Skip to content
އެސްފިޔަ

ފާފައިން ރައްކާތެރިވާށެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

 

އަހަރެންނަށް ﷲ އަށް ބިރުވެތިވަމެވެ. ފާފައިގެ މައްޗަށް ފާފަކުރާކަށް އަހަރެންނެއް ބޭނުމެއް ނުވެއެވެ. .އޭނާގެ ބަހަށް ހެއްލިގެން އަހަންނަށް މިވަނީ މިގޯސް ހެދިފައެވެ.އަހަރެންހުރީ މިފަދަ ފާފައަކަށް އަރައި ނުގަތުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އެހެންނަމަވެސް އޭނާގެ ލޯބީގެ ކުރިމަތީގައި އިސްޖަހާލަން އަހަންނަށް މަޖްބޫރުވީއެވެ.އެހާވަރަށް އަހަރެންނަށް އެޒުވާނާދެކެ ލޯބިވެވުނެވެ.

އަރެންނަށް އެޒުވާނާ އެންމެ ފުރަތަމަ ފެނުނީ ފުޓްބޯޅަދަނޑުންނެވެ.އޭނާ ރަތްކުލައިގެ ޖާޒީއާއި ހުދުކުލައިގެ ޝޯޓްގައި ހުރިއިރު ވަރަށް ރީއްޗެވެ.އެތައްބަޔަކު މަށަށް މަށަށް ގޮވިއެވެ.ގިނަ ޖިންސުއްލަތީފުން ސަޕޯޓްކުރީ ދިހަނަންބަރު ޖާޒީ ލައިގެން ކުޅުނު އެޒުވާނާއަށެވެ. އެދުވަހު އޭނަ ދެލަނޑު ބަޔަށް ހަދިޔާކުރިއިރު އަހަންނަށް ލަނޑެއްދޭނެކަން އެނގޭނީ ކިހިނެއްހެއްޔެވެ.

އަހަރެމެން ރަށަކީ ރީތިޖިންސުއްލަތީފުންގިނަ ރަށެކެވެ.މުއްސަނދި ކުދިންނާއި ކިޔަވައިގެން ތިބިކުދިންނެވެ. ވަޒީފާގައި ދެކޮޅަށް ހިނގާކުދީނެވެ. އެހުރިހާކުދިންގެތެރެއިން އަހަރެން އެނާގެ އަމާޒުފަތްގަޑަކަށް ވުމުން އެއީ އަހަރެންގެ ނަސީބު ކަމުގައި އަހަރެންހީކުރީމެވެ.

އަހަރެމެންގެ ފުރަތަމަ ބައްދަލުވުން ބޭއްވުނީ ވަރަށް މިނިވަން ޖައްވެއްގައެވެ.ވަރަށްވެސް އެކަހެރިތަނެއްގައެވެ.ރަށުގެ ދޮންވެލިތުނޑީގައެވެ. ދެމީހުން އެކަކު އަނެކަކާ ތަޢާރަފް ވުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.ގާތްކަން އުފެދެމުންގޮސް މާބޮޑަށް ކައިރިވެވުނީއެވެ. ދެމީހަކު އެކަހެރިވެ ބައްދަލުވެއްޖެނަމަ ތިންވަނަމީހަކަށް އިބްލީސް އެތަނުގައި ހުންނާނެ ކަމަށްބުނެ އުޅެއެވެ.ޝައިތާނާގެ ވަސްވާހުގެ ސަބަބުންކަންނޭގެއެވެ.އިންފަހަނަ އަޅައިދެވުނީއެވެ.ދެމީހުންގެ ހޫނު އިޙްސާސްވާ ހިސާބަށް ދެވުނީއެވެ.މިހޫނުން އަރާމު އިޙްސާސް ވީނަމަވެސް އެދުވަހުގެ ނަރަކާގެ ހޫނު މާގަދަވާނެއެވެ.

ގެއަށް އައިއިރެއް މަންމަމެންނަކަށް ނުއެގޭނެއެވެ.އަހަރެން ވަރަށް ސިއްރުން ކޮޓަރިއަށްވަދެ އޮށޯތީއެވެ.ލޯހުޅުވާލެވުނީގަޑިން ހަގަޑިބައި ވީފަހުންނެވެ.ފަތިސްނަމާދަށްދާން މަންމަ ގޮވިކަމެއްނޭގުނެވެ.ރޭގައިހަށިގަޑަށްލިބުނުއަރާމާއި،ހިތަށްލިބުނު އުފާ ބުނެދޭނީ ކިހިނެއްހެއްޔެވެ.  ހަށިގަޑަށްލޮޑުކަން އިހްސާސް ކުރެވުނުވަރުން އަރާމުނިދީގެ ތެރޭގައި އޮވެވުނީއެވެ.

