ހަވީރުގެ ހިތްގައިމުވަގުތެވެ. ނާއިލް އޭނާގެ ލޯބިވެރިޔާ މާޔާ އާއެކު ރަށުގެ ބަނދަރުގައި މަޑުކޮށްލައިގެން އެހުރީ ފެރީލޯންޗު އަންނަންދެކަށެވެ. އެދެމީހުންގެ އެންމެގާތް އެކުވެރިޔާ އަދި ނާއިލްގެ ދޮންބެ ލިހަމް އަންނާތީއެވެ. ލިހަމް ރަށަށްއެއަންނަނީ ކިޔަވާނިމިގެން ވަޒީފާއަކަށް ނުކުތުމުގެ ކުރިން ކުޑަޗުއްޓީއަކަށްށެވެ. ފެރީލޯންޗު ރަށަށް އައިސް ބަނދަރުކޮށްފިއެވެ. ދޮންބެ ހުރީ ނާއިލް ކޮބައިތޯ ހޯދާލާށެވެ. “ނާއީ ހުންނާނެ ބައިވަރު ސާމާނު ގޮސްއާދޭ ގާޑިޔާ ހިފައިގެން. އަރުވައިގެން ގެއަށްދާން.”ނާއިލް ލިހަމް ގާތަށް އައުމުން ބުންޏެވެ. “ހޫން ދޮންބޭ. މިއަރުވަނީއޭ” ނާއިލް […]
ރަށުތެރެޔަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ދެނަމާދު ދޭތެރެ ކަމުން މަގުމަތީގައި މީހުން ވެސް ވަރަށް މަދެވެ. ރަށުގެ ބޮޑު މަގު ހުރިގޮތަށް ހިނގަމުން އައި އަލާންގެ ފިޔަވަޅުތައް އަވަސް ވެފައި ވީއިރު އޭނަގެ މޫނުމަތިން ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިކަން އެނގެއެވެ. އޭނަ ފެނުނު ކޮންމެ މީހަކަށް ވެސް އެކަން ފާހަގަ ކުރެވޭނެއެވެ. “އެކަމެއްގެ ވަގުތުގައި އެކަމެއް ނުކުރެވޭ ގޮތްވަނީ ކީއްވެތަ؟ މިއީ ޤުރުޢާން ކިޔަވާގަޑި…. މިގަޑީގަ އިތުރު އެއްވެސް ކަމެއް ކޮށްގެންނުވާނެ…. ދޭ…. ޚަތިމް ހިފައިގެން […]
ޢުމުރުގެ ބޮޑުބައި އަހަރެން ހޭދަކުރީ އެކަނިވެރިކަންމަތީގައެވެ. އަހަރެން ވަރަށް ކުޑައިރު މައިންބަފައިން ނިޔާވެއްޖެއެވެ. ދުރުތާތިމާގެ މީހުން ކޮންމެވެސް ވަރަށް ރަށުގައި އުޅެއެވެ. މާބޮޑު ގުޅުމެއް ނޯވެއެވެ. އަހަރެން ދުވަހަކުވެސް މީހަކާ ނީންނަމެވެ. އެކަމަކު އަހަރެން މީހަކު ދެކެ ވަރަށް ލޯބިވީމެވެ. ކައިވެންޏެއް ނުކުރަމެވެ. ނަމަވެސް އެލޯބީގެ ނިޝާނެއް ދިރިއެބަހުއްޓެވެ. އެއީ އަހަރެންގެ ދަރިފުޅު މޫނިސާއެވެ. މޫނިސާ އޭނާގެ ބައްޕައާއި ބެހޭގޮތުން ވަރަށް ސުވާލުކުރެއެވެ. އަހަންނަކަށް އެ ސުވާލަށް ޖަވާބެއް ނުދެވެއެވެ. އިޚްތިޔާރު ކުރެވެނީ ހަމަ ހިމޭން ކަމެވެ. […]
އޮފީހުން ކުޑަ ޗުއްޓީ އެއް ނަގައިގެން ރައްޓެހި ކުއްޖަކާއިއެކު އޭނާގެ ރަށަށް ދިޔައީ ހިތްހަމަ ޖައްސާލާ މަޖާކޮށްލުމުގެ ނިޔަތުގައެވެ. އެއީ ފުދޭ ވަރަކަށް ކުޑަ ރަށެކެވެ. އާބާދީގައި ހަސަތޭކަ މީހުންވެސް ހަމަވާނެ ކަމެއް ނޭނގެއެވެ. ނަމަވެސް ވަރަށް ހިތްގައިމު ރީތި މޫދަކާއި ކުޑަ ތުނޑިއެއް އެ ރަށުގައި އޮވެއެވެ. ރަހުމަތްތެރިޔާއާއިއެކު އެ މީހުންގެ ގޭގައި ވަގުތު ހޭދަކުރަމުން ދިޔައީ ވަރަށް ހިތްހަމަ ޖެހިގެން އުފަލާއިއެކުގައެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކަމެއްގައި ވަގުތުތައް ހުސްކުރަމުން ދިޔައީ މަޖާ ނެގުމުގައެވެ. […]
