Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
RedHand by Shabab
ކުރުވާހަކައެހެނިހެންލޯބި

ރެޑް ހޭންޑް – 04 (ފަހުބައި)

shiuraa Level 1
November 3, 2017 3 Mins Read
10 Comments

ހުޒާމްގެ ބާރު އެޅުމާއެކު، ނަފްސާނީ މާހިރެއްގެ ކައިރިއަށްގޮސް ފަރުވާ ހޯދުމަށް އޭނާގެ ދައްތަ އެއްބަސްވިއެވެ. ނަމަވެސް އެންމެ އުނދަގޫވި ކަމަކީ އެމީހުންގެ މައިންބަފައިންނަށް މި ކަންތަކުގެ އަސްލު ކިޔައިދީ ވިސްނައިދިނުމެވެ.

“މަށެއް ވެސް ބޭނުމެއް މަންމަމެނަށް އިނގޭކަށް” އަހަރެން ބުނީމެވެ.

އަހަރެންގެ ފަރާތުން އެކަހަލަ ކަމެއް ފެނިއްޖެނަމަ އަހަރެން ކޮޓަރިއަށް ލާ ތަޅުލާފައި ރާއްޖެއިން ބޭރަށް ފުރައިގެންދާނީ މަންމަ އާއި ބައްޕަކަން ޔަގީނެވެ.

“އެކަމު ހެލްޕް ބޭނުމެއްނު؟” ހުޒާމް އެހިއެވެ.  “އެހެންވީމަ ހިނގާ ދާން މާދަން މީހަކާ ވާހަކަ ދައްކާލަން”

މާދަމާ އެ މީހަކާ ބައްދަލުކުރަންދާނެ ގަޑިއަކަށް އެއްބަސްވުމަށްފަހު ދެން މަޢުލޫ ބަދަލުވެގެން ދެމީހުންވެސް ދެއްކީ އަމިއްލަ ވާހަކައެވެ. އަހަރެން ކިޔަވަން ދާން ވިސްނާ ކަމުގައި ވެސް ބުނީމެވެ. ގަޑިން ވީ އިރެއްވެސް ނޭގި އަހަރެންނަށް ތާއްޔަށް ޖެހިލާފަ ދެން ދެލޯ ހުޅުވާލެވުނު އިރު ކޮޓަރީގައި ހުރީ ނިދާބޮކި ދިއްލާފައެވެ. ހުޒާމުގެ ހިލަމެއްވެސް ނެތެވެ. ކޮޓަރީގައި އެއްވެސް މީހަކު ނެތްކަން ޔަގީން ކުރުމަށް ފަހު އަނެއްކާވެސް އެދުމައްޗަށް ވެއްޓި އަހަރެން ނިދީއެވެ.

ޖެހިގެންއައި ދުވަހު ހެނދުނު ގޭތެރޭގެ މަސައްކަތް ނިންމާލުމަށްފަހު މެންދުރުފަސް ވުމުން އަހަރެން ފެންވަރާލީ ހުޒާމް ބުނިގަޑިއަށް އޭނައާއެކު ބޭރަށް ދިއުމަށް ތައްޔާރުވެލުމަށެވެ. އަދިވެސް އޭނާގެ ނަމްބަރެއް އަހަންނަކަށް ނުދެއެވެ. އާދައިގެ ވަރަކަށް ރީތިވެލައިގެން އަހަރެން ކޮޓަރިތެރޭގައި މަޑުކޮއްލީ ބޭރަށް ދިއުމާމެދު މަންމަކައިރީގައި ދައްކާނެ ބަހަނާއަކާ ދޭތެރޭ ވިސްނާލުމަށެވެ. މަންމަމެންނަށް ދާ ތަނެއް ނޭނގި ބޭރަށް ނުދާތާ ލައްކަ ދުވަސް ވެސް ވެއްޖެއެވެ. އާއްމުކޮށް މިފަދަކަމެއްގައި ޖުވޭގެ އެހީތެރިކަން ލިބޭނެ ނަމަވެސް ހުޒާމްއާ ބެހޭގޮތުން ޖުވޭގެ ސުވާލުތަކަށް ޖަވާބެއް ނުދީ އުޅޭތީ ޖުވޭ މިކަމުގައި ބައްސަން ވެސް ބޭނުން ނެތީއެވެ. އަހަރެން ސިޓިންރޫމަށް ނިކުތީ ބޭރަށް ދިއުމުގެ ކުރިން މަންމަމެންނާ ވާހަކަ ދައްކާލަންވެގެންނެވެ.

