Skip to content
އެސްފިޔަ

ވާ އިޝްޤް (01)

ހަވީރުގެ ހިތްގައިމުވަގުތެވެ. ނާއިލް އޭނާގެ ލޯބިވެރިޔާ މާޔާ އާއެކު ރަށުގެ ބަނދަރުގައި މަޑުކޮށްލައިގެން އެހުރީ ފެރީލޯންޗު އަންނަންދެކަށެވެ. އެދެމީހުންގެ އެންމެގާތް އެކުވެރިޔާ އަދި ނާއިލްގެ ދޮންބެ ލިހަމް އަންނާތީއެވެ. ލިހަމް ރަށަށްއެއަންނަނީ ކިޔަވާނިމިގެން ވަޒީފާއަކަށް ނުކުތުމުގެ ކުރިން ކުޑަޗުއްޓީއަކަށްށެވެ.

 

ފެރީލޯންޗު ރަށަށް އައިސް ބަނދަރުކޮށްފިއެވެ. ދޮންބެ ހުރީ ނާއިލް ކޮބައިތޯ ހޯދާލާށެވެ. “ނާއީ ހުންނާނެ ބައިވަރު ސާމާނު ގޮސްއާދޭ ގާޑިޔާ ހިފައިގެން. އަރުވައިގެން ގެއަށްދާން.”ނާއިލް ލިހަމް ގާތަށް އައުމުން ބުންޏެވެ. “ހޫން ދޮންބޭ. މިއަރުވަނީއޭ” ނާއިލް އަވަސްވެގަތީ ލިހަމް ގެނައި ސާމާނުތައް ގާޑިޔާއަށް އަރުވާށެވެ.

 

ގެއަށް ދިޔަމަގުމަތީ ލިހަމްއާއި ރަށުގެ ގިނަ ބަޔަކާ ދިމާވިއެވެ.  “ދޮންބެ ކޮޓަރި ހުންނާނީ ރެޑީ ކޮށްފަ. އަހަރެން އެއްޗެހިތައް ބާއީ ލައްވާ ވައްދާނަން. ދެންގޮސް ފެންވަރައިގެން ފްރެޝްވެލާ.” ނާއިލް ގެއަށްދެވުމުން އޭނާގެ ދޮންބެ ގާތު އެއްޗެހިތައް ގެއަށް ވެއްދުމުގައި ނޫޅެ ފެންވަރާލާ ތާޒާވެލުމަށް ބުންޏެވެ. އިރުކޮޅަކަށްފަހު ލިހަމް ތައްޔާރުވެގެން ބޭރަށް ނުކުތެވެ. ލިހަމް ނުކުންވަގުތު ސިޓިންގ ރޫމުގައި އެކަކުވެސް ނެތުމުން ލިހަމް ދިޔައީ ބޭރަށްށެވެ.

 

“ކޮބާ ޔޫ؟ މިހުރީ ތަ ބުނިތާނގަ. ބޯޅަދަނޑާދިމާ ބީޗުގަ. ވެއާސް ޔޫ؟ ފެނިލަބަ ދޯ!” ލިހަމް މެސެޖް ފޮނުވައިލައިފި އެވެ. އިރުކޮޅެއްފަހުން ލިހަމް އަށް މިފެނުނީ 3މީހެއް އަތިރިމަތިން ހިނގާފައި އަންނަނިކޮށެވެ.އެތަނުން 2މީހުންނަކީ ލޯބިވެރިންކަން ކަށަވަރެވެ. އަތުގުޅައިލައިގެން ތިބީމައެވެ.

 

“ހެލޯ. މިހުރީ އައި” ނުހާ ލިހަމް ކުރިމަށްޗަށް ކުއްލިއަކަށްއެރުމަށްފަހު ބުނެލިއެވެ. “ދޮންބޭ!” ލިހަމްއަށް ނާއިލް ގޮވާލިއެވެ. “ބަލާބަލަ ހުންނަ ވަގުކަންދޯ ނުވެސް ބުނޭ ބިޓެއް ނެގިވާހަކަވެސް.”މާޔާ ބުންޏެވެ. ލިހަމް ހުރީ ފާޑަކަށް ވާނުވާގައެވެ. “ހެލޯ އާޔޫ އިން ވާނުވާ ޑޮޓްކޮމް؟” ނުހާ ލިހަމް ގާތު އަނެއްކާ އެހިއެވެ. “ވަޓް ދަ! ހައު ކަމް؟ ކޮއްކޮމިތާ ކީއްކުރަނީ ނިންނިއާއެކު؟ އާން އަދި މާއްކޮއޯ؟” ލިހަމް ވާނުވާގައި ހުރެ ސުވާލު ކުރިއެވެ. “ދޮންބޭ ނުހާއެއީ މާޔާ ދޮންތިގެ ހަޒްގެ ކުއްޖެއް. މިރޭ ނުހާ ބުންޏޭ ވަރަށް ގާތް ފުރެންޑަކާ މީޓް ކުރަންދާ ވާހަކަ. އެހެންވެ އަހަރުންވެސް މީޓަށް އައިއިރު މި މަންޖެވެސް ގެނައީ ދެން” ނާއިލް ލިހަމް އަށް ވާނުވާ އޮޅުންފިލުވައިލިއެވެ.

