ތިޔަ ލޯތްބަށް އެދެމޭ – 5
ސަނާ ކޮޓަރި ސާފު ކުރުމުގައި އަވަދިނެތި އުޅެނިކޮށް މީހަކު ގެދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ.” މިއޮށް ފަދަ ގަޑީގައި ކާކުބާ.. ” ސަނާ ފޮޅުން ހުއްޓާލާފައި ވާހަކަ ދެއްކިއެވެ. އަދި ދޮރާއި ދިމާއަށް ހިނގައިގަތެވެ. މިގަޑީގައި ކުރަން ހުރި މަސައްކަތްތައް ހުއްޓާލާފައި އަންނަން ޖެހުމުން ކުދި ކިޔަމުންނެވެ. ދޮރު ހުޅުވާލި ތަނާ ސަނާއަށް ލޯ ބޮޑުކޮށްލެވުނެވެ.
**5 ވަނަ ޕާޓު**
ކުރިމަތީގައި ހުރީ އަޒާމްއެވެ. ސަނާ އުފަލުން އަޒާމް ގައިގައި ބައްދާލިއެވެ. އަޒާމް ވެސް ހުރީ ނުހަނު އުފަލުންނެވެ.” ކީއްވެ އެހާ އަވަހަށް ތިއައީ… ބުނީ މާދެން އަންނަ ވާހަކަނުން.. ” ސަނާ ޝަކުވާ ކޮށްލިއެވެ.” ސަޕްރައިޒް ކޮށްލީއޭ.. ކޮބާ އިލޫ.. ” އަޒާމް ސަނާ އަތުގައި ހިފާލަމުން އަހާލިއެވެ.” ވެއްޖެ މަޔާން މެން ގެޔަށް ގޮސް… އެމީހުން އެއުޅެނީ ވާދޫއަށް ދާންށޯ.. ” ސަނާ އުފަލުން ބުންޏެވެ.” އޭނ.. ކީއްކުރަން އެ އަތޮޅަށް ފޮނުވަނީ.. އަނެއް މަންޖެވީ އެ އަތޮޅުގަ.. ދެމީހުން ދިމާ ވިއްޔަ ކިހިނެއް ހަދާނީ.. ” އަޒާމް ކަންބޮޑުވިއެވެ. ސަނާ މޫނު މަތިން ވެސް ކަންބޮޑުވުން ފާޅުވިއެވެ.
” އިލޫއަށް އަށާރަ އަހަރު އެވަނީ.. އެ މަންޖެއަށް އިނގެން ޖެހޭނެ ކަންނޭނގެ މިހާރު… ” ސަނާ ހާސްވިއެވެ.” އާނ ދެން އިނގެން ވެސް ޖެހޭނެ.. އަހަރެމެން ނުބުންޏަސް އިނގޭނެ… އަބަދަކު ސިއްރެއް ގޮތުގައެއް ނޯންނާނެ.. ” އަޒާމް ނުތަނަވަސް ވިއެވެ. އެވަގުތު އިލްޔާ ވަދެގެން އައެވެ.” ބައްޕާ؟؟ ” އިލްޔާ ހުރީ އުފަލުން ކިރިޔާ ނުރޮވިއެވެ. ވަގުތުން ދުވެފައި ގޮސް އަޒާމް ގައިގައި ބައްދާލިއެވެ.
” ބައްޕަ ސުވާލެއް އަހާލަންތަ..؟؟ ” އަޒާމް އިލްޔާ ބައިންދަމުން ފުން ނޭވާއެއް ލިއެވެ. އިލްޔާ ބޯ ޖަހާލުމުން އަޒާމް ވާހަކަ ދެއްކިއެވެ.” ދަރިފުޅު ކީއްކުރަން ރާ އަތޮޅަށް ދާން ތިއުޅެނީ.. އެހެން އަތޮޅެއް ހަމަ ނެތީތަ ދާން.. ” އަޒާމް އަހާލިއެވެ. އިލްޔާ ހައިރާން ވެފައި ސަނާ އާއި ދިމަ ބަލާލިއެވެ.” ބައްޕާ ކިހިނެއްވީ… ހަމަ ދާ ހިއްވީ..” އިލްޔާ ވާހަކަ ދެއްކިއެވެ.” އެންމެ ރަނގަޅު ދިޔަޔަސް… އަވަހަށް އަންނަން ވާނެ އެކަމް.. ” އަޒާމް ތެޅި ތެޅި އޮތް ހިތަކާއި އެކު ހުއްދަ ދިނެވެ.
