ހަސްމާ އާއި ނިސާދު ކޮޓަރިއަށް ވަނުމުން ދެންވާގޮތް ބަލަން ޒިޔާދު ތެދުވީ ސަލާމަތްވުމުގެ ގޮތުން ފޯނުގެ ރިންގް އޮފް ކޮށްގެންނެވެ. ޒިޔާދު ތެދުވެ ނިސާދުގެ ކޮޓަރިއާއި ދިމާއަށް ބަލާލިއެވެ. ދޮރު ހުރީ ހުޅުވާފައެވެ. ޒިޔާދު ހުރި ގޮތުން ވަރަށް ރީތިކޮށް އެނދުމަތި ފެންނަން ހުއްޓެވެ. ނިސާދު އޮތީ އެނދުގައި އޮށޯވެގެންނެވެ. ލައިގެން އޮތް ބޮކްސަރ ފިޔަވާ އިތުރު އެއްވެސް އެއްޗެއް ނިސާދުގެ ގައިގަ ނެތެވެ. އިރުކޮޅަކުން ހަސްމާ އައިސް އެނދުކައިރީ ހުއްޓުނެވެ. ހަސްމާ ލައިގެން ހުރީ ހުދު […]
ޒުހުރާ ހަނާ އަތުލަފި ކޮށްލައިގެން ތަންކޮޅަކަށް ދިޔަތަނާ ހަނާ ފަސްއެނބުރި ބަލާލީ ހައިރާން ކަމާއެކުއެވެ. އަދި ހަނާގެ ނަޒަރު ތަންކޮޅެއް ދުރުގައި ބަލަންހުރި ފިރިހެނަކަށް އަމާޒުވިއެވެ. ” މަންމާ! އެހެރީ ކާކުތަ؟ ” ދުރުގައިހުރި މީހާ ޒުހުރާއަށް ދައްކާލުމަށްފަހު ހަނާ ސުވާލު ކޮށްލިއެވެ. ” ދަރިފުޅަށް އެއީ ކާކުކަށް ނޭންގޭތަ؟ ” ޒުހުރާވެސް ކޮށްލީ ސުވާލެކެވެ. ” ކާކުކަމެއް ނޭންގޭ. އެކަމަކު ދަންނަ މީހެއް ވައްތަރު ޖަހާ ” ހަނާ ބުންޏެވެ. ” އެއީ ނަޒީލް ” […]
ޒިޔާދުއަށް ގެ އާއި ހަމައަށް އާދެވުންއިރު މޫނުމަތިން އިންތިހާއަށް ހިތާމަޔާ ހިތްދަތިކަން ފާޅުވަމުން ދިޔައެވެ. ” ޒިޔާ ކިހިނެއްވީތަ؟ ” ޒިޔާދު އައިސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތުމުން ސާނިޔާ ސުވާލުކޮށްލިއެވެ. ” އަހަރެންގެ ހިތަށްއަރާ އަހަރެން މިހުރިހާ ދުވަހު ރަހުމަތްތެރިއެއްގެ ގޮތުގާ ދެކެމުންއައި މީހާގެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތީބާއޭ ” ސާނިޔާ ސުވާލުކުރުމުން ޒިޔާދު ބުންޏެވެ. ޒިޔާދުގެ އެޖަވާބުން ޒިޔާދު އެދައްކަނީ ނިސާދުގެ ވާހަކަކަން ސާނިޔާއަށް އެގުނެވެ. ” އަނެއްކާ މިހާރު ނިސާދު ކީއްކުރީތަ؟ […]
ދުވާލުގެ އަލިކަން ފަހަނައަޅާ ރޭގަނޑުގެ އަނދިރިކަމަށް ބަދަލުވިފަހުން ނިސާދު އައިސް ގެއަށްވަނެވެ. ހަނާ ޔާޝް ނިންދެވުމުގާ އަވަދިނެތި އުޅުނެވެ. ” އަހަރެން ބުނި ކަންތަކާ ހަނާ ވިސްނިންތަ؟ ނިސާދު ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު އެނދުގައި އޮށޯންނަމުން ހަނާ އާއި ސުވާލުކޮށްލިއެވެ. ހަނާ އެއްޗެއް ނުބުނުމުން ނިސާދު ސުވާލު ތަކުރާރުކޮށްލިއެވެ. ދެންވެސް ހަނާ އެއްޗެއް ނުބުނެއެވެ. ޔާޝް ރަނގަޅަށް ނިދުމުން ތަންމަތީ ބޭންވުމަށްފަހު އެނދުގައި އޮށޯވެގެން އޮތް ނިސާދުއަށް ބަލާލިއެވެ. ” އަހަރެން ގަބޫލެއްނޫން ” ހަނާ […]
” އަހަރެން ދަރިފުޅު އެކަނިކޮށްލާފަ ޒިޔާދުއަށް ތިހެން ނުދެވޭނެ. ދަންޔާ ދާންޖެހޭނީ އަހަރެންގެ ދަރިފުޅު ގޮވައިގެން ” ޒިޔާދު ބޭރަށް ނިކުތުމަށް ނެގިފިޔަވަޅު ގޭތެރޭގައި އަޅާލިއެވެ. ރަމީޒުގެ އެޖުމްލަ އަޑުއިވި ސާނިޔާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އަދި މަޑުމަޑުން ރަމީޒު ގާތަށް ޖެހިލިއެވެ. ” ބައްޕާ އަހަރެން….. ” ސާނިޔާ ރަމީޒުގެ މޭގަ ލައްވެގަތެވެ. ” އާނ ދަރިފުޅާ. ބައްޕައަށް ހުރިހާ ކަމެއްވެސް އޮޅުންފިލައިފި. ބައްޕަ އެހެންވާހަކަ ދައްކާ އަމަލު އެގޮތަށް ބެހެއްޓީ ސަބަބެއް ނެތިއެއް ނޫން […]
