Skip to content
އެސްފިޔަ

މަރާލުމަށްފަހު…

މެންދަމުގެ ވަގުތެވެ. އަހަރެން އޮތީ ނުނިދިފައެވެ. ނިދޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ ބިރުވެރި ހިޔާލުތަކެކެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ސިފަވެގެން އަންނަނީ އެ ނާމާން ރޭގެ ހަނދާންތަކެވެ. ލޯ ހުޅުވައިގެން ހުންނަ ވަގުތުތަކުގައި ވެސް ސިފަވަނީ ހަމަ އެ މަންޒަރެވެ.

އެއީ މީގެ ދެރޭ ކުރިއެވެ. ހަމަ މިފަދަ މެންދަމުގެ ވަގުތެކެވެ. އަހަރެން އިނީ ހަލުވިކަމާއެކު ދުއްވަމުންދިޔަ ލޯންޗުގެ ފަހަތު ސީޓުގައި އިށީދެގެންނެވެ. އެކުގައި ހުރީ މައްތު އެވެ. މައްތުއަކީ އަހަރެންގެ ލޯބިވެރިޔާއެވެ. ލޯންޗު ދުއްވަން ހުރީ އަހަރެމެންގެ އެކުވެރި ފައްޔުއެވެ. ލޯންޗުގެ ކުޑަދޮރުތަކުން ފިނި ވައިޖެހެމުން ދިޔައެވެ. އެހެނަސް އަހަރެން އިނީ ދާ ހިއްލާ ފޯވެފައެވެ. އަހަރެމެން ކުރަން ތައްޔާރުވަމުން ދިޔައީ ބިރުވެރި މަސައްކަތެވެ. ނުވަމަސް ވަންދެން އަހަރެންގެ ބަނޑުގައި އުފުލި ފުރާނަ ކަނޑު ފައްތާލުމުގެ މަސައްކަތެވެ.

ކައިވެނިން ބޭރުން އަހަރެމެންނަށް ލިބުނު ދަރިފުޅަށް މަރުހަބާ ކިޔާނެހާ ހިތްވަރެއް އަހަރެމެން ގަޔަކު ނެތެވެ. މައްތުއަށް މައްސަލައަކަށް ވަނީ އަދި އިތުރަށް ކިޔަވަން ބޭނުންވުމެވެ. އެކުއްޖާ ވިހައިގެން ގެންގުޅެން ނިންމި ނަމަ މައްތު އާ އަހަރެންގެ ގުޅުން ރޫޅިގެން ދާނެއެވެ. އަހަންނަށް ކުރިމަތިވާ މައްސަލައަކީ މިއެވެ. މައްތު އާ ނުލާ އެންމެ ހިނދުކޮޅަކަށްވެސް އަހަންނަކަން ނޫޅެވޭނެއެވެ.

އަހަރެންގެ ކުރިމަތީ އޮތް ކަޅު ކޮތަޅުގެ ތެރޭގައި އެވަނީ އަހަރެމެންގެ ނަހަލާލު ދަރިއެވެ. ކޮތަޅުގެ އެއްކޮޅުގައި އައްސާފައިވަނީ ބަރު ގަލެކެވެ. ކޮތަޅު ކަނޑަށް އެއްލާލުމުން އަޑިއަށް ޣަރަގުވެގެންދާނެ ފަދަ ގޮތަކަށެވެ. އެހިޔާލު އަހަރެމެންނަށް ދިނީ ފައްޔުއެވެ. ވަރަށް ދުރަށް ދުއްވުމަށްފަހު ލޯންޗު ހުއްޓިއެވެ. ކޮތަޅު އެއްލާލުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. އޭގެ ކުރިން އަހަރެންގެ އެދުމުގެމަތިން، މައްތު ކޮތަޅު ހުޅުވާލާ އަހަންނަށް އަހަރެންގެ ދަރިފުޅު ދައްކާލިއެވެ. ނޭވާ ހާސް ކޮށްލައިގެން މަރާލާފައިވާ އެ މައުސޫމް ފުރާނަ އަށް، އެންމެ ފަހު ފަހަރަށް ބަލާލީމެވެ. ހޯސްލާފައި އަހަންނަށް ރޮވެން ފެށުނެވެ. މައްތު އައިސް އަހަރެން އެއްފަރާތް ކުރިއެވެ. އިރުކޮޅެއްގެ ތެރޭގައި ކޮތަޅު އެއްލާލެވިއްޖެއެވެ. ދެތިން ބޮކި ޖަހާފައި ކޮތަޅު އަޑިއަށް ދިޔައެވެ. އޭރުވެސް އަހަންނަށް ރޮވެމުން ދިޔައެވެ. އަހަރެންގެ ގައިގާ މައްތު ބައްދާލިއެވެ. އަދި އަހަރެންގެ ކަންފަތުގެ ކައިރިއަށް ގުދުވެލާފައި ބުނި ޖުމްލަތައް އަދިވެސް އަހަރެންގެ ހިޔާލުގައި އެނބުރެމުން ދެއެވެ.

