Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކަ

ޖިންނިއެއްގެ ދުލުން

EXO
EXO Level 210 Stories100 Login
November 18, 2024 2 Mins Read
1 Comment

ޖިންނީންނަކީ އުޅޭ ބައެއްކެވެ. އެކަން ކީރިތި ގުރުއާނުންވެސް ސާބިތުވެއެވެ. އިންސާނުންގެ ލޮލަށް އެބަޔަކު ފޮރުވިފައިވާ ބައިވަރު ސަބަބުތައް ހުރެއެވެ. އެސޮރުމެންގެ ކިބައިން ރައްކާތެރިވާނެ ގޮތްތައްވެސް ވަނީ އިސްލާމްދީންގައި އުގަންނާދީފައެވެ. ނަމަވެސް އެރައްކާތެރިކަން ބޭނުންކުރަނީ މަދު ބައެކެވެ. ޖިންނިއަކަށް އިންސާނެއްގެ ފަރާތުން ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ބަދަލު ހިފަން އަންނަނީ އެންމެ ޖިންނިއެއްނޫނެވެ. މުޅި އާއިލާ އެއްކޮއްށެވެ.

ރަގީބާ ދިޔައީ ހަޅޭއްލަވަމުންނެވެ. އޭނާ ގައިގާ އަޅާވޭނަށް ކެތްނުކުރެވޭތީއެވެ. މުޅި މީހާގެ ހަށިގަނޑު ވަނީ ކަޅު ބޮޑެތި ލައްތަކެއް ލާފައެވެ. އަދި ހަށިގަނޑު އެހާމެ ހޫނެވެ. އޭނާ ބުނާގޮތުންނަމަ ހަށިގަނޑު ހީވަނީ އަލިފާނަށް ލެވިފައިވާހެނެވެ. ނަމަވެސް ރުގްޔާ ކިޔަވަމުން ދިޔަ މީހާ އެންމެ ތަންފުކެއްވެސް ދުލެއް ނުކުރިއެވެ. އޭނާގެ ކިޔެވުން ވަރުގަދަކުރިއެވެ. ރާގީބާއަށް އަވަލައިގެން އުޅޭ ޖިންނި ހާޒިރު ކުރުމަށްށެވެ. ގަޑިއެއްހާއިރު ކިޔަވައިގެން ޖިންނި ހާޒިރުވެއްޖެއެވެ. ރުގުޔާ ކުރާ މީހާ ޖިންނިއާާ ސުވާލުކުރަންފެށިއެވެ.

ރުގްޔާކުރާމީހާ އެންމެ ފުރުތަމަވެސް އެ ޖިންނިގެ ނަން އެހިއެވެ. ” ކަލޭތީ ކާކު؟ ”

” އަހަރެންނަށް ކިޔަނީ އަބިޔަލް ” ނުބައި ބަރު އަޑަކުން ހީގަނެފައި އެ ޖިންނި ޖަވާބުދިނެވެ.

ރުގްޔާކުރާމީހާ ދެވަނަ ސުވާލައިގެން ކުރިޔަށް ދިޔައެވެ ” ކަލޭ މީނާގެ ހަށިގަނޑަށްވަދެ އަވަލައިގެން ތިޔައުޅެނީ ކީއްވެ؟ ”

” އަހަރެން އޭނާދެކެ ލޯބިވާތީ ” ރަގީބާގެ ދެލޯ ބޮޑުކޮއްލައިގެން ދެކަންފަތާ ހަމައަށް މިޔަކަނުދަމާލާފައިވާ ހިނިތުންވުމަކައިގެން ރަގީބާގެ ހަށިގަނޑުން އެ ޖިންނި ޖަވާބުދިނެވެ.

” ކަލޭގެ އަސްލު ބޭނުމަކީކޮބާ؟ “ރުގްޔާކުރާ މީހާ އެ ޖިންނިއާ ތިންވަނަ ސުވާލުކޮއްލިއެވެ.

” އަހަރެން ބޭނުންވަނީ މީނާ މަރާލަން ” ރުޅިއައިސްފައިވާ ރާގަކަށް އެޖިންނި ޖަވާބުދިނެވެ.

