Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކަ

މެންދަމުގެ އެކުވެރިޔާ

EXO
EXO Level 210 Stories100 Login
October 31, 2024 2 Mins Read
4 Comments

އެހާދިސާއެއް ހިނގިތާ މިހާރު އަހަރެއްވެދާނެއެވެ. ނަމަވެސް ޝިނާގެ ހިތުން އެމީހެއްގެ އޯގާތެރިކަން ދުވަހަކުވެސް ފިލައިގެން ނުދާނެކަން އޭނާއަށް އެނގެއެވެ. މިއަދު ޝިނާގެ އާދަޔާ ޙިލާފު ވާހަކަ ގަބޫލް ކުރާނީ ކާކުހެއްޔެވެ.

ޝިނާގެ ހަޔާތުގައި އެމީހާއާ އެންމެ ފުރުތަމަ ދިމާވީ ޝިނާ ވަޒީފާ އަދާކުރަމުން އަންނަތަން ކަމަށްވާ އެއާޕޯޓުންނެވެ. ދިގު ރީތި އިސްކޮޅެއް އޭނާގެ ހުރެއެވެ. ކޮންމެ ފަހަރަކުވެސް ޝިނާއަށް އެމީހާއާ ދިމާވަނީ ޝިނާގެ މެންދަމު ޑިއުޓީއިންނެވެ.

އެހެން ރޭތަކެކޭވެސް އެއްފަދައިން މިރޭވެސް ޝިނާއާ އެމީހާއާ ދިމާވިއެވެ. ވަރަށް ހިތްވަރުކޮއްލާފައި ޝިނާ އިސްވެ ސަލާމް ގޮވާލިއެވެ. އެމީހާ ސަލާމް ބަލައިގަނެ އަމިއްލައަށް ތައާރަފްވިއެވެ. ” އަހަރެންނަށް ކިޔަނީ ރަމީޒު. އަހަރެންނަށް ތިކުއްޖާ ފެންނަތާ ވަރަށް ދުވަސްވެއްޖެ ނަމަވެސް އަނގައިން ބުނަން ހަމަ ނުކެރެނީ އިސްވެ. ކޮންނަމެއްތަ ކިޔަނި؟ “. ޝިނާ ލަދުންހުރެ ތައާރަފްވެލިއެވެ. ” އަހަރެންނަށް ކިޔަނީ ޝިނާ ”
އެއަށްފަހު ޝިނާ ސުވާލުކޮއްލިއެވެ. ” ރަމީޒު ކޮންސަރަހައްދެއްގައިތަ މަސައްކަތްކުރަނީ؟ އަބަދު އެއްގަޑިއަކަށްވިއްޔަ މި ދިމާވަނީ. ” ރަމީޒު ހިނިތުން ވެލައިފައި ޝިނާއަށް ޖަވާބުދާރީވަމުން ބުނެލިއެވެ. ” އަހަރެން މަސައްކަތް ކުރަނީ ރަންވޭގައި އަހަރެން ދިރިވެސް އުޅެނީ މިތާންގައި. ”

ދުވަސްތައް ފާއިތުވެ ޝިނާއާ ރަމީޒުގެ ބައްދަލުވުން ލޯތްބަށް ބަދަލުވިއެވެ. އަދި ދެމީހުންވެސް ގަވައިދުން ބައްދަލު ކުރަމުން ދިޔައީ ޝިނާގެ ޑިއުޓީ ގަޑީގައެވެ. ނަމަވެސް ޝިނާއަށް ފާހަގަ ކުރެވުނީ އެންމެ ކަމެކެވެ. ރަމީޒު ފޯން ނުގެންގުޅޭކަމެވެ. މިކަމާ އެއްދުވަހަކު ރަމީޒުއާ ސުވާލު ކުރުމުން ޝިނާއަށް ރަމީޒު ޖަވާބުދެމުން ބުނެލިއެވެ. ” ފޯންއަކީ އަހަރެންނަށް މުހިއްމު އެއްޗެއްނޫން. އަހަރެން ބޭނުން ގަޑިއަކު ޝިނާ ކައިރިއަށް އަންނާނަން ބުނެފިއްޔާ. ” ޝިނާ އެކަން ގަބޫލުކޮއް ދުވާލު ޝިނާ ކައިރިއަށް އައުމަށް ދައުވަތު ދިނެވެ.

ކޮންމެ ދުވަހެއްގެވެސް ހަވީރު ރަމީޒު ޝިނާ ކައިރިއަށް އާދެއެވެ. އަދި އޭނާގެ އޯގާތެރި ދެއަތުން ޝިނާގެ ހިތް ފުރޭވަރަށް ލޯބިދެއެވެ. ދުވަހަކުވެސް އަނިޔާވެރި ބަހެއްހާހިސާބުވެސް ބުނެނުލައެވެ. އަދި ނަމާދު ގަޑި ޖެހެން ގާތްވުމުން އަވަސްއަރުވާލާފައި ނަމާދަށްށޭ ކިޔާފަދެއެވެ. އެދާގޮތަށް ދެން އަންނަނީ އިޝާ ނިމުމުންނެވެ. އައިސް އެތައް އިރަކު ހޭދަކޮއްފައި ދެއެވެ.

އެއްރެޔަކު ރަމީޒު އައުމުން ޝިނާ ރަމީޒު ދިރިއުޅޭ ގެއަށްދާން ބޭނުންވާ ވާހަކަ ބުނެލިއެވެ. އެވާހަކަ ބުނުމުން ރަމީޒު އޭނާ މާލޭގައި ދިރިއުޅޭގެއަށް ޝިނާ ގެންދިޔައެވެ. އެތައް ވަގުތެއް ހޭދަކުރުމަށްފަހު ޝިނާ އެގޭން ނުކުތެވެ. އަދި އުފަލުން ހުރެ ގެއަށް ދިޔައެވެ. އެރެޔަށްފަހު ރަމީޒުގެ ޙަބަރެއް ޝިނާއަކަށްނުވެއެވެ. އެއާޕޯޓުންވެސް ދިމާނުވެއެވެ. މިކަމާ ޝިނާ ވަރަށް ކަންބޮޑުވިއެވެ.

