ފުން އަނދަވަޅު އިސްމާޢީލްޢަލީ ކަނދޮޅުދޫ އަންހެން ކުއްޖާ: ކީއްވެ އަހަރެން ކަމުދަނީ..؟ ކީއްވެ އަހަރެންދެކެ ލޯބިވަނީ؟ ފިރިހެން ކުއްޖާ: ސަބަބެއް ނުބުނެވޭނެ. އެކަމަކު އައި ރިއަލީ ލައިކް ޔޫ… އަންހެން ކުއްޖާ: ސަބަބެއް ވެސް ނުބުނެވޭނެ… އަހަރެން ކަމުދާ ކަމަށް ބުނާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންދެކެ ލޯބިވާ ކަމަށް ބުނާނީ ކިހިނެއް ހެއްޔެވެ؟ ފިރިހެން ކުއްޖާ: އަހަރެންނަށް ޙަޤީޤަތުގައިވެސް ސަބަބެއް ނޭނގެ، އެކަމަކު އަހަރެން ކަލޭދެކެ ލޯބިވާކަން ސާބިތުކޮށްދެވިދާނެ. އަންހެން ކުއްޖާ: ހެއްކެއް؟ ނޫން! އަހަރެން ބޭނުންވަނީ […]
މިވާހަކައަކީ 04/04/2024 ގައި އއ.ރަސްދޫގައި ހިނގި ބުލީގެ ހާދިސާއާއި ގުޅުވައިގެން އަޅުގަނޑު ލިޔުނު ވާހަކައެެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ނަންތަކެއްނޫނެވެ. ******* އިރު އޭގެ ރަންދޯދިތަށް ދުނިޔެއަށް ދަށްކާލިއެވެ. މުޅި ހިސާބުގައި ދޫނި ސޫފާ ސޫފީގެ އަޑު ލުއި މިއުޒިކެއްފަދައިން ދިޔައީ އިވެމުންނެވެ. އަނެއްކާވެސް އާ ދުވަހެއް ފެށުނީއެވެ. އެއްބައެއްގެ ހަޔާތުގައި އުފާވެރި ކަމުގެ ކުލަ ޖައްސަމުންނެވެ. އަނެއް ބައެއްގެ ދިރިއުޅުމުގައި ހިތާމަވެރިކަމުގެ ސާލެއް އޮޅާލަމުންނެވެ. ފަތިސް ނަމާދުކޮށްގެން އަހިސް އެނދުގައި އޮށޯއޮތް ގޮތަށް އަހަރެން […]
މާދަމާއަކީ ބޮޑުދުވަހެކެވެ. އަހަރެން މީހާކާ އިންނަނީއެވެ. ހާޔާތެއް ފަށަނީ އެވެ. ކިޔުންތެރިޔާ ހިތަށް އަރާފާނެއެވެ. އަހަރެން ހުންނާނީ ވަރަށް އުފަލުންނެވެ. ނޫނެކެވެ. މިވަގުތު އަހަރެން ގަންނަނީ ބިރެވެ. ކުރަން މިއުޅެނީ އައިދާގެ ކަމެއް ނޫން ވިއްޔާއެވެ. މިއުޅެނީ މީހަކަށް އަހަރެންގެ ދިރިއުޅުން މީހަކާ ހަވާލުކުރާށެވެ. އޭނާއަށް އިތުބާރު ކުރާށެވެ. ލޯބިދޭށެވެ. އައިލާއެއް ބިނާކުރާށެވެ. އުމުރުށެވެ. ހީބިހިވެސް ނަގައިފިއެވެ. މިއޮތީ ވާކަމެކެވެ. ބައެއް ފަހަރު ކައިވެނި ކުރާ ހިތްވެސް ކެނޑެއެވެ. ނަމަވެސް މިއީ އަދި މުޅިން ތެދެއްނޫނެވެ. […]
ފުރަތަމަ ނަޒަރުން ލޯބި ވެވޭ ވާހަކަ އަކީ މީގެ ކުރިން އަހަރެން އަޑުއަހާ ވާހަކައެކެވެ. ނަމަވެސް އަހަރެން ދެކޭ ގޮތުގައި އެއީ ބޮޑު ފުލޯކެކެވެ. އެހެނީ ލޯތްބަކީ އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަސްވެގެން ނޫނީ ނުވާނެ އެއްޗެކެވެ. އެހެން ނަމަވެސް އެއީ ކުށްހީއެއް ކަން އިހުސާސްވީ ރައްޓެހިން ތަކަކާއެކީ ނޮޅިވަރަންފަރަށް ކުރި ދަތުރުންނެވެ. އަހަރެންނަށް ރާވިން ފެނުނީ ތިމާގެ މީހެއްގެ ގެޔަށް ކާން ދިޔަ ދުވަހަކުއެވެ. ރާވިން އަކީ އެގޭ ދައްތައެއްގެ ކުއްޖެކެވެ. ފުރަތަމަ ފެނިލުމުން […]
