“އެކަމަކުވެސް އަހަންނަކަށް ތިކަމަކާ އެއްބަހެއް ނުވެވޭނެ.. އެހެންނޫނަސް ފަޒްލާ ކީއްކުރަން އަލުން އޭނަގެ މައްސަލަތައް ބަލަން ފަށަން ތިއުޅެނީ..؟” ލައިލާ އަދިވެސް ފަޒްލާއަށް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. “ އަހަންނަށް އިތުރު ޑީޓެއިލްސް ދެވޭކަށް ނެތް.. އަހަންނަށްވެސް މީ ކުރަން ފަސޭހަ ކަމެއް ނޫން.. އެކަމަކު މިކަން ނުކޮށްވެސް ވާކަށް ނެތް.. ލައިލާއަށް އަހަންނަށް އެހީވުން ފިޔަވާ އިތުރު އޮޕްޝަނެއް އޮތް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން.. އާފްޓަރ އޯލް.. އައި ނޯ އެވްރީތިންގް ޔޫ ބޯތް […]
“އައިވިން..” ފަޒްލާއަށް ލަސްލަހުން ގޮވާލެވުނެވެ. އައިވިންގެ ރަތްވެފައިވާ ދެލޮލުގައިވާ ހިތާމަ ފަޒްލާއަށް ސާފުކޮށް ފެންނަމުން ދިޔައެވެ. “އައިވިން ތެދުވެބަލަ.. މިތާ އިށީނދޭ..” ފަޒްލާ އައިވިންގެ މުލައްދަނޑީގައި ހިފާ ތެދުކުރަމުން ސޯފާގައި ބޭނދިއެވެ. އެއަށްފަހު ޖަގުން ފެންތައްޓެއް އަޅައިގެން އައިސް އައިވިން އަށް ދިއްކޮށްލިއެވެ. އައިވިން އޭނާގެ މަންމައަށް ބަލާލަމުން ތަށީގައި ހިފާ ފެންކޯވަރެއް ބޯލިއެވެ. އެއަށްފަހު ކުރިމަތީގައި ހުރި ކޮފީ މޭޒުގައި ތަށި ބައިންދަމުން އައިވިން އިސްޖަހާލިއެވެ. “ޒައިކް ގެއްލުނު މައްސަލައިގަ މަންމައަށް އެހީ ވެވޭނީ ކިހިނެއްް..؟ […]
އައިވިންގެ މައްޗަށް އުފުލިފައިވާ ރިޝްވަތުގެ މައްސަލައިގެ އަޑު އެހުންތައް ކޯޓުގައި ފެށިގެން ކުރިއަށް ދިޔައެވެ. އައިވިން އޭނާގެ ވަކީލުގެ އެހީގައި މައްސަލައިގެ ކުރި ހޯދުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ޒަފަރްގެ ކޮޅު މޮޅުވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާކަމެއް އައިވިން ކުރަމުން ދިޔައެވެ. ދުވަހަށް ތާވަލު ކުރެވުނު ކޯޓުގެ އަޑު އެހުން ނިމުމުން އައިވިން އައީ ލަސްނުކޮށް އައީ ގެޔަށެވެ. ގެއަށް ވަދެވުމާއެކު ފުރަތަމަވެސް އައިވިން ދެލޯ ހޯދާލީ ޒޯޔާއެވެ. ފެންނަން ނެތުމުން ނަޖުމާ ކުރެން ޒޯޔާ ވީތަނެއް އޮޅުން […]
އަންހެންކުއްޖާ ކޮރިޑޯއެއްގެ ކުރިމަތީ ހުއްޓި އިޝާރާތް ކޮށްލީ އެންމެ ކޮޅުގައި ހުރި ދޮރަށެވެ. އައިވިން އެ އަންހެންކުއްޖާއަށް ޝުކުރު އަދާ ކުރަމުން ކުރިއަށް ހިނގަައިގަތެވެ. ކޮރިޑޯގެ ފުޅާ ގޯޅިން ހިނގާފައި އައިސް ދޮރުކުރިމަތީގައި ހުއްޓުނެވެ. ދޮރުގެ އެއްފަރާތުގައި ހުރި ފިރިހެނާއަށް ބަލައިލުމުންވެސް އެއީ ޒަފަރްގެ ހަށިފާރަވެރިއެއްކަން އެނގޭ ވަރުވެއެވެ. އޭނާ އައިވިން ކައިރި ހުއްޓެމުން ފިޒިކަލް ބޮޑީ ސާޗެއް ކުރިއެވެ. އަތުގައި އަޅާފައިވާ ގަޑިއާއި މޯބައިލް ފޯނުވެސް އައިވިން އަށް ޖެހުނީ އޭނާއާ ހަވާލު ކުރާށެވެ. އެއަށްފަހު އެމީހާ އަތުގައި ހަރުކުރެވިފައިވާ ސްޕީކަރަކުން ވާހަކަތަކެއް ދެއްކުމަށްފަހު […]
