Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ކައްވަޅަށް ދިޔުމުގެ ކުރިން

EXO
EXO Level 210 Stories100 Login
November 17, 2024 2 Mins Read
1 Comment

ދުނިޔެއަކީ ވަގުތީ ތަނެއްކަން ވިސްނެނީ ކިތައް މީހުންނަށްބާއޭ އަބަދުވެސް ހިތައް އަރައެވެ. ދުނިޔޭގެ ލައްޒަތާ އަރާމް ހޯދަން އާޙިރަތް ދޫކޮއްލާފައި އުޅޭ އެތައް ބަޔަކު މިއަދު އިންސާނުންގެ ތެރޭގައި އެބައުޅެއެވެ. ﷲ سبحانه و تعالى ނަހީ ކުރައްވާފައިވާ އެތައް ފާފައަކަށް އަރައިގަނެ އެކަކަށް ވުރެ އަނެކަކު ދަނިޔެއައިގެން ކުރިޔަށްދާން ގަދަ އަޅާ އެތައް މަސައްކަތެއްކުރެއެވެ. ނަމަވެސް އާޙިރުގައި ތިބާ ދާންޖެހޭނީ ހުސްއަތާކަން ނޭންގޭ އެއްވެސް މީހެއް ހަމަގައިމުވެސް ނުހުންނާނެއެވެ.

ޝާމް މިއަދު ގުނަމުންދަނީ އޭނާގެ ފަހުވަގުތުކޮޅެވެ. މި ވަގުތީ ދުނިޔެއާ ވަކިވެގެންދާކަށް ދެން މާ ގިނައިރެއްނެތެވެ. އަހަރެން ޝާމް އަތުގައި ހިފަހައްޓާލައިގެން އިންދެ އޭނާއަށް ހެޔޮދުއާ ކޮއްދިނުމުގައި އަވަދިނެތި އިނީމެވެ. ޝާމްގެ ފުރާނަ އޭނާގެ ހަށިގަނޑާ ވަކިވެ މި ވަގުތީ ދުނިޔެއަށް އަލްވަދާއު ކިޔާފިއެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون.

ކަށުކަމާކެމީގެ ކަންތައް ނިންމައި ޝާމް ވަޅުލުމަށްފަހު އޭނާގެ މައިން ބަފައިންނާ ބައްދަލު ކުރަން އަހަރެން އެގެއަށް ދިޔައީމެވެ. ޝާމްގެ ގެއަށް ވަނުމާއެކު އޭނާގެ މަންމަ އައިސް އަހަރެން ގައިގާ ބައްދާލިއެވެ. އަދި އަޑުގެ ނެތްކޮޅަށް ރޮއެ ހޭރުނެވެ. މަންމަ ހަމައަކަށް އެޅުވުމަށްފަހު އަހަރެން ދިޔައީ ބައްޕައާ ބައްދަލުކުރާށެވެ. ބައްޕަ އިނީ ޝާމް ނިދާ އެނދުގައި އިށީންދެލައިގެނެވެ. އަހަރެން ފެނުމުން ފެންކަޅިވެފައި އެތެރެއަށްވަދެ އިށީންނަން ބުނެލިއެވެ. ބައްޕަ އިނީ ކަޅުކުލައިގެ ބޯ ފޮތެއްގައި ހިފަހައްޓާންނެވެ. އެ ފޮތް އަހަރެން އިށީނުމާއެކު އަހަރެންނަށް ދިއްކޮއްލަމުން ބައްޕަބުނެލިއެވެ. ” ޝާމް މިދުނިޔެއާ ވަކިވެއްޖެނަމަ މި ފޮތް ތިފަރާތަށް ހަވާލުކުރަންވަނީ އަހަރެންނަށް އަނގާފައި. އެއީ މިއަދު އޭނާގެ މައިންބަފައިންނަށްފަހު އޭނާ އެންމެ އިތުބާރު ކުރާ މީހަކީ ތިޔަފަރާތް ކަމުގައި ވާތީވެ. އަހަރެން ތި ފޮތެއް ނުބަލަން ތީގައިވާ ސިއްރަކީ ތި ދެމީހުންގެ އެއްޗެއް. ” މިހެން ބުނެފައި ބައްޕަ ކޮޓަރިން ނުކުމެގެން ދިޔައެވެ. ބައްޕަ ދިޔުމުން ފޮތް ހުޅުވާލީމެވެ. އޭގައި ލިޔެފައި ވަނީ އެންމެ ސަފްހާއެކެވެ. ބާކީ ހުސް ގަނޑުތަކެވެ. ލިޔެފައިވާ ސަފްހާގައި ވަނީ އަހަރެންގެ ނަންޖަހާ ލިޔެފައިއެވެ.

