Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަގެއްނެތްލޯބި 19 ވަނަބައި

Xiroo Thihthi Level 210 Stories
September 15, 2017 6 Mins Read
18 Comments

          “ކޮންވާހަކައެއްތަ؟” އެނދުގައި އޮށޯންނަމުން ނިސާދު ބުންޏެވެ. ހަނާ އައިސް ނިސާދު ގައިކައިރީ އެނދުގައި އިށީނެވެ. “އަހަރެން މިވާހަކަ ދައްކަން ފެށީމަ ރުޅިނާންނާތި. މިވާހަކަ ދައްކަން މިއުޅެނީ އަހަރެމެންގެ ދެމީހުންގެ ފައިދާއަށާ، އަހަރެމެންގެ ދަރިފުޅުގެ ހައްގުގާ. އަހަރެން ބޭނުމެއްނޫން ޔާޝްއަށް އެއްވެސް ވަރެއްގެ ހިތާމައެއް އެއްވެސް ދުވަހެއްގަ ލިބޭކަށް” ހަނާ ބުންޏެވެ. “އަދިވެސް ތިވާހަކައެއް ނުބުނަމެއްނު” ނިސާދު ފާޑަކަށް ބުނެލިއެވެ. ހަނާ ވާހަކަ ފެށީ ދުރުދުރުންނެވެ، ނަމަވެސް ނިސާދުއަށް އެކަމެއް ނޭންގުނެވެ. “ނިސާދު މިހާރު ތިއުޅޭގޮތް އަހަރެންނަކަށް ކަމަކުނުދޭ. ރޭގަނޑު ނިދަންވެސް އަންނަނީ އެހާލަހުން. ކުރިން ޔާޝްއަށް ސަމާލުކަންދޭ ވަރަށް މިހާރު ސަމާލުކަމެއްނުދޭ. އަހަރެންނަށް ފާހަގަ ކުރެވޭ އަހަރެންނާ ވެސް ދުރުކަން” ހަނާ މަޢުޞޫއަށް ދިޔައެވެ. ބުނަން ބޭނުންވާ ގޮތަށް ބުނެލިއެވެ. “ތީހަމަ ހަނާއަށް ހީވާގޮތް. އަހަރެން އެއްވެސް ވަރަކަށް ބަދަލެއް ނުވަން. އަސްލުވާ ގޮތަކީ މިދުވަސް ކޮޅު އޮފިހުގެ މަސައްކަތްތައް ވަރަށްގިނަ” ނިސާދު ވާހަކަ ދައްކަމުން ދިޔައީ ހަނާއަށް އެއްވެސް ކަމެއް ނޭންގޭކަމަށް ހީކޮށްގެންނެވެ. އެކަމަކު ދެރަކަމަކީ ހަނާއަށް ފަރުދާގެ ފުރަގަހުގާ ފޮރުވިފައިވާ ނިސާދުގެ ސިއްރުތަކުން ކޮންމެވެސް ވަރެއްއެގޭކަމެވެ. “އަހަރެން ބައެއްފަހަރު ވަރަށް ބިރުގަނޭ. އަހަރެންނަށް ހީވަނީ ކޮންމެވެސް ދުވަހަކުން ނިސާދު އަހަރެން ދޫކޮންލާނެހެން” ހަނާއަށް ރޮވޭގޮތްވިއެވެ. “ކީއްވެތަ ތިހެންހީވަނީ. އަހަރެން ނޫޅެން ހަނާ ދޫކޮށްލާކަށް. އަހަރެން ހަނާ ދޫކޮށްލާނީ ކިހިނެއްތަ؟ ތީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ މަންމަ” މިހެންބުނެ ނިސާދު ހަނާ އޭނާއާ ކައިރިކޮށްލިއެވެ. ހަނާ ނިސާދުގެ މޭގަ ބޯއަޅާލިއެވެ. ނިސާދު ހީކޮށްގެން ހުރީ ހަނާގެ އެހަރަކާތުން ނިސާދުގެ ވާހަކަ ހަނާ ގަބޫލް ކުރީ ކަމަށެވެ. ނަމަވެސް އެވާހަކަތައް ހަނާ ގަބޫލެއްނުކުރެއެވެ. އެކަމަކު ހަނާގެ އެއަދަމުންދާ ދިރިއުޅުން މަތިން ހަނދާންވުމުން ރޮވެއެވެ.

