އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަންނާއި ޒުނާމަކީ ކުޑައިރުއް ސުރެ ވަރަށް ގާތް ދެރައްޓެހިންނެވެ. އެކުގައި ވަގުތު ހޭދަކުރުމަކީ ދެމީހުންގެ ވެސް އާދައެކެވެ. ޒުނާމަކީ ހުރިހާ ކުޅިވަރަކަށް ވެސް ވަރަށް ލޯބި ކުރާ ކޮންމެ އުމުރުފުރައެއްގެ ބަޔަކާ ވެސް ވަރަށް ގުޅޭ ވަރަށް ސަކަ މިޒާޖެއްގެ މީހެކެވެ. ރަށުގެ ގިނަ ބަޔަކު ވަރަށް ލޯބިވާ ފަދަ ސިފަތަކެއް ހުރި މީހެކެވެ. ގިނަ ފިރިހެން ކުދިން އޭނަގެ ހިތުން ޖާގަ ހޯދުމަށް މަސައްކަތްކުރަމުން ދިޔަ ރީތި ކަނބަލެކެވެ. ރީތިކަމާއި […]
ލޯތްބަކީ ކޯއްޗެއް ހެއްޔެވެ؟ ލޯތްބަކީ ވެވޭ އެއްޗެއް ހެއްޔެވެ؟ ލޯތްބަކީ ވާ އެއްޗެއް ހެއްޔެވެ؟ ވަރަށް އާންމު އެހެނަސް ޖަވާބު ދިނުމުގައި ގިނަ ބަޔަކު ނުކުޅެދިފައިވާ ސުވާލުތަކެކެވެ. ނޫންތޯއެވެ؟ ޖަވާބު ދެވުނަސް އެކި މީހުންނަށް ދެވެނީ އެކި ޖަވާބެވެ. މި ލިޔުމުގައި މި އަލި އަޅުވާލަނީ އަހަންނަށް ލޯބި މާނަކުރެވޭ ގޮތަށެވެ. ގިނަ މީހުން ބުނާ ގޮތުގައި، ލޯތްބަކީ އިޚުތިޔާރެއް ނެތި ވެވި ދާ އެއްޗެކެވެ. އެހެނަސް އަހަރެންގެ ޒަމީރު އެކަން ދޮގުކުރެއެވެ. އަހަރެންގެ ސިކުނޑި ބުރަވަނީ، […]
އަހަރެން ފަންކާއާ ދިމާލަށް ބަލައިލީމެވެ. އަދި ވާގަނޑަށް ދަމާލައި ރަނގަޅަށް ހަރުލާފައި ހުރިކަން ޔަގީން ކުރީމެވެ. އެއަށް ފަހު މަޅިގަނޑު ހުރީ ރަނގަޅަށްތޯވެސް ބަލައިފީމެވެ. އާނ އެކެވެ. އަހަރެންނެއް މި ކެހިވެރި ދުނިޔޭގައި އުޅޭކަށް ބޭނުމެއް ނޫނެވެ. އުމުރުން 20 އަހަރުވިއިރު ހަޔާތުގައި ކުރިމަތިލި ކޮންމެ ކަމަކުންހެން ލިބުނީ ނާކާމިޔާބީއެވެ. ވޭނާ، ތުރާލާއި ހިތާމައެވެ. ހިތްދަތިކަމާއި މާޔޫސްކަމެވެ. އަހަރެންގެ ހަޔާތުގެ ފަސްމަންޒަރު އޮތީކީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. މިއަދު އަހަރެން މިކުރާ ހިތާމައިގެ އަސްލުތައް ވަރަށް ގިނައެވެ. […]