އެ ކުޑަ އާއިލާ އެކީގައި ވާހަކަ ދައްކަން ތިބެފައި ކައިގެން އަރާމު ކޮށްލަން ކޮޓަރިއަށް ވަނީ ރޭގަނޑު ވީ ފަހުންނެވެ. މިރޭ އަޒާމް ގޭތެރޭގައި އިންނާތީ އިލްޔާ ނިންމީ ކުޑަދޮރުން ބޭރަށް ދާންށެވެ. ކަޅު ކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ޖީންސް އެއް ލައިގެން އިލްޔާ ބޭރަށް ދާން ތައްޔާރުގައި އިނެވެ. އަޅައިފައި އިން ބުރުގާވެސް ގޮތަކަށް ރީތިކޮށްލާފައި އިނެވެ. ފޯނު އަތަށްލާ ބާރު ކޮށްލަމުން އިލްޔާ ކުޑަދޮރުން ފުންމައިލީ މަޔާން މިރޭ ފޫހިވާތީ ބީޗަށް ދާން ބުނެފައި އޮތުމުންނެވެ.
ބީޗަށް ދިޔައިރު މަޔާން އިނެވެ.” ވޯވް ލޯބީ.. ޔޫ ލުކް ބިއުޓިފުލް.. ” މަޔާން އެއްލޯ މަރައިލިއެވެ.” ލޮލް ލޮލް .. މަޖާ.. ” މަޔާން ހިނިގަނޑެއް ޖަހާލިއެވެ. އިލްޔާ އުނަގަނޑުގައި އަތް ވިއްދާލައިގެން ހުއްޓުނެވެ. މަޔާން ކިހިނެއްވީތޯ އަހާލިއެވެ.” ބައްޕަ އައިއްސި… އެހެންވެ މާދަން ހެނދުނު ފުރާނީ.. ” އިލްޔާ މަޔާން ކައިރީގައި އިށީނެވެ.” އޯހ… އޮކޭ.. ނަސީބެއްދޯ މިއަދު ޕެކް ކުރެވުނުކަން.. ” މަޔާން ހީލިއެވެ.
” އިލޫ.. ސުވާލެއް އަހާލަންތަ..؟ ” މަޔާން ސީރިއަސް ވެލާފައި ބުންޏެވެ. އިލްޔާ ބޯ ޖަހާލިއެވެ.” މަށާ ރައްޓެހިވެފާނަން؟؟ ” މަޔާން އެހި ސުވާލަކަށް އިލްޔާ ފާޑަކަށް މަޔާން އާއި ދިމަ ބަލައިލިއެވެ.” ސާބަހޭ.. ” އިލްޔާ ލޯ ހަނި ކޮށްލިއެވެ.” ޖަވާބު ދީބަލަ ދޯ.. ” މަޔާން ދުރު ބަލާލީ ހެވެން ފެށުމުންނެވެ. ” އާރ ޔޫ ސީރިއަސް ޔާން..؟؟ ” އިލްޔާ ދެބުމަ ގޮއްޖަހާލިއެވެ. އެހެން ބުނުމާއެކު މަޔާން ހިނިގަނޑު ފަޅައިގެން ދިޔައެވެ.” މި ޔާން ވެސް… ” އިލްޔާ މަޔާން ކޮއްޕާލިއެވެ. ދެމީހުން ދެން ފެށީ ސަކަރާތް ޖަހާށެވެ.
” ދެން ހެޔޮ.. ދޭ ނިދަން.. ހެނދުނު ދަންޏާ ނިދަން ޖެހޭނެ ދޯ އަވަހަށް… ” މަޔާން ގައިން ވެލި ފޮޅާލަމުން ބުންޏެވެ.” އޯކޭ.. ޔާން އާދޭ އިލޫ ގެއަށް ލާން.. ” އިލްޔާ ފައިވާނަށް އެރިއެވެ. އަދި މަޔާން އާއި އެއްކޮށް ހިނގައިގަތެވެ. މަގުމަތީގައި ވެސް ދެމީހުން ދިޔައީ ސަކަރާތް ޖަހަމުންނެވެ. އޭރު ތިނެއް ޖަހައި ބޮޑު ވެއްޖެއެވެ.
ކޮޓަރި ކުޑަދޮރުން އެތެރެއަށް އިލްޔާ ފުންމައިލިއެވެ. ނަސީބަކުން ސަނާ އަދި އަަޒާމް ވެސް ކޮޓަރި ތެރެއަށް ވަދެފައެއް ނެތެވެ. މާދަން ލާނެ ހެދުމެއް ނަގާފައި ނިދާ ހެދުންލައިގެން އިލްޔާ އެނދަށް އެރިއެވެ. ފޯނުން މަޔާން އަށް މެސެޖް ކުރަން އޮއްވައި އިލްޔާ އަށް ނިދުނެެވެ.
