– “ބޭބޭ..އަހަރެން ކިހިނެއް ހަދާނީ؟ އަހަރެން މިވަނީ މާޔޫސްވެފައި. ދިރިއުޅުމާއި މެދު އުންމީދުގެއްލިފައި. އަހަރެންކުރި ފާފައިގެ ޖަޒާ ދުނިޔެމަތިން ދައްކަވައިފި. އަހަންނަށް އުޅެވުނީ ހާދަ ނުބައިކޮށޭ. ކުށެއްނެތް މަޢުސޫމު ފުރާނަތަކެއް ނަގާލެވުނީ. ކާކު އަހަރެން ކަހަލަ މީހަކަށް މަޢާފު ދޭނީ؟ ކާކު އަހަރެން ބަލައިގަންނާނީ؟ ކިހިނެއް ކޮން ޙައިސިއްޔަތަކުން އަހަރެން މީހަކަ ހަތަރުކަޅި ހަމަކުރާނީ؟ އަހަރެން މިވަނީ ދިރިއުޅުމުގައި ދާންވީ މިސްރާބުގެއްލި ހުންގާނު އަނބުރާލާނެ މަންޒިލެއް ނޭންގިފައި. ކޮންމެ އައްސޭރިޔަކަށް ލެއްގިޔަސް ނަފްރަތުގެ ދިލަ ހޫނުން އަހަރެން […]
މީހުން ބުނާތީ އަޑުއަހަމެވެ. ފުރަތަމަ ނަޒަރުންވާ ލޮތްބަކީ އަބަދަށް ދެމިގެންވާ ބަދަހި ގުޅުމެއް ނޫނެވެ. މީހަކަށް ތިމާގެ ހިތް ދޭންޖެހޭނީ ވަރަށް ވިސްނާފައެވެ. އެހެންނޫނީ ގިނަފަހަރަށް އޮންނާނީ ތިމާގެ ހިތް ކުދިކުދިވެފައެވެ. އެހެނަސް އަހަރެންނަށް މިވާހަކަ ގަބޫލުކުރެވޭކަށްނެތެވެ. މެލޭޝިޔާގައި މީޑިޔާގެ ދާއިރާއިން މާސްޓާސް ހާސިލްކުރުމަށްފަހު އަހަރެން އެނބުރި މާލެއައީމެވެ. ކުޑައިރު ދެކުނު ހުވަފެނުގައި ކުލަޖެހުނީތީ އަހަރެން ހުރީ ވަރަށްވެސް އުފަލުންނެވެ. އަހަރެންގެ މަންމަ އާއި ބައްޕަ ވަރަށްވެސް ހޫނުމަރުހަބާއެއް އަހަންނަށް ކިޔެވެ. އަހަރެންގެ ގޭގައި އަހަރެންނަކީ މަންމަ […]
މުޅި ނަފްސަށް ވެރިވެފައިވީ ހާސްކަމާއެކު ހިތް ނެގިނެގުފައި ޖަހަމުންދިޔައީ އޭގެ އެންމެ ބާރުމިނުގައެވެ. ކާރު އޮއްވާވެސް ގޭޓުން ބޭރަށް ނުކުންނަން ދުއްވައިގަނެވުނުއިރު ދެލޮލުގައި ބޮނޑިވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ޒަޔާންގެ ކޯތާފަތުގައި ބޮސްދީފައި ތިރިއަށް ދެމިގަތެވެ. ލަގޮނޑިއަށް ބާރުވުމާއެކު ދެތުންފަތް ފޫއަޅުވާލާފައި ހިމޭން ގިސްލުމެއްގެ އަޑު ބޭރުވެގެން ދިޔައީ ލިބުނު ޚަބަރަކުންނެވެ. ޒަޔާންގެ ދުނިޔެ ފުނޑުފުނޑުކުރުވަނިވި ޚަބަރަކަށްވީ ނަމަވެސް، ތެދުމަގަށް ލޯހުޅުވައިލެވުނު ވަގުތުވެސް މެއެވެ. މަގުމަތީގައި ހޭލަމޭލަވަމުންދިޔަ މީހުންށާއި ދުއްވާއެއްޗަކަށް ބެލުމެއްނެތި ޒަޔާން ހަލުވިދުވުމެއްގައި ދިޔައީ އެންމެ […]
އަހަރެންނަކީ ދުވާލުދާ ހަތަރުދަމު އޮފީހުގައި ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފެކެވެ. އަނބިދަރިންގެ ހާލު ބަލާލަން ގިނަފަހަރަށް އޮންނަނީ ވަގުތު ނުވެފައެވެ. އުމުރުން ފަންސަވީސް އަހަރު ވެފައި ވާއިރު އަހަރެންގެ ލޯބި ލޯބި އެއް އަހަރުގެ އަންހެން ދަރިއެއް ހުރެއެވެ. ދަރިފުޅަށް ވަގުތު ދޭން އަހަރެން ވަރަށް މަސައްކަތް ކުރަމެވެ. އެހެންނަމަވެސް ދުވަހުގެ ބިޒީ ޝެޑިއުލްގެ ސަބަބުން އެކަން އޮންނަނީ ނުވެފައެވެ. ކުރެވޭނެ ވަކި ކަމެއް އެބަ އޮތް ހެއްޔެވެ؟ އަބިދަރީންގެ ހާލު ނުބަލާ މިހެން އުޅެން ހަދައިގެން […]
