ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އަހަރެންނަށް ހޭލެވުނީ ވަރަށް ބޮޑަށް ފިނިވެގެންނެވެ. ހޭލެވުމާއި އެކު ކޮޓަރީގެ އެކި ފަރާތް ފަރާތަށް ނަޒަރު ހިންގާ ލީމެވެ. އަހަރެން އެންމެ ޙައިރާންވީ ކުޑަދޮރު ހުޅުވާފައި ހުރުމުންނެވެ. ކޮޅަށް ތެދުވެ ކޮޅަށް ތެދުވެ އެ ކުޑަދޮރާއި ދިމާއަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އަވަސް އަވަހަށް އެ ދޮރުގެ ތަންޑު އަޅުވާލާ ދޮރުފޮތި ކަހާލީމެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ސިޓިންރޫމާއި ދިމާލުން އިވުނު ބާރު އަޑުފަށްގަނޑެއްގެ ސަބަބުންނެވެ. ތުރުތުރު ލަމުން ދިޔަ ތުންފަތުގައި ދަތް އަޅާލަމުން […]
އަލްވާ އަކީ ވަރަށް ކުޑައިރުއްސުރެ މަދަޙަ އާއި ލަވަކިޔުމަށް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ނަމަވެސް އޭނާ ލަދުގަންނަ ވަރުން އެކަމަށް ތަން ދޭ ވަރެއް ނޫނެވެ. ނާސަރީއަށް ދާން ފަށާ ކުޑަކުޑަ އަލްވާ ކިޔެވުން ފަށައިފިއެވެ. އަލްވާ ފުރަތަމަ ދުވަހު ޕްރީސުކޫލަށް ގޮސް އެތެރެއަށް ވަންނަން ޖެހިލުންވެފައި ހުއްޓެވެ. އޭނާ އެތެރެއަށް ވެއްދީ ގަދަކަމުންނެވެ. އެހެން ކުދިން ބަލަން ފެށުމުން އަލްވާ މޫނުގައި އަތް އެޅިއެވެ. ޕްރީސުކޫލުގެ ދުވަސްތަކުގައި އޭނާ ކުދިންނާއި އެހާ އެކުވެރިއެއް ނޫނެވެ. […]
ޒަޔާންއަށް ހޭލެވުނީ ފޯނު ރިންގު ވާ އަޑަށެވެ. ކަންނެތް ގޮތަކަށް ލޯ ހުޅުވާލަމުން ޒަޔާންގެ ފޯނު ނަގައި ގުޅަނީ ކާކު ތޯ ބަލައިލިއެވެ. ޒަޔާންގެ ފޯނަށް ގުޅަމުން ދިޔައީ ކާނަލް ނަސީމެވެ. ޒަޔާން އަވަސް އަވަހަށް ފޯނު ހިފައިގެން ބެލްކަނީ އަށް ނުކުތެވެ. އެނދުގައި ނިދާފައި އޮތް ޒަޔާންގެ އަންހެނުން އައިރީންއަށް އުނދަގޫ ނުކުރުމަށެވެ. “އައްސަލާމު އަލައިކުމް ސާރ…. ” ޒަޔާން ނިދި އަޑު ކަނޑުވާލަން މަސައްކަތް ކުރަމުން އިސްލާމީ ރިވެތި ސަލާމުން ސަލާން ގޮވައިލިއެވެ. “ވައަލައިކުމުއް […]
‘ އަންހެންކުދިން ގަސްގަހަކަށް ނާރާނެ، އަންހެންކުދިން ވާންވާނީ މަޑުމައިތިރި ކުދިންނަށް، ތީ އަންހެންކުދިންނަށް އެކަށީގެންވާ ފަދަ ވަޒީފާއެއް ނޫން. ‘ މި އަޑުތަކަކީ އަހަރެން ބޮޑުވަމުން އައިއިރު ހުއްޓުމެއްނެތި ކަންފަތުގެ ހިނދުރީގައި ހަރުލާފައިވާ އަޑުތަކެކެވެ. އަހަރެންނަކީ ހަލަނި ކުއްޖެކެވެ. ދެފައި އެއްތާކު ހަރުލައިގެން މިނެޓަކަށްވެސް ހުރުން ވާނީ ނާދިރު ކަމަކަށްށެވެ. މެންދުރުގެ ވަގުތު ވިއްޔާ މަންމަމެން އަހަރެން ހޯދަން ޖެހޭނީ، އަތިރިމަތީ ހުރި ގަސްތަށް ބަލާށެވެ. ގެއަށް އަންނަ އިރު ހަށިގަނޑުގައި ޒަހަމެއް ނުހުންނަ ދުވަހެއް ނުދާނެއެވެ. […]
