
ތިޔަ ލޯތްބަށް އެދެމޭ – 2
” އަހަރެންނަށް ދެރަ ގޮތެއް ނުވާނެ.. ” އިލްޔާ ގޮނޑީގައި އިށީނެވެ.” ނޫނޭ ލީޝާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ.. މަންމަ ކަންބޮޑުވޭ.. މިއަދު ވެސް މިގެއަށް އައިސް އިނީ ފާޑަކަށް.. ” ސަނާ ކަންބޮޑުވިއެވެ.” ހަސަދަ ލާމީހުން ހަސަދަ ލާނެނުން.. އޭނަ ޖޭ ވަނީ ޔާން އަހަރެންނާ އެއްކޮށް އުޅޭތީ އޯ.. ބެސްޓް ފްރެންޑް ވީމަ އުޅެން ވެސް އުޅޭނެ ދޯ އެކީގަ.. ” އިލްޔާ ކުދި ކިޔެވެ. ” ދަރިފުޅު ގަޔާ ވަނީތަ ޔާން އާ.. ” ސަނާ ކޮށްލި ސުވާލުން އިލްޔާ ހައިރާން ވިއެވެ.
**2 ވަނަ ޕާޓު**
” ނޯ ވޭ… އަހަރެން އޭނަ ދެކެނީ ހަމަ އެކަނި ބެސްޓް ފްރެންޑް ގޮތަށް… ” އިލްޔާ ލޯ ހަނި ކޮށްލަމުން ބުންޏެވެ. ސަނާ ބޯ ހޫރުވާލާފައި ކެއުމާއިގެން ކުރިއަށް ދިޔައެވެ. ކައި ނިންމައިގެން އިލްޔާ ކޮޓަރިއަށް ވަނީ ސަނާ ނިދަން ދޭތޯއެވެ. މިއަދު އިލްޔާ ބޭނުންވީ ސަނާއަށް ނުފެނި ދާންށެވެ.
ދަންވަރު ވަންދެން ހޭލައި އިންތިޒާރުގައި އިލްޔާ އިނެވެ. ގަޑިން ބާރަގަޑި ބައި ވަނިކޮށް އިލްޔާ ވަގެއްހެން ސިއްރުން ކޮޓަރިން ނިކުތެވެ. އޭރު ގޭތެރޭގައި ސަނާ ފެންނާކަށް ނެތެވެ. ހިތްހަމަ ޖެހުމުގެ ނޭވާ އެއް ލާފައި އިލްޔާ އެއްވެސް އަޑެއް ނުލައްވައި ފައިވާނަށް އަރައިގެން ގެއިން ނިކުތެވެ. އަދި އުފަލުން ދުވަމުން ގޮސް އަނެއް މަގަށް އަޅާލިއެވެ.
މަޔާން ތައްޔާރު ވެގެން ގެއިން ނިކުތެވެ. ލީޝާ މިހާ ދަންވަރު ބީޗަށް ދާން ބުނުމުން މަޔާން ހުރީ ހާސް ވެފައެވެ. ނަމަވެސް ހަމަޖެހޭކަން ދައްކައި ބީޗާއި ދިމާއަށް މިސްރާބު ޖެހިއެވެ. މާ ގިނައިރުތަކެއް ނުވެ ބީޗަށް އާދެވުނެވެ. އޭރު ލީޝާ އައިސް އިނެވެ. ލީޝާ ލައިގެން އިން އެއްޗެހިން މަޔާން ރުޅިއައެވެ.” ލީޝް ތިކަހަލަ އެއްޗެހި ނުލާށެކޭ ނުބުނަންތަ.. ކިރިޔާ ހަރަކާތް ކޮށްލިޔަސް ހަށިގަނޑު އެބަ ފެނޭ… ” މަޔާން ދެބުމަ ގޮއްޖަހާލައިގެން ވާހަކަ ދެއްކިއެވެ.” ސޮރީ.. ދެން ނުލާނަން.. ” ލީޝާ ތުއި ވެލަމުން ބުންޏެވެ. މަޔާން ދުރު ބަލާލިއެވެ.” ކީއްކުރަން މަ މިތަނަށް ގެނައީ.. ” އެ ހުރިގޮތަށްހުރެ މަޔާން އެހިއެވެ.