ދިރިއުޅުމުގައި އެއްބައި މީހުންނަށް ދިމާވާނީ އެކި ކަންކަމެވެ. އެއްބައި ފަހަރު މަޖާ ކަންތައްތަކެވެ. އަނެއްބައި ފަހަރު އަދި އެއަށްވުރެ މަޖާ ކަންތައްތަކެވެ. ހަމަ އެގޮތަށް ހިތާމައާއި ހިތްދަތިކަމާ ކުރިމަތިލާންޖެހޭ ފަދަ ކަންކަން ވެސް ދިމާވާނެ މެއެވެ. މިއީ އަޅުގަނޑުގެ ރައްޓެއްސަކަށް ދިމާވި މަޖާ ކަމެކެވެ. މި ހާދިސާ ލިޔެފައި މިވަނީ ސީދާ ކަން ހިނގި ގޮތަކަށް ނޫނެވެ. ނަމަވެސް، ހާދިސާގެ އަސްލުގެ މައްޗަށް ބިނާކޮށެވެ. އެއީ އެއްރެއެއްގެ މެންދަމުގެ ވަގުތެވެ. ޑިއުޓީ ނިންމާލުމަށްފަހު އަހަރެންގެ މިސްރާބު ހުރީ […]
‘ވަކަރުގޭ’ ކުޑަކުއްޖެއްގެ ގޮތަށް އުޅެބޮޑުވި ‘މައިޝަން’އާ ގާނޫނު އަރާ ހަމަކުރެވުނު ތަނެއް ނާދެ އެވެ. ގާނޫނުގެ ދިގު އަތުން ހިފައި، އިންސާފުގެ މުގުރުން އޭނާއަށް ނިޔާ ކަނޑައެއް ނާޅަ އެވެ. އަމާންވެށި ގާއިމުކުރާ ފާރަވެރިންނަށް ހެއްކާއެކު އޭނާ އަތުލެވޭ ކަމަކަށްނުވެ އެވެ. ‘މައިޝަން’ގެ ބާރުވެރިކަމުގެ މުގޫ ގުޅިފައި ވަނީ ‘ބާރުވެރި’ ފަރާތްތަކާއެވެ. ޢައްދާރުންނާއި ޙާއިނުންގެ އެކުވެރިޔަކީ ވެސް ‘މައިޝަން’ އެވެ. ނަމަވެސް، އެންމެ ފަހުން މި ހުރިހާ ކަމެއް ބަދަލުވެއެވެ. އެއީ ކުށުގެ ވެށީގައި އަވަލައި، ބަނދެވިފައިވާ […]
بسم الله الرحمن الرحيم މިހިތުގެ ރާނީ އަށް! ހެޔޮދުޢާ ސަލާމަށްފަހު ލިޔަމެވެ. ބަގީޗާގައި އިން ރީތި ހުވަނދު ޕަރީއެވެ. އާޝޯޙުވެއްޖެއެވެ. ކަލާގެ ރީތިކަމުންނެވެ. ފަރިވެފައި ފުރިހަމަކަމުންނެވެ. ހަތްތަރީގެ ތިޔަ ހިނިތުންވުމުގައި ހުރި ޖާދޫވީ އަސަރަކުންނެވެ. ނަޒަރުގައި ހުރި ތޫނުކަަން ތޫނު ހަންޖަރެއް ފަދައިން ތޫނުވުމުންނެވެ. އެހަންޖަރުގެ ތޫނު ކަމުން މިހިތް ކަތިލާތީއެވެ. ރަންކޮޅާއެވެ. ސިހުރެއް ފަދައިން އަހަރެންގެ ޖަޒުބާތުތަކާއި ކުޅެލާ ރާނީއެވެ. ހެދިހުރި ސޫރަ ލޯގަނޑަކުން ދެކިބަލާށެވެ. ހިތިފަތުބުމައާއި އިހި ކަނދުރާ ނުފެނޭތޯއެވެ؟ ފިނިފެންމަލުގެ ފިޔަ […]
