Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަގެއްނެތްލޯބި 26 ވަނަ ބައި

Xiroo Thihthi Level 210 Stories
September 22, 2017 9 Mins Read
41 Comments

ޒުހުރާ ހަނާ އަތުލަފި ކޮށްލައިގެން ތަންކޮޅަކަށް ދިޔަތަނާ ހަނާ ފަސްއެނބުރި ބަލާލީ ހައިރާން ކަމާއެކުއެވެ. އަދި ހަނާގެ ނަޒަރު ތަންކޮޅެއް ދުރުގައި ބަލަންހުރި ފިރިހެނަކަށް އަމާޒުވިއެވެ. ” މަންމާ! އެހެރީ ކާކުތަ؟ ” ދުރުގައިހުރި މީހާ ޒުހުރާއަށް ދައްކާލުމަށްފަހު ހަނާ ސުވާލު ކޮށްލިއެވެ. ” ދަރިފުޅަށް އެއީ ކާކުކަށް ނޭންގޭތަ؟ ” ޒުހުރާވެސް ކޮށްލީ ސުވާލެކެވެ. ” ކާކުކަމެއް ނޭންގޭ. އެކަމަކު ދަންނަ މީހެއް ވައްތަރު ޖަހާ ” ހަނާ ބުންޏެވެ. ” އެއީ ނަޒީލް ” ޒުހުރާ ބުންޏެވެ. ” ކޮން ނަޒީލެއްތަ؟ ” ހަނާ ސުވާލު ކޮށްލިއެވެ. ” އެއީ ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާ ޒިދުނާގެ ފިރިމީހާ ނަޒީލް ” ޒުހުރާ ބުންޏެވެ. ” ދެން ހިނގާ ގެއަށް ދާން. ޒިޔާދު އެހުރީ ޓެކްސީއެއް ނަގައިގެން ” ހަނާގެ އަތުގައި ހިފައިގެން ހިނގައި ގަންނަމުން ޒުހުރާ ބުންޏެވެ. އެއިރުވެސް ހަނާ ބަލަމުން ދިޔައީ ދުރުގައިހުރި ނަޒީލަށެވެ.

” ކިހިނެތް ވެފާތަ ހަނާއަށް އެހުރީ. އެއީ ކުރީގެ ހަނާއެއް ނޫން. ހާދަ ބޮޑަކަށް ބަދަލުވެފައޭ އެހުރީ. ބަލާބެލުމަށް ބަލިވައްތަރުވެސް ޖަހާ ” ދުރުގައިހުރި ނަޒީލް ހިތާހިތުން ކިޔަމުން ދިޔައެވެ. ހަނާ ގޮސް ޓެކްސީއަށް އެރުމުން ނަޒީލް ގެއަށް ދިއުމަށް ސައިކަލަށް އަރައި ދުއްވާލި އެވެ. ” ޒިދޫ … ” ނަޒީލް ގެއަށް ވަދެގެން ދަމުން ޒިދުނާއަށް ގޮވާލި އެވެ. ” ކިހިނެތް ވީ ނަޒީލް. އަހަރެން މިއުޅެނީ ބޭރުގަ ” ނަޒީލް ގޮވާލުމުން ޒިދުނާ ބުނެލިއެވެ. ” ހަނާ އަތުވެއްޖެ ” ނަޒީލް ބަދިގެ ފަރާތަށް ނިކުމެ ބުނެލި އެވެ. ” ކޮންއިރަކުތަ؟ ” ޒިދުނާއަށް ސުވާލު ކޮށްލެވުނެވެ. ” ހަމަ ދެންމެ އަކު އެއައީ. އެކަމަކު ބުނަން ޒިދޫ. ހަނާގެ ހާލަތު ރަނގަޅުހެނެއް އަހަރެންނަކަށް އެއްގޮތަކަށްވެސް ހިއެއް ނުވޭ ” ނަޒީލް ބުންޏެވެ. ” ތިބުނީ ކޮންގޮތަކަށް ކަންތައްތައް ރަނގަޅުނޫން ވާހަކައެއް؟ ” ނަޒީލް ބުނިއެއްޗެއް ސާފު ނުވުމުން ޒިދުނާ ސުވާލު ކޮށްލިއެވެ. ” މިބުނީ ހަނާ ވަރަށް ބަލިފާޑު ޖަހައޭ. ޒުހުރައްތަ ހަނާ ފެންނައިރަށް ރޯންވެސް ފެށި ” ނަޒީލް ބުންޏެވެ. ” ނިސާދު ފެންނަން ހުރިތަ؟ ” ޒިދުނާ ސުވާލު ކޮށްލިއެވެ. ” ނޫން. ނިސާދުއެއް ނެތް. ހީވަނީ ނިސާދު ނުވެސް އަންނަހެން. ހަނާއާ އެކު ޓަމިނަލްއިން ބޭރަށް ނިކުތީ ޒިޔާދާއި ސާނިޔާ ” ނަޒީލް ބުންޏެވެ. ” ތިހެންވިއްޔާ ކޮންމެވެސް ކަމެއް ގޯސްވެއްޖެ. ނިސާދާއި ވަކިން ޒިޔާ ހަނާ ގެންނާނީ ކޮންމެވެސް ބޮޑުކަމެއްވީމާ. ޙަބަރު ދަބަރު އޮޅުންފިލުވާލަން އެގެއަށް ދާންޖެހޭނީ ” ޒިދުނާ ވިސްނާލުމަށްފަހު ބުންޏެވެ.

” ދައްތާ ހަނާއަށް ރަނގަޅަށް ބަލާތި” ގެއަށް އާދެވުމުން ޒިޔާދު ޒުހުރާއަށް މުހާތަބްކޮށް ބުނުމުން ޒުހުރާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ” ދައްތަ އަންނާނަން ހަވީރުން. މާމަގެ ބަސްއަހައިގެން ރީތިކޮށް ހުންނާތި ” ޒުހުރާ ޔާޝް އުރާލުމުން ޔާޝްއަށް މުހާތަބްކޮށް ބުނުމަށްފަހު ޒިޔާދާއި ސާނިޔާ އެގެއިން ދިޔައެވެ.

ޒުހުރާ ހަނާ ކުރެން ކަންތައްވީ ގޮތާބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރެއެވެ. ސަބަބަކީ ކަންހިނގާ ދިޔަގޮތް ވަރަށް ތަފްސީލްކޮށް ޒިޔާދު ކިޔާދީފައި ވާތީއެވެ. ކޮންމެ ގޮތަކަށް ކަންތައްވެގެން ދިޔަކަމަށް ވިޔަސް ހަނާ އާއި ޔާޝް ޒުހުރާގެ ހިމާޔަތުގާވުމުން ޒުހުރާ ހުރީ ހިސާބަކަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް ދެލޯފަދައިން ބަލާބޮޑުކުރި ދަރިފުޅުގެ ދިރިއުޅުން ހަލާކުވެ ވީރާނާ ވުމުން އިންތިހާއަށް ޒުހުރާ ހިތާމަކުރިއެވެ.