އޭގެފަހުން އަހަރެމެން ބައްދަލެއްނުވެއެވެ.ފޯނުން މަދުމަދުންވާހަކަދެކެވެއެވެ. އޭނަބިޒީކަމުން ވާހަކަ ދެކެވޭގޮތެއް ނުވެއެވެ.ޕީރިއަޑްވާދުވަހުގެ އިންތޒާރުގައި ހުއްޓާ އެދުވަސް ފަހަނައަޅާ ދިއުމުން އަހަރެންގެ ހަތަރުއުދަރެސް ފެނުޖެހުނުފަދައެވެ.އޭނާއާއިގުޅާފައި އެވަހަކަބުނެފީމެވެ.އޭނާ އެހާސީރިއަސް ހެނެއް ހިއެއްނުވެއެވެ.އަހަރެންބިރުއުޅުނުކަންތައް ޙަޤީޤަތަކަށްވީއެވެ.އޭނަބުނަނީ ދަރިފުޅު އެބޯޓްކޮށްލާށެވެ.އަހަރެން އެގޮތެއް ބެނުމެއްނުވެއެވެ.

މަންމައަށް މިކަންއެނގިއްޖެއެވެ.މަންމަބޭނުންވަނީ ދުނިޔޭގެލަދުން ސަލާމަތް ވުމަށްޓަކައި އިންޑިޔާއަށްގޮސް އެބޯޝަން ހެދުމަށެވެ.އަހަރެން އެކަމާއި ދެކޮޅުހެދުމުން މަންމަ ދަންޖެހިގެން މަރުވާނެކަމަށް ބުންޏެވެ.މަންމައެފަދަ ނުބައިކަމެއް ކޮށްފާނެތީ އަހަރެން އިންޑިޔާއަށްގޮސް ދަރިފުޅު ވައްޓާލީއެވެ.މިކަންތަކުގެ ޚަބަރެއް ރަށުމީހުންނަކަށް ނުއެގެއެވެ.

އޭނަގެ ޚަބަރެއްވޭތޯ މީހަކަށް ނުއިދެ ވަރަށްގިނަ ދުވަހު މަޑުކުރީމެވެ.އެހެންނަމަވސް އޭނަ ގުޅޭކަށް ބޭނުމެއްނުވިއެވެ.ދެންއަހަރެން ރަގަޅު ޙަޔާތެއް ހޭދަކުރުމަށްޓަކައި ކައިވެންޏެއް ކުރީމެވެ.މިކައިވެނީގެ މޭވާ އެހާފޮންޏެއްނޫނެވެ. ލިބުނީ އުނި ކުއްޖެކެވެ.އެއީއެބޯޝަންގެ ނަތީޖާކަމަށް ވެދާނެކަމަށް ޑޮކްޓަރު ބުނުއްވިއެވެ.މިލިބުނީ ވަރަށް ހިތްދަތިކަމެކެވެ.އެހެންނަމަވެސް އަހަރެން މިކަމަށް ކެތްކުރާނަމެވެ.އަދި މާތްﷲ މިންވަރު ކުރެއްވި އަމާނާތް ހެޔޮގޮތުގައި ބަލަހައްޓާނަމެވެ.

މިއީ އަހަރެންނަށް ކުރެވުނު ފާފަތަކުގެ ނަތިޖާއެވެ.ފާފައަކަށް އަރައިގަންނައިރު ހެއްދެވިފަރާތުގެ މަތީންހަނދާން ކުރަންވާނެއެވެ.ފާފައަކަށް އަރައިގެންފިނަމަ ވީހާ އަވަހަކަށް ތައުބާވާންޖެހޭނެއެވެ.

Comments (10)

  1. Shafaq

    Varah ibraiytheri vaahaka eh.

    1. ismail ali kaleyfaanu
      Shafaq

      thanx

  2. Aroo

    Haqeegee vaahakayehtha

    1. ismail ali kaleyfaanu
      Aroo

      thanx. Aroo noon evvesmeehakahnisbaiy vaanama e ee iththifaageh.

  3. malmal

    jinsuhlatheef aky koacheh?

    1. އިސްމާޢިލް
      malmal

      THANKS. ANHEN KUDHIN

    2. me
      malmal

      Aee reethi girl kudhin

  4. malmal

    thanks you……

  5. Leena

    V reethi

    1. ismail ali kaleyfaanu
      Leena

      shukran

Comments are closed.