” ސުވާލެއް އަހާލަން.. ” ލީޝާ ކޮޅަށް ތެދުވަމުން ދެއަތް ޖޯޑު ކޮށްލިއެވެ.
” ކޮން ސުވާލެއް؟ ” މަޔާން ހައިރާން ކަމާއެކު އަހާލިއެވެ.” އަހަރެން ވާހަކަ ދައްކާ ނިމެންދެން އެއްޗެއް ނުބުނެ ހުންނަން ވާނީ.. ” ލީޝާ އަމުރު ކޮށްލިއެވެ. މަޔާން ވަގުތުން ބޯ ޖަހާލިއެވެ.” އެއީ.. މަށާއި އިލްޔާއާ ތެރެއިން ކޮންމެސް އެކަކު ނަގާ.. ޔާން އުޅެނީ އެ އިލްޔާ އަކާނު.. މަށަކަށް ނޫންނުން؟؟ މަށަށް އިނގެއޭ ކުރިން ވެސް.. އޭނާ ރާވައިގެން މަށަށް ލަނޑުދޭން.. ތީ ހަމަ އެކަނި މަގޭ މީހެއް.. އޭއްޗަކު ބޭނުން ހާ ގޮތެއް ނުހެ… ”
” ހުއްޓާލާ!!!! އޭނަ އާއި ދިމާއަށް އެއްޗަށް ނުގޮވާ.. ދެވަނަ ފަހަރަށް ގޮވާފިއްޔާ މަގޭ ނުލަފާކަން ދައްކާލާނަން..!! ބުނަން ވާހަކައެއް..؟!! މަ އިލްޔާ ދެކެނީ ގާތް އެކުވެރިޔާ ގޮތަށް… ލީޝް ކިތަންމެ ރުޅިއަޔަސް އެއީ މަގޭ އެންމެ ގާތް އެކުވެރިއަކީ…! ” ލީޝާ ވާހަކަ ދައްކާ ނުނިމެނީސް މަޔާން އިންޒާރު ދިނެވެ.” ތާހިރެއްނު..!!! މަށަށް ދެރައެއް ލިބުނަސް ޔާންއަށް ހެޔޮ ދޯ.. ” ލީޝާ ހަޅޭއްލަވައި ގަތެވެ.” މަށަށް އިލޫގެ ގޮތް އެންމެ ރަނގަޅަށް އިނގޭނީ… ލީޝް ދެކެ ލޯބި ވީމަ ވެސް އިލޫ ކައިރީ އެހީ.. އިލޫ ނުރުހޭ ކަމެއް ކުރާކަށް މަ ބޭނުމެއް ނޫނޭ.. އިލޫ އުފަލުން މަ ކައިރީ ބުނީ ލީޝާއާ ރައްޓެހި ވާށޭ..!! ” މަޔާން ބުންޏެވެ. އެވަގުތު މަޔާން ލީޝާ އާއި ދިމާއަށް ބަލާލި ގޮތުން ލީޝާ ޖެހިލުންވިއެވެ. ނަމަވެސް އަޑަށް ހަރުކަށިކަން ގެންނަމުން ވާހަކަ ދެއްކިއެވެ.” ގާތް އެކުވެރިއަކަށާ ފިރިހެނެއް ގެންގުޅުން ނަމަ ދޯ.. ”
” މަށަށް އިނގޭނީ މަ ނަގާނެ އެކުވެރިއެއް ވެސް.. ” މަޔާން ވެސް ހަރުކަށިގޮތަކަށް ބުންޏެވެ.” ހޫނ… ދެން ހެވޭ.. ކާކު ނަގާނީ.. މަތަ؟ ނޫނީ އެ އިލްޔާތަ؟ ” ލީޝާ ކޮށްލި ސުވާލުން މަޔާން އަތް މުއްކަވާލިއެވެ. ލީޝާ ވިހަ ހިނިތުންވުމެއް މަޔާން އަށް ވެދުން ކޮށްލިއެވެ.” މަ ނަގާނީ އިލޫ..!! ” މަޔާން ދެލޯ މަރާ ބާރުކޮށްލަމުން ޖަވާބު ދިނެވެ. ލީޝާ ހައިރާންވިއެވެ. ދެވަނަ ސިކުންތުގައި މަޔާން އާއި ދިމާއަށް ދުއްވައިގަތެވެ. މިއޮއް ހުރިހާ އިރު އޭނާ ހީކޮށްގެން ހުރީ މަޔާން ނަގާނީ އޭނަ ކަމަށެވެ. މަޔާން އާއި ހަމައަށް ގޮސް ލީޝާ މަޔާންގެ މޭގައި ތަޅަން ފެށިއެވެ.” ޔާން ކީއްވެ އަހަރެން ނުނެގީ.. ” ލީޝާ މަޔާން އާއި ހަތަރުކަޅި ހަމަކޮށް ބުންޏެވެ.