          “އައްސަލާމްޢަލައިކުމް” މީހަކު ސަލާމް ގޮވާލި އަޑު އިވުނެވެ. “ވަޢަލައިކުމުއްސަލާމް” ސަލާމް ގޮވާލި އަޑު އިވިގެން ހަނާ ކޮޓަރިން ނިކުންނަމުން ސަލާމް ބަލައިގަތެވެ. “ހަދީޖައްތާ!!!” ހާދަ ނުވަގުތެއްގަ. އަނެއްކާ ކިހިނެއްވީތަ؟ އާދޭ އެތެރެއަށް” ހަދީޖާ ފެނުމުން ހަނާ ބުނެލިއެވެ. “މިގެއަށް އަންނަން ވަކިވަގުތެއް އޮވޭތަ؟ ކޮބާތަ ރަމްލާ…” ހަނާގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ރަމްލާ ކޮބައިތޯ އަހާލިއެވެ. “ހީވަނީ ކޮއްކޮ ނިއްދަވަން ކޮޓަރީގަހެން. އަންނާނަން ބަލާލާފަ” ހަނާ ހިނގައިގަތީ ރަމްލާގެ ކޮޓަރިއާ ދިމާލަށެވެ. “ދައްތާ… ހަދީޖައްތަ އެބައިން އައިސް” ރަމްލާ ގާތުގައި މިހެންބުނުމަށް ފަހު ހަނާ އައިސް ސޯފާގައި އިށީނެވެ. “ހެދުން ބަލައިދޯ ތިއައީ. އެކަމަކު އަދިނުނިމޭ ހަދީޖާ. އަހަރެންގެ ކުޑަ މީހާ ބަލިކޮށް އުޅޭތީ ފަހާލަންވެސް ނުއިށީދެވިގެން މިއުޅެނީ” ސޯފާގައި އިށީންނަމުން ރަމްލާ ބުންޏެވެ. “އަންނާނަން ހަދީޖައްތަ ބޯލާނެ އެއްޗެއް ހިފައިގެން” މިގެއަށް އައީމާ ދާންވާނީ އަރުތެރެ ތެއްމާލައިގެނެއްނު ދޯ” ހަނާ ހިނިގަނޑެއް ޖަހާލުމަށްފަހު ތެދުވެގެން ދިޔައެވެ. ހަނާ ދިޔުމުން ހަދީޖާ ރަމްލާޔާ ކައިރިއަށް ޖެހިލިއެވެ. “ކޮބާ މިގޭ ނިސާދު” މަޑުމަޑުން ހަދީޖާ އަހާލިއެވެ. “އޮފީހަށް ގޮސްވީ. ކިހިނެއްވީ” ރަމްލާ ބުނެލިއެވެ. “އޭނާ ހަނާއަށް ރަނގަޅުތަ؟ މިހެން މިއަހާލީ ކުރިންދުވަހު އަހަރެންނަށް ފެނުނު މަންޒަރަކުން” ވައި އަޑަކުން ހަދީޖާ ބުނެލިއެވެ. ހަދީޖާގެ ދެވަނަ ސުވާލުން ނިސާދު ކަމެއްކޮށްފިކަން ރަމްލާއަށް ކަށަވަރުވިއެވެ. ނަމަވެސް ހަދީޖާ ދައްކަމުން ދިޔަ ވާހަކަ ރަމްލާއަށް ކަމެއްނޭންގޭ ކަމަށް ހެދިގެން އިދެ އަޑުއަހަމުން ދިޔައެވެ.

