ކީއްވެ؟
އެއީ ހަމަ ދާދި ފަހުންނެވެ. 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހެވެ. އަހަރެން، އަހަރެންގެ ލޯބިވެރިޔާއާއެކު ވަޤުތުތަކެއް ހޭދަ ކުރީމެވެ. އެއީ އަހަރެންގެ ހިތަށް އުފާވެރިކަން ގެނެސްދިން ވަޤުތުތަކެކެވެ. ދެ މީހުންގެ ޢާއިލާވެސް ރުހިގެންނެވެ. ނަމަވެސް ކަން ހިނގާ ދިޔައީ މާ ރަނގަޅަކަށް ނޫނެވެ.
އަހަރެންގެ ލޯބިވެރިޔާ، ޝިފާގެ ދައްތަ އަހަރެން ދެކެ ރުޅި އަންނަން ފެށިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ޝިފާގެ ދައްތަ ބޭނުންވީ އަހަރެމެން ދެމީހުން ދުރުކުރުމެވެ. އެއްދުވަހަކު ޝިފާ އަހަރެންގެ ގާތުގައި ބުންޏެވެ. “ދައްތަ ބުނި، ދައްތަ ދެކުނީމޯ ނާއިލް މިސްކިތުގައި ސަކަރާތް ޖަހަނިކޮށް” އެހިނދު އަހަރެން ހަމަ ހުވާ ކަށަވަރުކޮށް ޝިފާ ގާތު، އެއީ ދޮގެކޭ ބުނީމެވެ. ނަމަވެސް ޝިފާ ޤަބޫލެއް ނުކުރިއެވެ. ޝިފާ ބުނިގޮތުގައި ޝިފާގެ ދައްތަ ޝިފާއަކަށް ދުވަހަކުވެސް ދޮގެއް ނުހަދައެވެ. ޝިފާ ކުޑައިރު ޝިފާގެ މަންމަ ނިޔާވުމުން ޝިފާގެ ކަންތައް ކޮށްދޭން ހުންނަނީ ޝިފާގެ ދައްތައެވެ. އެހެންކަމުން ޝިފާ އަހަރެން ދެއްކި ވާހަކައެއް ޤަބޫލެއް ނުކުރިއެވެ. އަހަރެން ރޮއެ އާދޭސް ކުރީމެވެ. ވީކަމެއް ޙަރާމެވެ. އޭގެ ފަހުން ޝިފާ އަހަރެންނަކަށް ވާހަކައެއް ނުދައްކައެވެ. ޝިފާގެ ދައްތަ އަހަރެންނޭ ކިޔައިގެން ދޮގު ވާހަކަތައް ދައްކާ ޝިފާ އަހަރެންގެ ޙަޔާތުން ދުރުކުރިއެވެ. އޭގެފަހުން އަހަންނަކަށް ފިލާވަޅެއް ދަހެއް ނުވެއެވެ. ގުރޭޑު 9 ގެ ފުރަތަމަ ޓާމުގައި ފާސްވެސް ނުވިއެވެ. އަބަދު އެކަމާ ވިސްނެނީއެވެ. ނިދެނީއެއްވެސް ނޫނެވެ. ފެންނަ ހުވަފެން ތަކެއްގެ ސަބަބުންނެވެ. އަހަރެންގެ މައިންބަފައިން ހުންނަނީ އަހަރެންދެކެ ހިތްހަމަނުޖެހިފައެވެ. އަހަރެންގެ ބޮލަކު އެއްވެސް އެއްޗެއް ނެތެވެ. ހަނދާން ބަލިވިއެވެ. ވާގޮތް ބުނެދޭކަށް ނޭނގެއެވެ. އަހަރެން ގުނަމުން ދިޔައީ އަނދިރި ދުވަސްތަކެކެވެ. އަހަރެންގެ މައިންބަފައިން ގާތުގައި މިވާހަކަ ބުނުމަށް އަހަރެންގެ ދޫ ވަނީ ނުކުޅެދިފައެވެ. ކުރާނީ ކީއް ހެއްޔެވެ؟
ކޮންމެއަކަސް އަހަރެންނަށް ވެގެން އުޅޭ ގޮތުގެ ވާހަކަ އަހަރެންގެ ދޮންތަ ރިޔާޝާ އަށް އެނގިއްޖެއެވެ. ރިޔާޝާ އަހަރެންގެ މަންމަ ގާތުގައި އެވާހަކަ ބުންޏެވެ.
ބަލިގަނޑު މާބޮޑު ވެއްޖެއެވެ. ވީގޮތެއް ނޭނގުނެވެ. ހޭވެރި ވެވުނު އިރު އޮތީ މަރުކަޒުގައެވެ. އެނގޭ ކަމަކީ އަހަރެންވަނީ ބޮޑު ބައްޔަކާ ކުރިމަތިލާ ޖެހިފަކަމެވެ. ކޮން ބައްޔެއް ކަމެއް އަހަރެންގެ މަންމައެއް ނުބުންޏެވެ. އެންމެންވެސް ތިބެނީ ވަރަށް ދެރަވެފައެވެ. “ކުރާނީ ކީއް؟ މިއީ ތަޤުދީރު. އެކަމަކު ޝިފާގެ ދައްތަ އަހަރެން ދެކެ ރުޅި އަންނަންވީ ސަބަބަކީ ކޮބާ؟ އެހެން އެ ހެދީ ކީއްވެ؟”
(ނިމުނީ)
8 Comments!
Comments are closed.

reethi varah….◉‿◉。◕‿◕。
but alhugahdhakah get eh nuvi mi vee gotheh….
kon bahyeh..? n y did her sister wanted to separate them… ther must be a reason for that dhw…?
anyway varah reethi mis story.. alhugandah get nuvi thankolhu mi bunelee..
(✿ ♡‿♡)tc n stay safe dear…(◍•ᴗ•◍)❤
This is my first story, Up coming stories will be better than this! Miee adhi ehcheh noon!
oh ok… try hard brw… I’m also uploading my first stry.. thaakun thaakun nujehyne kanneyge…??
looking forward to read a stry from u soon brw..
take care and stay safe ingey ?
luv u a lots..??
I didn’t get it… What really happened in the story???? Btw reethi stry?
This is my first story… Up coming stories will be good!
Ooohh …… I get the story….. Shifaa ge sis e6na dheke rulhi aima eynage bayyakah shifaa eh neh…… Am I right???????
Aslu mi bali mi maana kurevuniii depression ah thr? Jussasking ..
Ehen kamah balaa dhen