ނިސާދު ކައިގެން ކޮޓަރިއަށް ދިޔައެވެ. އެތެރެއަށްވަދެ ދޮރުލައްޕާލިއަޑަށް ހަނާއަށް ހޭލެވުނެވެ. “ކޮންތާކުންތި އައީ” ލޯއުގުޅަމުން ހަނާ އަހާލިއެވެ. “ޒިޔާމެންގޭގަ އިންދާ އޮފީހުން ގުޅީމަ އޮފީހުގަ އުޅެފަމިއައީ” އެނދުގައި އިށީންނަމުން ނިސާދު ބުނެލިއެވެ. ” ކައިފިންތަ” ހަނާ އަހާލިއެވެ.” އާނ. މިއައީ ކައިގެން. ހަނާ ކައިފިންތަ” ނިސާދުވެސް ކޮށްލީ ސުވާލެކެވެ.” އަހަރެންނާ މަންމައާ އެއްކޮށްކެއީ” ހަނާ ބުނެލިއެވެ. ” އެހެންވިޔާ ތިނިމުނީ. އަހަރެންނެތަސް ހަނާ ކައިގެން ހުންނާތި. މިހާރު ހަނާޖެހޭނެ ދެމީހުންނަށް ވާވަރަށްކާން” ހަނާގެ ނޭފަތުގާ ނިސާދު އިގިލިން […]
އެނދުން ބޭރަށް އެލިފައިވާ ރީސާގެ އަތް ހަށަމަށް ނަގަމުން އިބުރާހިމްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. މިމަންޒަރު ބަލަންހުރި ހައްވައަށް ކޮޅަކަށް ނުހުރެވުނެވެ. ރުކެއްކަނޑާ ވައްޓާލިހެން ހައްވަ ބިއްމަށްޗަށް ވެއްޓުނެވެ. ރީސާގެ ހަގައް ތިބި ހަމްނާ އާއި ނަޒީލްގެ ހާލަކީވެސް މިއީއެވެ. ކެއްތެރިކަމާއެކު ދެފައިމައްޗަށް ކޮޅަށް ހުރީ އިބުރާހިމް އެކަންޏެވެ. ރީސާއަށް ބަލާލި ކޮންމެ މީހަކުވެސް އަސަރު ކުރާނެއެވެ. އޭނާ ވަނީ ލެއިންތަތް ވެފައެވެ. ސިފަ ނޭންގޭވަރަށް ވަނީ މޫނުގައި ލޭއުގުޅިފައެވެ. މީހުންގެ ތުންތުން މަތިން […]
ކައިވެނިކޮށް ނިމުނު ވަގުތު ހީވީ އެތަނަށް ކަރުދާހުގެ ތޫފާނެއް އައިހެންނެވެ. ކަރުދާސްތައް ފައިބައިގަތް ވަގުތު އެތަނުގައިވާ އެއްމެންނަށް މައްޗަށް ބަލާލެވުނެވެ. ކުދިކުދިކޮށްފަހުރި ކަރުދާސް ކޮޅުތައް މުޅިގޭތެރޭ އެކީއެކަށް އޮތެވެ. ޒިޔާދުއާ ނިސާދުގެ ބައެއް ރައްޓެހިން މަތީގައި ތިއްބެވެ. ނިސާދު ހީލުމުން ޒިޔާދު އަވަސް ފިޔަވަޅުތަކެއް އަޅަމުން ސިޑިން ފައިބައިގެން އައިސް ނިސާދުގެ ގައިގާ ބައްދާލިއެވެ. އުފަލުންނެވެ. “ޒިޔާ މީ ކޮންކަމެއްތަ؟ހާދަ ކަރުދާހެއް..” ވަށައިގެން ބަލާލަމުން ނިސާދު ސުވާލުކޮށްލިއެވެ. “މީ އަހަރެންގެ ކަމެއް. މިކަރުދާސް އަޅަށް މިގޮތަށް ރޭވީވެސް […]