” މަ ބޭނުން ނުވީ ނަގަން.. މަ ވެސް ހިޔެއް ނުކުރަން ލީޝް ތީ ތިހާ އެދުން ބޮޑު މީހެއް ކަމަކަށް… ލެޓްސް ބެރޭކް އަޕް.. ” މަޔާން ލީޝާ ދުރުކޮށްކަމުން ބުންޏެވެ.” ނޯ ޕްލިޒް ޔާން.. ” ލީޝާ ހިތް ތެޅިލިއެވެ.” ނޯ.. މިހާ ހިސާބުން މި ދޭތެރޭގަ އޮތް ގުޅުން ނިމުނީ.. ” މަޔާން އެހެން ބުނެފައި އަނބުރާ އައި ދިމާއަށް ހިނގައިގަތެވެ. ހިތް ކިތަންމެ ނުރުހުނަސް ލީޝާ ކަހަލަ ކުއްޖަކާ އެއްކޮށް އުޅޭކަށް މަޔާން ބޭނުމެއް ނޫނެވެ. އިލްޔާ ކައިރިއަށް ދާން ހިތަށް އެރިއެވެ. އަދި ނުނިދާނެ ކަން އިނގުމުން އިލްޔާ މެން ގެއަށްދާން މިސްރާބުޖެހިއެވެ.
އިލްޔާ އެކަނި މާ އެކަނި ލަވައެއް ކިޔަމުން ދަނިކޮށް މަޔާން އަންނަތަން ފެނުނެވެ. މަޔާން މޫނުމަތިން ފެންނަން ހުރީ ހިތާމަވެރި ކުލަވަރެކެވެ. ކަމެއް ގޯސް ވެއްޖެކަން އެނގުމުން އިލްޔާ ވީގޮތް ސާފު ކޮށްލާ ހިތްވިއެވެ.” ޔާން ވަޓް ހެޕެންޑް..؟؟ ކަމެއް ގޯސް ވީތަ؟ ” އިލްޔާ މަޔާން އާއި އަރާ ހަމަ ކުރަމުން އަހާލިއެވެ. މަޔާން ބޯ ޖަހާލިއެވެ.” ހިނގާ އެ ދިމާއަށް ދާން.. މަގު މެދުގަ ތިބެގެން ވާހަކަ ދެއްކުމަށް ވުރެ ރަނގަޅުވާނެ.. ” އިލްޔާ ހިނގައިގަންނަމުން ބުންޏެވެ. މަޔާން ވެސް އިލްޔާ ފަހަތުން އައެވެ.