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ހަނާ އޮތީ ކޮޓަރީ އެނދުގައި އޮށޯވެލައިގެންނެވެ. މެންދުރަށް އިރު ދޮންވެގެން އައިވަގުތުކަމުން ހަނާ ހޫނުވާތީ ބޭރަށް ނިކުތެވެ. އޭރު ޒުހުރާ ޔާޝްއަށް ކާންދޭން ބަނދިގެ ފަރާތު ޖޯލިފަތީގައި އިނެވެ. ” ކޮންތާކަށް ތިދަނީ ” ހަނާ ފެނުމުން ޒުހުރާ ސުވާލުކޮށްލިއެވެ. ” ހޫނުވާތި މިތާ އަތިރިއަށް މިދަނީ ” ހަނާ ބުނެލިއެވެ. ހަނާގެ އެޖަވާބުން ޒުހުރާ އެއްޗެއް ނުބުނުމުން ހަނާ މަޑުމަޑުން ހިނގާފަ ގޮސް އަތިރިއަށް ފޭބިއެވެ. ހިތްފަސޭހަ ފިނި ވައިރޯޅި ޖެހެމުންދިޔަ އަތިރިމަތީ ހުރި ގަހެއްގެހިޔަލުގާ ހަނާ އިށީދެލިއެވެ. އަދި ގަހުގާ ލެނގިލުމަށްފަހު ބޯ ގަހުގާ ޖައްސާ ލޯމަރާލިއެވެ. ޖެހެމުން ދިޔަ ހިތްގައިމު ވައިރޯޅި ތަކުންނާއި، މާހައުލުގެ ހަމަހިމޭންކަމުން މަޑުމަޑުން ހަނާ މާޒީގެ ތެރެއަށް ޤަރަގުވަމުން ދިޔައެވެ. ” އަހަރުމެން މިހާލޯބިން އުޅެފާ ވަކިވެއްޖެނަމަ ކިހިނެއް ހަދާނީ ” ހަނާ ނިސާދުގެ މޭގާ ލައްވެގެން ހުރެ ބުނެލިއެވެ. ” އިރާދުކުރެއްވިއްޔާ އަހަރެމެންގެ ނިމުން ޖެހެންދެން އުޅޭނީ އެކީގަ. ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރުމެން ދުރުނުކުރެވޭނެ ” ނިސާދުގެ ދެއަށް ހަނާގެ ގައިގާ ވަށާލަމުން ބުނެލިއެވެ. ” ހަނާ ” ނިސާދު ގޮވާލުމުން ހަނާ ސިހިފައި ހިޔާލީ ދުނިޔެއިން ހޭލެވުނެވެ. އަދި ވަށައިގެން ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވަގުތުން ހަނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އަދި ގިސްލާ ރޯންފެށިއެވެ. ނިސާދު ހަނާ އޭނާގެ ހަޔާތުން ބޭރުކޮށްލިފަހުން ހަނާގެ ހާލަކީ މިއީއެވެ. އެކަނި ވެއްޖެނަމަ ނިސާދު ގެ ހަނދާންތަކެވެ. ރަށަށް ބަދަލުވުމުން ވަކިން ބޮޑަށް ނިސާދުގެ ހަނދާން އާވަމުންދިޔައެވެ. ބަލާލި ކޮންމެ ދިމާއަކުން ނިސާދު ފެންނަން ހުންނަހެން ހަނާއަށް ހީވަމުން ދިޔައެވެ. ކަންމިހެން ހުރިއިރު ރަށުގައި އުޅުން އެންމެ ގާތް ރަހުމަތްތެރިޔާ ދުރުކޮށްލެވި ލޮލުން ވެއްޓެމުން ދިޔަ ވޭނީ ކަރުނަ ހަނާގެ ރަހުމަތްތެރިއަކަށް ވިއެވެ.

ހަވީރު ވަގުތެވެ. ހަނާ ހުރީ ގޯތީގެ އަތރިއާވީ ފަރާތުން ގޯތީގެ އިންފާރުގައި ލެނގިލައިގެންނެވެ. ހިޔާލެއްގައެވެ. އެހެންހުއްޓާ ހަނާ ސިހުނީ މީހަކު ހަނާގެ ކޮޑުގައި އަތްއަޅާލުމުންނެވެ. ހަނާ ފަސްއެނބުރި ބަލާލިއެވެ. ” ހަނާ ކިހިނެއްތަ؟ ” ޒިދުނާ ސުވާލުކޮށްލިއެވެ. އެވަގުތު ހަނާ ޒިދުނާގެ ގައިގާ އޮޅުލައިގަނެ ރޯންފެށުމުން ޒިދުނާ އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ. ނަމަވެސް ހަނާ ޖަވާބެއްނުދީ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ. ” ވެގެން އުޅޭގޮތެއް ބުނެބަލަ ހަނާ ” ޒިދުނާ ސުވާލުކޮށްލިއެވެ. އެކަމަކު ހަނާ މިއަދު ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ދުނިޔެއަށް ގިނަވެ، ދިރިއުޅުމުން މަހުރޫމްވެފާ ހުރި މީހަކު ދޭނެ ޖަވާބެއް، ބުނާނެ އެއްޗެއް ނުވަތަ ބުނެވޭނެ އެއްޗެއް އޮށްނާނެ ހެއްޔެވެ؟ ” ނިސާދު ކޮބާތަ؟ ” ޒިދުނާ ތިންވަނަ ސުވާލު ހަނާ އާއިކުރީ ޖަވާބު ލިބޭނެކަމަށެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އެހާހިސާބުން ޒިދުނާއަށް ކަންތައްތައް ގޯސްވެއްޖެކަން ކަށަވަރުވިއެވެ. ހަނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ހަނާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. އޭރުވެސް ހަނާ ޒިދުނާގެ ކޮޑުގައި ބޯއަޅައިގެން ހުއްޓެވެ. އެހެން ހުއްޓާ މަޑުމަޑުން ހަނާގެ ހަށިގަނޑުން ވަރުދޫވެގެން ބިމަށްތިރިވިއެވެ. ޒިދުނާއަށް ހަނާ ތިރިވެގެން ދިޔަވަގުތު ނުހިފޭންޓުނެވެ.