ހޭލެވުނީ ސަނާ އައިސް ގޮވުމުންނެވެ. ފުންމައިގެން ތެދުވެ އިލްޔާ ފާހަނައަށް ދާން ދުއްވައިގަތެވެ. ސަނާ ކޮޓަރި ދޮރު ލެއްޕާލައިފައި ނިކުތެވެ. އިލްޔާ ފެންވަރައިގެން ރަތް ކުލައިގެ ސްވެޓާރ ގޮތަށް ހުރި އަތްދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ޖީންސް އެއް ލިއެވެ. އަދި އިސްތިރިކޮށްފައި އޮތް ކަޅުކުލައިގެ ޝޯލް އަޅަން ފެށިއެވެ. އެންމެ ފަހު ޕިން ބުރުގާއަށް ޖަހާފައި އިލްޔާ އަމިއްލަ ނަފްސަށް ބަލާލިއެވެ. އަދި ބެކްޕެކް އަޅުވާލައިގެން ކޮޓަރިން ނިކުތެވެ.
” އަނހަ.. މަޔާން ވެސް އައީނު.. އާދޭ ދެކުދިން ސައިބޯން.. ” ސަނާ ގޮވާލިއެވެ.” ނޫން.. އޯކޭ ވާނެ.. ކޮފީ ދަޅެއް ގަނެގެން ބޯލާނީ ” އިލްޔާ ސަނާ އާއި އަޒާމް ގައިގައި ބައްދާލިއެވެ. އަދި ސަލާމް ކޮށްލުމަށްފަހު މަޔާން އާއި އެއްކޮށް ގެއިން ނިކުތެވެ.
ރާއިލް ކޮފީ ދަޅުތައް ހިފައިގެން ފިހާރައިން ނިކުތެވެ.” ބްރޯ.. ފޮށިތައް ހިފައިބެ.. މަށަށް ބަރު ވެއްޖެ.. މި އަންހެން ވެރިން ފޮށިތައް ވެސް ނިކަށް ބަރު ވާނެ އަދި.. ” މަޔާން ގަސްތުގައި އިލްޔާ ރުޅި އެރުވުމަށް އެހެން ބުންޏެވެ.” މިހުރީ ވާ ކަމެއް.. މަ ދޯ ވީ ހުރިހާ ކަމެއް ކުރަން.. ” ރާއިލް ކުދި ކިޔައިގަތެވެ.” އިލްޔާ މަޔާން އަތުގައި ވިކައިގަތެވެ.” އައުޗް.. ކިހިނެއް ތިހެދީ… މި އަތަށް ތަދުވީމަ ކާކު ދެން އިލޫ އުރައިލާނީ ވެސް.. ތިހެން ނުހަދާ.. ” މަޔާން އެކްޓް ކޮށްލިއެވެ.” ނޫނޭ ވާ ރަނގަޅު… އެކްޓް ވެސް މޮޅީހަމަ.. ” އިލްޔާ ހީގަތެވެ. ތިންމީހުން އެ ސަކަރާތުގައި ތިބެ ލޯންޗަށް އެރިއެވެ.
ދަތުރު މަތީގައި ވެސް އެހާ ވަރަށް ސަކަރާތް ޖެހިއެވެ.” ވަޓް.. ޔާން.. މަގޭ މޫނު މަތީގަ އެއްޗެއް ހުރީތަ އެތިބަ މީހުންތައް އެބަލަނީ.. ؟؟ ” އިލްޔާ އެތާ ތިބި ފިރިހެން ގުރޫޕެއް ދައްކާލައިފައި ބުންޏެވެ. އެމީހުން ސިއްރު ސިއްރުން އިލްޔާ އަށް ބަލަބަލާފައި ވާހަކަ ދައްކަމުން ދިޔައެވެ.” އަޅައި ނުލާ.. އެއީ އެފާޑު މީހުންގެ ވައްތަރު.. ” މަޔާން ރުޅިއައެވެ. އެހެން އިންދައި އެތަނުން މީހަކު އަންނަން ފެށިއެވެ.