          “އާނ…ރަނގަޅު. އަނެއްކާ ކޮން މަންޒަރެއްފެނިގެން ތިއުޅެނީ” ސުވާލުން ފުރިގެންވާ ރާގެއްގަ ރަމްލާ އަހާލިއެވެ. “އަހަރެން ދުށިން މިގޭ ނިސާދު އަންހެން ކުއްޖެއް ސައިކަލު ފަހަތަށް ލައިގެން އުޅެނިކޮށް. އަހަރެންނަށް ހަމަ ޔަގީން އެއީ ހަނާ ނޫންކަން. އަދި އެއީ ނިސާދުގެ ރަހުމަތްތެރި އެއްވެސް ނޫން. އެއަށްވުރެއް ގާތް ގުޅުމެއް އެދެމެދުގައި ވަނީ. ރަމްލާއަކީ އަހަރެންގެ ރަހުމަތްތެރިއެއްވީމަ ނިސާދު އެފަދަ ގޮތަކަށް އަހަރެންނަށް ފެނުނީމަ ބުނެލީ” ހަދީޖާގެ ވާހަކަ އަޑުއަހަން ރަމްލާ އެއްވެސް އެއްޗެއްނުބުނެ އިނެވެ. ހަދީޖާ ދެއްކި ވާހަކަ ހަނާއަށް ވަރަށް ސާފުކޮށް އަޑު އިވުނެވެ. އެކަމަކު ހަނާއަށް އެކަން އެގުނު ކަމަކަށް ނުހަދައެވެ. ” ހަދީޖައްތަގެ ސިމްލާ މީހަކާ އިންނަނީ ކޮންދުވަހަކުންތަ؟” ޖޫސްތަށި ދިއްކޮށްލަމުން ހަނާ ހަދީޖާއާ ސުވާލުކޮށް ލިއެވެ. “އިރާދުކުރެއްވިޔާ ތިކަންވެސް މާދުރުނޫން މުސްތަގުބަލެއްގަ ވެދާނެ” ޖޫސްތަށިން ކޯވަރެއް ބޯލުމަށް ފަހު ހަދީޖާ ބުނެލިއެވެ. ހަދިޖާ އިރުކޮޅެއް ކޮށްލާފަ އެގެއިން ދިޔައެވެ. “ނިސާދު އުޅޭފާޑުން އެހެންމީހުން މިޖެހެނީ ލަދުން އިސްޖަހަން. އޭނަ އެއީ ނުވިސްނޭ ވަރުގެ ކުޑަކުއްޖެއްތަ؟ “ރަމްލާ ރުޅިގަދަވެގެން އެއްޗެހި ކިޔަންފެށިއެވެ. ހަނާ އިސްޖަހާލިއެވެ. ދެލޮލަށް ކަރުނަ ޖަމާވިއެވެ. “ހަލޯ….”ހަނާގެ ފޯނު ރިންގުވާން ފެށިއެވެ. ޒިޔާދުގެ ކޯލެކެވެ. “ހަނާ ކިހިނެއްތަ؟ ކޮބާ ޔާޝް” ޒިޔާދު އަހާލިއެވެ. “އަހަރެން ރަނގަޅު. ޔާޝް ނިދާފަ. ކިހިނެއްވީ ތިގުޅާލީ” ހަނާ ބުނެލިއެވެ. “އަސްލު މިގުޅާލީ ވާހަކައެއް ބުނަންވެގެން”  “ބުނެބަލަ” ހަނާ ބުންޏެވެ. “މިއުޅެނީ މާލެ ދާންވެގެން. އެވާހަކަ ބުނަން ވެގެން މިގުޅީ. އަހަރެން ދާ ވާހަކަ ނިސާދު ގާތުގަ ނުބުނާތި. އޯކޭ… ދެންބާންވަނީ” ޒިޔާދު މާލެ އަންނަން އުޅޭވާހަކަ ބުނުމަށްފަހު ފޯނު ކަޑާލިއެވެ. “ކާކު ގުޅީ. ނިސާދުތަ؟” ރަމްލާ އަހާލިއެވެ. “ޒިޔާ ގުޅީ. އޭނާ މާލެ އަންނަން އުޅޭ ވާހަކަ ބުނީ. އެކުއްޖާގެ ފަހަތުން ދުވަން ފެށިފަހުން އޮފީހަށް ދިޔަސް އެހެންތާކަށް ދިޔަސް އަހަރެންގެ މަތިން ހަނދާންވެގެން އޭނަ ނުގުޅާ. އޭނައަށް އެހުރެވެނީ ރަސްކަމުގެ ތަހުތުގާ ވިއްޔާ. އަހަރެންނަށް ހެޔޮ ދުވަހަކު ނުގުޅިޔަސް” ހަނާ ރުޅި އައިސްގެން ބުންޏެވެ.

          ހަނާއަށް ގަބޫލް ކުރެވޭގޮތުގާ މިހާރު ހަނާގެ ދިރިއުޅުން ބަރުބާދު ވެއްޖެ ކަމުގެ ފެހި ސިގުނަލް އަޅައިފިއެވެ. ހަލާލު ފިރިމީހާ އެހެން އަންހެނެއްގެ އަވައިގާ ޖެހިގެން އުފާ ކުރަމުން ދަނީއެވެ. ދުވަހެއްގައި ވެސް ވަކިނުވާން ވަޢުދު ތަކެއްވިއެވެ. އަހުދު ތަކެއްވިއެވެ. ނަމަވެސް ވީ ވަޢުދުތަކާ، އަހުދުތައް ބޭކާރު ވެއްޖެއެވެ. ދުވަހެއްގަވެސް ހަނާ މިދުވަސްދެކެން ޖެހޭނެކަމަށް ވިސްނާފައެއް ނެތެވެ. “އަހަރެންގެ ކޮންކުށެއް އޮވެގެންތަ ނިސާދު އަހަރެންނަށް އެހެން ހަދަނީ. އަހަރެންނަށް ކޮންކަމެއް ކޮށްނުދެވިގެންތަ އަހަރެންގެ މަތިންފޫހިވެގެން އެއުޅެނީ” ހަނާއަށް ރޮވުނެވެ. އިސްދަށަށް ޖަހައިގެން އިން ހަނާ އިސްއުފުލާލި ވަގުތުގަ ދޮރުމަތީހުރި ސާނިޔާ ފެނުނެވެ. އަވަސް އަވަސް ހަނާ އިސްޖަހާ، ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. “ހަނާ ރޮނީތަ؟” ސާނިޔާ އަހާލިއެވެ. ސާނިޔާ ވާހަކަ ދައްކަން ފެށުމުން ރަމްލާއަށް ސާނިޔާ ހުރިކަން އެގުނެވެ. އަދި ހަނާ ދެއްކި ވާހަކަ ސާނިޔާއަށް އަޑުއިވިއްޖެ ކަން ވެސް އެގިއްޖެވެ. އެކަހަލަ މީހަކަށްޓަކާ ތިގޮތަށް ކަރުނަ އޮހޮރުމުގެ ބޭނުމެއްނެތް. އެހެން އުޅޭ ފިރިހެނުން މައިތިރިވާނީ ބޮޑު ކަންތައް ގަނޑެއް ދިމާވުމުން. ހުއްޓާލާ. އެއްގޮތަކަށްވެސް ހަނާ ރޯނެކަމެއްނެތް. މިހުރިހާ ދުވަސް ވީއިރުވެސް ފިރިމީހާ ދެކެލޯބި ވާތީ ހަދާނެ ގޮތެއް ހަނާއަކަށް ނުވިސްނުނެއްނު. އަދި ގޮތެއް ހަދާކަށް، އެއްޗެއް ބުނާކަށް ވެސް ނުކެރުނެއްނު. ދެންހަދަންވީ އަަހަރެން ބުނާ ގޮތް. ކެރޭނެތަ އަހަރެން ބުނާ ގޮތެއް ހަދަން” ސޯފާގައި އައިސް އިށީންނަމުން ސާނިޔާ ހަނާއާ ސުވާލުކޮށްލިއެވެ.