” ލޯބިވާ ހަމްނާއެވެ. މިފޮތް ތީނަގެ އަތަށް ލިބޭއިރު މިއަދު އަހަރެން މިދުނިޔެއަށްވާނީ އަލްވަދާއު ކިޔާފައެވެ. މިއަދު އަހަރެންނަށް އެންމެ އަޅާލި މީހަކީ ތިޔައީއެވެ. އަހަރެންނާ ހަމްނާ ދިމާވީ އަހަރެންގެ އެންމެ ނުބައިކޮއް އުޅެމުން އައި ދުވަސްވަރުއެވެ. އެއިރު އަހަރެންނަކީ ﷲ سبحانه و تعالى ނަހީ ކުރެއްވި އެތައް ފާފައެއް ކުރަމުން އައި މީހަކީމެވެ. އަހަރެންނަށް ހަމްނާ ފެނުން ފުރުތަމަ ދުވަހު ކުރެވުނު ޖެއްސުމާ ފުރައްސާރައަށް މައާފްއަށް އެދެމެވެ. ކޮންމެ ދުވަހަކު ކުރެވުނު އަނދަގުލަށް މައާފްއަށް އެދެމެވެ. ނަމަވެސް އަހަރެެންނަށް ފާހަގަ ކުރެވުނީ އެންމެ ކަމެކެވެ. ހަމްނާއަށް އަހަރެން އުނދަގޫ ކުރިއިރުވެސް ހަމްނާގެ ކެތްތެރިކަން ވަރުގަދަ ކަމެވެ. އީމާންތެރިކަން ވަރުގަދަ ކަމެވެ. މިއަދު އަހަރެން ކަހަލަ ނުލަފާ މީހަކު ހަމައަކަށް އަޅުވާ އަހަރެންނަށް ރިވެތި އުސޫލުތައް ދަސްކޮއްދިން މީހަކީ ތީއެވެ. އަދި އިސްވެ އަހަރެންނާ ކައިވެނިކޮއް ދިރިއުޅުން ދައްކައިދިނީތީ އަހަރެން ހިތުގެ އަޑިން މިއަދު ޝުކުރު ކުރަމެވެ. ނަމަވެސް އަހަރެން ހަމްނާއާ ކައިވެނި ކުރިއިރު އަހަރެންނަށް ވަނީ މި ވަގުތީ ދުނިޔޭގައި އުޅުމަށް މަދު ވަގުތުކޮޅެއް ޑޮކްޓަރު ދީފައެވެ. ސަބަބަކީ އަހަރެންވަނި ކެންސަރުގެ ފަހު ސްޓޭޖްގައި ކަމަށްވާތީއެވެ. އަހަރެން އެކަން އެނގުމުން އަހަރެންގެ ހުރިހާ އަގުބޮޑެތި ސާމާނު ވިއްކައި އެފައިސާތައް އެތައް ނިކަމެތިންނަށް ހަދިޔާކޮއްފައެވެ. އަދި ބާކީ އެއީ ހަމްނާއަށްށެވެ. ނުވަތަ އެވެސް ސޮދަގާތްކޮއްލާ ދިނުން އެދެމެވެ. އަހަރެން ކައްވަޅަށް ދިޔުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ކޮއްދިނީތީ އަހަރެން ހަމްނާއަށް ޝުކުރުކުރަމެވެ. އަދި އަހަރެންނަށް ހެޔޮމަރެއް ލިބޭނެކަމަށް އުންމީދުކުރަމެވެ. ”

ފޮތް ލައްޕާލިތަނުން ފޮތުތެރޭން އެއްޗެއް ވެއްޓުނެވެ. އަހަރެން އެ ނަގާ ބަލައިލިއިރު އެއީ ފަސްލައްކައިގެ ޗެކެކެވެ. އަހަރެންގެ ނަންމަތީ ލިޔެފައިވަ ޗެކެކެވެ. ނަމަވެސް އަހަރެން އެ ހިފައިގެން ގޮސް އެފައިސާ ނަގައި ޝާމްގެ ނަމުގައި ސަދަގާތް ކުރީމެވެ. ސަބަބަކި އަހަރެންނަށް މުހިންމީ މިދުނިޔެއެއްނޫނެވެ. އަހަރެންގެ ލޯބިވާ ފިރިމީހާއަށް ކައްވަޅުގައި ހެޔޮޖަޒާއެވެ.

  • – ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ތިނެސްކަން ލޯބި (5)

Next

ތިނެސްކަން ލޯބި (6)

Next
November 17, 2024

ތިނެސްކަން ލޯބި (6)

Previews
November 17, 2024

ތިނެސްކަން ލޯބި (5)

One Comment

  1. Who says:
    November 17, 2024 at 2:39 pm

    Nice

Comments are closed.



All Right Reserved!