ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ. އެއަށްފަހު އިންސާނާ ތަރުބިއްޔަތު ކޮށް ބަލާބޮޑުކުރަނީ މައިންބަފައިންނެވެ. ހެވާނުބައި ދަސްކޮށްދީގެންނެވެ. ގިނަފަހަރު ލޯބިލިބި ބޮޑުވެގެންނެވެ. ނަމަވެސް އެނަސީބު ހަލާކުކޮށްލާ މީހުންވެސް މަދެއްނޫނެވެ.. ހަތޫބު އަކީ އަހަރެންގެ ރަށަށް އަރުވާލެވުން މީހެކެވެ. އޭނާ ހަވާލުވާނޭ މީހަކުނެތި ރަށު އޮފީހުގާ ބައިންދާފާއިންދާ އަހަރެން ބައްޕަ އަމިއްލައަށް އިސްނަގާގެންގޮސަް ގެނައި މީހެކެވެ. އަހަރެންގެ އާއިލާއަކީ ހިތްހެޔޮ އާއިލާއެކެވެ. ރަށުގާ ގަދަރުވެރި އާއިލާއެކެވެ. އެހެން މެހެމާނުންނެކޭ އެއްފަދައިން ހަތޫބުއަށްވެސް ކަންތައްކުރީ އެހާމެ ހެޔޮކޮށެވެ. ގަޑިއަށް […]
ކަނޑުމަތި އެޅުމުގެ ހާދިސާތަކަކީ ހިނގާ ކަންކަމެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުސުރެ މިއަދާ ހަމަޔަށްވެސް މިފަދަ ހާދިސާތައް އަންނަނީ ހިނގަމުންނެވެ. މިފަދަ ކަމަކުން ސަލާމަތްވެތިބުމަށް އޮތީ އީމާންތެރިކަން ވަރުގަދަކުރުމެވެ. އަލިބެއްޔާއަކީ މަސްވެރިޔެކެވެ. އޭނާއާއެކު އޭނާގެ އެކުވެރި ތައްޙާން ބެއްޔާ އަބަދުވެސް މަސްވެރިކަމުގާ ބައިވެރިވެއެވެ. ތައްޙާން ބެއްޔާ އަބަދުވެސް އަލިބެއްޔާއާ ސަމާސާކުރެއެވެ. މަސްބާނަމުންދާއިރު ބައެއްފަހަރު ޖެއްސުންކޮށްލުމުގެ ގޮތުން ފައިންޖަހާ ކަނޑަށްވެސް ވައްޓާލައެވެ. ނަމަވެސް އަލިބެއްޔާއަކީ މަޑުމައިތިރި މީހެއްކަމުން ތައްޙާން ބެއްޔާގެ އެ ސަމާސާ އަބަދުވެސް ހިތުއަޑިން ގަބޫލްކޮށް މައާފްކުރެއެވެ. ދުވަސްތައް […]
ކިޔުންތެރިންގެ ސަމާލު ކަމަށް، މި ވާހަކަ ގެނެސް ދިނުން ލަސްވި ކަމަށް ޓަކައި ނިހާޔަތަށް މާފަށް އެދެމެވެ. އަޅުގނޑުގެ ޓެސްޓު ދުވަސް ކޮޅު ވާހަކަ ލިޔުން ހުއްޓާލާ ކިޔެވުމަށް އިސްކަން ދިނުމަށް ވާހަކަ މެދު ކަނޑާލި ނަމަވެސް އަންނަ ހަފްތާއިން ފެށިގެން މި ވާހަކަ ގެނެސްދޭނެ ވާހަކަ ދެންނެވީނެވެ. !!Hope you guys understand thankyou for the love and support
އެ ޙަބަރު ލިބުމާއި އެކު އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލިއެވެ. އެއީ ފާއިތުވި ދުވަސްތަކުގައި އަހަރެން އެންމެ އަޑު އަހަން ބޭނުންވި ލަފުޒުތަކެވެ.ޑޮކުޓަރުގެ އަނގައިން ނިކުން ތިން ލަފުޒު އަހަރެން ދުވަހަކުވެސް ހަނދާނެއްނުނެތޭނެއެވެ. “މަރުޙަބާ! އާޔާ ބަނޑު ބޮޑު!”މި ލަފުޒު ތަކަކީ އަހަރެންގެ ވިރާނާ ވެފައިވާ ހަޔާތް ބަދަލު ކޮއްލި ލަފުޒު ތަކެކެވެ.އަހަރެންގެ ލޯބިވާ ފިރިމީހާ މަހުދީ އަށް މި ޙަބަރު ދިނުމަށް އަހަރެން އަވަސްވެގަތީމެވެ.އޭނާ މިހާރު ވާނީ އޮފީހުގައިއެވެ. މަހުދީއަކީ އޭނާގެ އަމިއްލަ […]
