އަޒުމު
” ދަރިފުޅާ….. ދަރިފުޅާ ޒިޔާން…..” ބައްޕަގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު އަހަރެން ނިދަފައިވާ ފުން ނިދީން ހޭލީ ފުންކަނޑެއްގެ އަޑިން މަހެއް ތިލަވަމުން އައިހެންނެވެ. އަހަންނަށް ހޭލެވުނު ވަގުތު ކަންފަތުގައި ޖެހުނީ ދުރުން އިވެމުން ދިޔަ ފަތިސް ނަމާދުގެ ބަންގީގެ އަޑެވެ. މުޅި މީހާ ސަމާލުކަމަށް ގެނުވީ ދެނެވެ. އަހަރެމެންގެ ދުވަސް ފަށާ ވަގުތު ޖެހުނީ އެވެެ. ތުވާލި ހިފައިގެން ފާޙާނާއާ ދިމާއަށް އަހަރެން ހިނގައިގަތީމެވެ. ބައްޕަ ހިނިތުން ވެލަމުން އަހަރެންގެ ކޮނޑުގައި ފިރުމައިލައިފާ ކޮޓަރިން ނިކުމެއްޖެއެވެ. އުމުރުން ބާރަ އަހަރު ފުރެން ކައިރި ވެފައި ހުރި އިރު އަހަރެންގެ މައިންބަފައިންނަކީ ދުނިޔެމަތީން ދުށް އެންމެ ހެޔޮލަފާ މީހުންނެވެ. އަހަރެން އުމުރުން އަށް އަހަރުގައި މަންމަ ނިޔާވި ނަމަވެސް މިއަދު މަންމަ ނެތްކަމުގެ ހިތި އިހުސާސް އެއް އަހަރެމެން ނުކުރަމެވެ. އަހރެމެންނަށް ލިބުނީ ރަނގަޅު ދޮންމަންމަ އެކެވެ. އަހަރެންގެ ދައްތައާއި ދެ ކޮއްކޮއާއި އަހަރެމެން ހަތަރު ބެއިންނަށް މަންމައެއްގެ ލޯބި ލިބެނީ ދޮންމަންމަގެ އުނގުންނެވެ. އަހަރެން ތައްޔާރު ވެގެން ނުކުތް އިރު ބައްޕައާއި ކޮއްކޮ ހުރީ ތައްޔާރުވެގެން ނުކުމެއެވެ. ގެއިން ނުކުމެގެން އެންމެ ފުރަތަމަވެސް އަހަރެމެން މިސްރާބު ޖެހީ ޖެހިގެން ހުރި ގެއާ ދިމާލަށެވެ. އޭރު އަސާގަނޑުގެ އެހީގައި ކައިރިކައިރިގައި ލަސް ފިޔަވަޅު ތަކެއް އަޅަމުން ގުދުވެލާފައި އޮތް ޖައުފަރުބެ ނިކުމެގެން އާދެއެވެ. އަހަރެމެން ފެނުމާއެކު ޖައުފަރުބެ ހިނިތުންވެލީ އޭނާގެ އަމިއްލަ ދަރިފުޅު ފެނުމުން ވެސް އުފާވާ ވަރަށެވެ. ބައްޕަ ހަލުވި ހިނގުމެއްގައި ގޮސް ޖައުފަރުބޭގެ އަތުގައި ހިފައިފިއެވެ. ޖަމާޢަތުގައި ފަތިސް ނަމާދު ކޮށްގެން އެހެން ދުވަސް ތަކޭ އެއްފަދައިން މިއަދުވެސް އަހަރެމެން ހަތަރު މީހުން މަޑު ހިނގުމެއެއްގައި އަތިރި މައްޗަށް ގޮސްފައި އިރު އެމުން އައީ ގެއަށެވެ. އޭރު ހުރީ ސައިތައްޔާރު ކޮށްފައެވެ. ގަރުދިޔަ އައި ރޮއްޓެވެ. ޖައުފަރުބެއާ އެކު ސައިބޯން އެރުމަކީ ކޮއްކޮ މަރީ އާއި އާރިފު ބެނުންވާ ކަމެކެވެ. އެއީ ސައިބޮއެގެން ކޮންމެ ދުވަހަކުވެސް ޖަޢުފަރުބެ ކިޔައިދޭ ވާހަކަ ކިޔައިދޭ ތީއެވެ.