ވަގުތުތައް ފާއިތުވަމުން ގޮސް ހަވީރު ވެއްޖެއެވެ. ރަމްލާމެން ގެއަށް ދިޔުމަށް ތައްޔާރުވަމުން ދިޔައެވެ. އެންމެން ވެސް ހަނާއަށް ވަރަށް ނަސޭހަތްދިނެވެ. ކެއްތެރިކަމާއެކު ދިރިއުޅުމުގެ ހަނގުރާމަޔާ ކުރިމަތިލުމަށް ހިތްވަރުދިނެވެ. ” ކިހިނެއްވެފާ ތި ތިބެނީ… ” ރަމްލާމެން ތައްޔާރުވެގެން ވެސް ގެއަށް ނުގޮސް ތިބީމަ ހަދީޖާ އަހާލިއެވެ. ” ޒިޔާދު އަންނަންދެން މިތިބެނީ ” ރަމްލާ ބުނެލިއެވެ. ” އަހަ… މިއޮށް އައީނު ޒިޔާދު. ހިނގާ އަވަހަށް ދަމާ ” ޒިޔާދު ދޮރުހުޅުވާލި ތަންފެނިގެން ހަދީޖާ ބުނެލިއެވެ. ފޮށިތައް […]
“މިރޭމީ އަހަރެންނަށް ވަރަށް އުފާވެރި ރެއެއް. ހަސް އަހަރެންގެ ގާތުގަ… އަހަރެންގެ އެނދުގަ…. އަހަރެންނާއެކު…..!!!” ނިސާދު އަށް ދެއްކޭ ނުދެއްކޭ ވާހަކަވެސް ނޭންގޭ ކަހަލައެވެ. “ހަނާ ކޮންތާކުތަ؟ އަހަރެން ދޮރުގައި ޓަކިޖަހާ ޖަހާ ވެސް ދޮރެއް ނުހުޅުވާ” ހެނދުނު ނުވައެއް ޖަހަން އުޅެނިކޮށް ހަނާއަށް ޒިޔާދުގެ ފޯނު ކޯލެއް އައެވެ. “އޯޝިޓް…..!!! ހާސްވެ ހަނާގެ ދެލޯބޮޑު ވެގެންދިޔައެވެ. “ޒިޔާ އަވަހަށް ތިތަނުން ދުރަށްދޭ. އަވަސްކުރޭ” ހަނާ އަވަސް އަވަހަށް ބުނެލިއެވެ. “ކިހިނެއްވީތަ ހަނާ. ކޮންތާކުތަ ތިހުރީ” […]
“ކޮންވާހަކައެއްތަ؟” އެނދުގައި އޮށޯންނަމުން ނިސާދު ބުންޏެވެ. ހަނާ އައިސް ނިސާދު ގައިކައިރީ އެނދުގައި އިށީނެވެ. “އަހަރެން މިވާހަކަ ދައްކަން ފެށީމަ ރުޅިނާންނާތި. މިވާހަކަ ދައްކަން މިއުޅެނީ އަހަރެމެންގެ ދެމީހުންގެ ފައިދާއަށާ، އަހަރެމެންގެ ދަރިފުޅުގެ ހައްގުގާ. އަހަރެން ބޭނުމެއްނޫން ޔާޝްއަށް އެއްވެސް ވަރެއްގެ ހިތާމައެއް އެއްވެސް ދުވަހެއްގަ ލިބޭކަށް” ހަނާ ބުންޏެވެ. “އަދިވެސް ތިވާހަކައެއް ނުބުނަމެއްނު” ނިސާދު ފާޑަކަށް ބުނެލިއެވެ. ހަނާ ވާހަކަ ފެށީ ދުރުދުރުންނެވެ، ނަމަވެސް ނިސާދުއަށް އެކަމެއް ނޭންގުނެވެ. “ނިސާދު މިހާރު ތިއުޅޭގޮތް އަހަރެންނަކަށް […]
އިރުއޮށްސި އަދިރިވެގެން އައިރުވެސް ޒިޔާދު އޮތީ ހިޔާލެއްގައެވެ. ރަނގަޅު ގޮތެއް ހޯދަންބޭނުންވެ އެހެންނަމަވެސް ރަނގަޅު ގޮތެއް ނުފެނިފަވާ ކަމަކާމެދު ވިސްނުމުގައެވެ. ވަރުބަލިވެފަވާ މީހަކު ފުންނޭވާއެއްލާ އުސޫލުން ޒިޔާދު ފުންނޭވާއެއްލިއެވެ. ތެދެކެވެ. ހަގީގަތުގައިވެސް ޒިޔާދު ވަރަށް ވަރުބަލިވެއްޖެއެވެ. އެއްމެގާތް ރަހުމަތްތެރިޔާ އުޅެމުން އަންނަ ގޮތާމެދު ވިސްނާ ވިސްނާ ޒިޔާދު ވަރުބަލިވީ އިންތިހާއަށެވެ. ޔާޝް ނިންދަވަންވެގެން ހަނާ އޮތީ އޮށޯވެގެންނެވެ. އޭރުގަޑިން ހަތްގަޑިބައި ވެއްޖެއެވެ. ނިސާދު ފެންވަރާލިއިގެން އައިސް ރީތިވާން ލޯގަނޑު ކުރިމަތީ ހުއްޓެވެ. ނިސާދު އެކިގޮތްގޮތަށް […]