ރުގްޔާކުރާމީ އިތުރު ސުވާލަކަށް ދިޔުމުގެކުރިން ރަގީބާ ހޭނެތިއްޖެއެވެ. ހޭނެތުމާއެކު އެރެޔަށް ހުއްޓާލުމަށްފަހު ރުގްޔާކުރާ މީހާ ގެއަށް ދިޔައެވެ. ފެންވަރާލައިގެން އެމީހާ ނިދަން އޮށޯންނަންދިޔައިރު އެނދުމަތީ ކަޅު ހިޔަންޏެއް އިނެވެ. އެ މީހާ ޖެހިލުން ނުވެ ގޮނޑިއެއް ހިފައިގެން އައިސް އެނދުކައިރީ ބެހެއްޓުމަށްފަހު އިށީނެވެ. އަދި އެ ހިޔަންޏާ ސުވާލުކުރިއެވެ.

” ކަލޭތީ ކާކު؟ ކީއްކުރަން އަހަރެންގެ އެނދުމައްޗަށްއަރާ ތިޔައިނީ؟ ”

” އަހަރެންނަކީ ކަލޭ ރުގްޔާ ކިޔަވައިގެން ހާޒިރުކުރި ޖިންނި. އަހަރެން މިއައީ ކަލެއަށް ހުރިހައި އެއްޗެއް ކިޔައިދޭން. އަހަރެންނަށް ކަލޭ ރުގްޔާ ކިޔެވުމުން ވަރަށް ގެއްލުންވެއްޖެ. އިތުރަށް އަނިޔާ ލިބޭކަށް ބޭނުމެއްނޫން ” އެ ހިޔަނި ކުޑަކުއްޖެއްގެ އަޑުން ޖަވާބުދިނެވެ.

” މައްސަލައެއްނެތް ކުރިޔަށްގެންދޭ އަހަރެން މި އިނީ އަޑުއަހަން ” ހަމަޖެހިލާފައި ރުގްޔާކުރާ މީހާ ބުނެލިއެވެ.

