ނިސާދު ފުންނޭވާއެއްލަމުން ހަސްމާގެ މޭޒާ ދިމާއަށް ބަލާލިއެވެ. ހަސްމާއެއް ނެތެވެ. އޭނާގެ ގޮޑިހުރީ ހުސްކޮށެވެ. އޮފީހުގެ އެއްވެސް ހިސާބަކުން ހަސްމާ ފެންނާކަށް ނެތެވެ. އެވަގުތުން ފެށިގެން ނިސާދު މިސްރާބުޖެހީ ހަސްމާއާ ދިމާވިފަހުން ދެމިހުން އެކުގައި ސަޔަށްދާ ރެސްޓޯރެންޓާ ދިމާލަށެވެ. ހަސްމާ ހުރެދާނެކަމުގެ އުންމީދުގައެވެ. ނިސާދު ރެސްޓޯރެންޓްގެ އެތެރެއަށް ވަތްއިރު ހަސްމާ މޭޒެއްގެ ކައިރީ އެކަނި އިށީދެގެން އިންތަންފެނުނެވެ. ނިސާދު އައިސް އެމޭޒުކައިރީ ހުރި ގޮޑީގައި އިށީދެލިއެވެ. ދެކޮޅުބަލާލުމަށްފަހު ނިސާދު ހަސްމާއާ ވާހަކަ ދައްކަންފެށިއެވެ. “ސޮރީ ހަސް!!!!” […]
“އަހަރެން މިއުޅެނީ ރަށަށްދާންވެގެން” ޒިޔާދު ބުންޏެވެ. “ހާދަ އަވަހަކަށް ދާންތިއުޅެނީ ކިހިނެއްވީ އަނެއްކާ” ހަނާ އަހާލިއެވެ. “ދެން އަވަސް ވިޔަސް ކުރާނެކަމެއް ނެތެއްނު. އަހަރެން މިއައީ ޔާޝްގެ އުފަންދުވަހަށް. އެކަންވެސް މީހާރުމިވަނީ. އަނެއްކޮޅުން ޖޮބް ވެސް ހަމަޖެހިއްޖެ. މިހެން އަބަދު ކަމެއްނުކޮށް ނުހުރެވޭނެއްނު” ޔާޝްގެ އަތުގާ ހިފައިގެން ހުރެ ޒިޔާދު ވާހަކަ ދައްކަމުން ދިޔައެވެ. “ސްކޫލު ޖޮބްއިން ކެޑިގެންތަ ތިހުރީ” ހައިރާންކަމާއެކު ހަނާ އަހާލިއެވެ. “އާނ… ޒިޔާ ބަލިވެގެން ނުނިކުމެ ގިނަދުވަސް ތަކެއްވުމުން އަމިއްލައަށް ކެޑުނީ” […]
ދުވަސްތައް ހަފުތާތަކަށް، ހަފުތާތައް މަސްތަކަށް، މަސްތައް އަހަރުތަކަށް ބަދަލުވެއްޖެއެވެ. ނިސާދުގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއްވެސް އަތުވެއްޖެއެވެ. ނަމަވެސް އެކަންވަނީ ސިއްރުވެފައެވެ. ނިސާދުގެ ދިރިއުޅުމުގެ މިބަދަލަށް އަހަރުވިއިރުގަ ޔާޝްއަށް ވެސް އެއްއަހަރު ވެއްޖެވެ. ޔާޝްގެ އުފަންދުވަހުގައި ކުޑަޕާޓީއެއް ބޭންވުމަށް އެއްމެންވެސް ވަނީ މާކުރިންވެސް ނިއްމާފައެވެ. ޒިޔާދުވެސް ރަށަށް ގޮސްފަ އެދުވަހަށް މާލެ އަތުވެއްޖެއެވެ. ޒުހުރާ އާ ހަފުސާ އޭރު މާލޭގައި ތިބިގޮތަށް ތިބީއެވެ. ޕާޓީ ބާއްވަން ހަމަޖައްސާފަ އޮތްދުވަހުގެ ހެނދުނުގެ ވަގުތެވެ. ޒިޔާދު އިނީ ނިސާދުމެންގޭ […]