          ކޮންގޮތެއް ހަދަން ތިނިއްމަނީ” ރަމްލާ އަހާލިއެވެ. “ބުނެބަލަ. ބުނީމައްނު އެނގޭނީ” ހަނާ ވެސް ބުނެލިއެވެ. މިގޮތަށް މިކަން ކުރެވިއްޖެނަމަ ހުރިހާ ކަމެއް ފަޅާއަރާނެ. ހެކި ލިބިގެން ވާހަކަ ދެއްކުމުން ނިސާދުއަށް ކުރެވޭނެ ކަމެއް ނޯންނާނެ. ހަދަންވީ ގޮތަކީ……!!!” ކަންތައް ކުރަންވީ ގޮތް ސާނިޔާ ވަރަށް ރަނގަޅަން ހަނާއާ ރަމްލާ އަށް ކިޔާދިނެވެ. ސާނިޔާގެ ހިޔާލު ހުރިގޮތް ހާމަ ކުރުމުން ހަނާވެސް ރަމްލާވެސް އެއްބަސް ވިއެވެ. އަދި އެހެން ގޮތަކަށް ކަމުގެ ހަގީގަތް ނުހޯދޭނެކަން ވެސް ވިސްނުނެވެ. “އެކަމަކު ހުށިޔާރު ފިރިހެނެއް ބޭނުންވާނެ. އެހެންނޫނީ މިކަމެއްނުވާނެ. ކާކު ކައިރިބުނާނީ ވެސް” ހަނާ ބުނެލިއެވެ. ތިން މީހުންވެސް ވިސްނަންފެށިއެވެ. ” ޒިޔާދު އެހުރީނު” ރަމްލާ ވިސްނަން އިދެފަ ބުނެލިއެވެ. ހަނާގެ މޫނުމަތިން އުފާވެރިކަން ހާމަވެގެން ދިޔައެވެ. ތެދެކެވެ. ޒިޔާދު މިއަދު ހަނާއަށް ކަޮންމެ ކަމެއްވެސް ކޮށްދީފާނެއެވެ. ހަނާ އުޅޭ ހިތްދަތި ހާލު ޒިޔާދުއަށް ވެސް އެގެއެވެ. “ޒިޔާދުއަކީ ކާކުތަ؟” ސާނިޔާ އަހާލިއެވެ. “ޒިޔާއަކީ ނިސާދުގެ ބެސްޓްފުރެންޑް. އެކަމަކު މިހާރު ނިސާދު އޭނަ ގުޅިޔަސް ފޯނުވެސް ނުނަގާ.” ހަނާ ބުންޏެވެ. “އެހެންތަ؟ އެހެންވިމާ ޒިޔާދު ދޯ މިކަމުގަ އަހަރުމެންނަށް އެހީވާނީ. އަހަރެންވާނީ މިކަމަށް ބެނުންވާ އެއްމެ މުހިންމު އެތި ވެސް ހޯދާފަ” ސާނިޔާ ބުނެލިއެވެ. “އެހެންވިޔާ ތިބުނާ ޒިޔާދު ކޮބާ؟ އަތުޖެހޭ ހިސާބު އެބަހުރިތަ؟” ސާނިޔާ އަހާލިއެވެ. “ރަށުގަވީ. މާދަން މާލެ އަންނާނެ” ސާނިޔާގެ ސުވާލަށް ހަނާ ޖަވާބު ދިނެވެ.