ކޮޓަރިން ބޭރަށް ނިކުމެ ސިޓިންރޫމަށް ވަތް އިރު މަންމައާއި ކޮއްކޮ މެންނާ ވާހަކަ ދައްކަން ހުޒާމް ސޯފާގައި އިނެވެ. ކުރިމަތީގައި ހުރި މޭޒުގައި ޖޫހާ ފެނާ ބިސްކޯދު ހުއްޓެވެ. އަހަރެން ފެނުމުން އެންމެން ވާހަކަ މަޑު ޖައްސާފައި އަހަންނާ ދިމާލަށް އެނބުރުނެވެ. ކޮއްކޮ އިން ސޯފާއިން ޖާގައެއް ހޯދައިގެން އަހަރެންވެސް ޖައްސާލީމެވެ. މަޢުނަވީ ބެލުމެއް ކޮއްކޮ އަހަރެންނަށް ދިނެވެ.

“ދާންވީ ދޯ؟” ހުޒާމު އަހަރެން ކައިރީ އެހިގޮތުން އަހަރެމެން މިދާތަނަކާ ބެހޭގޮތުން އޭނަ މަންމަމެންނަށް ބޭނުންވާ ވަރަށް މަޢުލޫމާތު ދީފައި އޮތްހެން ހީވިއެވެ. އަހަރެން އާނއެކޭ ބުނުމުން ފެންތަށި ހުސްކޮއްލުމަށް ފަހު މަންމައަށް ޝުކުރުއަދާކޮށްފައި ދަނީ އޭ ބުނެ ނިކުންނަން ހިނގައިގަތެވެ. އަހަރެންވެސް ދަނީއޭބުނެފައި ހުޒާމާއެކު ނިކުތީމެވެ. އަހަރެމެން ދެމީހުން ހިނގާފައި ދިއައީ ގެޔާ މާ ދުރުނޫން ހިސާބެއްގައި ހުރި ރެސްޓޯރަންޓަކަށެވެ. އެއްފަރާތެއްގައި ހުރި މޭޒެއްގައި ޖައްސާލުމަށް ފަހު ދެމީހުންވެސް ލުއި ބުއިމަކަށް އޯޑަރު ދިނީމެވެ. އަހަރެން މަޑުކޮށްގެން އިނީ ހުޒާމު އެބުނާ ސައިކޮލޮޖިސްޓެއްނޫނީ ކޮންމެވެސް މީހަކު އަންނަންދެނެވެ. އަހަރެންގެ އާއިލާ އެންމެންވެސް ވަރަށް ފްރެންޑްލީ އޭ ހުޒާމު ބުންޏެވެ.

“ބިޓު ކަމަށް ހީކޮށްގެން މިހާރު ތިބޭނީ” އަހަރެން އެހެން ބުނީ އަސްލުވެސް ދެން ހުޒާމު ދާފަހަރަކުން ގޭމީހުން ކިޔާފާނެ އެއްޗަކަށް އޭނަ ތައްޔާރު ކުރުމަށެވެ.

“އެހެންތަ؟ މިހާ އަވަހަށް؟ ކާމިޔާބޭދޯ.” ހިނިތުން ވެލަމުން ހުޒާމް ބުންޏެވެ. އެ ހިނިތުންވުމަށް ދޭނެ ޖަވާބެއް ނެތުމުން އަހަރެން އިސްޖަހާލަމުން އެ އަންނަ މީހަކު އަންނަނީ ކޮންއިރަކުންތޯ އެހީމެވެ.

“ކާކު؟ އިތުރު މީހަކު އާދޭތަ؟” ހުޒާމް އެހިއެވެ.

