މިހެންކަމުން އެއްދުވަހަކު އަހަރެންގެ ދޮންބެ އަހަރެން ގާތަށް އައިސް މާފަށް އެދުނެވެ. ދޮންބެ ދައްތަވެސް އައެވެ. އެކަމުގައި އެމީހުންގެ ކުށެއް ނެތްކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ބޯހަރު ކަމުންނާއި ފިރެހެނުން ދެކެ ވެފައި ހުރި ފޫހިން އަހަރެންނަށް އެކަންތަށް އެޅުވުނީ އެންމެ ލޯބިވާ ދޮންބެގެ ބޮލުގައެވެ. ދޮންބެމެން އަހަރެންގެ ގާތު އެދުވަހުވީ ކަންތަކުގެ ބަދަލަށް ކޮންމެ ކަމެއްވެސް ކޮށްދޭނަން ކަމުގައި ބުންޏެވެ. އެއަޑު އިވި އަހަރެންގެ ބޮލަށް ޝައިތާނާ ސަވާރުވިފަދައެވެ. އަހރެން ބޭނުންވީ އެ ޓެކްސީ ދުއްވި […]
ޖިންނީންނަކީ އުޅޭ ބައެއްކެވެ. އެކަން ކީރިތި ގުރުއާނުންވެސް ސާބިތުވެއެވެ. އިންސާނުންގެ ލޮލަށް އެބަޔަކު ފޮރުވިފައިވާ ބައިވަރު ސަބަބުތައް ހުރެއެވެ. އެސޮރުމެންގެ ކިބައިން ރައްކާތެރިވާނެ ގޮތްތައްވެސް ވަނީ އިސްލާމްދީންގައި އުގަންނާދީފައެވެ. ނަމަވެސް އެރައްކާތެރިކަން ބޭނުންކުރަނީ މަދު ބައެކެވެ. ޖިންނިއަކަށް އިންސާނެއްގެ ފަރާތުން ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ބަދަލު ހިފަން އަންނަނީ އެންމެ ޖިންނިއެއްނޫނެވެ. މުޅި އާއިލާ އެއްކޮއްށެވެ. ރަގީބާ ދިޔައީ ހަޅޭއްލަވަމުންނެވެ. އޭނާ ގައިގާ އަޅާވޭނަށް ކެތްނުކުރެވޭތީއެވެ. މުޅި މީހާގެ ހަށިގަނޑު ވަނީ ކަޅު ބޮޑެތި ލައްތަކެއް ލާފައެވެ. […]
ދުނިޔެއަކީ ވަގުތީ ތަނެއްކަން ވިސްނެނީ ކިތައް މީހުންނަށްބާއޭ އަބަދުވެސް ހިތައް އަރައެވެ. ދުނިޔޭގެ ލައްޒަތާ އަރާމް ހޯދަން އާޙިރަތް ދޫކޮއްލާފައި އުޅޭ އެތައް ބަޔަކު މިއަދު އިންސާނުންގެ ތެރޭގައި އެބައުޅެއެވެ. ﷲ سبحانه و تعالى ނަހީ ކުރައްވާފައިވާ އެތައް ފާފައަކަށް އަރައިގަނެ އެކަކަށް ވުރެ އަނެކަކު ދަނިޔެއައިގެން ކުރިޔަށްދާން ގަދަ އަޅާ އެތައް މަސައްކަތެއްކުރެއެވެ. ނަމަވެސް އާޙިރުގައި ތިބާ ދާންޖެހޭނީ ހުސްއަތާކަން ނޭންގޭ އެއްވެސް މީހެއް ހަމަގައިމުވެސް ނުހުންނާނެއެވެ. ޝާމް މިއަދު ގުނަމުންދަނީ އޭނާގެ ފަހުވަގުތުކޮޅެވެ. […]
ނޯޓް : މި ވާހަކައަކީ ހަޤީޤީ ހާދިސާއަށް ބިނާކޮށް ބަދަލުތަކާއި އެކު ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. ވިއްސާރަ ދުވަހެއްކަމުން މަގުމަތި އެއްކޮށްވަނީ ފެންބޮނޑުވެފައެވެ. ހީކަރުވާ ފަދަ ފިނިވަޔެއް ޖެހެމުންދިޔައެވެ. ގަސްތައް ހީވަނީ ދެންމެ ދެންމެއަކު ވިއްސާލަފާނެ ހެންނެވެ. މަގުމަތިން މަދުމަދުން ކާރާއި ސައިކަލުތައް ފެންނަމުން ދިޔައެވެ. އުޑުމަތިވަނީ ކަޅުކަންގަދަ ބޯ ވިލާ ތަކުން ބައްދާލާފައެވެ. އެ ކަޅުކަންގަދަ ވިލާތަކުގެ ހައްޔަރުގައިވާ ވާރޭގެ ކަނިތައް ބިމަށް ދެންމެ ދެންމެއަކުން ހަމަލާދޭން ފަށާފާނެހެން ހީވެއެވެ. ވައިރޯޅިތަކުން އަންނަން އުޅޭ […]
“ޓިން ، ޓިން” ފޯނަށް އައި މެސެޖުގެ އަޑު އިވުމާއެކު ހުދާ މޫނުމަތީ އޮތް ބާލިސް ނަގާ ފޯނަށް ބަލާލިއެވެ. އިހްސާނުގެ މެސެޖެ ފެނުމާއެކު މޫނުމަތިން ފެނިގެން ދިޔައީ ފޫހިކަމެވެ. ނަމަވެސް މެސެޖެ ހުޅުވާލުމަށްފަހު ކިޔާލިއެވެ. “އަދިވެސް ހިޔާލު ބަދަލުނުވަނީތާ؟” ހުދާގެ ފޫހިކަންވީ އިތުރެއެވެ. އެހެންކަމުން އަވަސް އަވަށް ޖަވާބު ފޮނުވާލިއެވެ. “ހޫނ! ހިޔާލު ދެންނުވާނެ ބަދަލެއް! އިތުރަށް މެސެޖު ނުކުރާތި!” މެސެޖު ފޮނުވާލުމާއެކު ހުދާ ފޯނު ނިއްވާލިއެެވެ. އަދި މޫނު މަތީ ބާލިސް ބާއްވާލުމަށްފަހު ދެލޯމަރާލިއެވެ. […]
