 at 1:06 pm

      Thnks ril… Vrh ufaa vejje mi vhk reethikan engunyma… Once again thnk u so much?☺??❤❤❤❤

  2. redlailacrose says:
    March 7, 2021 at 4:48 pm

    Hi stry vrh reethi. When next part ?? yaan nd ilya ge parts vrh majaa . Kaakubaa dhoru kaireee huree ??? curious to know ??? nd could u please comment on my stry lobiveriyeh thinooney masheh neydhemey and loibahtakai aharen huva maru vs vedhaanamey ?? it means a lot to me stay safe ?? stay home ??

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ – 5←


All Right Reserved!