” ނަޒީލް ” ޒިދުނާ ބާރަށް ގޮވާލިއެވެ. އެވަގުތު ޒުހުރާ އާއި ވާހަކަ ދައްކަން ހުރި ނަޒީލްއަށް ބަލާލެވުނެވެ. ” އަވަހަށް އާދެބަލަ ” ޒިދުނާ ގޮވާލިއެވެ. ވަގުތަކީ ޒިޔާދާއި ސާނިޔާއަށް ވެސް ނަޒީލާއާއި އަރާ ހަމަވި ވަގުތެވެ. ދެމީހުން އެކުގައި ޒިދުނާ ގޮވާލުމުން ދިޔައެވެ. ފަހަތުން ސާނިޔާ އާއި ޒުހުރާ އައެވެ. ނަޒީލްގެ އެހީތެރިކަމާއެކު ޒިޔާދު ހަނާ ބިންމަތިން ނެގިއެވެ. ސާނިޔާ އެމްބިއުލާސްއަށް ގުޅައިގެން ގެނެސް ހަނާ ހޮސްޕިޓަލަށް ފޮނުވާލީ ޒިޔާދާއި ނަޒީލް އާއި އެކުއެވެ. ޒިދުނާ އާއި ސާނިޔާ އަދި ޒުހުރާ ކާރެއްގަ ހޮސްޕިޓަލަށް ދިޔައެވެ.

ޑޮކްޓަރ ހަނާ ބެލުމަށްފަހު ކަންތައްތަކާ މާބޮޑަށް ވިސްނަނީ ކަމަށް ބުންޏެވެ. ” ހަނާގެ ހިތުގެ މައްސަލަވެސް ވަރަށް ބޮޑަށް އެބަހުރި. ވީވަރަކުން ހަނާ އެކަނިވިޔަނުދީ ވޭތޯ ބަލާތި ” ޑޮކްޓަރ ތަންކޮޅެއް ދުރަށް ޒިޔާދު ގެންދިޔުމަށްފަހު ބުންޏެވެ. ޒިޔާދު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ނަމަވެސް ޒިޔާދު ކުރާނީ ކީއްހެއްޔެވެ؟ ނިސާދުގެ ސަބަބުން މިއަދު ހަނާ އެވަނީ އެތައްވޭނަކާ ހިތްދަތިކަމަކާ ކުރިމަތިލާން ޖެހިފައެވެ. އެކަނި މާއެކަނިއެވެ. އެހެންނަމަވެސް ހަނާގެ ހަށިގަނޑުގައި އެވޭނާ ހިތާމަތައް ބަރުދާސްތު ކުރާނެހާ ހިތްވަރެއް ނެތެވެ.

ހިތްދަތި ހާލުގާ ހަނާ ދުވަސްތައް ހޭދަކުރަމުން ދާއިރު ނިސާދު ދަނީ އުފާވެރި ކަމުގެ ދުވަސްތައް ހޭދަކުރަމުންނެވެ. އާކައިވެނީގެ ދުވަސްތައް ވެސްމެއެވެ. އެއްމެ ފަހުން ހަނާ އެޑްމިޓް ކުރިކަން ހަފްސާއަށް އެނގުމުން ހަފްސާ ހޮސްޕިޓަލަށް ދިޔައެވެ. ހަފްސާ ފެނުމުން ހަނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އަދި މޫނު އަނެއްފަރާތަށް އަނބުރާލީ އެވޭނުންފުރިގެންވާ ކަރުނަ ހަފްސާއަށް ނުދެއްކުމަށެވެ. ” ދަރިފުޅޭ ހަނާ ” ހަފްސާ ލޯތްބާއެކު ގޮވާލިއެވެ. އެވަގުތު ހަނާގެ ލޮލަށް ޖަމާވި ކަރުނަތައް ފައިބައިގަތެވެ. އަދި ހަފްސާއަށް ބަލާލިއެވެ. ހަނާގެ ދެލޯވަނީ ދުޅަވެފައެވެ. އެރީތި ހަށިގަނޑު ވަނީ ހިކި އަނަރޫފަވެފައެވެ. ހަފްސާއަށް ހަނާގެ ބޮލުންފެށިގެން ފަޔާހަމައަށް ބަލާލެވުނެވެ. ” ކިހިނެއްތަ މިހާރު. ކޮންއިރަކުތަ ރަށަށް އައީ. ކޮބާ ކުޑަމީހާ ” ހަފްސާ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ. އެވަގުތު ސާނިޔާ ހަފްސާގެ ކޮޑުގާ އަތްޖައްސާލުމުން ހަފްސާ ސާނިޔާއަށް ބަލާލުމުން ސާނިޔާ ބޮލުގެ އިސާރާތުން ދުރަށް ޖެހިލުމަށް އިސާރާތް ކޮށްލިއެވެ. ހަފްސާ ދުރަށް ގެންގޮސް ކަންވެފައިވާ ގޮތް ސާނިޔާ ކިޔާދިނެވެ. ހަފްސާ ފެނުމުން ހަނާ ކުޑަކޮށް ހިތްހަމަ ޖެހުނެވެ. ނަމަވެސް ދާއިމަކަށް ނޫނެވެ. ދިރި ހުރިހާ ހިނދަކު ދާއިމީ ހިތްހަމަ ޖެހުން ދެން ނުލިބޭނެކަން ހަނާއަށް އެނގެއެވެ.

ސާނިޔާގެ ވާހަކަ އަޑު އެހުމަށްފަހު ހަފްސާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަދި އެހާމެ ދެރަވެސް ވިއެވެ. އަމިއްލަ ދަރިފުޅު އުޅޭ ވިޔާނުދާ ގޮތް އެނގުމުންނެވެ. ” ދަރިފުޅު އެއްވެސް ކަމަކާ ދެރަވާނެ ކަމެއްނެތް. މަންމަ ހުރިހާ ކަމެއްވެސް ކޮށްދޭނަން ” ހަފްސާ ހަނާގެ ކައިރިއަށް ޖެހިލާފަ ހަނާގެ ބޮލުގާ ފިރުމާލަމުން ބުންޏެވެ. ހަފްސާ އެހެން ބުނި ކަމުގައި ވިޔަސް ހުރިހާ ކަމެއް ނުކޮށްދެވޭނެއެވެ. ގެއްލުނު އެއްޗެއް އަނބުރާ ނުހޯދޭނެއެވެ. ހަމަ އެގޮތަށް ހަނާގެ ކުރީގެ އުފާވެރި ދިރިއުޅުން ދެން އަނބުރާ އެއްވެސް މީހަކަށް ހޯދައެއް ނުދެވޭނެއެވެ. އެއުފާވެރިކަން ވަނީ އަބަދުގެ އަބަދަށް ގެއްލިފައެވެ.

