Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ދަރިފުޅާ ނަމާދު

EXO
EXO Level 210 Stories100 Login
November 3, 2024 2 Mins Read
0 Comments

އިންސާނުން ދުނިޔެ ފޮނުއްވާފައިވަނީ الله سبحان و تعالىٰ އަށް އަޅުކަން ކުރާށެވެ. އެގޮތުން އިންސާނުންގެ މައްޗަށް 5 ނަމާދު ކުރުމަށް އެކަލާނގެވަނީ އަމުރު ކުރައްވާފައެވެ. ނަމަވެސް މިއަދު އިންސާނުންވަނީ ހައްދުފަހަނައަޅާ ގޮސް ދުނިޔެއަށް ގެއްލިފައެވެ. ނަމާދަކީ ބޭނުން އިރަކު ކުރެވޭނެ އެއްޗެއްކަމަށް ގިނަމީހުން ދެކިގެން އުޅެއެވެ.

އަޒީޒްއަކީ ޒުވާނެކެވެ. ރީތިކަމާ މުއްސަނދިކަން އޭނާއަށް الله سبحان و تعالىٰ ވަނީ ދެއްވާފައެވެ. އަޒީޒްގެ މައިންބަފައިން ތިބެނީ އޭނާ އުޅޭ ގެއާ ދުރުހިސާބެއްގައި ކަމުން ކޮންމެ ހުކުރު ދުވަހަކު އޭނާ އެމީހުންނަށް ޒިޔާރަތްކުރެއެވެ. ނަމަވެސް އެ ޒިޔާރަތް އަބަދުވެސް ކުރުވެފައި އޮންނަނީ އަޒީޒްގެ މައިންބަފައިން އޭނާ އަޑުއަހަން ބޭނުންނުވާ ސުވާލުތައް ކުރާތީއެވެ. އަޒީޒްގެ މައިންބަފައިން އަބަދުވެސް އަޒީޒް ނަމާދު ކުރިންތޯ ސުވާލުކުރެއެވެ. ނަމަވެސް އަޒީޒް އެމީހުންނަށް ހެދުނު ދޮގެއް ހަދާ ވާހަކަ އޮޅުވާލަން މަސައްކަތްކުރެއެވެ. ނަމަވެސް މައިންބަފައިން އެމީހުންގެ ނަސޭހަތް އަޒީޒްއަށް ނުހުއްޓި ތަކުރާރުކުރެއެވެ. ނަމާދުގެ މުހިންމުކަމާ އޭގެން ލިބޭ ސަވާބާ ފައިދާގެ ވާހަކަތައް ކިޔަން ފެށުމުން އަޒީޒް އެގެއިން ނުކުމެގެން ދެއެވެ. ނަމަވެސް ދަނިކޮއްވެސް އަލްވަދާއުގެ ގޮތުގައި މައިންބަފައިން ބުނަނީ ދަރިފުޅާ ނަމާދެވެ.

މައިންބަފައިން ކައިރިން އާދެވުމާއެކު އަޒީޒް އޭނާގެ ދިރިއުޅުމައިގެން ކުރިއަށްދެއެވެ. ހަތަރުދަމު ފޯނުގައި ކުދިންނާ ވާހަކަ ދައްކައިގެން އޭނާގެ މުއްސަނދިކަމުގެ ވީޑިއޯތައް މީސްމީޑިއާގައި ހިއްސާކުރެއެވެ. އަދި ކޮންމެ ރެޔަކު ދުނިޔޭގެ އުފާތައް ހޯދުމަށް ކްލަބްތަކަށް ގޮސް މަސްތުވުންފަދަ ކަންކަންވެސް ކުރެއެވެ. މިގޮތުގައި ރޭ ހަތަރުދަމު ހޭދަކޮއްފައި ގެއަށް އަންނަނީ އިރުއެރުމުންނެވެ. މިގޮތަށް އަޒީޒްގެ ދުވަސްތައް ދާއިރު އޭނާ އެއްގޮތަކަށްވެސް އާޙިރަތާމެދު ވިސްނާނުލައެވެ. މީސްމީހުން މަރުވެގެން ގެންދާތަން އަޒީޒްއަށް ފެނުނަސް ކަންފުޅެއްވެސް ހިތަކަށް ނާރައެވެ.