ތައުބާގެ ދޮރަކީ ހުޅަނގު ފަރާތުން އިރު އަރަންދެކަށް ހުޅުވިފައިވާ އެއްޗެކެވެ. ގިޔާމަތުގެ އަލާމާތެއް ކަމުގައިވާ ހުޅަނގުފަރާތުން އިރުއެރުމުން ތައުބާގެ ދޮރު އެއްކޮއް ބަންދުވާނެއެވެ. މިކަމާމެދު ވިސްނާލަނީ އަޅުގަނޑުމެންތެރެއިން ކިތައް މީހުންބާއެވެ. ދުވަހެއް ދުވަހަކަށް މި ފެންނަމުންދަނީ ގިޔާމަތުގެ ކުދި އަލާމާތްތަކެވެ. މިހެންގޮސް ބޮޑު އަލާމާތެއްކަމުގައިވާ ހުޅަނގުފަރާތުން އިރުއަރާފައިހުރިތަން ފެނުމުން އިންސާނާއަށް ބުނެވޭނީ ދެންކީކޭބާއެވެ. އެއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. ޒަމީރުއަކީ މިޒަމާނުގެ ޒުވާނެކެވެ. މިޒަމާނުގެ ފެޝަނަކީ އޭނާ ލޯބިކުރާ އެއްޗެކެވެ. ޒަމީރުގެ ހެދުން އެޅުމުގައި މުޅިންވެސް ލައިއުޅެނީ […]
އިންސާނުން ދުނިޔެ ފޮނުއްވާފައިވަނީ الله سبحان و تعالىٰ އަށް އަޅުކަން ކުރާށެވެ. އެގޮތުން އިންސާނުންގެ މައްޗަށް 5 ނަމާދު ކުރުމަށް އެކަލާނގެވަނީ އަމުރު ކުރައްވާފައެވެ. ނަމަވެސް މިއަދު އިންސާނުންވަނީ ހައްދުފަހަނައަޅާ ގޮސް ދުނިޔެއަށް ގެއްލިފައެވެ. ނަމާދަކީ ބޭނުން އިރަކު ކުރެވޭނެ އެއްޗެއްކަމަށް ގިނަމީހުން ދެކިގެން އުޅެއެވެ. އަޒީޒްއަކީ ޒުވާނެކެވެ. ރީތިކަމާ މުއްސަނދިކަން އޭނާއަށް الله سبحان و تعالىٰ ވަނީ ދެއްވާފައެވެ. އަޒީޒްގެ މައިންބަފައިން ތިބެނީ އޭނާ އުޅޭ ގެއާ ދުރުހިސާބެއްގައި ކަމުން ކޮންމެ ހުކުރު […]
ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ. މިވަގުތީ ދުނިޔެއަށް ވަކި މުއްދަތަކަށް އިންސާނާ ފޮނުވިފައިވަނީ އިމްތިހާންނެއްގެ ގޮތުންނެވެ. އެ މުއްދަތު ހަމަވުމުން ކަފުންކުރެވި ވަޅުލެވެއެވެ. އެއީ ކިތަންމެ ބާރުވެރި މީހަކަސް ނުވަތަ ނިކަމެތި ފަގީރެއްކަމުގައި ވިޔަސްމެއެވެ. ޒުބެއިރުއަކީ ހަރު ހިތެއްގެ ވެރިއެކެވެ. ޖާނުން ވަރުގަދަ ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. މީސް މީހުންނަށް އެއްވެސް ސަބަބެއްނެތި ގޯނާކޮއް އޭނާގެ ނުލަފާކަން ދައްކާ މީހެކެވެ. ޒުވާން އަންހެން ކުދިންނަށް އޭނާގެ އުނދަގޫ ވަކިން ބޮޑެވެ. އަންހެން ކުއްޖަކު ފެނިއްޖެނަމަ ޖެއްސުންކޮއް […]
އެހާދިސާއެއް ހިނގިތާ މިހާރު އަހަރެއްވެދާނެއެވެ. ނަމަވެސް ޝިނާގެ ހިތުން އެމީހެއްގެ އޯގާތެރިކަން ދުވަހަކުވެސް ފިލައިގެން ނުދާނެކަން އޭނާއަށް އެނގެއެވެ. މިއަދު ޝިނާގެ އާދަޔާ ޙިލާފު ވާހަކަ ގަބޫލް ކުރާނީ ކާކުހެއްޔެވެ. ޝިނާގެ ހަޔާތުގައި އެމީހާއާ އެންމެ ފުރުތަމަ ދިމާވީ ޝިނާ ވަޒީފާ އަދާކުރަމުން އަންނަތަން ކަމަށްވާ އެއާޕޯޓުންނެވެ. ދިގު ރީތި އިސްކޮޅެއް އޭނާގެ ހުރެއެވެ. ކޮންމެ ފަހަރަކުވެސް ޝިނާއަށް އެމީހާއާ ދިމާވަނީ ޝިނާގެ މެންދަމު ޑިއުޓީއިންނެވެ. އެހެން ރޭތަކެކޭވެސް އެއްފަދައިން މިރޭވެސް ޝިނާއާ އެމީހާއާ ދިމާވިއެވެ. ވަރަށް […]