“ބުނީމެއްނު މީހަކާ ވާހަކަ ދައްކާލާށޭ؟” އަހަރެން އޮޅުންފިލުވާލީމެވެ. ހުޒާމް އެހެން ބުނިކަން އަހަންނަށް ވަރަށް ޔަގީނެވެ.

“މި ދައްކަނީނު. މީ މީހެއްނު” އެހެން ބުނެފައި ހުޒާމް ވަރަށް ހަމަޖެހިލާފައި ޖޫސްތަށިން އެތިފޮދެއް ހޮޅިން ދަމާލިއެވެ.

“ހމމމމ.”

ދޮގެއްވެސް ނޫނެވެ. އިތުރު މީހަކު ނާންނަކަން އިނގުމުން އަހަރެން އަސްލު ވީ އުފަލެވެ. ހުޒާމުއާއެކީގައި ވާހަކަ ދައްކަން ފަސޭހަނަމަވެސް އެހެންމީހެއްކައިރީގައި މިހުރިހާ ވާހަކައެއް ދެއްކުން ހިތައްއަރާފައި ހިތްނުތަވަސްވެއެވެ. ދެމީހުން ވާހަކައިގައި  ތިބެގެން ވަގުތު ދިޔަގޮތެއްވެސް ނޭގެއެވެ. ހުޒާމް އަހަރެން ގެއަށް ލާފައި ދިޔައީ އޭގެ ދެގަޑިއެއްހާ ފަހުންނެވެ.

އޭގެ ފަހުން ހުޒާމު ފުދޭވަރަކަށް އަހަރުމެން ގެއަށް އާދެއެވެ. އޭނައާއެކީގައި ބޭރަށް ވެސް ދަމެވެ. ރައްޓެހިންގެ ގޮތުގައެވެ. ބޭރަށް ކިޔަވަން ދިއުމުގެ ކަންތަކުގައި ވެސް އަހަންނަށް އެންމެ ބޮޑަށް އެހީތެރިވީ އޭނައެވެ. އަހަރެންނަށް ކުރެވިފައިވާ ކުށްތަކަށް އަހަރެން ތައުބާ ވީމެވެ. ހުޒާމްގެ ފަރާތުން ލިބުނު ހިތްވަރާއެކު އެމީހުންގެ ފިހާރަތަކުން ނޫން އެހެން ތަންތަނުން ނެގި އެއްޗިހަށް އަހަރެންނާ ހުޒާމު ގޮސް އަގު ވެސް ދެއްކީމެވެ. އަހަރެމެން އެއްބަސްވީ ރާއްޖެއިން ބޭރަށް ދެވުނީމަ މިކަމާ މެދު ކަމުގެ މާހިރެއް ކައިރިން ފަރުވާ ހޯދުމަށެވެ. ދުވަސް ތައް ފާއިތުވަމުންގޮސް އެންމެ ފަހުން އަހަރެން ފުރަން ހަފްތާއަކަށް ވުރެ ވެސް ކައިރިވީއެވެ.

“ބަސް އަހައިގެން އުޅޭނަންތަ؟” ސަމާސާ ރާގެއްގައި އެހިނަމަވެސް ހުޒާމްގެ މޫނުމަތިން ފެންނަނީ ސީރިއަސް ކަމެވެ.

އަހަރެމެން ތިބީ ލިލީޒްގަ އެވެ. ކަނޑަށް ނަޒަރު ހުއްޓާލައިގެން އިނދެ އަހަރެން އާނ އެކޭ ބުނީމެވެ. އާއިލާއާ ވަކިވެގެން އެ ހާ ގިނަދުވަހަށް ދިއުމަކީ އަހަރެން ހިތްހަމަ ޖެހޭ ކަމެއްނޫނެވެ. މިހާރު އޭގެ ތެރެއަށް ހުޒާމުވެސް އިތުރުވީއެވެ. އަހަރެމެންގެ ގުޅުމަށް ނަމެއް ނުދިނަސް އަަހަންނަށް އިނގޭ އެއްޗަކީ ހުޒާމަކީ އަހަރެންގެ ދިރުއުޅުމުގެ މުހިއްމު ބައެއްކަމުގައި ވެފައިވާކަމެވެ.