ހަފްސާ ވަގުތުކޮޅެއް ހަނާގެ ގާތުގާ ހޭދަކޮށްލުމަށްފަހު ގެއަށް ދިޔަމަގުމަތީ ޒުހުރާގެ ގެއަށް ވަނެވެ. ޔާޝް ދެކިލުމަށެވެ. ޔާޝް އުރާލާ ލޯބިކޮށްލުމަށްފަހު ހަފްސާ ގެއަށްގޮސް ނިސާދުއަށް ގުޅިއެވެ. ” ކޮބާ ހަނާ ” ނިސާދު ހަލޯ އޭ ބުނުމުން ހަފްސާ ސުވާލުކޮށްލިއެވެ. ” އެބައުޅޭ ގޭތެރޭ. ކިހިނެއްވީ މަންމާ ” ޖެހިލުމެއްނެތި ނިސާދު ބުނެލިއެވެ. ” ގޮވާބަލަ ހަނާއަށް. އަހަރެން ހަނާއާ ވާހަކަ ދައްކަން ބޭނުން ” ހަފްސާ ރުޅިވެރި ރާގަކަށް ބުނެލިއެވެ. ހަފްސާގެ އެޖުމްލައިން ނިސާދު އާގަންނަން ފެށިއެވެ. ” ކިހިނެއްވީ މަންމާ ” އަނެއްކާވެސް ނިސާދު ސުވާލުކޮށްލިއެވެ. ” އަހަރެންނަށް ނިސާދު މަންމަ ނުކިޔާތި ” ނިސާދު ދޮގު ހަދާކަށް ކަށަވަރު ވުމުން ހަފްސާ ބުންޏެވެ. ” ކާކަށް އޮޅުވާލަންކަމަށް ތިއުޅެނީ. އަދި އެނބަ އަހައެއްނު ކިހިނެއްވިހޭ. ވެގެން އުޅޭގޮތެއް ހަމަ ނިސާދުއަށް ނޭންގޭތަ؟. ކިހިނެއް އުޅޭނަމޭ ހިތާތަ ތިއުޅެނީ. ކިޔަންމަންތެރި އަތްބަކު ލިބުނީމަވެސް އުޅޭކަށް ނޭންގުނެއްނު. އަދި ބުނެފިއެއްނު ހަނާ ގޭތެރޭ އެބައުޅެއޭ. ނިސާދުއަށް އެނގޭތަ ހަނާ އޮތްތަނެއް. އުޅޭހާލެއް. އަހަރެންގެ ދަރިއެއްކަމަކު އަހަރެން ހީނުކުރަން ނިސާދު ތިފާޑަށް އުޅެފާނެ ކަމަށް. ތިހެން ކަންތައްކޮށް ނިއްމާލިއިރު އެއްމެފަހަރަކުވެސް ޔާޝްއަށް ވާނެ ގޮތަކާމެދު ވިސްނާލިންތަ؟. ޔާޝް ބައްޕަގެ ލޯބިން މަހުރޫމް ވާނެ ވަރު އިހްސާސް ކުރެވުންތަ؟ ” ހަފްސާއަށް ރޮވޭގޮތްވިއެވެ. ނިސާދު އެއްވެސް އެއްޗެއް ނުބުނެ އަޑުއަހަން ހުއްޓެވެ. ހަފްސާއަށް ރޮވެން ފެށުމުން ފޯން ކަޑާލިއެވެ. ނިސާދުގެ އުޅުން ހުރީ ހަފްސާ ހީކުރިގޮތަށް ނޫންކަމުން ހަފްސާ ކޮޅުނެއްކޮޅަށް ހިތާމަ ކުރިއެވެ. އެއްވެސް މީހަކަށް ކުރެވޭނެ ކަމެއްނެތެވެ. މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. ހަނާ އެވަނީ ނިސާދުގެ ހަޔާތުން ބޭރުކޮށްލާފައެވެ. ދެން ދުވަހަކުވެސް އަނބުރާ ނުގެންނަ ގޮތަށެވެ.

” ކާކުތަ ގުޅީ” ހަސްމާ ނިސާދުކުރެން އަހާލިއެވެ. ” މަންމަ ގުޅީ ” ނިސާދު ބުންޏެވެ. ” ކީކޭ މަންމަ ބުނީ ” ހަސްމާ އެނދުގައި އޮށޯވެގެން އޮތުމަށްފަހު ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެނގިލަމުން އަހާލިއެވެ. ” މަންމަ އެހީ ހަނާ ކޮބާހޭ. ދެން އަހަރެން ބުނިން ގޭތެރޭ އެބައުޅެއޭ. އެހެން ބުނީމަ މަންމަ ރުޅިއައިސްގެން އެއްޗެހި ގޮވަންފެށީ. ޔަގީން ދައްތަ މަންމައަށް ހުރިހާ ވާހަކައެއް ކިޔާދިނީމަ މަންމަ އެހެން އަހަރެންނާ ވާހަކަ ދައްކާނީ ” ނިސާދު އައިސް އެނދުގައި އިށީންނަމުން ބުންޏެވެ. ” އަދިވެސް މަންމައަށް ރަނގަޅުވެގެން އެއުޅެނީ ހަނާދޯ ” ހަސްމާ ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. ” އެކަމާ ދެން އަޅާނުލާ. ދުވަސްކޮޅަކުން އެންމެން ވެސް ހަމައަކަށް އެޅިދާނެ ” ނިސާދު ހަނާގެ ވާހަކަ ދައްކަން ބޭނުންނުވާތީ ވާހަކަ ބަދަލުކޮށްލިއެވެ. ހަނާގެ ހަނދާން ވެސް ކުރަންބޭނުން ނުވާތީއެވެ.

އޭގެ އެއްދުވަސްފަހުން ހަނާ ގެއަށް ދޫކޮށްލި ދުވަހުގެ ހަވީރު ވަގުތެވެ. ހަނާ އޮތީ އޭނާގެ ކޮޓަރީ އެނދުގައި އޮށޯވެލައިގެންނެވެ. ކުއްލިއަކަށް ހަނާގެ ކޮޓަރީ ދޮރު ހުޅުވާލާފަ ޒިދުނާ ވަނެވެ. ފަހަތުން ޒިދުނާގެ ދެކުދިން ވެސް ވަނެވެ. ” ދަރިފުޅުމެން މިތާ ހަނާ ދައްތަ ކައިރީ އިށީދޭ ” ޒިދުނާގެ ދެދަރިންނަށް މުހާތަބުކޮށް ޒިދުނާ ބުންޏެވެ. ” މީ ޒިދޫގެ ތަ؟ ” ދެކުދިންނަށް އިސާރާތްކޮށް ހަނާ އަހާލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ޒިދުނާ ބޯޖަހާލިއެވެ. އެއަށްފަހު ހަނާގެ މަގަތުން އެނދުގައި އިށީނެވެ. ” ހަނާ ކީއްވެގެންތަ އެފަދަ މީހަކަށްޓަކާ ދިރިއުޅުން ހަލާކުގެ ތެރެއަށް ތިވައްޓާލަނީ. ނިސާދާއި މެދު ނުވިސްނާ ޔާޝްއާ މެދު ވިސްނާފަ ވެސް ދިރިއުޅެވޭތޯ ބަލާބަލަ. އެހެން ނޫނީ ތިކަމުގެ ހުރިހާވެސް ދެރައެއްލިބޭނީ އެކުޑަކުޑަ ޔާޝްއަށް. މިހާރުވެސް މަންމަ އަތުގަ ޔާޝް މަޑުނުވޭ. އެހާ ހަލަނި. މިއަދު މަންމަ އެވަނީ މުސްކުޅިވެފަ. މަންމައަށް ވެސް ހަނާގެ އެހީތެރިކަން ބޭނުންވި ވަގުތު އެމަންމަ އެވަނީ ހަނާގެ ހިދުމަތަށް ހުސްވެގެން. އަހަރެންގެ ވާހަކައެއް ގަބޫލްކުރަންޏާ ތިކަމުން ސަލާމަތްވެ ޔާޝްއަށްޓަކާ ދިރިއުޅެން މަސައްކަތްކުރޭ ” ޒިދުނާގެ އެނަސޭހަތް އަޑު އަހަމުން ދިޔައިރު ހަނާގެ ލޮލުން ހިފެހެއްތުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ.