“އަހަރެންނަށް މާފުކުރޭ!” މިހެންބުނެ ނިސާދުގެ ގައިގާ ހަނާ ބައްދާލިއެވެ. އެވަގުތު ނިސާދުގެ ދެއަތް ހަނާގެ ގައިގާ ވަށާލީ ދުވަހަކުވެސް ވަކިނުވާނަމޭ ބުނާފަދަ ގޮތަކަށެވެ. ހަނާ ނިސާދުގެ މޭގެތެރޭ ފޮރުވެން އުޅުންކަހަލައެވެ. ކުޑަކުއްޖެއް ފަދައިން ހަނާ ގިސްލަ ގިސްލާފަ ރޮމުންދިޔައެވެ. “އަހަރެން އަބަދުވެސް ހަނާއަށް މާފްކުރާނަން. އެހެންނޫނަސް ހަނާ މާފަށް އެދޭވަރުގެ ކަމެއް ނުވެއެއްނު. “ހަނާގެ ހިތްހަމަ ޖައްސާދިނުމުގެ ގޮތުން ނިސާދު ބުންޏެވެ. “ނޫން ނިސާދު… އަހަރެންނަށް ކުށެއް ކުރެވިއްޖެ. ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ. ކަމުގެ ހަގީގަތް […]
މިއަދަކީ ހަނާއާ ނިސާދުގެ ގުޅުމަށް 3 މަސް ހަމަވި އުފާވެރި ދުވަހެވެ. 3 މަސް ހަމަވެގެން ދިޔައިރުވެސް ދެމީހުންގެ މި ސިއްރު ގުޅުމަކަށް ބަދަލެއްނާދެއެވެ. ދުވަހެއް ދުވަހަކަށް ދެމީހުންގެ ގުޅުން ބަދަހިވަމުން، ލޯބީގެ އާކުރިތައް ފަޅަމުން ދިޔައެވެ. އޭގެހަފުތާއެއް ފަހެވެ. ހަނާ ބޭރުން އައިސް ގޭތެރެއަށް ވަނުމާއެކު ޒުހުރާ ގޮވާލިއެވެ. “ދަރިފުޅޭ ހަނާ..! މަންމަ ކައިރީ މިތާ އިށީދެބަލަ. މަންމަ ވާހަކައެއް އަހާލަންވެފަ އެބައޮތް.” ހަނާ މަޑުހިގުމެއްގަ އައިސް ޒުުހުރާގެ ކައިރީ އުދޯލީގައި އިށީނެވެ. “ކޮށް ވާހަކަ […]
ފަަތިސްނަމާދުގެ ބަންގީގެ އަޑަށް ހަނާއަށް ހޭލެވުނެވެ. ތެދުވެ ނަމާދުކޮށްލައިގެން ހަނާ ކޮޓަރިން ބޭރަށް ނިކުތެވެ. ޒުހުރާ ފެންނަށް ނެތުމުން ހަނާ ޒުހުރާގެ ކޮޓަރީ ދޮރުހުޅުވާލިއެވެ. ޒުހުރާ އިނީ ޤުރުޣާން ކިޔަވާށެވެ. ކިޔަވަން އިދެފަ ޒުހުރާ ހަނާއާދިމާއަށް ބަލާލުމުން ހިނިތުން ވެލުމަށްފަހު ހަނާ ދޮރުލައްޕާލިއެވެ. ހިގައިގަންނަމުން ހަނާގެ ދިގު ފަން އިސްތަށިގަނޑުން ހުޅިއެއް ޖަހާލިއެވެ. ދެން ހަނާ އިލޮށިފަތި ހިފައިގެން މަގުމައްޗަށް ނިކުމެ ކުނިކަހަންފެށިއެވެ. ހަނާ ބޭނުންވީ އޮފީހަށް ދިއުމުގެ ކުރިން ގޭތެރޭ ކުރަންހުރި ކުދިކުދި ކަންތައްކޮށްލާށެވެ. ޒުހުރާވެސް […]