“މަލް…. ދެން ނުރޮއެ، ހުއްޓާލާ.. އެއްވެސް މީހަކަށް ނޭނގޭނެ.. މިކަން ދެން މި ނިމުނީ”

އެކަން ހަޤީޤަތުގައިވެސް ނިމުނުނަމަ ކިހާ ރަގަނޅު ހެއްޔެވެ؟ އެހެންނަމަވެސް ކަންތައް ވަމުން މިދަނީ އެއާ މުޅިން ހިލާފަށެވެ. އަހަންނަކަށް ރޭގަނޑަކު ނުނިދެއެވެ. ދުވާލަކު މަސައްކަތެއް ނުކުރެވެއެވެ. ނުއެއްކެވެއެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ލޯބިލޯބި ކުޑަކުޑަ ކުއްޖެއްގެ ފުރާނަ އަހަންނަށް ނަގާލެވުނު ކަމުގެ އިހްސާސް އަބަދުމެ ކުރެވެއެވެ. އަހަރެންގެ އުފަލަށްޓަކާ އަހަރެންގެ ދަރިފުޅު ގުރުބާން ކުރިކަމުގައި އަހަރެން ފާފަވެރިވާކަން އަބަދު ހަނދާނުގައި ހުރެއެވެ. އަހަރެން ހީކުރީ މައްތު ހުރިއްޔާ އަހަންނަށް ފުދުނީ ކަމުގައެވެ. އެކަމަކު މިހާރު އަހަންނަށް އިނގުނީ މީހެއްގެ ފުރާނަ ދުއްވާލަފައި އުފަލުގައި ނޫޅެވޭނެކަމެވެ. އަހަންނަށް ކުރިމަތިވަމުން މިދާ ކަންކަން އަހަރެން މައްތުއާ ހިއްސާކުރީމެވެ. މައްތު އެކަމަކާ އެހާ ބޮޑަކަށް އަޅައެއްނުލައެވެ. އޭނާއަށް ކަމެއްވިހެން ހީނުވާ ކަހަލައެވެ. މިކަމަކާހެދި “ބޯގޮވަމުން” މިދަނީ އަހަރެންގެއެވެ.

ފޯނުން ގަޑި ބަލާލީމެވެ. މެންދަމުން އަލިވެ 4.30 ވެއްޖެއެވެ. އަހަރެން އެނދުން ތެދުވީމެވެ. މަޑު ހިނގުމެއްގައި ގޮސް ފާހާނާއަށް ވަނީމެވެ. ލޯގަނޑުން އަހަރެންގެ ކުށްވެރި މޫނަށް ބަލާލީމެވެ. އަހަރެންގެ ބުރަކަށިން ކުޑަ ތުރުތުރެއް ދަތުރުކޮށްލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ބިންމަތީގައި ހުރި ބްލީޗް ފުޅި ނެގީމެވެ. އިތުރު ވިސްނުންތަކެއް ނުވިސްނާ، ބްލީޗް ފުޅީގައި ތުންޖެހިގޮތަށް އެ އެއްކޮށް ބޮއެލައިފީމެވެ. އަހަރެން ތަޅުންގަނޑު މައްޗައް ވެއްޓިއްޖެއެވެ. އެވަގުތު އަހަރެންގެ ކުރިމަތިން، އަހަރެން މަރާލި ތުއްތު ފުރާނަ ސިފަވަމުން ދިޔައެވެ. މަރާލުމަށްފަހު އުފަލުގައި ނޫޅެވޭނެކަން އަހަންނަށް އިހްސާސް ވީ މާ ފަހުންނެވެ.

Comments (13)

  1. Rifoo

    Anehhen ibraih ok.. Ekm amilla ah maruvumakee vx faafa ekeynun.. Faafaige mahchah faafa dhw.. Nimun reethi kolli nama varah reethi vees… Anehhen Gud.. Take it as a gud feedback.. ?❤❤❤

    1. Dhonaa
      Rifoo

      IA next time ragalhu kohlaanan mi ah vure… of coz konme cmnt ves nagaanee ragalhah… Thankyou ♥️

  2. A girl

    Faafa manchah faafa dhw furathama xiney dhn kunjjaa maraalun dhn amihlayah maruvun. Story reethi nimun thankolhen dhigu knlinama v reethi vees. Gudluck

    1. Dhonaa
      A girl

      Thankyou ♥️…dhen faharakun IA ragalhu kohlaanan

  3. A girl

    Faafa manchah faafa dhw furathama xiney dhn kunjjaa maraalun dhn amihlayah maruvun. Story reethi nimun thankolhen dhigu knlinama v reethi vees. Gudluck ?

    1. Dhonaa
      A girl

      Ehh meendhi repeat vefa dhoo..ekm mi cmnt ga ebain ? eh.. Thank you ♥️

  4. molhu meehaa

    nice try but furathama nazarun liyaa vaahaka eh ga liyaa meehaa maruveema hama eh nujehe ennu… maruvefa huri meeheh kihineh vaahaka liyaanee… u must be new to writing… gud luck for the next time

    1. Dhonaa
      molhu meehaa

      Thank yuhh ♥️… Adhi kiriyaa thi buni ehchakaa medhu mi visnaalevunee.. molhu meehaa thi bunee hama molhu vahakaeh.. IA next time I’ll do better?

  5. Lammu

    I agree with molhu meehaa tht furathama nazarun liyaa iru liyaa meehaa maru veema kamaku nudhey.. aslu vaahakaige conspet vrh reethi ekm nimmun kamaku nudhey cuz she maru veema ehaa nugulhey furathama nazarun liyefa othyma.. bt nice try all the best insha allah u can do better??????

    1. Idiot
      Lammu

      In my opinion Furathama nararun liyaa iru e ee ekan dhimaavi myhaa liyefa oiy vaahaka akah vaahaka akah vaakah nujeheyne. E ee vaahaka liyumuge formet eh.e haalathugai vehjenama writer ah, e vaahakige characterge gothugai hure ihusaas vaa goiy e ee. Ehn v ma emyhaku maruvumaky massalaehnoon.

  6. Lammu

    Consept****

  7. Idiot

    And author, I really like your way of writing and thinking. But next time, while making plots, remember to end the story in a way the reader will learn a lesson. Sad endings are okay but atleast try to end it with a moral. Love your work. Good luck.

    1. Idiot
      Idiot

      The moral is great but I mean like, not giving the reader a bad influence. Dont feel bad about if

Comments are closed.