“ކީއްވެ..؟ކީއްވެ ޒައިކް ގެންދަންވީ…” ކުއްލިއަކަށް ޒޯޔާއަށް ސިހުންގެނުވިއެވެ. ޒަފަރް މަތިން ހަނދާންވުމާއެކު ސިކުނޑި ތެރޭގައި އެކި ޚިޔާލުތައް އެނބުރެން ފެށިއެވެ. ޒައިކް ލިބުމާއެކު ޒަފަރްގެ ފަރާތުން ލިބެން ފެށި މެސެޖުތައް ސިކުނޑީގައި ކުރެހެން ފެށިއެވެ. ޒައިކް ގެއްލުމަކީ ޒަފަރްގެ ރޭވުމެއް ބާއެވެ. “އައިވިން.. ޒަފަރް .. ޒަފަރް އަތުގަ ޒައިކް ވާނީ.. ޒަފަރް ނޭނގެ.. ނޭނގެ އަހަރެންގެ ދަރިފުޅަށް ހަދާނީ ކިހިނެއްކަމެއްވެސް…” ޒޯޔާގެ ދެލޯ ބޮޑުވެފައިވާ އިރު އައިވިންގެ ގަމީހުގައި ދެއަތުން ހިފާ ބާރުކޮށްލިއެވެ. ޒޯޔާގެ ޢަމަލުތައް ހުރިގޮތުން […]
“ޒޯ…”އައިވިން އައިސް ޒޯޔާގެ ކުރިމަތީ ކުޑަކަކޫ ޖަހާލަމުން ޒޯޔާއަށް ގޮވާލިއެވެ. “އައިމް ސޮރީ ޒޯ.. މިހެން މިވީ އަހަންނާހެދި… އަހަރެންނަށް ޒައިކް ރަނގަޅަށް ނުބެލުނީމަ…..” ޝަބާގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ. ޒޯޔާ ދެފަރާތަށް ބޯ ހޫރުވާލީ ޝަބާގެ ކުށެއްނޫންކަން އަންގައިދިނުމަށެވެ. އައިވިން އިތުރު ތަފްސީލަށް އެދުމުން ކަންވީގޮތް ކުރުގޮތަކަށް ޝަބާ އައިވިން އަށް ކިޔައިދިނެވެ. “އަދި ޒައިކް ފެންނާނެ އިރާދަ ކުރެއްވިއްޔާ.. އަހަރެން މިހާރު ޕޮލިހުންނަށްވެސް އަންގައިފިން.. އަދިވެސް އަހަރެން ބޭނުން އެތެރެ ޗެކް ކޮށްލަން.. ދެން […]
“ ހިނގާ ދާން..!” އައިވިން އަށް އޭނާގެ ރުޅިގަނޑު މައިތިރި ނުކުރެވޭނެހެން ހީވުމުން ޒޯޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އައިވިންގެ ޢަމަލުން ސިހިފައި ހުރި ޒޯޔާ ދެކޮޅު ހަދާކަށް މަސައްކަތެއް ނުކުރެއެވެ. އައިވިން އޭނާގެ އަތުގައި ހިފައިގެން ގެންދާ ދިމާއަކަށް ދިޔުމަށް ދޫކޮށްލައިގެން ހުރީއެވެ. ގޭތެރެއަށް ވަދެވުމާއެކު ޒޯޔާގެ އަތުން އައިވިން ދޫކޮށްލިއެވެ. ޒޯޔާ އޭނާގެ އަތުގައި ފިރުމާލިތަން ފެނި އައިވިން އަށް ޒޯޔާގެ އަތުގައި ހިފަހައްޓައިގެން ހުރެވުނީ ނުހަނު ބާރަށްކަން އިޙްސާސްކުރެވުނީ ދެނެވެ. ދެއަތުން އައިވިން އޭނާގެ އިސްތަށިގަނޑާއެކު […]
ކާރު ގަރާޖު ތެރެއަށް ވެއްދުމަށްފަހު އައިވިން ނިކުމެ މިސްރާބު ޖެހީ ލިފްޓާ ދިމާއަށެވެ. އެވަޤުތު އެދިމާއަށް އައި ފަޒްލާ އައިވިންގެ ލޮލުގައި އަޅައިގަތެވެ. ހީވަނީ ފަޒްލާވެސް އެއައީ ބޭރުންހެންނެވެ. އައިވިން ފެނުމާއެކު ފަޒްލާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. “މަންމަ މިހުންނަނީ އައިވިން އަށް ގުޅަން ހިތުލައިގެން… އެބައޮތް ދައްކާލަން ބޭނުންވެފަ އޮތް ވާހަކައެއް.. މިވަޤުތު ބިޒީތަ..؟ “ ލިފްޓަށް އަރަމުން ފަޒްލާ އައިވިން ކުރެން އެއްސެވެ. މަންމަގެ އަޑުގައި ކުރިން ހުންނަ މަޑުމައިތިރިކަން ނެތުމުން ދައްކަން އެއުޅެނީ […]
ޕެންޓް ހައުސްއަށް ވަދެވުމާއެކު ޖޫން މަޑުކުރުމެއްނެތި މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. މަންޒަރު ބަލަން ހުރި ނަޖުމާ ނަޒަރު ހިންގާލީ އައިވިން އާ ދިމާއަށެވެ. ކައިވެނި ކުރިތާ އެއްދުވަސް ނުވެ ދެމީހުން މާލެ އަންނާނެ ކަމަކަށް ނަޖުމާ ހީކޮށްފައެއް ނެތެވެ. ފޮށި ދަމަމުން ގޭ ތެރެއަށް ވަތް އައިވިން ނަޖުމާއަށް ހިނިތުންވުމެއް ރައްދުކުރިއެވެ. އެހެނަސް އެހިނިތުން ވުމުގައި ދިރުމެއްނުވާކަން ނަޖުމާއަށް އެނގެއެވެ. ކޮޓަރި ހުޅުވާލަމުން އެތެރެއަށް ވަތް އައިވިންގެ ލޮލުގައި އަޅައިގަތީ އޭނާއާ ފުރަގަސްދީގެން އެނދުގައި އިށީނދެ […]