ކާމިލަކީ މާލޭގައި ހުއްނަ އާދައިގެ ގެއަކަށް އުފަން ވެފައިވާ ކުއްޖެކެވެ. އޭނާގެ މަންމައާއި ބައްޕަ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ދެ މީހުންނެވެ. ކާމިލް ހެދިބޮޑުވަމުން އައީ އެ ދެމަފިރިންގެ ލޯތްބާ ފަރުވާގެ ދަށުގައެވެ. ކުޑައިރުއްސުރެ ކާމިލަކީ ވަރަށް ކެރޭ ކުއްޖެކެވެ. ސްކޫލުގައި އޭނާ ދައްކަމުން ދިޔައީ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ނަމަވެސް، ކާމިލްގެ ހިތުގައި އޮތީ ތަފާތު އުއްމީދެކެވެ. އޭނާގެ ހުވަފެނަކީ މޫދުގެ އަޑިއަށް ފީނައި، އެތަނުގެ ސިއްރުތައް ހޯދުމެވެ. ސްކޫލް ނިމުމާއެކު، ކާމިލް ނިންމީ […]
ލާމިއުއަށް ލޯ ހުޅުވައި ލެވުނުއިރު އެންމެ ފުރުތަމަވެސް ފެނުނީ އުމުރުން ގާތްގަނޑަކަށް 30 އަހަރުގެ އަންހެނަކާއި ހުދުކުލައިގެ ކޯޓެއް ލައިގެން ހުރި ފިރިހެނެކެވެ. ލާމިއު ތެދުވާން މަސައްކަތްކުރިއެވެ. “ނުތެދުވޭ. އަދި އޮށޯވެގެން އޮވެލާ” ލާމިއުގެ ކޮނޑުގައި އަތް ޖައްސާލުމަށްފަހު ޑޮކްޓަރު ބުންޏެވެ. އޭރުވެސް އެ އަންހެންމީހާ ހުރީ ފެންކަޅިވެފައެވެ. “ލާމިއު. އަހަރެން މި ކުރާ ސުވާލާށް ޖަވާބު ދީބަލަ. ގުރޭޑް 10 އަކާއި ހަމައަށް ލާމިއު ކިޔެވީ ކޮން ސުކޫލަކުން؟” ޑޮކްޓަރުގެ މި ސުވާލު އަޑުއިވުމާއެކު ލާމިއު […]
މަތިންދާ ބޯޓުން ފޭބުމާއި އެކު ކުރިއަށް ވުރެ ބޮޑަށް އަހަރެންގެ ހިތް ތެޅެން ފަށައިފިއެވެ.ސަބަބެއް ނެތިއެއްވެސްނޫނެވެ. މިއަދަކީ އެތައް ދުވަހަކަށް ފަހު އަހަރެންގެ އަމިއްލަ އުފަން ޤައުމަށް އާދެވުނު ދުވަހެވެ.އަހަރެންގެ އާއިލާއާ އެތަށް އަހަރަކު ވަކިން އުޅުމަށް ފަހު ބައްދަލުވާނޭ ދުވަހެވެ. އަންނަ މީހުންގެ ގިމަތައިން ނިކުނެގެން އަހަރެންގެ ފޮށި ދަމަމުން ޓެކްސީ އެއް ލިބޭތޯ ދިޔައިރު އަހަރެން އެއްވެސް ވަރަކަށް ހާހެއްނުވެއެވެ. އާއިލާގެ އެއްވެސް ފަރާތަކަށް ނާންގާ އަހަރެން ރާއްޖެއައީ އެމީހުން “ސަޕްރައިސް” ކޮއްލުމުގެ ނިޔަތުގައިއެވެ.ވަގުތަކީ […]
ހޮސްޕިޓަލުގެ އެނދެއްގައި އޮތް މަލްކާގެ މޫނައް ބަލަން އިން އަދިޔަންގެ މޫނުމަތިން ފެންނަމުން ދިޔައޭ މާޔޫސްކަމެވެ. އޭނާގެ ބޮލުތެރޭގަ ރިޕޭޓްގައި ޕްލޭކޮއްފަވާ ޓޭޕެއްހެން ހިގަމުން ދިޔައީ މަލްކާ މިހާލުގައި އޮނަން ދިމާވި ނުރައްކާތެރި ހާދިސާއެވެ. އެހާދިސާ ހިގިއިރު އޭނާޔަށް އެވެސް ކަމެއް ނުކުރެ ވުނުކަމާމެދު އައްމިއްލަ ނަފްސާ ހިތާހިތުން އެއްޗެހި ކިޔާލެވުނެވެ. މަޑުމަޑުން މަލްކާގެ ބޮލުގާ ފިރުމާލަމުން ދުވަހަކުވެސް އޭނާޔަށް އިތުރު ގެއަލުމެށް ވިޔަ ނުދޭނެ ކަމަށް ވައުދުވަމުން އޭނާ އެތަނުން ނުކުނަން މިސްރާބު ޖެހީ […]
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ތަނަވަސް ކޮޓަރިއެކެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ މުއްސަނދި ކަމެވެ. ކޮޓަރީގެ ވާތް ފަރާތު ބިތުގައި އެއްކޮށް ބޮޑު އަލަމާރި އެއް ބަހައްޓާފައި ހުރިއިރު ކޮޓަރީގެ ކަނާތް ފަރާތުގައި ބެލްކަންޏަށް ނުކުމެވޭ ގޮތަށް ހުރި ދޮރެއް ހުއްޓެވެ. ކޮޓަރީގެ މެދުގައި ކިންގް ސައިޒް އެނދެއް ހުރިއިރު އެނދާ ޖެހިގެން ސްޓަޑީ ޓޭބަލް އެއް ބަހައްޓާފައި ހުއްޓެވެ. ކޮޓަރީގެ ތެރެއަށް ބަލައިލުމުން ސާފު ތާހިރު ކަމަށް ލޯބި ކުރާ މީހެއް އުޅޭ ކޮޓަރިއެއް ކަން […]