          ޖެހިގެން އޮތް ދުވަހަކީ ހުކުރު ދުވަސްކަމުން ރަނގަޅު ޕުލޭންއެއް ތިންމިހުންވެގެން ރާވާލިއެވެ. ނިސާދު އޮފީސް ނިމިގެން ގެއަށް އައުމުގެ ކުރިން ހަނާގެ މޫނުމަތީގައިވާ މާޔޫސްކަމާ، ހިތާމަތައް ފޮރުވާލިއެވެ. ދުވަހަކު ވެސް ކަމެއްނުވާ ކަހަލަ ގޮތަކަށެވެ. “އަހަރުމެން މިއުޅެނީ މާދަން ވިލިގިއްޔަށް ދާންކަމަށް. ސާދު ނުދާނަންތަ؟” ހަނާ އެހެން ބުނީ ނިސާދު ނުދާނެކަން އެނގި ހުރެ އެވެ. “ކޮންބައެއް ދަނީ” ނިސާދު ކޮށްލީ ސުވާލެކެވެ. “އަހަރެންނާ… ދައްތައާ…. ސާނިޔާއާ….” ހަނާ ބުނެލިއެވެ. “އަހަރެންނަކަށް ނުދެވޭނެ. އަހަރެން މެންދުރުފަހު އޮފީހަށް ދާންޖެހޭ” ދަނީކޮންބައެއްކަން އެގުމުން ނިސާދު ދޮގުހެދިއެވެ. “އެކަމަކު މާދަމާއަކީ ހުކުރު ދުވަހެއްނު” ހަނާ ބުނެލިއެވެ.   “އާނ… އެކަމަކުވެސް ދާންޖެހޭ. ހަނާ މެންގޮސްލާ. ހަވީރުން އަންނާނަމެއްނު” ނިސާދު ބުނެލިއެވެ. “ރޭގަނޑަށް އަންނާކަށް ނޫންދަނީ” ހަނާގެ މިޖުމްލައާ އެކު ނިސާދުގެ ހިތް އުތުރި އަރައިގަތެވެ. “ރަނގަޅު ފުރުސަތެއްމީ. ހަސްމާއާ އެކު އެކަނި ވެލަން” ނިސާދު ހިތާހިތުން ކިޔާލިއެވެ. މިފަދަ ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަން ނިސާދުއަށް ރަނގަޅަށް އެނގެއެވެ. ކުރިން ލިބިފައި ވަނީ އެހާރަނގަޅު ފުރުސަތު ތަކެއްނޫނެވެ. އެކަމާ ހަސްމާ ވެސް ހުންނަނީ ފާޑަކަށް ކަޓާފައެވެ. ނަމަވެސް ނިސާދުއަށް މިލިބުނު ރަނގަޅު ފުރުސަތުގާ ނިސާދުގެ ދޮގު ހެދުމާ، މަކަރުހެދުން އަދި ބޭވަފާ ތެރިކަން ފަޅާއެރުން ނޫން އެހެން ގޮތެއްނެތެވެ. މިފަދަ ގޮތަކަށް ހަނާ ކަމެއް ރާވާފާނެ ކަމަށް ނިސާދު ފަހަރެއްގައި ވެސް ވިސްނާފައެއް ނުވާނެއެވެ. “ސާދޫ… ކޮންހިޔާލެއްތަ” ނިސާދު ހިމޭންވެފަ ހުރުމުން ނިސާދުގެ ގަމީސް ހިފައިގެން ހުރެ ހަނާ ގޮވާލިއެވެ. “އާ… އާނ.. ކީކޭ” ސިހިފައި ނިސާދު އަހާލިއެވެ. “ކޮންހިޔާލަކަށް ގެއްލިފަ ތިހުރީ” ނިސާދުގެ ގަމީސް އަލަމާރިން ކޮޑެއްގަ އަޅުވަމުން ހަނާ އަހާލިއެވެ. “އެއްވެސް ހިޔާލެއްގަ އެއްނޫން” އެދުގައި އިށީންނަމުން ނިސާދު ބުންޏެވެ. “އެހެންވިޔާ އެއްޗެއް ނުބުނެވިފަ ތިހުރީ ކިހިނެއްވެފަތަ؟” ހަނާ އައިސް ނިސާދު ކައިރީ އެދުގައި އިށީދެ ނިސާދުގެ ކޮޑުގައި އަތްއަޅުވާލަމުން ބުންޏެވެ. “އަހަރެންގެ ހިތަށް މިއަރަނީ ހަނާ ނެތި ރޭގަނޑުގެ ވަގުތު ތައް ހޭދަކުރާނީ ކިހިނަކުން ބާއޭ!!!. ހަނާ ނެތި އަހަރެންނަށް ހަމަ ނިދި ނިދޭނެ ބާއޭ!!!. ނިސާދު ދެރަވެލާފަ ބުނެލިއެވެ. “ބަލަ މީދަ މޮޔަޔާ… ނިދޭނީ ނިދަންއުޅުނީމަ. ތިހެން އިނަކަސް ނުނިދޭނެ.” ނިސާދުގެ ސުވާލަށް ހަނާ ފުރިހަމަ ޖަވާބު ދިނެވެ. “މިހާރު ހަނާ ތިހެދީ އަހަރެން މޮޔައަކަށްތަ؟” ހަނާގެ އަތް ކޮޑުމަތިން ނަގަމުން ނިސާދު ބުނެލިއެވެ. އަދި ހަނާ ގެނެސް ނިސާދުގެ މޭގާ ލައްކޮށްލިއެވެ. “މޮޔައަކަށް ނުހަދާ ވަރެއްތަ؟ ބުނާ އެއްވެސް އެއްޗެއް އެނގޭކަމަށް ނުހަދާ. އެކުން މާ ވާހަކަ ދިގުނުކޮށް ސައިބޯން އާދޭ” ނިސާދުއާ ދުރަށް ޖެހިލަމުން ހަނާ ބުނެލިއެވެ. “ހަނާ ދޭ. އަހަރެން މިދަނީ ފާހާނާއަށް ވަދެފަ” ނިސާދު ބުންޏެވެ. “ލަސްނުވެ އަވަހަށް އަންނާތި” ހަނާ މިހެން ބުނެ ކޮޓަރިން ބޭރަށް ނުކުތެވެ.