” ދެން ބުނެބަ ވަޓް ހެޕެންޑް.. ” އިލްޔާ ބިންމަތީގައި އިށީންނަމުން އަހާލިއެވެ. މަޔާން އިލްޔާ އުނގުގައި ބޯ އަޅާލަމުން އޮށޯވެލިއެވެ.” އަހަރެން ލީޝް އާ ބްރޭކް އަޕް ވެފިން.. ” މަޔާން ކުރެހިފައިވާ އަޑަކުން ބުންޏެވެ. އިލްޔާ އަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.” ކީއްވެ..؟؟ މައްސަލަ އެއް ޖެހުނަސް ޔާން އެ ކަމެއް ހައްލު ކުރޭނުން.. ” އިލްޔާ ވިސްނަމުން އަހާލިއެވެ.” އަހަރެން ހިއެއް ނުކުރަން ލީޝް އެއީ އެހާ އެދުން ބޮޑު ކުއްޖެކޭ.. އެކަމް.. ” މަޔާން ދެރަވި ވަރުން ވާހަކަ ނުދެއްކުނެވެ.” އޭނަ ބުނީ އިލޫ އާ ލީޝް އާ ތެރެއިން ކޮންމެސް އެކަކު ނަގާށޯ… އަހަރެން އިލޫ ނެގީ.. ލީޝް އާ އޮތް ގުޅުން ކަނޑާލާފަ.. ” މަޔާން ކުޑަ އިރުކޮޅެއް ފަހުން ވާހަކަ ދެއްކިއެވެ.
” ކީއްވެ އަހަރެން ނެގީ..؟؟ ލީޝް މާ މުހިންމުވާނެ ދޯ ޔާން ލައިފްގަ.. ” އިލްޔާ ވެސް ފެންކަޅިވެފައި ހުރެ އަހާލިއެވެ.” އެއީ ކުޑައިރުއްސުރެ އިލޫ އަހަރެން ކައިރީގައި ހުރީ.. ލީޝް އާ ދިމާވީ ވަރަށް ފަހުން… އަހަރެންނަށް ލީޝް އާ ނުލައި ނޫޅެވޭނެ.. ” މަޔާން ވާހަކަ ދެއްކި އިރު އަޑު ތުރުތުރު ލައެވެ. އިލްޔާގެ ދެލޮލުން ވެސް ކަރުނަ އަންނަން ފެށިއެވެ. ދެން ފެނުނީ އިލްޔާއަށް ދުވަހަކު ފެނިފައިނުވާ މަންޒަރެކެވެ. މަޔާން ލޮލުން ކަރުނަ އައި ތަނެވެ. ހަމަ ގައިމުވެސް ލޯބި ނުވަންޏަކާ ކަރުނަ އަޅައެއް ނުރޯނެއެވެ.
” ޔާން.. ނުރޯ.. އަހަރެން ވެސް ދެރަވޭ ޔާން ރޯތަން ފެނުނީމަ.. ” އިލްޔާ މަޔާން އިސްތަށިގަނޑާއި ކުޅެމުން ބުންޏެވެ. އިލްޔާ އެހެން ބުނުމުން މަޔާން ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. ދެމީހުން އެތަށް އިރަކު ވާހަކަ ދައްކަން ތިބެފައި ގެއަށް ދިޔައީ ފަތިސް ނަމާދަށް ގޮވަން އުޅެނިކޮންނެވެ.” އިލޫ.. ސޮރީ.. ” މަޔާން ގެއަށް ދިޔަ މަގުމަތީގައި މާފަށް އެދުނެވެ.” ކޮން ކަމަކަށް.. ސޮރީ ބުނާ ވަރު ކަމެއް ވެއްޖެތަ.. ” އިލްޔާ މަޑުމައިތިރިކޮށް ވާހަކަ ދެއްކިއެވެ.” އިލޫ އުނގުގަ ބޯ އެޅުނީމަ.. ” މަޔާން ދުރު ބަލާލަމުން ބުންޏެވެ. އިލްޔާ ގާތަށް ހިނިވެސް އައެވެ. އޭރު މަޔާން ލޮލުން ލަދުގަނެފައި ކަން ބަލާލި ކޮންމެ މީހަކަށް އިނގޭނެއެވެ.
