މުޅި މާހައުލު ވަނީ ރަން އަލިކުލައިން ދިއްލާ އަޅާފައެވެ. ރީތިރީތި މާކޯނި ތަކުން ޖަރީ ކޮށްފައެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ކަނޑު ނޫކުލައާއި އަޅި ކުލައިގެ ފަރުމާތަކެވެ. ކާމޭޒްތައް އަޅި ކުލައިގެ ފޮތިން ޖަރީ ކޮށްފައިވާއިރު، އެ މޭޒުތައް ކައިރީގައިވާ ގޮނޑިތަކުގައި ލައްވާފައިވަނީ ކަނޑު ނޫކުލައިގެ އުރަތަކެކެވެ. ފާރުގެ އެކި ހިސާބުތަކުގައި ދެކުލައިން އެއްކޮށްފައި މާބޮނޑިތައް ހަރުކޮށްފައި ހުރިއިރު، ސީލިންގް ގައި ހަރުކުރެވިފައިހުރި ޑިސްކޯ ލައިޓް ތަކުން ގަދަ ނޫކުލައިގެ ބޮޅުތަކެއް ރަންކުލައިގެ މާހައުލައް އެޅިފައިވެއެވެ. […]
އެއީ މީގެ ފަންސަވީސް އަހަރު ކުރިއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. އެދުވަހުގެ ހަނދާންތަށް މިހިތުގައި ބިންވަޅު ނެގިފައި އަދިވެސް އެބަ ހުއްޓެވެ. ފިނިފިނި ފަތިހެއްގެ ވަޤުތެކެވެ. އަރާމު ނިންޖަކުން ނިދާފައި ތިބި އަހަރެމެންނަށް ކުއްލި ގޮތަކަށް ހޭލެވުނީ ދުވަހަކުވެސް ނީވޭފަދަ ބިރުވެރި ނާމާން އަޑުތަކެއް އިވެން ފެށުމުންނެވެ. އެ އިވެނީ ބަޑި ޖަހާ ފާޑުގެ އަޑެއްކަމަށް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އިވެން ފެށި އަޑުތަކުގެ ހަގީގަތް ހޯދުމަށް އަހަރެން މަގު […]
ނޯޓް: މިއީ ޙަޤީޤީ ޙާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ރަށުގެ ނަމާއި ވާހަކައިގައި އުޅޭ މީހުންގެ ނަންތައް ވާނީ ބަދަލުކޮށްފައެވެ. ޒީނާއަކީ އއ. އުކުޅަހު ސްކޫލްގައި ކިޔަވަމުންދިޔަ ކުއްޖެކެވެ. ކިޔެވުމުގެ އިތުރުން އަޚްލާޤީ ގޮތުންވެސް ސްކޫލްގައި ފާހަގަކޮށްލެވޭ ކުއްޖެކެވެ. ކޮންމެ އަހަރަކު މުޅި ގްރޭޑުން އެއްވަނަ ހޯދައެވެ. ވުމާއެކު ގްރޭޑް ދިހައަކަށް ދިޔަ އަހަރު ސްކޫލްގެ ކެޕްޓަންކަން ލިބުނެވެ. ނަމަވެސް އަހަރުގެ މެދަކާއި ހިސާބަށް ދިޔަތަނާ ޒީނާގެ ކިޔެވުމާއި މިޒާޖަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ނެގިމަޑުވެ ޚިޔާލަކަށް […]
ދުވަސްކޮޅަކީ ވަރަށް ވިއްސާރަ ދުވަސްކޮޅެކެވެ. ރީތިކޮށް އުޑުމަތި ސާފުކޮށް އޮތް ނަމަވެސް ކަޅުވިލާތަކުން އުޑުމަތި ބައްދާލައި ވާރޭ އޮހިގަންނަނީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މާލޭގެވެސް ބައެއް މަގުތަކުގައި ފެންބޮޑުވެ ބިންމަތި ނުފެންނައިރު އަނެއްބައި މަގުތަކުގައި ވަނީ ފެނުގެ ކޯރު ކޯރު ހެދިފައެވެ. ސުކޫލަށް ދާ ކުދިންނާއި އޮފީސް އޮފީސްތަކަށް ދާ މީހުންވެސް ބަލަނީ ފެންކޮޅެއްގައި ނުޖެހި އަވަހަށް ދެވޭތޯއެވެ. ޓެކްސީ އެއް ހޯދުމަށް އެއްބަޔަކު ހޭބޯނާރާ އުޅޭއިރު ސައިކަލު ތަކުގައި ވެސް މީހުން […]
އިރު އޮއްސޭ މަންޒަރާއި އިރު އަރާ މަންޒަރަކީ ޤުދުރަތީ އަޖައިބުތަކުގެ ތެރެއިންވެސް ވަކިން ޚާއްސަކޮށް ފާހަގަކުރެވޭ ދެކަމެކެވެ. އިރު އަރާ ވަގުތާއި އިރު އޮއްސޭ ވަގުތު ދުނިޔެމައްޗަށް އަރަމުން އެދާ ހިތްގައިމު ކުލަތަކަކީ ކުރެހުންތަކަކުން ނުވަތަ ޅެންވެރިންގެ ފަށުވި އިބާރާތްތަކަކުން ސިފަކުރެވޭ ވަރަށްވުރެ މާ ފުރިހަމަ މަންޒަރުތަކެކެވެ. އެ ހިތްގައިމު މަންޒަރުތަކުން ހިތަށް ހަމަޖެހުން ހޯދާ މީހުން ވަރަށްވެސް ގިނައެވެ. އަހަރެންނަކީވެސް ޤުދުރަތުގެ އެ ހިތްގައިމު މަންޒަރުތަކުން ހިތަށް ހަމަޖެހުން ހޯދަމުންދާ މީހަކީމެވެ. އަހަރެން އިރު އަރާ […]