ކުޑަ ކޮޓަރިއެކެވެ. އެއްވެސް ތަރުތީބު ކަމެއް ނެތެވެ. ސަތާރަވަރަކަށް މީހުން ތޮށްޖެހިގެން އުޅޭތަން ފެނެއެވެ. އެކުޑަ ކޮޓަރި ފެނިފައި އަހަރެންނަށް ހުރެވުނީ ހިންދިރުވާލަންވެސް ނުކެރިފައެވެ. އެއްވެސް ސާފުތާހިރުކަމެއް ތަނުން ފެންނަން ނެތް އިރު ނޭފަތަށް އަރަމުން ދިޔަ ވަހުން ނޯއް ދަމައިލަންވެސް ނުކެރެއެވެ. ހިތްވަރުކޮށްފައި ކޮޓަރިއަށް ވަދެލީ ބޮޑު މީހާގެ ހުއްދައާ އެކީއެވެ. އާއެކެވެ. އެއީ އަހަރެން ދެން އުޅެން ޖެހިފައި ހުރި ކޮޓަރިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވަގުތު ވޭތުކުރަން ދެން ޖެހޭނީ މިކުޑަ ކުޑަ […]
އެރޭ އަހަންނައް އެ ފޯނު ކޯލުގައި ނުހުރެވުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. އެރޭ އަހަންނަށް ގުޅީ އަހަންނާ ލޯބީގެ ގޮތުން ގުޅެން ބޭނުންވާ މީހެކެވެ. އަހަރެން އޭނާ ހައްދާލުމަށްޓަކާ އޭނާއާ ވާހަކަދައްކާ ހަދަމެވެ. އެރޭ ވެސް އޭނާ ގުޅީ އަހަންނަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާލުމަށެވެ. އޭރު ރޭގަނޑު 12 ޖަހަން ތިރީހަކަށް މިނެޓު ހުއްޓެވެ. ގޭގަ ފޯނު ބަހައްޓާފައި ހުންނަނީ ގެއަށް ވަންނަ ދޮރާ މާ ދުރު ނޫން ހިސާބެއްގައެވެ. އަހަރެން އިނީ ފޯނުން ވާހަކަދައްކަން ގޮނޑީގައި […]
އެއީ ހަމަ ދާދި ފަހުންނެވެ. 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހެވެ. އަހަރެން، އަހަރެންގެ ލޯބިވެރިޔާއާއެކު ވަޤުތުތަކެއް ހޭދަ ކުރީމެވެ. އެއީ އަހަރެންގެ ހިތަށް އުފާވެރިކަން ގެނެސްދިން ވަޤުތުތަކެކެވެ. ދެ މީހުންގެ ޢާއިލާވެސް ރުހިގެންނެވެ. ނަމަވެސް ކަން ހިނގާ ދިޔައީ މާ ރަނގަޅަކަށް ނޫނެވެ. އަހަރެންގެ ލޯބިވެރިޔާ، ޝިފާގެ ދައްތަ އަހަރެން ދެކެ ރުޅި އަންނަން ފެށިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ޝިފާގެ ދައްތަ ބޭނުންވީ އަހަރެމެން ދެމީހުން ދުރުކުރުމެވެ. އެއްދުވަހަކު ޝިފާ އަހަރެންގެ ގާތުގައި ބުންޏެވެ. […]
އުޑުމަތި ބަނަ ވިއްސާރަ ދުވަހެކެވެ. އަހަރެން އިނީ ގޭގެ ކުޑަދޮރުން ބޭރު ބަލާށެވެ. ވާރޭ ވެހޭ މަންޒަރަކީ އަހަރެން ނުލާހިކު ބަލާހިތްވާ މަންޒަރެކެވެ. އަހަރެންގެ ލޮލުން އޭރު ވެސް ދިޔައީ ހުއްޓުމެއްނެތި ކަރުނަ ފައިބަމުންނެވެ. އަހަރެންގެ މާޒީ އަކީ ވަރަށް ހިތި މާޒީ އެކެވެ. އަހަރެންގެ ހިތް ވަނީ ހިތާމަ ތަކުން ފުރި ޒަޚަމްވެފައެވެ. އެއީ ގާތްގަނޑަކަށް އަހަރެންގެ އުމުރުން 11 އަހަރެވެ. އަހަރެންނަކީ އަހަރެންގެ މަންމަ އާއި ބައްޕަގެ ހަތަރު ކުދީންގެ ތެރެއިން އެންމެ ހަގު […]
ދުވަހަކަށް ފަހު ދުވަހެއް ވޭތުވަނީއެވެ. ކޮންމެ ދުވަހަކު ރީހަބަށް ގޮސް އެކި ގޮތްގޮތަށް ޙަރަކާތްތެރިވަމުން އަންނަ މާހިން ނިމުމަކަށް އަންނަން ގާތްވެއްޖެއެވެ. އަހަރެން މާހިން ކައިރިއަށް ކޮންމެ ދުވަހަކު ޒިޔާރަތް ކުރަމެވެ. ބައްޕަގެ ރުހުމާއި، މަންމަގެ އެހީތެރިކަމާއި އެއްބާރުލުންވެސް އަހަންނަށް ލިބުނެވެ. އާދައިގެމަތީން މިއަދުވެސް އަހަރެން މާހިން އަށް ޒިޔާރަތް ކުރީމެވެ. އަދި މާހިން ބޭރަށް ނިކުމެލާން ބޭނުންވާ ވާހަކަ ބުނުމުން ފުރޮޅުލީގޮނޑި އަކަށްލައިގެން ބޭރަށް ދިޔައީމެވެ. ނަމަވެސް މާހިން ހިތްހަމަޖައްސާދީފައި ހޮސްޕިޓަލަށްއައި މަގުމަތީ މާހިން ނޭވައި […]