” އަހަރެންވެސް ގަބޫލް ކުރަން ތިކަން ޒިދޫ. އެކަމަކު ޒިދޫއަށް ވެސް މިހެން ކައްތައް ދިމާވިނަމަ އެނގޭނީ ކުރެވޭ އިހުސާސާ، އެކަނި ވާނެވަރު. ނިސާދު ކީއްވެގެންތަ އަހަރެންނަށް މިފަދަ އަނިޔާއެއްދޭންވީ. ކޮބާ އަހަރެންގެ ކުށަކީ؟. އަހަރެން ތަކުރާރުކޮށް ނިސާދުކުރެން ސުވާލުކުރަމުން އައީ އަހަރެން ނިސާދުގެ ހަޔާތުން ބޭރުކުރާންވީ އަހަރެންނަށް ކޮށްކުށެއް ކުރެވިގެންތޯ. އެކަމަކު ނިސާދުއަށް އެކުށެއްވެސް ބުނެއެއް ނުދެވުންތާގަ، އަހަރެންގެ އެއްވެސް ސުވާލަކަށް އެކަށީގެންވާ ޖަވާބެއްވެސް ނުދެވުން ” ހަނާ ރޮމުން ވާހަކަ ދެއްކިއެވެ. ” އަބަދު ތިހެން އެކަނިވެފަ އޮތުމަށްވުރެ ރަނގަޅުވާނެ މީހުންގެ ތެރެއަށް ނިކުމެ އުޅުނަސް. އޭރުންވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެއްނު. މަސައްކަތް ކުރަންވީ އެހަނދާންތަކާ ދުރަށްދާން. މިހެން ބުނާއިރުވެސް އެނގޭ އެހަނދާންތަކާ ދުރަށް ދިޔުމަކީ އުދަގޫ ކަމެއްކަން. އެހެން ނަމަވެސް ނިސާދުގެ އެއަނިޔާވެރިކަމުގެ ސަޒާ ކުށެއްނެތް މައުސޫމް ޔާޝްއަށް ދޭން ހެޔޮވެސް ނުވާނެ ” ޒިދުނާ ހަނާއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. ޒިދުނާގެ ވާހަކަ ނިމުނުތަނާހެން ހަނާ ކެއްސަންފެށުމުން ހަނާ ގޮސްވަނީ ފާހާނާއަށެވެ. ފާހާނާއަށް ވަނުމަށްފަހު އަގަމަތީ އަޅާފަހުރި އަތް ހަނާ ނައްޓާލީ ފާހާނާގެ ދޮރު ކައިކޮށްލުމަށްފަހުއެވެ. އޭރު ހަނާގެ އަތުގާ ލޭ ހުއްޓެވެ. ހަމަ އެވަގުތު އަނެއްކާވެސް ހަނާ ކެއްސާފަ އޯކަށްދެމެން ފެށުމުން ޒިދުނާ އައިސް ފާހާނާގެ ދޮރު ހުޅުވާލިއެވެ. އޭރު ހަނާ އޮތީ ފާހާނާ ތައްޓާ ދިމާލަށް ގުދުވެގެންނެވެ. ޒިދުނާ ފާހާނާއަށް ވަނުމުން ހަނާ ޒިދުނާއަށް ބަލާލިއެވެ. އެވަގުތު ޒިދުނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހަނާގެ އަގަމަތީ އުނގުޅިފަ ހުރި ލޭތައް ހަނާ އަތުން ފޮހެލުމުން ޒިދުނާ މޫނު ދޮންނަ ތަށީގެ އިސްކުރު ދޫކޮސްލިއެވެ. އެއަށްފަހު ޒިދުނާ ފާހާނާ ތަށީގައި ހުރި ލޭތައް ފުލެސްކޮށްލާ ތަށި ސާފުކޮށްލިއެވެ.

” ކިހިނެއްވެގެންތަ ލޭ އަންނަނީ ” ހަނާ ފާހާނާއިން ނިކުމެގެން އައިސް އެނދުގައި އޮށޯތުމުން ޒިދުނާ ސުވާލުކޮށްލިއެވެ. ” ނޭންގެ. އެކަމަކު ޒިދޫ މިވާހަކަ އެއްވެސް މީހެއްގެ ގާތުގަ ނުބުނާތި. އަހަރެން ބޭނުމެއް ނޫން މަންމައަށް މިކަން އެނގިގެން މަންމަ ދެރަވާކަށް. ޕްލީޒް ނުބުނާތީ ” ހަނާ އާދޭސް ކުރަން ފެށުމުން ހިތާ ދެކޮޅަށް ޒިދުނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އޭރު ޒިދުނާގެ ލޯވަނީ ފެންކަޅި ވެފައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެންމެ ގާތް ރަހުމަތްތެރިޔާގެ ދިރިއުޅުން ހަލާކުވެގެން އެދަނީ ކުރިމަތީއެވެ. ކުރެވޭނެ މާބޮޑު ކަމެއްނެތިއެވެ.

ދުވަސްތައް މިހެން ފާއިތުވަމުން ދެއެވެ. ހަނާގެ ހާލަތަކަށް ބަދަލެއް ނާދެއެވެ. ދުވަހެއް ދުވަހަކަށް ހާލަތު ގޯސްވަމުން ދިޔައެވެ. ރަނގަޅަށް ނުކެވޭތި ހަށިގަނޑު ހިކިއަނަރޫފަވަމުން ދިޔައެވެ. އެރީތި ދެލޯ ވަޅުވަންނަމުން ދިޔައެވެ. ދިރިއުޅުންމަތިން ފޫހިވެގެން ދިޔުމުގެ ސަބަބުން އެކަމުގެ ހިތިއަސަރު ކުރަމުން ކުރަމުންދިޔައީ ޔާޝް އަށެވެ.