 

“ލިހަމް އަކީ ނުހާ ބިޓެއްނޫން. ވަރަށް ކްލޯޒް ފްރެންޑެއް.”ނުހާ އާއި ލިހަމްގެ ދެމެދުގައި އޮތް ގުޅުން ނާއިލްއަށާއި މާޔާއަށް ކިޔައިދިނެވެ. “ޔެސް ވީއާރ ޖަސްޓް ގުޑް ފްރެންޑްސް.” ލިހަމްވެސް ބުނެފިއެވެ. “އަހަރުމެން މިދަނީ ދެން. ދޮންބެމެން ތިބޭ.” ނާއިލް އާއި މާޔާ ރަށުތެރެއަށް އަރަމުން ބުންޏެވެ. ލިހަމް އާއި ނުހާ ގޮނޑުދޮށުގައި ހިނގާފައި ދިޔައީ އަތުގައި ހިފައިގެން ނެވެ. ފެންނާނެ ކޮންމެމީހަކަށްވެސް ހީވާނީ ލޯބިޖޯޑެއް ހެނެވެ. “ސޯ ރަށް ކިހިނެއް؟ ނަސީބެއް އިނގޭ ނުބުނިކަން ކޮއްކޮމެން ކައިރީ.”ލިހަމް ބުންޏެވެ. ” އެކަމަކު ކީއްވެ ތިހާވަރަކަށް ތި ސިއްރުކުރަނީ؟ މިހާރުވެސް ނިންނިގެ ފަހަތުން އުޅޭ ބިޓުން މަދެއްނޫންވީޔާ. ދެން އެންމެން ކުރިމަތީ ސިންގަލް ކޮށް ހުންނަންޏާ އުޅޭނެއްނު.” ނުހާގެ ޖަވާބާއެކު އައީ އޭނާ އަބަދުވެސް ކުރަމުން އައި ސުވާލުތަކެވެ. ނުހާއާއި ލިހަމް ހިނގަމުން ހިނގަމުން ގޮސް ރަށުގެ ސިފައިންގެމަގު އަތިރިން ރަށުތެރެއަށް އަރައިފިއެވެ.

 

“ކޮއްކޯ ފްރީތަ؟” ލިހަމް ނާއިލްއަށް މެސެޖް ކޮށްލިއެވެ. ” އާން ދޮންބޭ. ކިހިނެއްވީ؟” ނާއިލް ޖަވާބުގައި ފޮނުވިއެވެ. “އާދެބަ ކޮފީމޯއަށް.”ލިހަމް ނާއިލްއަށް މެސެޖުކުރިއެވެ. “ނިންނީ ބުނީމެއްނު އެބައޮތޭ ވާހަކައެއްދޯ. ހިނގާ ކޮފީމޯއަށް ބުނާނަން.” ލިހަމް ނުހާގާތު ކޮފީމޯއަށް ދާން ނުސީދާ ގޮތަކަށް ބުންޏެވެ. “ހޫން ހިނގާބަލަ.” ނުހާ ވަރަށް މޫޑް އޮފް ކަހަލަ ގޮތަކަށް ބުންޏެވެ. ލިހަމްއާއި ނުހާ ކޮފީމޯއަށް ވަދެއްޖެއެވެ. “މިތާޖައްސާ” ނާއިލް އާއި މާޔާއިނީ އެދެމީހުންގެ އިންތިޒާރުގައިއެވެ.

 

“ނިންނީ. ވިލް ޔޫ މެރީ މީ؟ އައިއެމް މޭކިންގ ދިސް ވަޓް ޔޫ ވޯންޓް.” ނުހާ ގޮނޑީގައި އިށީނުމުން ލިހަމް ޖީބުން އަނގޮޓި ނެގުމަށްފަހު ނުހާގާތު އޭނާއާއި ކައިވެނި ކުރުމަށް އެހިއެވެ. ” ރިއަލީތަ؟ ޔެސް އައި ވިލް.”ނުހާ ވަރަށް ލަދުރަކިކޮށް ޖަވާބުދިނެވެ. “ކޮންގްރާ ދޮންބޭ. ކޮންގްރާ ނުހާ.”ނާއިލްއާއި މާޔާ ހައިރާންކަމާއެކު ބުންޏެވެ.

(ނުނިމޭ)

ދެވަނަބައި އަންނަ އަންގާރަ ދުވަހު. އިންތިޒާރު ކޮށްލައްވާ!

Comments (9)

  1. Ishnien

    Varah reethi vaaanehen heevey. Ekam haadha kurukoh thi genesdhiny. Aslu dhigukoh genaima varah ufaa vaane

  2. Ana

    Story v reethi.

  3. vaanuvaa

    Feshun eha kamaku nudhey n v kuru… vaahaka kiyamun dhiya iru heevany v avs kohlaafa liyefa hurihen… v v kuru n v hadi

    1. russia
      vaanuvaa

      hey kuru vaahaka eh v ma hurihaa explanations n that blah blah nynAne dhw…kuru vaahaka aky aneh hn bunayna a short way to represent a big story..dhw..
      n vaanuvaa thibunaahaa hadi eh noon…lol

  4. mishy

    Story vrh reethi maahil.. nd tuesday ga genesdhey part dhigu kohlahcheyy

  5. Shara

    Mahil be wow superb proud of you

  6. Kitty ❤️

    Ehaa reehcheh nun.. ibaaraiy kuran vess neynge.. dhn varah vaii ?

  7. maahil

    thanks Comment Kuri hurihaa kudhinnah
    next part v rangalhah check kurumah fahu up vaane
    and dhigu vaane as ur request 🙂

  8. russia

    stry vrh reethi

Comments are closed.