އަރްހަމްގެ ގާތުގައި އިނދެ ޝަހާދަތާއި ނާސި ތިން ސޫރަތް ކިޔަވައިދިނުމަށް ފަހު އަރްހަމްގެ މަންމަ ކޮޓަރިން ނިކުމެގެން ދިޔައީ އަރްހަމް ނިދިކަން ޔަގީންވީމައެވެ. އެހެންނަމަވެސް އަރްހަމް އޮތީ ނިދާފައެއް ނޫނެވެ. މަންމަ ދިއުމުން ބާލީސް ދަށުގައި އޮތް ޓެބްލެޓް ނަގާ އަރްހަމް ކުޅެން ފެށިއެވެ. އެއީ ކޮންމެ ރެއަކުހެންވެސް އަރްހަމް ކަންތައް ކުރާގޮތެވެ. އަރްހަމްއަކީ ގްރޭޑް ތިނެއްގައި ކިޔަވާ ކުއްޖެކެވެ. އަރްހަމްއަކީ ބަސްއަހާ މަޑުމައިތިރި ކުއްޖެކެވެ. އެކަމަކު އަރްހަމްގެ ނުރަނގަޅު އާދައެއް ހުރެއެވެ. އެއީ ދުވާލާއި ރޭގަނޑުގެ […]
ޒަމާނީ ފެންވަރަށް ހަދާފައިވާ އަހަރެންގެ ކޮޓަރީގެ ހަތަރު ފާރުން އެތެރޭގައި އެއްވެސް ދިރުމެއް ނުވެއެވެ. އާއިލާއިން ބާކީވެ، ޙަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާއިރު، އަހަރެންގެ މާޒީއާއި ދޭތެރޭ ވިސްނާލުމުން އަހަރެންގެ ހިތުގައި ހާދަ ރިހެއެވެ. އަހަރެންނަށް މިހެން ދިމާވާން މި ޖެހުނީ ކީއްވެބާއޭ އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ ނަމަކީ އިމްނާއެވެ. އުމުރުން 30 އަހަރުގެ އަންހެނަކީމެވެ. ދެކުދިންގެ މަޔަކީމެވެ. ފިރިޔަކު ނެތެވެ. ބައްޕަ ވަނީ އެނބުރި އައުމެއް ނެތް ދުނިޔޭގައެވެ. ހުރީ ހަމައެކަނި މަންމައެވެ. ދުވަސްތަކެއް […]
ލިލިއަން އާއި މާއިލް އަކީ ވަރަށް ގާތް ދެ މިތުރުންނެވެ.މިހާރުގެ ކުދިން ކިޔާގޮތުން ނަމަ ބެސްޓްފްރެންޑްސް އެވެ.މިދެދެކުދިން ދެކޭގޮތުގައި ސަންތިމަރިޔަބަކީ ފުލޯކު ވާހަކަ އެކެ.އެއީ މަންމަމެން އެކުދިން ބިރުގަންނަވަން ކިޔާ ވާހަކަތަކެވެ.ހަވީރުގެ ހިތް ފަސޭހަ ވަގުތެ.ލިލިއަން އާއި މާއިލް ދިޔައީ ބައިސްކަލު ބުރު ޖަހާށެވެ.ވަކި ހިސާބަކުން ދެކުދިން ވަރުބަލި ފިލުވާލަން މަޑުކުރިއެވެ.އެހެން ތިއްބާ މާދުރުން އެތަނަށް އައި ސަންމޭރީ ލިލިއަން ގެ ލޮލުގައި އަޅައިގަތެވެ.އޭ މާއިލް އެއީ ކާކުތަ ހާދަ ރީތި މީހެކޭ އެއީ….ލިލިއަން ސަންމޭރީ އަށް […]
ފަތިހުގެ ހިތްގައިމު ވަގުތެވެ. ދުނިޔެ ފުން ނިންޖެއްގެ ތެރޭގައިވާހެން ހީވެއެވެ. އެވަގުތުގެ ނިދިން މަހުރޫމްވެ ބައެއް މީހުން ދިޔައީ އަޅުކަމުގައި މަޝްޢޫލުވަމުންނެވެ. ޔަލްވީ ނަމާދުކޮށް ނިމުމުން ގުރުއާން ކިޔެވުމަށްފަހު ނަމާދު ކުރާ ދޮޅި ބޭލިއެވެ. މުސައްލަ ފަތްޖަހާލުމަށްފަހު ކަބަޑު މަތީގައި ބާއްވާލިއެވެ. ފުން ނޭވާއެއް ލުމަށްފަހު ދުވަސް ފެށުމަށް ތައްޔާރުވާން އުޅުނެވެ. ދުވަންދާން ލާ ހެދުން ލައިގެން ޔަލްވީ ދިޔައީ ކުޑަކޮށް ދުވެލާށެވެ. ފަތިސް ވަގުތު ވުމުން މަގުތައް ވަނީ ހިމޭންވެފައެވެ. ޖެހެމުން ދިޔަ ތެތްފިނި ވައިން […]
މިވާހަކަ އަކީ އަންހެން ކުއްޖެއް އޭނާގެ އެންމެ ގާތް އެކުުވެރި އަކީ އުޑުގައި ފިޔަ ޖަހަމުންދާ ހަނދު ކަމުގައިިި ދެކި ދެކެވޭ ވާހަކަ ތަކަކުން އެ ދެމެދުގައ ހިނގާ ކަންތަކެއް މައްޗައް ބިނާކޮށް ލިޔާ ހިޔާލީ ކުރު ވާހަކައެކެވެ.