ފަތިހުގެ ބަންގިޔާއިއެކު އައިނާ އެނދުން ތެދުވިއެވެ. ބަރުހެލި ފިޔަވަޅުތަކާ އެކު އައިނާ މިސްރާބު ޖެހީ ފާހަނާއާއި ދިމާލަށެވެ. ދަތްއުންގުޅާ ، މޫނުދޮވެ ، ވުޟޫކޮށް ހަދައިގެން އޭނާ ފާހަނައިން ނިކުމެ ނަމާދުކުރިއެވެ. “އައިނާ…..” އަޝްރާގެ ބާރު އަޑުން އައިނާގެ ނަމުން ގޮވާލިއެވެ. “ލައްބަ” ދުވެފައިކަހަލަ ގޮތަކަށް އޭނާ ކޮޓަރިން ނުކުމެ އަޝްރާ އާއި އަރާ ހަމަވުމަށްފަހު އިސްޖަހައިލިއެވެ.އަދި ވަރަށް އިޙްތިރާމާއކު ބުނެލިއެވެ. “ދައްތާ އަޅުގަނޑު މިދަނީ ސައި ހަދަން…. އިރުކޮޅަކުން ދުރުވެލާ ” “މިހިރަ ކަންނެތް ކުއްޖާ […]
ހަވީރުގެ ހިތްގައިމު ވަގުތެވެ. މާފަންނު ޕިންކް ރޯސް ގޭގެ އެންމެން ހަވީރުގެ ސަޔަށް އިންސާފް ކުރަމުން ދިޔައިރު އެތަނުގައި މަދީ މިޝްޔާ އެކަންޏެވެ. މާފަންނު ޕިންކް ރޯސް އަކީ މަޝްހޫރު ބިޒްނަސް މޭން ނަޒާންގެ ގެއެވެ. މިޝްޔާ އަކީ ނަޒާންގެ އެންމެ ހަގު ދަރިފުޅެވެ. މިހާރު މިޝްޔާވީ ރާއްޖެއިން ބޭރަށް އިންޓީރިއަރ ޑިޒައިނިންގ ކިޔަވަން ގޮހެވެ. މިޝްޔާ އެއްކޮށް ކިޔަވާ ނިމުނު ނަމަވެސް އަދި އެއް ހަފްތާ މިޝްޔާ ރާއްޖޭން ބޭރުގައި މަޑު […]
އަރައިގެން އައި އިރާއެކު މިލްނާއަށް ލޯ ހުޅުވައި ލެވުނީ ބޮޑުދައިތަ ދޮރުގައި ތަޅާ އަޑަށެވެ. ކަންނެތް ކަމާއެކު ހިނގާފައި ގޮސް ދޮރު ހުޅުވާލި ވަގުތު މިލްނާއަށް ކުރިމަތި ލާން ޖެހުނީ ބޮޑުދައިތަގެ ބަހުގެ ޙަމަލާ ތަކާއެވެ. “މިލްނާ…އެންމެ ފަހަރަކުވެސް ނުގޮވަނިސް ތެދުވިއްޔާ ކީއްތަވާނީ…އާން އެހެންޔާ…މަންމަގެ ގޮތްތާ ހުންނާނީ…މަލީހާއަށް ވެސް ކަލޭ ނުބެލިގެން ކަންނޭންގެ މަށަށް ކަލޭ ދީފަ އެ ފިލީ…” ބޮޑުދައިތަ ފެށީ ނުރުހިފައި ވިޔަސް، ނިންމާލިއިރު އެ އަޑުގައި ވަނީ މަލާމާތުގެ އަސަރެވެ. މިލްނާ […]
އިރުފެނުން ތޮޅެލުމާއެކު، މަންމަ ޝައިނާއަށް ގޮވަން ފެށިއެވެ. ސުކޫލަށް ދާން ތައްޔާރުވެގެން ބަދިގެއަށް ޝައިނާ ވަދެލީ މަންމަ ގާތުގައި ބުނެލައިފައި ދިޔުމުގެ ނިޔަތުގައެވެ. އެވަގުތު ޝައިނާއަށް ފެނުނީ ބައްޕަ، މަންމައަށްއާ ދިމާލަށް އެއްޗެހި ކިޔައި އަތް އިސްކުރިތަނެވެ. ލޮލުން ހޯސްލާފައި ފޭބި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ޝައިނާ ސުކޫލަށް ދިޔައީ އެއީ ނުފެންނަ މަންޒަރަކަށް ހަދަމުންނެވެ. މަންމައާއި ބައްޕަގެ މިފަދަ ޢަމަލުތައް ތަކުރާރުވާތަން ފެނި އެކަމާ ޝައިނާ ރޮއެ ހިތާމަ ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. […]
މަގުގެ އެއްފަރާތުން ލާފައި ހިނގާފައި ދިޔަ ނީކިޔާގެ މަންޒިލަކަށްވީ “ބްލެކް ވިލާގެ”އެވެ. ބާރު ހިނގުމެއްގައި ހިނގާފައި ދިޔަ ނީކިޔާ ހިނގާފައި ދިޔައީ ފާރުގައި ޖެހޭ ނުޖެހޭހާ ގާތުންނެވެ.ބްލެކް ވިލާގޭ ގޯތި ތެރެއަށް ވަންނަމުން ނީކިޔާ ސަލާމް ގޮވާލި އަޑާއި އެކު ގޭތެރެއިން ނިކުން ޒުވާން ފުރައިގެ އަންހެން ކުއްޖަކު އައިސް ސަލާމް ބަލައިގެތެވެ. “ނީކް ދޯ ވަދޭ ވަދޭ”ޝައިނާ އަތުގެ އިޝާރާތުން ވަންނަމުން ބުނެލި އެވެ.އޭރު ގޭގެ ސިޓިންގް ރޫމުގައި ފޯރިގަދަ މެޗެއް ކުޅޭ އަޑު […]