” އާތް.. މަންޖޭ ހާދަ ރީއްޗޭ.. ” އެމީހާ އިލްޔާ ކޮލުގައި ފިރުމާލަމުން ވާހަަކަ ދެއްކިއެވެ.” އޭއި.. ގައިގަ އަތް ނުލާ..!! ” އިލްޔާ ލޯ އަޅާލިއެވެ.” އަތް ލިޔަސް ކޮންކަމެއް.. ” އެމީހާ ނުލަފާ ގޮތަކަށް ހީލިއެވެ.” އޭނަ ކައިރިން ދުރުގަ ހުރޭ.. އަހަރެމެން ވެސް ނުދަން ދޯ ކަލޭމެން ގަޔަށް އަރާކަށް.. ” މަޔާން ވާހަކަ ދެއްކީ އިލްޔާ ކުރި މައްޗަށް އަރަމުންނެވެ.” އައްދޭ.. ސަޅި ބިޓުން ގޮވައިގެން ދޯ އުޅެނީ އަދި.. ” އެމީހާ މަލާމާތް ކޮށްލިއެވެ.” އާނ!!.. ކަލެއަށް ކީއް.. ” މަޔާން މޫނަށް ވައްތަރެއް ޖައްސާލިއެވެ.
” ދޭ މިތަނުން.. !! ” މަޔާން އެމީހާ ކޮށްޕާލިއެވެ.” ޔާން އިށީނދޭ.. ” އިލްޔާ މަޔާން އަތުގައި ހިފާފައި ބޭންދިއެވެ.” އެ ކަންތައް މަތިން ހަނދާން ނައްތާލާ.. މިހާރު އެއޮށް އާދެވެނީ ރަށަށް.. ” އިލްޔާ ވާހަކަ ދެއްކިއެވެ. މަޔާން ބޯ ޖަހާލާފައި ރާއިލް އާއި ވާހަކަ ދައްކަން ފެށިއެވެ. އެމީހާ ތެދުވެފައި ހިނގައިގަތީ ކުރިން އިންތަނަށެވެ.
ލަސްތަކެއްނުވެ ދޯނި ރަށަށް ޖެއްސިއެވެ. ތިން މީހުން އެކީގައި ލޯންޗުން ފައިބާފައި ފޮށިތައް ލިބެންދެން މަޑުކޮށްގެން ތިއްބެވެ. އެހެން ތިއްބައި އިލްޔާމެން ވަރު ކުދިންތަކެއް އައެވެ.” އޭއީ ހިލޫ.. ހާދަ ނޭނގޭކަމަށް ހަދައިގެން.. ކޮންތާކަށް ގޮއްސަ ތިޔައީ.. ” އެތަނުން އެކަކު އަހާލިއެވެ. އިލްޔާ ހައިރާންވިއެވެ.” ހިލޫއޭ؟؟ ތީ ކޮން ބައެއް.. ” އިލްޔާ ހައިރާން ވެފައި އެހިއެވެ.” ފާތިމަތު ހިލްޔާ ގަނޑާ!!.. އަހަރުން ދަންނަ ކަމަށް ވެސް ނުހެދީތަ؟؟ މީ ޔާނީއޭ.. ދެން އެހުރީ އައިހާ އެންޑް ނިހާ ” އެތަނުން އެކަކު ބުންޏެވެ.” އަމްމް.. މައި ނޭމް އިޒް ނޮޓް ހިލްޔާ.. އައިމް އާމިނަތު އިލްޔާ ” އިލްޔާ ވާހަކަ ދެއްކިއެވެ.
” ނަން ވެސް އޮޅުވާލީ ދޯ.. ހޫ އިޒް ދިސް.. ބޯއި ފްރެންޑް؟؟ ” ޔާނީ ހީގަތެވެ.” ސޮރީ.. އައިމް ނޮޓް ހާރ ބޯއީ ފްރެންޑް.. ތީ ކޮން ބައެއް ކަމެއް ނޭންގުން… ” މަޔާން ވެސް ހައިރާން ވިއެވެ.” އޯކޭ އޯކޭ.. މިރޭ އަންނައްޗޭ ބާބަކިއު ހަދަން ބީޗަށް.. ވައިބާރ ގުރޫޕްގަ ވެސް ލިޔެލާނަން…. ” ޔާނީ އެހެން ބުނެފައި ދާން ހިނަގއިގަތެވެ. އައިހާ އާއި ނިހާ ވެސް ޔާނީ ފަހަތުން ދިޔައެވެ.” ކީކޯ އެ ކިޔަނީ؟؟ ” އިލްޔާ ހައިރާން ވެފައި މަޔާން ކައިރީގައި އެހިއެވެ.
– ނުނިމޭ –
One Comment
Comments are closed.
Nice ?? waiting for next part ?? stay safe ?? stay home ??