“މެސީ ބަން” އަކަށް ޖަހާފައިވާ ހުޅިއާއި ލައިގެން ހުރި ޓީޝާޓައި ދޫ ހަރުވާޅުން ލިލިއަން ފެންނަނީ ނުހަނު ސާދާކޮށެވެ. އެހެނަސް އެ ސާދާކަން ލިލިއަންގެ ރީތިކަން އިތުރުކޮށްދޭހެން ދިޔާން އަށް ސިފަވީ ކީއްވެ ކަމެއް ނޭނގެއެވެ. “އަވަހަށް އިށީނދޭ ކާން..” ސިންކު ކައިރީ ތަށިތައް ދޮންނަން ހުރި މާޔާ ދިޔާން ހުއްޓި ހުރުމުން ބުނެލިއެވެ. ހޭވެރިކަން ލިބި ދިޔާން ގޮނޑިއެއް ދަމާލަމުން އިށީނދެ ހަމަޖެހިލިއެވެ. “ލިން.. ފިނިކުރަން ފްރިޖްއަށް ލީ ފަނި ފުޅި ނަގާބަ..” މާޔާ ބުނެލުމާއެކު […]
“ހިނގާ އެއްޗެއް ކަމާ.. މިތާ ހުންނަ ސްޓޯލަކުން ވިއްކާނެ ލުއިކާނާލާ ކަހަލަ އެއްޗެހި..” އެސަރަޙައްދުގައި ތަފާތު ކާތަކެތި ވިއްކޭ ގޮތަށް ހަދާފައި ހުރި ތަނެއް ދައްކާލަމުން މާޔާ ބުނެލިއެވެ. ދިޔާންއަށް ވެސް އެޚިޔާލު ކަމުދިޔުމާއެކު ހަތަރު މީހުން އެދިމާއަށް މިސްރާބުޖެހިއެވެ. ލިލިއަން އާއި މާޔާ އައިސް ކްރީމް ގަތް އިރު ދެ ފިރިހެނުން ގަތީ އައިސް ކޮފީއެކެވެ. ލިލިއަން އާ ޚިލާފަށް މާޔާ އަކީ ނުހަނު ފަސޭހަައިން އެންމެނާ ގުޅޭ މިޒާޖެއްގެ އަންހެން ކުއްޖެކެވެ. ނަތީޖާއެއްގެ ގޮތުން […]
ބައެއްގެ ވާހަކަ ދެއްކުމުގެ އަޑު އިވިގެންދިޔުމާއެކު ދިޔާން ރަނގަޅަށް މަގަށް ނަޒަރު ހިންގާލިއެވެ. ހަމައެކަނި ފަނޑު އަލިކަމެއްވާ އެމަގުން ހިނގާފައި ދިޔަ އަންހެންކުއްޖާއާއި އޭނާގެ ފަހަތުން އަންނަމުން ދިޔަ ތިން ޒުވާނުން ދިޔާންގެ ލޮލުގައި އަޅައިގަތެވެ. ކޮންމެެވެސް ވާހަކަތަކެއް ދެއްކުމަށްފަހު އެތިން ޒުވާނުން އަންހެންކުއްޖާއާ ދިމާއަށް ހޭން ފެށިތަން ފެނުުމުން ދިޔާންގެ ދެބޮމަ ގޮށްޖެހިގެން ދިޔައެވެ. އެމީހުންގެ ކިބައިން އެ އަންހެންކުއްޖާ ސަލާމަތް ކޮށްދެން ދިޔާން ބޭނުންވިއެވެ. ފަހަތުން އައިސް އެ އަންހެންކުއްޖާގެ ކައިރީ ހުއްޓުމަށްފަހު ދަންނަ މީހަކު ފަދައިން […]
ފަނޑު އަލިކަމެއް ވެރިވެފައިވާ ތަނަވަސް ކޮޓަރިއެއްގެ އެނދުގައި ނިދާފައި އޮތް ޒުވާނާގެ ނިތްކުރީގައި ދާތިކިތައް ވިދަމުން ދިޔައެވެ. އޭސީން ވަމުން ދިޔަ ކަށިތައް ތޮރުފާލާފަދަ ފިނިކަންވެސް އެ ޒުވާނާއަށް މަދަދުގާރެއް ނުވިއެވެ. ދެފަރާތައް މޫނު އަނބުރަމުން ދިޔަ ޒުވާނާގެ ދެލޯ ތަގުޅި ކޮށްލެވިފައިވާ އިރު ނިތްކުރި މައްޗަށް ވެރިވެފައިވާ ރޫތަކުން ހުވަފެނަކުން ވަމުންދިޔަ އުނދަގޫތަކެއްކަން ދޭހަވަމުން ދިޔައެވެ. ކުއްލިއަކަށް ޒުވާނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައިރު ފުންކޮށް ނޭވާ ލަމުން ދިޔައެވެ. ނަފްސު ހަމަޖެހިލުމަށް ވަޤުތުކޮޅެއްވެސް ނުދީ […]
ފަނޑު އަލިކަމެއް ވެރިވެފައިވާ ތަނަވަސް ކޮޓަރިއެއްގެ އެނދުގައި ނިދާފައި އޮތް ޒުވާނާގެ ނިތްކުރީގައި ދާތިކިތައް ވިދަމުން ދިޔައެވެ. އޭސީން ވަމުން ދިޔަ ކަށިތައް ތޮރުފާލާފަދަ ފިނިކަންވެސް އެ ޒުވާނާއަށް މަދަދުގާރެއް ނުވިއެވެ. ދެފަރާތަށް މޫނު އަނބުރަމުން ދިޔަ ޒުވާނާގެ ދެލޯ ތަގުޅި ކޮށްލެވިފައިވާ އިރު ނިތްކުރި މައްޗަށް ވެރިވެފައިވާ ރޫތަކުން ހުވަފެނަކުން ވަމުންދިޔަ އުނދަގޫތަކެއްކަން ދޭހަވަމުން ދިޔައެވެ. ކުއްލިއަކަށް ޒުވާނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައިރު ފުންކޮށް ނޭވާ ލަމުން ދިޔައެވެ. ނަފްސު ހަމަޖެހިލުމަށް ވަޤުތުކޮޅެއްވެސް ނުދީ […]