އެއްރެޔެއްގެ ދަންވަރެވެ. އަޒީޒް ނައިޓް ކްލަބް ތެރޭގައި ފޯރިނަގާ އުފާތައް ހޯދަމުން ދިޔައެވެ. ފަހަރަކު އަންހެނެއްގައި ކޭއްތެމުން ފައިސާތައް އުކަމުން އޭނާ ބާރަށް ހީހީފައި ރާބޮއެހަދައެވެ. ނެށުމުގެ ފޯރީގައި ހުއްޓާ މީހުންތައް ހަޅޭއް ފަޅޭއްޖަހައިގެންފިއެވެ. ވެގެން އުޅޭގޮތް ބަލާލިއިރު މުޅި ކްލަބް ވަށާ ވަނީ އަލިފާން ރޯވެފައެވެ. އެތަނުން ނުކުމެވޭނެ ގޮތެއް ހޯދުމަށް އަޒީޒް މަސައްކަތްފެށިއެވެ. ކައުންޓަރު މައްޗަށް އަރާ ސީލިންގް ފަޅާލައިގެން ވެންޓިލޭޝަންތެރެއިން އަޅާފައި މަގުމައްޗަށް ނުކުތެވެ. އަޒީޒް ލޯ ކުރިމަތީ މުޅި ކްލަބް އަނދާ އަޅިއަށް ވެއްޖެއެވެ. އިރުކޮޅަކުން އަޒީޒް ފޯނު ރިންގްވާން ފަށާފިއެވެ. އެއީ އަޒީޒްގެ މައިންބަފައިންނެވެ. ފޯނު ނަގާ ކަންފަތުގައި ޖެހުނުތަނުން އަޒީޒް ސަލާމަތުން ހުރި ވާހަކަ ވަގުތުން މައިންބަފައިންނަށް އެނގިއެވެ. މައިންބަފައިން އަޒީޒްއަށް ދިމާވި ހާދިސާއާމެދު ވިސްނާ ފިކުރުކުރުމަށް ނަސޭހަތްދިނެވެ. އަދި އަވަހަށް ތައުބާވެ ނަމާދުކުރުމަށް ނަސޭހަތްދިނެވެ. ނަމަވެސް މައިންބަފައިންނަށް ބަހަނާ ދެއްކުމަށްފަހު ފޯނު ކަނޑާލާ އެވަރުކަމެއް ނޫންކަމަށް ހިތާ ކާރަށް އަރާ ގެއާ ދިމާލަށް ދިޔުމަށް ދުއްވާލިއެވެ. ހައިވޭ ހުރަސްކޮއް ޖަންގަލީގެ މަގުން ގެއާދިމާލަށް ދުއްވާ ދުއްވާ ހުއްޓާ ކުއްލިއަކަށް ކާރުމައްޗަށް ވެއްޓުނީ ގަހެކެވެ. ގަސް ވެއްޓުމާއެކު ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް މަގުގެ އެއްފަރާތައް އަރިއަޅާލިއެވެ.

ޒަޙަމްވެފައިވާ އަޒީޒްއަށް އެހީވުމަށް މީހަކު ނާންނަތާ އެއްގަޑިއިރުވީއެވެ. ދުއްވާ އެއްޗެއްގެ ހިލަމެއްވެސް އެމަގަކަށްނުވެއެވެ. ނުވިތާކަށް ފޯނުގެ ރޭންޖްވެސް ނުލިބެއެވެ. މިހާލުގައި އަޒީޒް އޮންނަތާ މިހާރު ހަތަރު ގަޑިއިރުވީއެވެ. ގައިން ފައިބަމުން ދިޔަ ލޭތައް ނުހުއްޓި މުޅި މީހާ ހުދުވާން ފަށާފިއެވެ. އަޒީޒްގެ ކަންފަތައް ކުޑަވަރެއްގެ އަޑެއް އިވުނެވެ. އެއީ އިންސާނެއްގެ ފިޔަވަޅުގެ އަޑެވެ. އަޒީޒްގެ މެރި މެރި އޮތް ލޮލަށް އެމީހެއްގެ މޫނު ފެނުނެވެ. އެއީ ޕޮލިހެކެވެ. އޭނާ ކިޔަމުންދަނީ އެންމެ އެއްޗެކެވެ. ކޮއްކޯއެވެ لَا إِلٰهَ إِلَّا ٱلله ކިޔާށެވެ. ނަމަވެސް އަޒީޒްގެ ދޫ މި ލުއި ކަލިމަ ކޮޅު ކިޔުމަށް ހަމަ ހިލާ ގުޑާވެސް ނުލިއެވެ. ކުއްލިއަކަށް ނޭވާ ހާސްވާން ފަށާފިއެވެ. މަރުގެ މަލާއިކަތާ ހާޒިރުވެ އަޒީޒްގެ ފުރާނަ ހަށިގަނޑާ ވަކިކޮއްފިއެވެ.

– ނިމުނީ –

 

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

3 ނޮވެންބަރު 1988 – ދިވެހި ތާރީޚުގައި ނުފިލާ ހުންނާނެ ދުވަހެއް

Next

ބްލަޑް 2 (3)

Next
November 3, 2024

ބްލަޑް 2 (3)

Previews
November 3, 2024

3 ނޮވެންބަރު 1988 – ދިވެހި ތާރީޚުގައި ނުފިލާ ހުންނާނެ ދުވަހެއް



All Right Reserved!