ކޭކެބެއްޔާ އަކީ ކެއުމަށް ފޯރިހުންނަ ފިސާރި ކޭމާޓެކެވެ. އެއްދުވަހު ކޭކެބެއްޔާގެ އަންހެނުން ފަތަފޮޅިހައްވަ އޭނާ ކުރެން އެއްސެވެ. “މިތުރާ. ހާރަށް ހަދަންވީ ކޯއްޗެއް؟” ޖަވާބުގައި ކޭކެބެއްޔާ ބުންޏެވެ. “ކަމަނާ. ދިވެހި ކެއުމެއް ރަނގަޅުވާނެ. ނިކަން މީރުކޮށް ރޯމިރުސް ހަވާދުގަނޑެއް ތައްޔާރުކޮށް ގަރުދިޔާއި ބަތާއި ކައްކަބަލަގަ” ހާރުދަމެވެ. ކޭކެބެއްޔާ ކާން އެރިއިރު ކަމަކުދާކަށް ނެތެވެ. ސުފުރާ މަތީ ގަރުދިޔާއި ބަތުގެ އިތުރުން، ރޯމިރުސްހަވާދާއި މިރުސްފިޔާ ތައްޔާރުގައި ހުއްޓެވެ. ބަލާކަށް ނީނދެ ރޯމިރުސްހަވާދާއި މިރުސްފިޔާ އަޅައިގެން ގަރުދިޔާއެކު ބަތް ބޮޑެގެން […]
އެއްދުވަހަކު ފިނިއަށްޓެއްގައި ޖައްސާލައިގެން ސިނގިރެޓެއް ރޯކުރަން އިން ފައިޒާން ފެނިފައި އޭނާގެ ރައްޓަސަކު ސުވާލުކުރިއެވެ. “ކަލޭ ސިނގިރެޓު ބުޔުން ހުއްޓާކަށް ނުވޭ ހެއްޔެވެ؟” އެވަޤުތު ވަރަށް ހަމަޖެހިލައިފައި ފައިޒާން ޖަވާބު ދިނެވެ. “އަހަރެން ސިނގިރެޓެއް މިބޮނީ ތިންދުވަސް ވަންދެން ނުބޮއެ ހުރެފައި. ލައްކަ ބޮޑުވަރުދޯ އަސްލު ހެސްކިޔާފައި ގިނައިން ބޯ މީހަކާ ބަލާފައި؟” ހަމައެއާއެކު، ރަހުމަތްތެރިޔާ ހައިރާންވެފައިވާ ނަޒަރަކުން ފައިޒާންއާ ދިމާލަށް ބަލާލުމަށްފަހު ބުނެލިއެވެ. “ނާހަމަ ތެދެއްތަ؟” ޖަވާބުގައި ފައިޒާން ހިނިތުންވެލިއެވެ. އަދި ރައްދުގައި ބުނެލިއެވެ. “އާން، […]
އެއްދުވަހެއްގެ މެންދުރުފަހެވެ. ހަސަން ހުރީ ގޭގެ ފެންޑާގައެވެ. އެވަގުތު ގޯތީގެ މައި ދޮރޯށިން ގެޔަށް ވަތް އޭނާގެ 6 އަހަރުގެ ދަރިފުޅު ޢަލީ އައިސް އޭނާ ގާތު މަޑުކޮށްލާފައި ބުންޏެވެ. “ބައްޕާ އަޅުުގަނޑު ކުލާހުގައި އުޅޭ ޝައިލާ ވަރަށް ރީތި އަޅުގަނޑަށް. އަޅުގަނޑު ބޮޑުވެގެން މެރީ ކުރާނީ އޭނައާ އިނގޭ ބައްޕާ”. ލިބުނު ހައިރާން ކަމާއެކު ހަސަން ބުންޏެވެ. “ދަރިފުޅާ. އަދި ތިޔަ އުޅެނީ ކައިވަތަކަށްވެސް ބޯ ނާރައިގެން. މިހާރު ތިދަައްކަނީ މީހުންނާ އިންނަ ވާހަކަ. އެކަމަކު […]