ބާރު ސްޕީޑުގައި ބްރިޖްމަތިން ކާރު ދުއްވަމުން ދިޔަަ އައިވިންގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުންދިޔައެވެ. ޒޯޔާގެ މޫނު ދެކިލުމަށް އެހިތް އެދި ތެޅިފޮޅެމުން ދިޔައެވެ. މިހުރިހާ ދުވަހެއްވީ އިރުވެސް އޭނާއަށް ހަޤީޤަތް ނޭނގި އޮތްކަމުގެ މައްޗަށް އައިވިންގެ އަމިއްލަ ނަފްސު އަޑު ލަމުން ދިޔައެވެ. ޒޯޔާ ގޮތްހުސްވެ އެކަނިވެެރިވާނެ ވަރު އިޙްސާސް ކޮށްލެވުނަސް އައިވިންގެ ސިކުނޑި ސުމަކަށް ދާވަރު ވެއެވެ. ޒޯޔާގެ ދެލޮލުން އޭނާއަށް ފެނުނު ޖަޒުބާތުތަކުގެ ފަހަތުގައިވާ ސިއްރު އައިވިން އަށް ފަހުމްވީ އަދި ކިރިޔާއެވެ. […]
އައިވިންގެ މުޅި ވުޖޫދުވެސް ކުޑަ ވަޤުތުކޮޅަކަށް ހުއްޓުމަކަށް އަތުވެފައި ވާފަދައެވެ. ފަޒްލާގެ އަނގައިން ބޭރުވެގެން ދިޔަ ކޮންމެ ވާހަކައަކާ އެކު އައިވިންގެ ހިތުގައި ހިފާ މީހަކު ބާރުކުރަމުން ދާފަދަ އިޙްސާސް އެއް ކުރެވިގެން ދިޔައެވެ. އެއްވެސް އަސަރެއް ނެތްފަދައިން އޭނާގެ މަންމަ ޒޯޔާ އަށް ޖެއްސި ހާލު ކިޔައިދެމުން ދިޔައިރު އެއީ ހަޤީޤަތުގައިވެސް އޭނާގެ މަންމަ ބާއޭ އައިވިން ހިތަށް އަރަމުން ދިޔައެވެ. ހިތުގައި އުފެދެމުން ދިޔަ ރިހުމަށް ކެތްނުކުރެވި އައިވިންގެ އަނގައިން މަޑު ވޭނުގެ އާހެއް […]
ކޮފީ ޖޯޑުން އެތިފޮދެއް ބޯލަމުން ހަސަން އައިވިން އާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ފަރާތުން އެއްވެސް ކަމެއް އިތުރަށް އައިވިން އަށް ސިއްރުކުރުމުގެ ވިސްނުމެއް ހަސަންގެ ނެތެވެ. މީގެ ކުރިންވެސް ހަސަން ގަސްތުކޮށްގެން ހުރީ އައިވިން ސުވާލުކޮށްފިނަމަ ހަޤީޤަތް ކިޔައިދިނުމަށެވެ. ނަމަވެސް އައިވިންގެ ފަރާތުން އެފަދަ އިޝާރާތެއް ލިބޭނެކަމަކަށް ހަސަން އުންމީދެއް ނުކުރެއެވެ. “ދަރިފުޅުގެ މަންމައާ ބައްޕަ ކައިވެނި ކުރީ އުމުރުން އެންމެ ވިހި އަހަރުގަ.. އޭރު ބައްޕަ ހީކުރީ ކައިވެނި ކުރެވުމާ ހިސާބުން ހުރިހާ ކަމެއް ނިމުނީކަމަށް.. […]
މޯޅިއަކަަށް ދެމިލަމުން ދެބަދޭތެރޭގައި އައިވިން އެނދުގެ މަގަތައް އަތް ދަމާލިއެވެ. ހުސް އެނދުގައި އަތް ޖެހުމާއެކު އައިވިންގެ ނިދި ކުއްލިއަކަށް ފިލައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލަމުން އައިވިން ބޯހިއްލާލަމުން ރަނގަޅަށް އެނދަށް ނަޒަރު ހިންގާލިއެވެ. މޭތެރޭގައި ހިތް ބާރަަށް ތެޅެމުންދިޔައިރު ރޭގައިވީ ހުރިހާ ކަމަކީ ހުވެފެނެއް ކަމަށްވެސް އައިވިން އަށް ޤަބޫލު ކުރެވެން އުޅުނެވެ. އެހެނަސް އެއިން ކޮންމެ މަންޒަރެއް ސިކުނޑީގައި ކުލަވަމުން ދިޔައީ ހުވަފެނަކަށް ވުމަށް ދެކޮޅުހަދަމުންނެވެ. ހެޑްބޯޑުގައި ބޮލުގެ ފުއްކިބަ ޖައްސާލަމުން އައިވިން ދެލޯ […]