” އެ އަންހެނާ އުޅެމުން އައި ގެއަކީ ވަރަށް ރަނގަޅު މީހުން ދިރިއުޅޭ ގެއެއް. ކުޑަކުދިންވެސް އިރުއޮއްސެންވާ އިރަށް ގެއަށްވެސް ވައްދާނެ. އެކަމު ފަހަކަށް އައިސް އަހަރެންނަށް އެގެއަށް ސަމާލުކަންދެވި ޝައުގުވެރިވާންފެށުނީ މިބުނާ އަންހެނާގެ އުޅުން ބަދަލްވުމުން. ހަމަ އެކަނި އެ އަންހެނާއެއްނޫން އެގޭ އެތައް ބަޔަކު ގޯސްކޮއް އުޅެންފެށީ. ފުރުތަމަ އިވެންފެށީ ޗާލު މިއުޒިކް އަދި ހިންދީ ޑްރާމާ ތަކުގެ އަޑުތައް ބުދަށް އަޅުކަންކުރާތަން ބަލަން އަހަރެން ފޯރީގައި އެމީހުންގެ ފަހަތުގައި ހުންނަން އެއީ އަހަރެން އަޅުކަން ކުރާގަޑި. އެއަށް ފަހު މިބުނާ އަންހެނާ ބަންގިގޮވާ ގަޑިއެއް ނުބަލާނެ ހަމަ ނަޝާ އަހަރެންނަށް ކަމުދާ އެތައް ވައްތަރެއް އޭނާ ޖައްސާ އޭނާ ކޮޓަރި ތަޅުލައިގެންހުރެ. ދެން ހުރީ އޭނާގެ ބޭބެ އެއީ މަސްތުވާތްކެއްޗަށް ދެވި ހިފައިފާ ހުންނަ މީހެއް. އޭނާގެ ކޮޓަރީގައި އަހަރެން އަޅުކަންކުރާނެ ބައިވަރު ސާމާނު ހުރޭ. މިހާރުވެސް އަހާބަލަ ކުރިމަތީ ހުންނަ ގޭ ފަސްވަނަ ފްލޯގައި އުޅޭ އަކްރަމް ކިޔާ މީހެއްކައިރި އޭނާ އަހަރެން އެ ކޮޓަރި ދޮރުމައްޗަށް ގުދުވާތަން ނުދެކޭތޯ. އަހަރެން ހުރި ސިފަ އޭނާއަށް ފެނުނީ ކިހިނެއްތޯ އަހާބަލަ ގޮސް. އަހަރެން އެމީހުންނަށް ވަރަށް ޖެއްސުން ކުރަން ގޭގެ ތަންތަން ގުޑުވާ އެއްޗެހިވެސް އުކަން. އަހަރެން އެ އަންހެނާއަށް އަވަލާން ދިމާވީ އޭނާ އަހަރެންގެ ގަޔަށް ހޫނުފެން ޖެހުމުން. އެއިރު އަހަރެންގެ ކުޑަ ދަރިފުޅުވެސް އަހަރެން އަތުގައި އޮތް. އަހަރެންގެ ލޯބި ލޯބި ދަރިފުޅުގެ މުޅި ހަށިގަނޑުވަނީ ފިހިފައި. އެއިރު އަހަރެން ދަރިފުޅު އުނގުތެރެޔަށް ލައިގެން އިނީ އެގޭ ބަދިގެ ކައިރީގަ ހުރި ގަސްތަކުގެ ތެރޭގަ. އެހިސާބުން އަހަރެން ގާތަށް ރުޅިއައީ. އަހަރެން އޭނާ މަރާލަން ގަސްތުކޮއްގެން އޭނާ ގައިތެރެއަށްވަދު މިއުޅެނީ. ނަމަވެސް މިއަދު ކަލޭ އަހަރެންގެ މައްޗަށް ކުރި ހޯދައިފި. މިވަގުތަށް އަހަރެން މިހުރީ އޭނާއާ ދުރުވެފަ ނަމަވެސް ހަނދާންކުރާތި އޭނާއާ އޭނާގެ އާއިލާ އެ ދިރިއުޅުން ދޫނުކޮއްފިނަމަ އަހަރެންގެ ބާރު ގަދަވާނެ. ދެން އަންނާނީ އަހަރެން އެކަންޏެއްނޫން މުޅި އާއިލާ ”

މިހެން ބުނުމަށްފަހު އެ ހިޔަނި ގެއްލިއްޖެއެވެ. ރުގްޔާކުރާ މީހާ ލަހެއް ފަހެއް ނުކޮއް ރަގީބާ މެންގެއަށްގޮސް ހުރިހައިއެއްޗެއް ކިޔައިދިނެވެ. އަދި އެމީހުން ކުރިމައްޗަށް ޖިންނި ބުނި މީހާ ހާޒިރުކޮއް ކޮންހެނެއް ހުރި މަޙްލޫގެއްތޯ ފެނުނީ ރުގްޔާކުރާ މީހާ ސުވާލު ކުރިޔެވެ. އެ ސުވާލަށް އޭނާ ތުރުތުރުއަޅާ ހާލު ޖަވާބު ދިނެވެ.

” އަހަރެންނަށް ފެނުނީ މިގޭ ކޮޓަރިއެއްގެ ކުރިމައްޗަށް ވަރުގަދަ ކަޅު ހިޔަންޏެއް ގުދުވެ ގުދުވެފައި ތެދުވާތަން. އޭގެ ބޮލުގައި ދިގު ދެ ދަޅުވެސް އިން. ”

– ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ތިނެސްކަން ލޯބި (7)

Next

ތިނެސްކަން ލޯބި (8)

Next
November 18, 2024

ތިނެސްކަން ލޯބި (8)

Previews
November 18, 2024

ތިނެސްކަން ލޯބި (7)

One Comment

  1. Ghost girl 👻 says:
    December 5, 2024 at 5:53 pm

    Reethi varah salhi I love this story

Comments are closed.



All Right Reserved!