އެއްރޭ ޝިނާ ކެފޭއިން ސައިބޮއެގެން އަންނަނިކޮއް މީހަކު ފަހަތުން އައިސް ވަރަށް ބާރަށް ބުނިއެވެ. ” ކަލެއަށްތަ ކިޔަނީ ޝިނާ؟ ” އެއަޑުގައިވާ ބަރުކަމާ ބިރުވެރިކަމުން ވަރަށް ބިރުންހުރެ ޝިނާ ފަހަތައް އެނބުރުނެވެ. ރުޅި މޫނުހަދައިގެން ހުރީ މެދު އުމުރުގެ އަންހެނެކެވެ. ” ކަލޭތީ ހާދަ ހަޔާޔްކުޑަ މީހެކޭ. ކަލޭ ނުޖެހޭ އަހަރެންގެ ފިރިމީހާ ފަހަތުން ދުވާކަށް. ހަނދާންކުރާތި ދެންފެނިޖެއްޔާ ކުޅި ދައްކާލާނަން ” މިހެން ބުނެފައި އެމީހާ ގޮސް ގެއްލިނެވެ.

ޝިނާ ބިރުންހުރެ ގެއަށް އައިސް އޮށޯތްތަނުން ނިދިއްޖެއެވެ. ހޭލެވުނު އިރު ވަނީ ހަތަރެސްފައިގައި ވަރުގަދަ ހަތަރު މީހުން ހިފަހައްޓާފައެވެ. ކިޔެވެލި ބާރަށްދަނީ ކިޔެވެމުންނެވެ. އަދި ކިޔެވެލި ނިމުމުން އެއްކޮއް ރަނގަޅުވި ކަމުގެ ޙަބަރު ޝިނާއަށް ދިނެވެ. ވެގެން އުޅޭގޮތް ޝިނާ މަންމަ ކައިރި އަހާލުމުން ކިޔާދިނެވެ.

” ދަރިފުޅުގެ އުޅުން ބަދަލު ވިކަން މަންމަ ކައިރި ދަރިފުޅުގެ އޮޕީސް ކުދިން ބުނި. ބުނީ އަމިއްލައަށް ވާހަކަ ދައްކަން އެއާޕޯޓް މަގުމަތީ ހުންނަ ވާހަކަ. އަދި ގެއަށް އަޔަސް މަންމައަށްވެސް އިވޭ ހަވީރުން ފަށައިގެން މީހަކާ ވާހަކަދައްކާއަޑު މަންމަ އެއްދުވަހު ދޮރުހުޅުވާލާފައި ބެލިން ބެލިއިރު ހަމަ އެކަނި އިނދެ ވާހަކަ ދައްކަނީ. މިކަން ބޮޑުވެގެން ރުގްޔާ ކުރަން އޮތްރޭ ބެލިއިރު ދަރިފުޅު ފެނުނީ ނުވެސް ދަންނަގެއަކުން ނުކުމެގެން އައިތަން އެރޭވެސް ހުރީ ހަމައަކު ނޫން. ”

މިހިސާބުން ޝިނާ ވިސްނާލީ ރަމީޒު ކިޔާދިން އެއްޗިއްސަށްށެވެ.
* އޭނާ ފޯންނެތަސް ބައްދަލްވާނެކަމެވެ.
* އޭނާ ދިރިއުޅެނީ އެއާޕޯޓްގައި ކަމެވެ.

ނަމަވެސް އެއްވެސް އެއްޗެއް ގަބޫލްނުކޮއް ޝިނާ ދިޔައީ ރަމީޒު މާލޭގައި ދިރިއުޅޭ ގެއަށްށެވެ. ސަލާމް ގޮވައިލާފައި ވަދެ ރަމީޒް ކޮބައިތޯ އަހާލިއެވެ. އެގޭން ދިން ޖަވާބަކީ ރަމީޒް ކިޔާ މީހަކު އެގޭ ނޫޅޭކަމެވެ. ނަމަވެސް އެކަން ގަބޫލްނުކޮއް ރަމީޒް ނިދާކޮޓަރި ހުރި ދިމާ ބަލަން ޝިނާ ދިޔައެވެ. އެތާ ހުރީ ކޮޓަރިއެއް ނޫނެވެ. އެތާހުރީ ކާނި ގަހެކެވެ.

– ނިމުނީ –

 

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ރާބެ

Next

ފިރުމާލުމަށް އެދެމޭ…

Next
October 31, 2024

ފިރުމާލުމަށް އެދެމޭ…

Previews
October 31, 2024

ރާބެ

4 Comments!

  1. What eve says:
    November 2, 2024 at 9:52 am

    Thanx exo
    For uploading a horror story
    But why you don’t reply to our comments
    Any problem..
    If I am sure know nobody gives negative comments right!!!!!!!

    1. EXO EXO says:
      November 2, 2024 at 10:46 am

      thank you for the sweet comment m always checking comments. will upload more horrors. its takes a bit of time to write

  2. anonymous says:
    November 17, 2024 at 7:49 pm

    bro second part pls so intresting

    1. EXO EXO says:
      November 19, 2024 at 9:50 am

      ކުރު ވާހަކައެއް އެނގޭތޯ. ރޭފަނާ ޗެކްކޮށްލައްވާ. އެއީ ސީރީސް

Comments are closed.



All Right Reserved!