“ވަގަށް ނެގި އެއްޗެއް ހިފައިގެން އިނގޭ ތި ދަނީ” އަހަރެން ހަދާން ކޮއްލައިގެން ވެސް އަހަންނަށް ޕެކް ކުރިއިރު އެ ލެވެނީ ކޯއްޗެއްކަމެއް ނޭގުނެވެ. އެކަމަކު އެއީ ހުޒާމު މަޑުމަޑުން އަހަރެން އަތްތިލަ އޭނަގެ އަތުތެރެއަށް ލަންދެނެވެ. އެ ބީހިލުމުން މަޑު ކަރަންޓެއް އަހަރެންގެ ހަށިގަނޑުގައި ދައުރުވިއެވެ. އަހަރެމެން ދެމީހުންގެ ހަތަރު ކަޅި ހަމަވުމާއެކު އަހަރެންގެ ހިތުގެ ސުވާލުތަކުގެ ޖަވާބު އޭނަގެ ލޮލުން އަހަރެންނަށް ފެނުނެވެ.

“ހަވާލު ކޮށްފަ ތަ ދާންވީ؟” އަހަރެން މަޑުމަޑުން އެހީމެވެ.

ހުޒާމު އަހަރެންގެ އަތުގައި ފިތާލަމުން އަހަންނާ ދިމަާއަށް ލޯ އަޅާލިއެވެ. ހަށިގަނޑަށްވީ ލުޔާއެކު އަހަރެން ހީލީމެވެ.

(ނިމުނީ)

Share Article

Follow Me Written By

shiuraa

Level 1

Other Articles

Previous

ހިތްއެކީ ދެވިއްޖޭ (3)

Next

ސިއްރުން މިހިތާ ކުޅެނީހޭ (ދިހަވަނަބައި)

Next
November 3, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ދިހަވަނަބައި)

Previews
November 3, 2017

ހިތްއެކީ ދެވިއްޖޭ (3)

10 Comments!

  1. click a shot ? says:
    November 3, 2017 at 9:21 pm

    Varah interesting story eh…ninmun ves varah salhi..keep it up…mikahala interesting story eh adhives kiyaalan libeyne kamah umeedhu kuran…??varah thafaathu story eh konmeakas…❤️

  2. shiuraa says:
    November 3, 2017 at 9:55 pm

    Well, guys here it is. 😀
    Sorry if you had to wait long. Hope you enjoyed it.
    As always, welcome all comments and suggestions.

    fb.com/ShababStories

  3. Wish says:
    November 3, 2017 at 10:09 pm

    This story doesnt feel as if it should be ended at this point.. Would have been better if you would have continued.. Well that was my opinion but the story should be up to the preferences .. The story is good by the way.. Hope you would continue writing more.

    1. shiuraa says:
      November 4, 2017 at 1:39 am

      I actually had some ideas for what the story should be from the very beginning, and I managed to have most of them in the final version. So I’m happy abt that.
      It could have been longer, but the ending wouldnt have changed much I think. 🙂
      Thank you for the kind words.

  4. Wish says:
    November 3, 2017 at 10:10 pm

    Writer’s preferences **

  5. Pinky shifoo says:
    November 3, 2017 at 10:28 pm

    Hiii shiu.. Kihineh tha haalu? Story v nice n intresting ingey… Thankolheh avahah n dhigukoh up kohladhehchey plxx..

    1. shiuraa says:
      November 4, 2017 at 1:59 am

      next one dhw. 😀

  6. Ñàùĺ says:
    November 3, 2017 at 10:46 pm

    Nimun ehaa ehaa ehnoon
    Dhen salhi

    1. shiuraa says:
      November 4, 2017 at 1:33 am

      hehe, thank you.
      hmm maybe I feel the same way.

  7. shaan says:
    November 4, 2017 at 8:44 am

    nice storyy ☺???

Comments are closed.



All Right Reserved!