          އެއްމެންގެ ކުރިމަތީގައި ހަނާ ހުންނަނީ ވަރަށް ހެވިފައެވެ. ނަމަވެސް އެކަނިވާއިރަށް ވީރާނާ ވަމުންދާ ދިރިއުޅުން މަތިންހަނދާންވެ ރޮވެއެވެ. ލޯބިލޯބިންފެށި ދިރިއުޅުން ފަނާވެގެންދާ ކަމުގެ ބިރު ހީވަމުން ދިޔައެވެ. އެކަނިވެރިކަން އިހުސާސްވެ، ބާކީ ވެއްޖެ ކަމުގެ އިހުސާސް ކުރެވެންފެށުނެވެ. މިދުވަސް އަންނާނެކަމުގެ އުންމީދު ނުކުރެވި މިދުވަހާ ކުރިމަތިލާން ހަނާއަށް މިއޮތީ ޖެހިފައެވެ.

          ފަތިސްނަމާދު ކޮށްލައިގެން ހަނާއާ ރަމްލާ ހެދުނުގެ ފެރީއިން ވިލިގިއްޔަށް ދާން ތައްޔާރު ވަމުން ދިޔައެވެ. ފަސްގަޑިބައިވަން ކުޑަތަންވެފަ ވަނިކޮށް ސާނިޔާވެސް އައިސް އެގެއަށް ވަނެވެ. ސާނިޔާ އައީ ކުޑަދަބަހަކަށް ދެ ހެދުން ލައިގެންނެވެ. ހަނާވެސް ރަމްލާވެސް ދެ ހެދުން ދަބަހަށް ލިއެވެ. ނިސާދުއަށް ދެއްކުމުގެ ބޭނުމުގައެވެ. ހަނާ ތައްޔާރު ވަމުން ދިޔައިރު ނިސާދު ޔާޝް އުރާލައިގެން ގޭތެރޭގައި ހިނގާލަ ހިނގާލާ ހުއްޓެވެ. ހުރިހާ ކަމެއް ނިމުމުން ދާންވެގެން ހަނާމެން ގެއިން ނިކުތެވެ. ޓެކްސީ އެއްގެނެސްގެން ފެރީޓާމިނަލްއަށް ދިޔުމަށް ޓެކްސީ ދުއްވާލިއެވެ. ތަންކޮޅަކަށް ދިޔުމުން ދާންވީ މިސްރާބު ހަނާ ބަދަލުކޮށްލިއެވެ. އެހެންހެދީ ހަމަ ގަސްތުގައެވެ. ނިސާދުގެ ހިތުން ހަނާމެން އެދިޔައީ ވިލިގިއްޔަށް ދާށެވެ. ނިސާދުގެ ލޮލުގައި އަދުން އަޅުވާފައެވެ. ކާރު ދުއްވަމުން ގޮސް މަޑުކޮށްލީ މާފަންނު ރަންކޮކާގޭ ދޮރުމައްޗަށެވެ. އެގެއަކީ ރަމްލާގެ ގެއާ އެހާ ދުރުގަ ހުންނަ ގެއެއް ނޫނެވެ. އެއީ ރަމްލާގެ ރަހުމަތްތެރިޔާ ހަދީޖާގެ ގެއެވެ. ގެއާކައިރީ ހުރި ގެއަކަށް ދިޔުމުގެ ބޭނުމަކީ ރާވާފަވާ ޕުލޭންއާ އެއްގޮތަށް ކަންތައް ކުރުމުގެ ބޭނުމުގައެވެ. ކާރަށް ރަމްލާ ރުފިޔާ ދީ ނިމުނުއިރު ސާނިޔާ ޑިކީއިން ފޮށިވެސް ބާލައިފިއެވެ. ތިންމީހުން އެކުގައި ގެއަށް ވަންނަން ހިގައިގަތެވެ. “ހަލޯ… ޒިޔާ މާލެއައީތަ” ހަނާގެ ފޯނު ރިންގުވާން ފެށުމުން ހަނާ ފޯނަށް ޖަވާބު ދިނެވެ. “އަދި މާލެ ނުދެވޭ. އެކަމަކު ދެންމާ ގިނައިރެއްނުވާނެ މާލެ ދާކަށް. މިހުރީ އެއާޕޯޓްގަ. ބޯއްޓަށް އެރުމުގެ ކުރިން ހަނާއަށް ގުޅާލީ” ޒިޔާދު ބުނެލިއެވެ. “އެހެންތަ؟ އެހެންވީމާ މާލެ އައިސް މިކޮޅަށް އަންނަންވީމަ ގުޅާތި” ހަނާ ބުނެލިއެވެ. ހަނާ މިހެން ބުނުމުން އޯކޭ އޭ ބުނެ ޒިޔާދު ފޯނު ކަޑާލިއެވެ.