ހެނދުނު ނާސްތާއަށް ފަހު އަހަރެމެން ތައްޔާރު ވަނީ ސްކޫލަށް ދިޔުމަށެވެ.ކިޔަވައިގެން މޮޅު މީހަކަށް ވާން އަހަރެން ވަރުގަދަ އަޒުމެއް ކަނޑައެޅީ ޖަޢުފަރުބެ ކިޔައިދޭ ވާހަކަ ތަކުން ލިބޭ ޢިބުރަތުންނެވެ. އެއީ ގުޅިގެން އެހީތެރިވެގެން އެކުގައި ކިޔަވަން މަސައްކަތް ކޮށްގެން މޮޅަށް ކިޔަވައިގެން މަތީ ފާހާއި މަތީ މަޤާމުތައް ލިބޭ ކަމުގެ ވާހަކަތަކެވެ. މިކަހަލަ ކިތަންމެ ވާހަކައެއް މިހާރު އަހަރެން ހިތު ދަހެވެ. އަދި ޖަޢުފަރުބެ ކިޔައިދޭ އެކިއެކި ރާގުގައި ވާހަކަ ކިޔައިދޭން ވެސް އެނގެއެވެ. ކުލާހުގައި ވާހަކަ ކިޔައިދޭން އަހަންނަށް ވަރަށް ގިނަ ފުރުސަތު ލިބެއެވެ ނަމަވެސް ބައެއް ފަހަރު ވާހަކަ ކިޔައިދޭން އަހަރެން ޖެހިލުންވަނީ ކުލާހުގެ ބައެއް ކުދިން މަލާމަތް ކޮށް ހާރުވާތިއެވެ. އެކަމަކު ގިނައީ އަހަރެންގެ ވާހަކަތަކަށާއި އަހަރެންގެ ވާހަކަ ކިޔައިދިނުމަށް ތަރުހީބުދޭ ކުދިންނެވެ. ސްކޫލް އިންޓަރ ކުލާސް ވާހަކަ ކިޔުމުގެ މުބާރާތުގައި ބައިވެރި ވުމަށް ފަރިތަކުރުންތައް ކުރިއަށް ދިޔަ އިރު އަހަންނަށް މަލާމާތް ކުރާ ކުދިންގެ މަލަމާތް ތަކަށް ނުބަލައި އެ ކުދިންނަށް އެހީތެރިވީމެވެ. އެއީ ގުޅުންތައް ބަދަހި ވާނީ ބަދަލު ހިފުމުން ނޫންކަން އަހަންނަށް ވިސްނޭތީއެވެ. އެންމެން އެކުގައި ވާދަކުރީ އެއްބާރުލުމާއި އެހީތެރިވުމަކީ ކިޔެވުމުމަކީ ކިޔެވުމުގައި ކުރިއަށް ދިޔުމުގެ ރޫޙު އާލާކުރާ ކަމެއްކަމުގައި ޤަބޫލުކޮށްގެންނެވެ. އެހެން ކަމުން އެކި ވަރުގެ އެކި ވަނަތައް ކުލަސް ކުދިން ހޯދިއެވެ. މިފަހަރު ޤައުމީ މުބާރާތުގައިވާދަ ކުރުމުގެ ފުރުޞަތު ލިބުނީ އަހަންނަށެވެ. ތަފަތު އެކިއެކި ގޮތްގޮތުން ވާހަކަ ކިޔައިދޭ އެކި މީހުން ސްކޫލަށް ގެނެސްގެން ސްކޫލުން އަހަރެން ތައްޔާރު ކުރީ ވަރަށް ފުރިހަމައަށެވެ. އަހަރެންގެ ކާމިޔާބީއާއި ކުލާސްކުދިންގެ ކަމިޔާބާއި އަހަރެމެންގެ ސްކޫލުގެ ކާމިޔާބީ އޮތީ އަހަރެންގެ ވާހަކަ ކިޔައިދެވޭ ގޮތެއްގެ މަތީގައިކަން އިޙުސާސް ވުމުން ލިބެނީ އިތުރު ލިތްވަރެކެވެ. ޤައުމީ ވާހަކަ ކިޔުމުގެ މުބަރާތުގައި އަހަރެން ވާހަކަ ކިޔާ އަޑުއަހަން ކުލާހުގެ ހުރިހައި ކުދީން އައެވެ. ޖަޢުފަރު ބެއާއި އަހަރެންގެ ޢާއިލާ އެންމެނާއި ގާތްތިމާގެ އެތަށް ބަޔަކު ވެސް އަހަންނަށް ތަރިޙިބުދޭން އައެވެ. އެހެންކަމުން އަހަރެންގެ ވާހަކަ ކިޔުމަށް ލިބުނީ ވަރަށް މަތިވެރި ތަރުޙީބެއްކަންލިބެއެވެ. ނަތީޖާ ފާޅު ކުރަ ވަގުތަށް އަހަރެން އިންތިޒާރު ކުރި ވަރަށް ވުރެ މާ ބޮޑަށް ކުލާސް ކުދިންނާއި މުދައްރިސުން އިންތިޒާރު ކުރިކަން އިހުސާސް ކުރެވުނެވެ.އެންމެ ފަހުން އިއުލާން ކޮށްފިއެވެ. މުޅި މުބާރާތުން އެއްވަނަ ލިބުނީ އަހަންނަށެވެ. ކުލާހުގެ ހުރިހައި ކުދިންނަކީ މިހާރު އަހަންނަށް އެންމެ ބޮޑަށް ތަރުހިބުދޭ ކުދީންނެވެ. ސްކޫލަށް ހޯދައިދިން ރީތިނަމާއިއެކު ސްކޫލުގެ ހުރިހައި ކުދިންގެ މަޤޮބޫލު ކުއްޖަކަށް އަހަރެން ވެއްޖެއެވެ. އަދި ޖަޢުފަރުބެ ކިޔައިދޭ ކަހަލަ ރީތި ވާހަކަތައް ކޮކްކޮމެންނަށް ކިޔައިދޭން ވެސް ޖެހިއްޖެއެވެ
- ނިމުނީ
9 Comments!
Comments are closed.



Reethi ??
Mee meethi konmes thaakun ky handhain vey
Thanks Ram
Seriously?? I read this and this soooo kuda kudhinge type who’ll reaf this at a elders site
Read*
Grade 6 ge kudhinge fothuga oiy vaahaka eh mee
salhi
mee kudakudhinge ge story eh , kudakudhinge story eh nuliyaane adult vaahaka site thakuga eh , enoonas mee grade 6 ge bodufothuga in vaahaka eh
copy cat , hama ammila visnun beynun kohgen story liyuneemaa dhen keevvee tha