ހަނާ ރަށަށް ގެނައިފަހުން ފާއިތުވެދިޔަ ދެމަސްދުވަސްތެރޭ ނިސާދުގެ އެއްވެސް ޙަބަރެއް ނުވެއެވެ. ހަނާގެ ހާލުބަލާލަން ނުގުޅާތާގަ ޔާޝްގެ ހާލުބަލާލާކަށް ވެސް ނުގުޅައެވެ. ނިސާދުއަށް އޭނާޔާ ގުޅުންހުރިބަޔަކު ތިބިހެންވެސް ހީނުވެއެވެ. ނިސާދުގެ އެވިޔާނުދާ އުޅުމުގެ ސަބަބުން ހަފްސާ ނިސާދާ ވާހަކަދެއްކުން ވެސް ހުއްޓާލިއެވެ.

ނިސާދުގެ ދެވަނަ ކައިވެންޏަށް ހަތްމަސް ވެގެން އައި އިރު މަދުމަދުން މައްސަލަ ޖެހެމުން ދިޔައެވެ. ނިސާދު ގެއަށް ކާންއަންނައިރު ކައްކާފަ ނެތުމާއި ހަސްމާ ގިނައިރު ފޯންގައޮތުން އާދައަކަށްވިއެވެ. ނިސާދުއަށް ކުޑަކޮށް ޝައްކުވެސްވިއެވެ. ނަމަވެސް ހަސްމާގެ މޮޅުރޭވުމުގެ ސަބަބުން ނިސާދުގެ ލޮލުގާ އަނދުން އަޅުވާއެކަން ފޮރުވާލައެވެ.

” އަހަރެން މިއަދު އޮފީސްކަމެއްގަ މާލެއިން ބޭރަށްދާންޖެހޭ. ހީވަނީ މާލެއާދެވޭނީ މިރޭހެން. ހަސް ކައިގެން ހުންނާތި ” ނިސާދު އޮފީހަށްދާން ގެއިން ނިކުންނަމުން ހަސްމާގެ ގާތުގައި ބުނެލުމަށްފަހު ގެއިން ނިކުމެގެން ދިޔައެވެ. ހަސްމާ އާއި ކައިވެނި ކުރުމަށްފަހު ނިސާދު ކުރިން ވަޒީފާ އަދާކުރަމުން ދިޔަ އޮފީހުން ވަކިވެގެން ސަރުކާރުގެ އެހެން އޮފީހަކަށް ބަދަލުވިއެވެ. ހަސްމާ އޭރުވެސް އުޅުން އޮފީހުގަ މަސައްކަތް ކުރަމުން ދިޔައެވެ. ބައެއް ދުވަސް ދުވަހު ނިސާދު އޮފީހަށް ދިޔުމުން ހަސްމާ އޮފީހަށް ނުގޮސް ބަލިވެފައޭ ކިޔާފައި ގޭގަ މަޑުކުރެއެވެ. ނިސާދު އެކަން މާބޮޑުކަމަކަށް ނުހަދައެވެ. މިއަދުވެސް ނިސާދު އޮފީހަށް ދާން ގެއިން ނިކުތުމުން ހަސްމާ އޮފީހަށް ގުޅާފަ ބަލިވާހަކަ ބުންޏެވެ. އެއަށްފަހު އެހެން މީހަކާވެސް ހަސްމާ ފޯނުން ވާހަކަ ދެއްކުމަށްފަހު ކޮޓަރިއަށް ވަނެވެ.

ހަފްތާއެއް ފަހެވެ. އެއްދުވަހަކު ޒުހުރާއަށް ހަނާ ނުފެނިގެން ހޯދަންފެށިއެވެ. ޒުހުރާ ބެލި އެއްވެސް ތަނަކުން ހަނާގެ ހިލަމެއް ނުވުމުން ޒުހުރާ ވަރަށް ކަންބޮޑުވިއެވެ. ޒުހުރާއަށް ހަނާ ނުފެނުމުން އަވަސް އަވަހަށް ޒިޔާދުއަށް ގުޅާފަ ބުންޏެވެ. ” ދައްތައަށް އެންމެފަހުން ހަނާ ފެނުނީ ކޮށްއިރަކުތަ؟ ” ޒިޔާދު އަހާލިއެވެ. ” ދައްތަ ޔާޝްއަށް ކާންދީ ފެންވަރުވާލައިގެން ތޭރެރެއަށް ވަތްއިރު ކޮޓަރީ އެނދުގައި ހަނާ އޮށޯވެލައިގެން އޮތް. ހަނާ ކޮޓަރީގައި އޮތުމުން ދައްތަ ޔާޝް ނިންދަވާލަންވެގެން އުޅުނީ. އޭގެފަހުން ހަނާއެއް ނުދެކެން. ކޮޓަރީގައި އޮތުމުން ފަހުން ބަލާވެސް ނުލަން. ޒިޔާދުއަށް އެނގޭނު މިހާރު ހަނާ އެއްވެސް ތާކަށް ނުދާކަން ” ޒުހުރާ ކަންތައްވީގޮތް ކިޔާދިނެވެ. ” ކޮންތާކަށްބާ ހަނާ އެދިޔައީ ” ޒިޔާދު ބުނެލިއެވެ. ” އެހެންވީމާ ދައްތަދޭ ގެއަށް. އަހަރެން ޕޮލިހަށް ގޮސް ރިޕޯޓް ކުރާނަން. އެއަށްފަހު ކައުންސިލް އިދާރާއަށް ދާނަން ” ޒިޔާދު މިހެން ބުނުމުން ޒުހުރާ ގެއަށް ދިޔުމަށް ހިނގައިގަތެވެ.

ޒިޔާދު ޕޮލިސްޓޭޝަނަށް ގޮސް ހަނާ ނުފެނިގެން އުޅޭކަމަށް ރިޕޯޓް ކުރިއެވެ. އަދި ކައުންސިލް އިރާދާއަށް ގޮސް އެވާހަކަ ކައުންސިލާ ހިއްސާކުރުމުން ހަނާ ގެއްލިގެން އުޅޭ ވާހަކަ އަޑުގަދަކުރާއިން ގޮވަންފެށިއެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި މުޅި އަވަށަށް ހަނާ ގެއްލިގެން އުޅޭ ހަބަރު ފެތުރިގެން ދިޔައެވެ.

އިރުއޮށްސެން ދިޔައިރު ވެސް އަވަށުގެ އެއްވެސް މީހަކަށް ހަނާ ފެނުނުކަމަކަށް ނުވެއެވެ. އަދި ހޯދަމުން ދިޔަ އެއްވެސް ތަނަކުން ހަނާގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. ހަނާ ކުއްލި ގޮތަކަށް ގެއްލުމުން ޒުހުރާގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެގެން ދިޔައެވެ.