          “ޒިޔާދު ކީކޭބުނީ” ހަނާ ފޯނު ބޭންވުމުން ރަމްލާ އަހާލިއެވެ. “ދެން މާގިނައިރެއްނުވެ މާލެ އާދެވިދާނެޔޯ. އެއާޕޯޓްގަޔޯ މިހާރު” ޒިޔާދު ދެއްކި ވާހަކަ ހަނާ ކިޔާދިނެވެ. “އޭ… މިތާދެން ތިބޭނެ ކަމެއްނެތް. ހިނގާ އަވަހަށް މައްޗަށް އަރަން” ސިޑިއަށް އިސާރާތްކުރަމުން ރަމްލާ ބުންޏެވެ. “ޓޮއް…. ޓޮއް….. ޓޮއް…..” ޓަކީގެ އަޑާއެކު ދޮރު ހުޅުވިއެވެ. “ރަމް…..ލާ. ކިހނެއްވީ ފޮށި ހިފައިގެން…” އެއްފަހަރު ރަމްލާގެ މޫނަށް އަނެއްފަހަރު ފޮއްޓަށް ބަލަމުން ހަދީޖާ އާގަންނަމުން ވާހަކަ ދައްކަމުން ދިޔައެވެ. ފަހަތުގާ ހުރި ހަނާ އާއި ސާނިޔާ ފެނުމުން ހަދީޖާގެ ހައިރާންކަން އިންތިހާއަށް އިތުރު ވެގެން ދިޔައެވެ. ހަދީޖާ ހުރީ ވާނުވާ ނޭންގިފައެވެ. އެތެރެއަށް ވަންނަން ބުނަންނޭންގިފާ އިރުކޮޅެއް ވަންދެން ހަދީޖާ ހުއްޓެވެ. “އަހަރެމެން ކައިރީ އެތެރެއަށް ވަންނަން ވެސް ނުބުނާނަންތަ؟” ރަމްލާ ހަދީޖާ އާއި މުޙާތަބުކޮށް ބުނެލިއެވެ. “ނޫނޭ… އަވަހަށް އާދޭ އެތެރެއަށް. އަހަރެން މިހުންނަނީ ބުނާނެ އެއްޗެއް ނޭންގިފަ” ހަދީޖާ ބުނެލިއެވެ.” އެހެންތަ؟ ހަދިޖައްތައަށް ހަމަ ބުނާނެ އެއްޗެއް ނޭންގުނުތަ؟ އެހެންވިޔާ އެއްޗެއް ނުބުނެ ހުރޭ!!!” ހަނާ ހިނިގަނޑެއް ޖަހާލާފަ ބުންޏެވެ. ފޮށިބެހެއްޓުމަށްފަހު ސޯފާގައި އެއްމެން އިށީދެލިއެވެ. “ރަމްލާ ބުނެބަލަ. ފޮށިތަންމަތި ހިފައިގެން ތިއުޅެނީ އަނެއްކާ ސަރީފު ރަމްލާ ގެއިން ނެރެލީތަ؟” ވެގެން އުޅޭގޮތް އޮޅުން ފިލުވުމަށް އަނެއްކާވެސް ހަދީޖާ ސުވާލުކޮށްލިއެވެ. “ސަރީފު އަހަރެން މެން ގެއިން ނެރުނީ އެއްނޫން. ތިވާހަކަ ދައްކާނީ ފަހުން. އެކަމަކު އަހަރުމެން މިއައީ ހޮނިހު ދުވަހުގެ ހަވީރާ ހަމައަށް މިގޭގައި ތިބެލަން. އަހަރުމެންނަށް ތިބެވޭނެތަ؟” ރަމްލާ އަހާލިއެވެ. “ކީއްވެގެން ނުތިބެވެންވީ. ތިބެވޭނެ. މިގޭ އެއްކޮޓަރި އެހުރީ ހުސްކޮށް. އެހެންވީމަ އެއްދުވަސް ކިއްކުރަން ދެދުވަސް ވަންދެންވެސް ތިބެވޭނެ. ދަރިފުޅޭ ސިމްލާ!!!” ރަމްލާ ކުރި ސުވާލަށް ޖަވާބު ދިނުމަށްފަހު ސިމްލާއަށް ގޮވާލިއެވެ. ސިމްލާ އައުމުން ރަމްލާ މެންނަށް ބޯލާނެ އެއްޗެއް ގެނެސްފަ، ހުސްކޮށް ހުރި ކޮޓަރި ސާފު ކޮށްލަން ހަދީޖާ ބުންޏެވެ. “ކޮޓަރިއަށް ދާނީ އަރުތެރެ ތެއްމާލައިގެނެއްނު” މިހެންބުނެ ހަދީޖާ ހިނިތުން ވެލިއެވެ.

