އޮފީހުގެ ފިނި ކޮޓަރިތެރޭގައި އަހަރެން ގެއްލިފައި އިނީ ކުރިމަތީގައި އިން ލެޕްޓޮޕަށްށެވެ. އަވަދިނެތި އޭގައިވާ ފައިލުތައް ޗެކުކުރުމުން ދިޔައީމެވެ. ފައިލުތަކުން ބޭނުންވާ މައުލޫމާތުތައް ދިޔައީ ކުރިމަތީގައި ހުޅުވާލެވިފައިވާ ނޯޓު ފޮތުގައި ލިޔަމުންނެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ފޯނު ރިންގުވާ އަޑަށްށެވެ. އަވަސް ނަޒަރަކުން ފޯނާ ދިމާލައް ބަލައިލީމެވެ. ގުޅަނީ އަންހެނުން ޝާއިރާއެވެ. މޫނު ފުސްކޮށްލަމުން ފޯނު ކަނޑާލީމައެވެ. އެއަށްފަހު ލެޕްޓޯޕާއި ދިމާލަށް ނަޒަރު ހުއްޓާލީމެވެ. ހަމަ އެއާއެކު އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. “އަޅެ ޝާއިރާ! […]
“ޓިން ، ޓިން” ފޯނަށް އައި މެސެޖުގެ އަޑު އިވުމާއެކު ހުދާ މޫނުމަތީ އޮތް ބާލިސް ނަގާ ފޯނަށް ބަލާލިއެވެ. އިހްސާނުގެ މެސެޖެ ފެނުމާއެކު މޫނުމަތިން ފެނިގެން ދިޔައީ ފޫހިކަމެވެ. ނަމަވެސް މެސެޖެ ހުޅުވާލުމަށްފަހު ކިޔާލިއެވެ. “އަދިވެސް ހިޔާލު ބަދަލުނުވަނީތާ؟” ހުދާގެ ފޫހިކަންވީ އިތުރެއެވެ. އެހެންކަމުން އަވަސް އަވަށް ޖަވާބު ފޮނުވާލިއެވެ. “ހޫނ! ހިޔާލު ދެންނުވާނެ ބަދަލެއް! އިތުރަށް މެސެޖު ނުކުރާތި!” މެސެޖު ފޮނުވާލުމާއެކު ހުދާ ފޯނު ނިއްވާލިއެެވެ. އަދި މޫނު މަތީ ބާލިސް ބާއްވާލުމަށްފަހު ދެލޯމަރާލިއެވެ. […]