އެއްވެސް ތަނަކުން ހަނާ ނުފެނުމުން ޒިޔާދުގެ މިސްރާބް ތުޑިއަށްޖެހިއެވެ. ޒިޔާދުއަށް ތުޑިއަށް އާދެވުންއިރު ހުރީ ވަރުބަލިވެގެން ހަލާކުވާވަރު ވެފައެވެ. ނަމަވެސް ޒިޔާދު ހަނާ ހޯދުމަށް ކެއްމަދުވެފާ ހުރުމުން އަވަސް ފިޔަވަޅުތަކެއް އަޅަމުން އަތިރިއަށް ފޭބިއެވެ. އަދި ދެކޮޅުބަލާލިއެވެ. އެވަގުތު ޒިޔާދުގެ ލޮލުގާ އަޅައިގަތީ ދިހަވަރަކަށް ފޫޓް ދުރުގައި ހުރި ގަހެއްގެ ބުޑުގައި ލެނގިލާ، ދެފައި ދަމާލއިގެންއިން ހަނާ އެވެ. ޒިޔާދުއަށް ހަނާ ފެނުމުން ދުވެފަ ހަނާގެ ގާތަށް ދިޔައެވެ. ހަނާގެ ދެލޯވަނީ މެރިފައެވެ. ދެއަތްވަނީ ގައިކައިރިއަށް ތިރިވެފައެވެ. މޫނު އެއްފަރާތަށް އަރިވެފާ އިނުމުން ޒިޔާދު ހަނާގެ ކައިރީ އިށީދެ ހަނާގެ ކޮޑުގާ އަތްޖައްސާލުމަށްފަހު ހަނާއަށް ގޮވާލިއެވެ. އެވަގުތު ހަނާ އެއްވެސް ހަރަކާތެއްނެތި އަރިއަކަށް ވެއްޓުނެވެ. ހަނާ ވެއްޓިގެން ދިޔަވަގުތު ހަނާގެ އަނގައިން އައިސްފަހުރި ލޭ ހަނާގެ މޫނު އަރިވެފަހުރި ފަރާތުން ޒިޔާދުއަށް ފެނުނެވެ. ހަމަ އެވަގުތު ހަނާގެ އަތުގައި އޮތް ކަރުދާސް ގަނޑެއްވެސް ޒިޔާދުއަށް ފެނުނެވެ.

ވަގުތަކީ ޕޮލިހުންނާއި އަވަށުގެ ގިނަ ރައްޔިތުން އަތިރިއަށް ފޭބި ވަގުތެވެ. ޒިޔާދު ލޮލަށް ޖަމާވި ކަރުނަތައް ފޮހެލަމުން ހަނާގެ އަތުގާ އޮތް ކަރުދާސްގަނޑު ނަގާ ޖިންސްގެ ޖީބަށްލުމަށްފަހު ފަސްއެނބުރިބަލާލިއެވެ. އޭރު ޕޮލިހުން އެދިމާއަށް އާދެއެވެ. އެމީހުންގެ ތެރޭގައި ޒުހުރާވެސް ހުއްޓެވެ. ” ދަރިފުޅާ ހަނާ ” ވެއްޓިފަ އޮތް ހަނާ ފެނުމުން ޒުހުރާއަށް ގޮވާލެވުނެވެ. އަދި އަޑުން އަޑުނަގާ ރޯންފެށިއެވެ. ޒުހުރާ މަސައްކަތްކުރަމުން ދިޔައީ ހަނާގެ ގާތަށް ދާށެވެ. ނަމަވެސް ސާނިޔާ ޒުހުރާ އެތަނުން ދުރައްގެންދިޔައެވެ. ޒިދުނާ ޔާޝް އުރާލައިގެން ވެއްޓިފައޮތް ހަނާއަށް އަސަރުން ފުރިގެންވާ ގޮތަކަށް ބަލަން ހުއްޓެވެ. ޕޮލިހުން އެތަނަށް އައި ރައްޔިތުން ދުރަށް ޖެއްސުމަށްފަހު ހަނާ ހޮސްޕިޓަލަށް ގެންދިޔުމަށް އަވަސްވެގަތެވެ. ޑޮކްޓަރ ހަނާ ބެލުމަށްފަހު ހަނާގެ ފުރާނަ ނެތްކަމަށް ބުންޏެވެ. ” ކުރިންވެސް ބުނިން ހަނާ އެކަނިވިޔަ ނުދީ ގެންގުޅެން. އެހެން ނޫނީ ހަނާގެ ފުރާނައަށް ނުރައްކާވެދާނެއޭ. ހިތުގެ މައްސަލަވެސް ހުރި. ހަނާ މަރުވެފަ އެވަނީ ހިތް ހުއްޓިގެން ” ޑޮކްޓަރ ބުންޏެވެ. ޑޮކްޓަރގެ ވާހަކަތައް އަޑު އެހުމަށްފަހު ވެސް ޕޮލިހުން ހަނާގެ ހަށިގަނޑު ބަލަންފެށިއެވެ. އެއްވެސް އަނިޔާއެއްވެފަ ހުރިތޯއެވެ. ނަމަވެސް ހަނާގެ ހަށިގަނޑުން އަނިޔާގެ އެއްވެސް ނިސާނެއް ނުފެނުމުން ހަނާގެ ހަށިގަނޑު އާއިލާ އާއި ހަވާލުކުރިއެވެ.

ހަނާގެ ފުރާނެތް މަސްގަނޑު ފެނުމުން ޒުހުރާ ހޭނެތިގެން ވެއްޓުނެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ފުރާނަނެތް މަސްގަޑު ބަލަން މައިލަގޮދިއަށް ކެއްނުވިއެވެ. ހަނާގެ ކަށުކަމާކެމީގެ ކަންތަކުގާ ހެޔޮއެދޭ އެންމެން ޝާމިލްވިއެވެ. ހެޔޮހިތުންނެވެ.

ހަނާގެ ނަން އަބަދުގެ އަބަދަށް މިދުނިޔޭން ފޮހެވިގެން ދިޔައީއެވެ. ދުވަހަކުވެސް އެނަން އާނުވާނެ ގޮތަށެވެ. މިއަދު ހަނާގެ ހަނދާނެއްގެ ގޮތުން ދުނިޔޭގަ ހުރީ ޔާޝްއެވެ. ނަމަވެސް ކުޑަކުޑަ ޔާޝްއަށް ލިބުން ހިތާމަ ބަޔާންކުރަން ވެސް ދައްޗެވެ. ރަނގަޅު ގޮތާއި ނުބައިގޮތް ވަކިނުވާ އުމުރުގައި ޔާޝް އެވަނީ މައިންބަފައިންގެ ލޯބިން މަހުރޫމްވެފައެވެ. މުޅިދުޔެއަށް ގިނަވެ ބާކީވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

އީލާމް-05

Next

އަބަދުގެ އަބަދަށް (ސަތާރަވަނަ ބައި)

Next
September 22, 2017

އަބަދުގެ އަބަދަށް (ސަތާރަވަނަ ބައި)

Previews
September 22, 2017

އީލާމް-05

41 Comments!

  1. TCgirl says:
    September 22, 2017 at 11:52 am

    Ehves ehcheh nufene alhugadakah. Square thakeh fennani?