                ރަމްލާމެން އެންމެން ދިޔުމުން ނިސާދުއަށް ވަގުތު ތަކަކަށް މުޅިގެ ހުސްކޮށް ލިބުނެވެ. ނިސާދު އުފަލުން ގޮސް ހަސްމާއަށް ގުޅިއެވެ. އަދި އެ އުފާވެރި ހަބަރު ހަސްމާއަށް ދިނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (11)

Next

އަބަދުގެ އަބަދަށް ( އަށްވަނަ ބައި )

Next
September 15, 2017

އަބަދުގެ އަބަދަށް ( އަށްވަނަ ބައި )

Previews
September 15, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (11)

18 Comments!

  1. sithu says:
    February 7, 2014 at 9:27 pm

    Update vaaleh ma lahy thankolheh avahah up kohdhyba

    1. ތިއްތި says:
      February 9, 2014 at 11:50 am

      busy koh ulheythy las vany…. vaahakai ge kuriyas huri baithakuge work kuraathy…

  2. Navya says:
    September 15, 2017 at 2:16 pm

    V reethi mi part ves

    1. Xiroo Thihthi says:
      September 17, 2017 at 4:07 pm

      thanx NAVYA

  3. khajja says:
    September 15, 2017 at 2:41 pm

    Ohhh wow ?? just wow masha allah v v v rythi v furihama?? thiya nishaadhu rythi bondi eh boane mifaharu? whn nxt prt v kiyaahiyvey eba alhe avahah up kolladhybala plx plx???❤❤?????

    1. Xiroo Thihthi says:
      September 17, 2017 at 4:08 pm

      nishadhu ah vaagotheh balan inthizaaru kohlan jeheyny KHAJJA

  4. Im says:
    September 15, 2017 at 2:47 pm

    Me kurin genesdhyfa in story eh dho

    1. Thuhthi says:
      September 15, 2017 at 3:06 pm

      Hmm mi story my handhaan ebaveyy

  5. Hahaha says:
    September 15, 2017 at 3:13 pm

    Ziyaadh hunnaany egey ga filaagen movie kuran eyna hasma aa eky ganna gandu.. anehka kury faharu hen ehisaabun vaahaka ah full stop nujahahchey.. hykuran nimendhen genesdheyne kamah..

    1. Xiroo Thihthi says:
      September 17, 2017 at 4:09 pm

      kurin 20 vana bayaa hisaabun stop v loging vumuga mahsala eh dhimaa vegen… ekamaku iraadhu kurehviyaa mifaharu ehkoh up kuraanan HAHAHA

  6. Nadheema says:
    September 15, 2017 at 6:58 pm

    amazing!!!

    1. Xiroo Thihthi says:
      September 17, 2017 at 4:09 pm

      🙂 🙂 🙂 🙂

  7. Mady says:
    September 15, 2017 at 8:33 pm

    V salhi hyvay Eba kameh vaan ulhayhen

    1. Xiroo Thihthi says:
      September 17, 2017 at 4:10 pm

      Heevanyaa yageen kohlan vaahakai ge kuri ah huri baithakah vaane inthizaaru kohlan MADY

  8. azeen says:
    September 16, 2017 at 4:29 pm

    v salhi avahah up kohladhyba..

    1. Xiroo Thihthi says:
      September 17, 2017 at 4:11 pm

      20 vana bai vaane mihaaru up kurevifa

  9. Nadheema says:
    September 17, 2017 at 1:06 pm

    konshuvas thakehga tha upvany??? plx thankolheh avaskohladheebala!
    i am kehadhuvefa!!!

    1. Xiroo Thihthi says:
      September 17, 2017 at 4:12 pm

      Thi kehtherikamah mihaaru vaane nimun aisfa NADHEEMA

Comments are closed.

Next Episodeއަގެއްނެތްލޯބި 20 ވަނަބައި←


All Right Reserved!