ދުނިޔޭގެ ހަތް އަޖައިބުގެ ވާހަކަ އެންމެންވެސް އަޑުއަހާނެއެވެ. އަހަރެންވެސް އެންމެ ކުޑައިރުއްސުރެ (ހަނދާން ހުންނަން ފެށީއްސުރެ) އަޑުއަހާ އުޅެމެވެ. އެއީ އިޓަލީގެ ވެރިރަށް ރޯމްގައި އަރިއަޅާލާފައި ހުންނަ ޓަވަރާއި މިސްރުގެ ޕިރަމިޑްތަކާއި ޗައިނާގެ ބޮޑުފާރާއި އިންޑިޔާގެ ތާޖުމަހަލާއި އިނގިރޭސިވިލާތުގައި ހުންނަ ސްޓޯންހެންޖާއި އަދިވެސް އިތުރު ދެތަނެއްގެ ވާހަކައެވެ. ނަމަވެސް ރ. އިނގުރައިދޫގައި ފައިނުފެންނަ މަގެއް އޮންނަ ވާހަކަ އަޑު އިވުމުން އެކަންވީ އަހަރެންނަށް މާ ބޮޑު އަޖައިބަކަށެވެ. ދުނިޔޭގެ ހަތް އަޖައިބަށް ވުރެވެސް ބޮޑު އަޖައިބަކަށެވެ. އެހެންނަމަވެސް […]
” ދަރިފުޅާ….. ދަރިފުޅާ ޒިޔާން…..” ބައްޕަގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު އަހަރެން ނިދަފައިވާ ފުން ނިދީން ހޭލީ ފުންކަނޑެއްގެ އަޑިން މަހެއް ތިލަވަމުން އައިހެންނެވެ. އަހަންނަށް ހޭލެވުނު ވަގުތު ކަންފަތުގައި ޖެހުނީ ދުރުން އިވެމުން ދިޔަ ފަތިސް ނަމާދުގެ ބަންގީގެ އަޑެވެ. މުޅި މީހާ ސަމާލުކަމަށް ގެނުވީ ދެނެވެ. އަހަރެމެންގެ ދުވަސް ފަށާ ވަގުތު ޖެހުނީ އެވެެ. ތުވާލި ހިފައިގެން ފާޙާނާއާ ދިމާއަށް އަހަރެން ހިނގައިގަތީމެވެ. ބައްޕަ ހިނިތުން ވެލަމުން އަހަރެންގެ ކޮނޑުގައި ފިރުމައިލައިފާ ކޮޓަރިން […]
އަހަރެން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އަހަރެމެންގެ ކުރިމަތީގައި ހުއްޓިގެން އެ ހުރީ ރައްޔިތުންގެ މަޖުލީހުގެ މެންބަރެއް ނޫން ހެއްޔެވެ؟ އަހަރެން އެތާ ތިބި އެހެންމީހުންގެ މޫނުތަކަށް ބަލާލީމެވެ. އެމީހުންގެ މޫނުމަތިން ހައިރާންކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ހައިރާންވެގެން މިއުޅެނީ އަހަރެން އެކަނި ހެއްޔެވެ؟ އަހަރެން ކުރިމަތީގައި ހުރި ބޭފުޅާގެ މޫނަށް ބަލާލީމެވެ. އަނެއްކާ އަހަންނަށް އެއީ ކާކުމަމާ މެދު އޮޅުން އެރީ ހެއްޔެވެ؟ ދެފަހަރަކު އަހަންނަށް ލޯވެސް އުނގުޅާލެވުނެވެ. “އުންމީދުކުރަން އަހަރެން ބޭނުންވާ ގޮތަށް ތިޔަ […]
ހުޒާމްގެ ބާރު އެޅުމާއެކު، ނަފްސާނީ މާހިރެއްގެ ކައިރިއަށްގޮސް ފަރުވާ ހޯދުމަށް އޭނާގެ ދައްތަ އެއްބަސްވިއެވެ. ނަމަވެސް އެންމެ އުނދަގޫވި ކަމަކީ އެމީހުންގެ މައިންބަފައިންނަށް މި ކަންތަކުގެ އަސްލު ކިޔައިދީ ވިސްނައިދިނުމެވެ. “މަށެއް ވެސް ބޭނުމެއް މަންމަމެނަށް އިނގޭކަށް” އަހަރެން ބުނީމެވެ. އަހަރެންގެ ފަރާތުން އެކަހަލަ ކަމެއް ފެނިއްޖެނަމަ އަހަރެން ކޮޓަރިއަށް ލާ ތަޅުލާފައި ރާއްޖެއިން ބޭރަށް ފުރައިގެންދާނީ މަންމަ އާއި ބައްޕަކަން ޔަގީނެވެ. “އެކަމު ހެލްޕް ބޭނުމެއްނު؟” ހުޒާމް އެހިއެވެ. “އެހެންވީމަ ހިނގާ ދާން މާދަން މީހަކާ […]