  2. Im says:
    September 22, 2017 at 12:07 pm

    Adhi nisaadhu ah yaash fennaane… Hehe

  3. Anonymous says:
    September 22, 2017 at 12:08 pm

    mi liumeh nufeney

  4. Naa says:
    September 22, 2017 at 12:15 pm

    Me hah vess nufeney

  5. cherry says:
    September 22, 2017 at 12:16 pm

    Me 2 ah nufeney ????

  6. Me says:
    September 22, 2017 at 12:24 pm

    Hey readers.. here is a poll for u guys. Just keep voting for your favourite villain..
    1)Afeefa: Edhemey ufaa
    2)Raamiz: vindhu loabin jehi hitheggaa
    3)Irufaan: 2:30
    4)Feeroaza: 2:30
    5)Shaiba: milku kohly hithey
    6)Zeeazan: kakuni
    7)Saeedha; hih eky dhevijjey
    8)Inaaza: loabin annashey kala
    9)Ruaa: Edhemey Kalaayaa gaathuga vumah
    10)Zivan:Hithuge milkuveriya
    11)Meleesa: Dhurugai viyas
    12)Zubair: Vanhanaa
    13) Aamil; loa merey hidhu hyvey gaathugaa vaahen

    Guys. I just made this poll with no specific intentions. I just wanted you guys to share ur opinion about these characters. These are the villains i found the best. If u have any to add please do. Enjoy!

    1. TCgirl says:
      September 22, 2017 at 12:33 pm

      for me all are superb. Ekam first dheynee saeedhaa ah.

    2. Kanbulo says:
      September 22, 2017 at 1:18 pm

      Mifenna goi hadhaan dheyn vejjen evves ehchennufeney maarangalhu mihen nunerunas

    3. Adha? says:
      September 22, 2017 at 1:39 pm

      Xivan, ruaa, ramix

    4. Request says:
      September 22, 2017 at 1:59 pm

      Loabin annaashey kalaa e vaahaka akee kaaku ge vaahaka eh tho?? Pls konmeves reader eh reply kolla dhinun edhen

    5. Chum handi says:
      September 22, 2017 at 2:23 pm

      Afeefa

    6. Aishaa says:
      September 22, 2017 at 5:13 pm

      Zubair

    7. Mode says:
      September 22, 2017 at 7:38 pm

      Loabin annaashe kalaa akee Rau ge storye

  7. Saakko says:
    September 22, 2017 at 12:25 pm

    Me ah ves nufene

  8. mishee says:
    September 22, 2017 at 12:29 pm

    nufeney

  9. Aki says:
    September 22, 2017 at 12:37 pm

    v reethi mi part ves next part avahah up kohla dheebaa pls pls

  10. Maahy says:
    September 22, 2017 at 12:49 pm

    Nufeney ehves ehcheh

  11. Thuhtha says:
    September 22, 2017 at 1:41 pm

    Alun fennagothah hadhaa dheela heonuvaane thihen dherakuraa kah ????

  12. Ram says:
    September 22, 2017 at 1:50 pm

    Alheyy dhoonyaa… nufene.. alun mibai upkohdheyn v nu dear.. gina readers akah nufeneyy… alhugadah vx.. ehnve upkohdhybala igeyy.. v kiyaa hithun mithiby emmen vx..

  13. Rish says:
    September 22, 2017 at 1:53 pm

    Asluves me ah ves nufeney

  14. Rau says:
    September 22, 2017 at 1:54 pm

    Nufeney ekehcheh vs plx up kohdhybala ..

  15. Ren says:
    September 22, 2017 at 1:57 pm

    Nufeney..

  16. shal says:
    September 22, 2017 at 2:02 pm

    me ahves nufeney… alun up kohladhybala… please

  17. reader says:
    September 22, 2017 at 2:06 pm

    E nimunytha?

  18. reader says:
    September 22, 2017 at 2:10 pm

    Hanaa maru v. I am. able to read. Ekam font thafaathu

  19. Reet says:
    September 22, 2017 at 2:18 pm

    Alhe nufeny hith thalhuvaneetha

  20. Iz says:
    September 22, 2017 at 2:22 pm

    Nufeney

  21. MF says:
    September 22, 2017 at 2:29 pm

    I cant see anything from this… dear writer plx make it correct…

    1. Admin says:
      September 22, 2017 at 3:16 pm

      this was an issue of esfiya.com. we have fixed the issue.

    2. Mee says:
      September 22, 2017 at 3:43 pm

      Admin fix kollias nufeney adhi ves..???

    3. Admin says:
      September 22, 2017 at 4:08 pm

      can u check now.. i have made some more changes.. also if there is still issue. please call me on 7997991

  22. Sanu says:
    September 22, 2017 at 2:47 pm

    Alhay fenna goii hadhaa dhybar plx

  23. ainth says:
    September 22, 2017 at 2:54 pm

    nufene pls up kohdhybala mi part Alun

  24. khajja says:
    September 22, 2017 at 3:51 pm

    Alhey koanchetha thihedhy? Keevve font badhalukury phone thakah nufeney thi fontun lyma plx font badhalukoh rangalhukolla dhybala plx v v wait in plx???

  25. bull says:
    September 22, 2017 at 4:24 pm

    Wow…hama super ingey..kon iraku next part kiyaalan libeynee

  26. xaaal says:
    September 22, 2017 at 4:48 pm

    Irufan

  27. Ram says:
    September 22, 2017 at 5:14 pm

    Awwwn salhi… hana dww.. so sad.. ?

  28. Anonymous says:
    September 22, 2017 at 7:01 pm

    27 vana bai kiyalan beynun v avaha

  29. Reet says:
    September 22, 2017 at 7:24 pm

    V Salhi next part please avahah fonuvaadheebala

  30. ?shi? says:
    September 22, 2017 at 8:39 pm

    v Reethi mi part ves … vaahaka nimeney tha mi….

  31. reader says:
    September 23, 2017 at 10:20 am

    Eyruves mihaaruves Mashah fenunu. Ma ves phone beynun kurany

Comments are closed.

Next Episodeއަގެއްނެތްލޯބި 21 ވަނަ ބައި←


All Right Reserved!