ރޭގަނޑުގެ ފިނި ފިނި ރޯކިތަށް ހަށިގަނޑުގައި ބީހެމުން ދިޔައީ ހީކަރުވާ ޒާތަކަށެވެ. ގަސްތަށް އެ ވައިރޯޅިތަކާއެކު އެއް ރާގަކަށް ނަށަމުން ދިޔަ ފަދައެވެ. ފަތްތަށް އެ ގަސްތަކުގެ ހިޔާވަހިކަމުން ބޭރުވާ ފަހަރުވެސް މަދެއް ނޫނެވެ. ވިއްސާރަ މޫސުމުގެ ދުވަހެއްކަމުން ފަޒާގައި ހިފާފައިވަނީ ތެތްފިނިކަމެކެވެ. ކޮޓަރީގެ ބެލްކަނީގައި ހުއްޓިލައިގެން އެ ޒުވާނާ ހުރީ މީހެއްގެ އިންތިޒާރުގައި ކަހަލައެވެ. މިނިވަން ވަޔާއެކު އޭނާގެ ކަޅު ފަން އިސްތަށިގަނޑުވެސް ދިޔައީ ވިހުރެމުންނެވެ. ލުވެއިޒްގެ ތުންފަތް މަތީގައިވާ ފިރިހެންވަންތަ ހިނިތުންވުން އެންމެ ހިނދުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ. އޭނާ ހުރީ […]
އަހަރެންގެ އުމުރުން ހަތަރު އަހަރުގައި އަހަރެންގެ މަންމަ ވަނީ ކެންސަރު ބަލީގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކޮށްފައެވެ. އޭގެފަހުން އަހަރެންގެ ބައްޕައާއެކު އަހަރެން އުޅެމުން ދިޔައީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. އަހަރެންނަށް ބައްޕަގެ ފަރާތުން އިންތިހާއަށް ލޯބި ލިބުނެވެ. ނަމަވެސް އަހަރެންގެ ޙަޔާތުގައި އުނިވީ މަންމަގެ ލޯތްބެވެ. ކިތަންމެ ވަރަކަށް ލޯބިދިނަސް މައެއްގެ ލޯބި ބަފައަކަށް ނުދެވޭނެއެވެ. އެކަން އަހަރެންގެ ބައްޕައަށް އިހުސާސްނުވީކަމެއް ނުވަތަ އަހަރެންނަށް ދޮންމަންމައެއް ހޯދައިދޭން ބޭނުންނުވީއެއްކަމެއް ނޭނގެއެވެ. މަންމަ ނިޔާވިފަހުން ބައްޕަ އެހެން މީހަކާ […]
ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. އަހަރެންގެ ހަނދާން ހުންނަން ފެށިއިރުވެސް އަހަރެންގެ ބައްޕަ މިދުނިޔެއަކު ނެތެވެ. މަންމަ އަހަރެންނަށް ކިޔައިދިން ގޮތުންނަމަ ބައްޕަ މިދުނިޔެއާއި ވަކިވީ އަހަރެންގެ އުމުރުން އެންމެ ދޮޅު އަހަރުގައި އަހަރެމެންގެ ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއްގައި އަހަރެންނާއި މަންމަ ސަލާމަތްކުރުމުގެ ތެރޭގައެވެ. ބައްޕަގެ ކުއްލި ވަކިވެދިޔުމާއެކު އަހަރެންނާއި މަންމަ މުޅިން އެކަނިވި ކަމުގައި މަންމަ ބުނެދިނެވެ. މަންމަގެ އާއިލާގައި އެކަކުވެސް ނެތެވެ. ބައްޕަގެ އާއިލާ މީހުން ތިބި ނަމަވެސް މަންމައާއި ބައްޕަ ކައިވެނިކުރީ އާއިލާގެ ނުޤަބޫލުގައިކަމުން […]
ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. ކޮންމެ މީހެއްގެވެސް ހުންނަނީ ތަފާތު ވިސްނުމެވެ. އަދި ހަމައެހެންމެ ކޮންމެމީހެއްގެ ސިފަވެސް ތަފާތެވެ. މިވެނި މީހަކު ފަލައޭ އެވެނި މީހަކު ދޮނޭ ކިޔާފަ އިނގިލި ދިއްކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ކިޔެވުމުގެ މައިދާނަށް ބަލައިލި ކަމުގައި ވިޔަސް އެއްފެންވަރެއްގެ ކުދިންނެއް ނުތިބޭނެއެވެ. ބައެއް ކުދިންނަކީ ވަރަށް ފަސޭހައިން ކަންކަން ނަގައިގަންނަ ވަރަށް މޮޅެތި ކުދިންނަށް ވެދާނެއެވެ. ނަމަވެސް އަނެއްބައި ކުދިންނަކީ ކިޔެވުމުގައި ވަރަށް ކޮށި ކުދިންނަށް ވެދާނެއެވެ. […]