” އެ ދެން އެވަރު ކަމެއް ނޫނޭ.. ދެރަވީމަ އެކަހަލަ ކަންތައް ވެސް ކުރެވޭނެ.. މަޔާން ގެ ބަދަލުގައި އަހަރެން ހުރި ނަމަވެސް އެހެން ކަންތައް ކުރެވޭނީ… އެއީ ސޮރީ ބުނާ ވަރު ކަމެއް ނޫން.. ” އިލްޔާ ހިނިތުން ވެލަމުން ބުންޏެވެ. ” ތެންކްސް.. ” މަޔާން ޖީބަށް އަތް ޖަހާލަމުން ބުންޏެވެ.” އެނީ ޓައިމް ” އިލްޔާ ޖަވާބު ދިނެވެ.” މިރޭ ގެއަށް ދާ ހިތެއް ނެތް.. އޯކޭތަ އިލޫ މެންގޭގަ ނިދިޔަސް.. ” މަޔާން ބޯ ކަހާލަމުން ބުންޏެވެ. އިލްޔާ ބޯ ޖަހާލިއެވެ. އޭރު ބަންގި ގޮވަން ފަށައިފި އެވެ.” އަހަރެން މަޑު ކުރާނަން ޔާން އަންނަންދެން.. މަންމަ އަނެއްކާ ރުޅި އައިސްދާނެ އެކަނި ފެނުއްޖެއްޔާ.. ” އިލްޔާ ބޭރުގައި މަޑު ކުރަން ނިންމިއެވެ.
މަޔާން މިސްކިތުން އައުމުން ދެމީހުން ގެއަށް ވަދުނެވެ. އޭރު ސަނާ ކަންބޮޑު ވެފައި އިނެވެ.” އިލްޔާ ކައިރީ ދަންވަރު ބޭރަށް ނުދާށޭ ކިޔާތާ ކޮންދުވަހެއް..” ސަނާ ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.” ދައްތާ.. އޭނަ އަހަރެންނާ އެއްކޮށްނޭ ހުރީ.. ” މަޔާން ހިނިތުން ވެލަމުން ބުންޏެވެ. ސަނާ އެންމެ ރަނގަޅޭ ބުނެފައި ދެމީހުންނަށް ފުން ނަޒަރަކުން ބަލާލިއެވެ. މަޔާންގެ ލޯ ފުދޭ ވަރަކަށް ރަތްވެފައި ހުރުމުން ސަނާ ހިތުގައި ސުވާލު އުފެދުނެވެ.
” މަންމާ.. މީ.. ޔާން އަހަރެމެން ގޭގައި ނިދިޔަސް އެންމެ ރަނގަޅުތަ..؟ ” ސަނާ ބޯ ޖަހާލާފައި ނަމާދު ކުރަން ދިޔައެވެ. އިލްޔާ ވެސް މަޔާން ކޮޓަރިއަށް ލާފައި ސަނާ އާއި އެއްކޮށް ނަމާދު ކުރަން ދިޔައެވެ.” މަޔާން އަށް ކިހިނެއްވެފަ އެހުރީ.. ” ސަނާ އިލްޔާ އާއި ސުވާލު ކޮށްލިއެވެ.” ލީޝާ އާ ބްރޭކް އަޕް ވީ ” އިލްޔާ ޖަވާބު ދިނެވެ. ސަނާ ހައިރާން ވިއެވެ.
ނަމާދު ކޮށް ނިންމައިގެން އިލްޔާ ކޮޓަރިއަށް ދިޔައެވެ. އޭރު މަޔާން ސޯފާގައި އިށީނދެ އިނެވެ. މަޔާން އެ ކޮޓަރީގައި އޮންނާތީ އިލްޔާ އަށް ޖެހުނީ ބުރުގާ އަޅާއިގެން ނިދަންށެވެ” ދީބަ ބާލީހެއް.. ” މަޔާން އެދުނެވެ. އިލްޔާ ދެ ބާލިސް އެއްލުމުން މަޔާން ސޯފާގައި ޖައްސާލިއެވެ. ” ޔާން ބޭނުންތ.. ” ސުވާލެއް އަހަމުން މަޔާން އާއި ދިމާއަށް އެނބުރުން އިލްޔާ އަނގަ ބަންދުވީ މަޔާން ކުރި ކަމަކުންނެވެ.
– ނުނިމޭ –
One Comment
Comments are closed.
Alhe mayaan keey kureba? Vrh reethi stry.????im just speechless ???and could you please comment on my story
Anyways stay Safe ❤️❤️ stay home ?