“ތިތާގަ އިންނާނެ އަހަރެންގެ ދައްތަ” ނިސާދު މިހެން ބުނުމުން ޒިޔާދު ދެކޮޅުހޯދާ ބަލާލިއެވެ. “ކޮބާ؟އަހަރެންނަކަށް ނޭންގެ” ހައިރާންކަމާއެކު ޒިޔާދު ބުނެލިއެވެ. “އެހެންވިޔާ މަޑުކުރޭ. އަހަރެން މިދަނީ” މިހެންބުނެ ނިސާދު ފޯނު ކަޑާލިއެވެ. ކުޑައިރުކޮޅެއްވީ އިރަށް ނިސާދު ޒިޔާދަށް ގުޅިއެވެ. ނިސާދު ގުޅީ ހޮސްޕިޓަލް ތެރެއަށް ވަދެގެން އަންނަމުންނެވެ. ޒިޔާދުގެ ފޯނު ރިންގްވާން ފެށުމުން އިށީދެއިންތަނުން ތެދުވިއެވެ. “ކޮންތާކަށް ގޮސްފަތިއައީ. އަހަރެން މިތާއިންނަތާ މިހާރު ކޮންއިރެއް” ނިސާދު ފެނުމުން ޒިޔާދު ބުނެލިއެވެ. “އަހަރެން މިއައީ ހަނާއަށާ، ކުޑަމީހާއަށް ބޭނުންވާ […]
ދެމަސްފަސް ނިސާދުއާ ހަނާ މާލެދިޔަތާ ދެމަސްވީއެވެ. ހަނާ ވިހަންވާއިރަށް ލާރިއެއް ހޯދުމުގެ ބޭނުމުގައި އޮފީހަކުން ވަޒީފާވެސް ނިސާދު ހޯދިއެވެ. ބަރާބަރަށް ނިސާދު އޮފީހަށް ދަމުން ހަނާއަށްވާ ވަރު ބަލަމުންގެންދެއެވެ. ޒިޔާދުގެ ހާލުވެސް ބަލަމުން ނިސާދު ދިޔައެވެ. ދުވަސްތައްމިހެން ފާއިތުވަމުން ގޮސް ހަނާގެ ބަނޑަށް 9 މަސް ހަމަ ވެއްޖެއެވެ. މިދުވަސްވަރަކީ އަންހެނަކަށް އަންނާނެ އެއްމެ އުފާވެރި އެހެނަސް ހިތާމަވެރި ދުވަސްވަރެވެ. ނިސާދު ރެއެއްދުވާލެއް ނުބަލާ އިންތިޒާރު ކުރަމުން ދިޔައީ އެލޯބިލޯބި މައުސޫމް ދަރިފުޅު މިދުނިޔެއަށް ނޭވާލާނޭ ވަގުތަކަށެވެ. […]
“ހަނާއަށް އެނގޭތަ ކުރިންރޭ އިރުއޮށްސިގެން އައިރު އަހަރެން ހުރީ ގޭދޮރު މަތިގައި. އެހެންހުއްޓާ އެތަނަށް އައިސް މަޑުކޮށްލި ސައިކަލެއްގައި އިންމީހަކު އަހަރެން ދެކެ ވަރަށް ލޯބިވެއޭ ކިޔާ ވާހަކަ ދައްކަންފެށި” ޒިދުނާ ކިޔާދިނެވެ. “ވަރަށް ރީތި މީހެއްތަ؟ ދެން ކީކޭ ޒިދޫ ބުނީ” ހަނާ ސުވާލު ކޮށްލިއެވެ. “ރީތި މިހެއްހޭ!!! މީހާ ރީތިކަމުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭންގިފަ. އޭނާގެ އެއޮށް އިސްތަށިގަނޑެއްވެސް ހީވަނީ ކުޅަދުރު ހަތާގަނޑެއްހެން. މީހާއަށް ވުރެއްބޮޑު ޓީސާޓެއް ލައިގެން، ގައިން ތާހިރުނުވެ […]