ދުވަހަކީ ހުކުރު ދުވަސްކަމުން ހަނާ ފަތިސްނަމާދު ކޮށްލައިގެން އައިސްވަނީ ބަދިގެއަށެވެ. ހަނާ އޮފީހަށް ދާދުވަސް ދުވަހު ބަދިގޭގަ އުޅެނީ ޒުހުރާއެވެ. ބަންދު ދުވަހެއް ކަމުން ޒުހުރާވެސް ނަމާދު ކޮށްލައިގެން އޮށޯވެލައިގެން އޮތީއެވެ. ހަނާ ބަދިގެއަށްވަދެ އެއްމެ ފުރަތަމަވެސް ރޮށިފިހެ ނިއްމާލިއެވެ. ގޭގައި މާގިނަމީހުން ނޫޅޭކަމުން ކާން އެހާ ގިނަ އެއްޗެއް ހަދާކަށް ނުޖެހެއެވެ. ލައިގެންކާނެ އެއްޗެއް ހުރުމުން އިތުރު އެއްޗެއް ހަދާކަށް ހަނާ ބޭނުމެއްނުވިއެވެ. ހެނދުނުގެ ސައި ތައްޔާރު ކުރުމައްފަހު ހަނާގޮސް ޒުހުރާއަށް ގޮވިއެވެ. ދެމައިން އެކުގަ […]
އުޑުމަތި ސާފު ނަލަ ދުވަހެކެވެ. ކަނޑުމަޑެވެ. ޖެހެމުންދަނީ ހިތްގައިމު ވައިރޯޅިތަކެކެވެ. މިހިތްގައިމު ދުވަހުގެ ހުރިހާ ވަގުތެއް ފާއިތުވެގެން ގޮސް ހަވީރު ވެއްޖެއެވެ. ހަނާ ތައްޔާރުވަމުން އެދަނީ އާދައިގެ މަތިން އިރުއޮއްސޭ މަންޒަރުބަލަން ދާށެވެ. ތުޑީކޮޅާދިމާ އަތިރިމައްޗަށެވެ. ހަނާ އަވަސް ހިގުމެއްގައި އެދިމާ އަތިމައްޗަށް ފޭބިއެވެ. އަދި އެހެންޏާވެސް އިށީންނަ ބުޑުކައިރީ ފައިވާން ބަހައްޓާފައި ވެލިގަނޑުމިތީ ހުސްފައި އަޅާލިއެވެ. ބުޑުމަތީއިށީގެ ހަމަޖެހިލުމައްފަހު އަތުކުރީގައިވާ ގަޑިއަށް ބަލާލިއެވެ. އޭރުގަޑިން ހަވީރު 5 ޖެހީއެވެ. އެއްފަހު ކެއްމަދުވެފަވާ ނަޒަރަކުން އޮއްސެންދާ އިރާ […]
އަނެއްކާވެސް ވައި ބާރުވެ ކަނޑު ގަދަވާންފެށިއެވެ. އެހާހިސާބުން ދިރިތިބި މީހުންގެ ހިތުގާ ބިރުވެރިކަން އިތުރުވެގެން ދިޔައެވެ. އެކަމަކު ދާއިން ހިތް ބުނަމުން ދިޔައީ ރަށުން އެހީތެރިކަމެއް ލިބޭނެކަމަށެވެ. އެހެން ނަމަވެސް ބައެއްގެ ހިލަމެއް ނުވެ ލަސްވަމުންދާތީ ދާއިންގެ ހިތް ނުތަނަވަސް ވާންފެށިއެވެ. މިނުތަވަސްކަމުގާ ދާއިން އޮށްވާ ކުއްލިއަކަށް ދުރުން ހުދު އައްޔެއް ފެނުނެވެ. ނަމަވެސް އެއަލި ފެނުމާއެކުހެން ގެއްލުނެވެ. ދާއިން ވަށައިގެން ބަލާލިއެވެ. އެވަގުތު ގެގަނޑު މަތީގައި ތިބި މަދު މީހުންކޮޅު […]