” ކޮބާތަ އެނިސާދު. ތަނަކަށް ދިޔަސް އަވަހަކަށް އަންނާކަށް ނޭންގޭނެ. ވަރަށް ފޫހިވޭ. މިހާރު ބަނޑުހައިވެގެން ހަލާކުވާވަރު ވެއްޖެ” ރުޅިއައިސްގެން އިނދެ ހަނާ އެއްޗެހި ކިޔަމުން ދިޔައެވެ. “ހަނާ…” ރުޅިގަދަވެފައިން ހަނާއަށް މީހަކު ގޮވާލުމުން ދޮރާދިމާއަށް ބަލާލިއެވެ. އޭރު ދޮރުމަތީ ޒިޔާދު ހުއްޓެވެ. އޭނާގެ މޫނުމަތީގައި ލާނެއްހިނިތުންވުމެއް ހުއްޓެވެ. “ދެންތިވަރަށް ރުޅިނާދެބަލަ” ދޮރުކަނީގައި ލެގިލަމުން ޒިޔާދު ބުނެލިއެވެ. “އަހަރެން ކޮންކަމަކާ ރުޅިއަށްނަންވީ. ކީއްވެ ދޮރުމަތީ ތިހުންނަނީ. އެތެރެއަށް ވަދެބަލަ” ހަނާ ހިނިތުންވެލަމުން ބުނެލިއެވެ. “އާނ… ރުޅިއެއްވާ ނާދޭ. […]
އާދުވަހަކަށް އިރުއަރައިގެން އައި އިރުގަ ރަށުގެ ގިންނަހިސާބު ވަނީ އެފުއްމިފުށަށް ޖެހިފައެވެ. ވިލާގަނޑުގަ ޖެހުނު ގަދަވައިގެ ސަބަބުން ބައެއްގޭގެ ފުރާޅު ޓިނުތައްވެސް އުކާލާފަވާ އިރުގަ، ބައެއްގަސްރުއް ވަނީ މުލުންލުހެވިފައެވެ. ރަށުތެރެއަށް ވަނީ ކަނޑުންނެގި ބިޔަރާޅުތައް އަރާފައެވެ. ނިސާދު އޮފީސް ނިއްމާލާފަ ދިޔައީ ޒިޔާދު ކައިރިއަށެވެ. ރޭގަ ވާރޭގެ ތެރޭގަ ޒިޔާދު އުޅުމުން އިރުއެރި އިރުގައޮތީ ހުންއައިސްފައެވެ. ބައެއްފަހަރު ހޮޑުވެސް ލައެވެ. “ޒިޔާ ކިހިނެއްވެފަ ތިއޮތީ” ޒިޔާދު އޮތްގޮތުން ނިސާދު އަހާލިއެވެ. ޒިޔާދު އޮތީ މުޅިބެޑުސީޓް ގައިގައި އަޅައިގެން […]
“ބޯކޮށް ވާރޭވެހި ވިދާ ގުގުރާއިރު ބޭރުގަ މިއުޅެނީ ކާކުބާ؟ މިރަށުމީހެއްބާ އެއީ!!! ކޮންތާކަށް ކީއްކުރަންދާ މީހެއްބާ؟.. ވެދާނެ މިރަށު އުޅޭ ޕާޓޭ ގުރޫޕްގެ މީހަކަށް ވެސް” ޖަވާބުނެތް ސުވާލުތަކެއް ނިސާދުގެ ހިތުގައި އުފެދިގެން ދިޔައިރުގަ، ދޭހާ އަތްވަކަށް، ވެހޭހާ ވާރޭއަކަށް ބެލުމެއްނެތި މަގުތަކުގައި ގިނަވެގެން އުޅޭ ބައެއްގެ ތެރެން މީހެކޭވެސް ނިސާދުގެ ހިތަށް އެރިއެވެ. ނިސާދުމެންގެ ޖެހިގެންހުރިގޭ ފާރުކައިރީ ހުރި ހޮޅިދަޑީގެ ހޮޅިބުރި ހުރީ އަދާފައެވެ. މަގުގެ އަނެއްފަރާތުގައި ހުރީގޭ ފާރުކައިރީ ހުރި ހޮޅިދަޑީގެ ހޮޅިބުރި ބަދަލުކުރިތާ […]