“އައިވިން ކިތަންމެ ނޫންކަމަށް ހަދާފަ ތިހެން އޮތަކަސް ހެވޭ.. އައި ނޯ ބޭބީ.. ޔޫ ކާންޓް ރެސިސްޓް މީ..” ޖޫންގެ ހޫނު ނޭވާ އައިވިންގެ ކަންފަތަށް އެޅިގެން ދިޔައެވެ. އައިވިންގެ ފުރަގަހުން އެދެއަތް ވަށާލި އިރު ޖޫންގެ ގައިގާ އެއްވެސް ފޭރާމެއް ނެތްކަން އިޙްސާސްކުރެވި އައިވިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޖޫން..” އައިވިން އަށް ލަސްލަހުން ގޮވާލެވުނު އިރު އެ އަޑުގައިވަނީ ނުތަނަވަސްކަމެވެ. ޖޫންގެ އަތް އޭނާގެ ހަށިގަނޑާ ދުރުކުރެވޭތޯ އައިވިން މަސައްްކަތް ކުރިއެވެ. އެހެނަސް ޖޫން […]
“ނިދީތަ..؟ “ޒައިކް އަށް އިޝާރާތް ކޮށްލަމުން އައިވިން އެހިއެވެ. ޒޯޔާ ބޯ ޖަހާލުމާއެކު އައިވިން ބުނީ ނަޖުމާއްތަ ޒޯޔާ ހޯދާ ވާހަކައެވެ. ޒޯޔާ ހައިރާން ކަމާއެކު ކޮޓަރިން ނިކުމެ ސިޓިންގް ރޫމަށް ހިނގަަައިގަތެވެ. ޒޯޔާ ފެނުމާއެކު ސޯފާގައި އިން ނަޖުމާ ކޮށްޅަށް ތެދުވިއެވެ. ޒޯޔާގެ ކައިރިއަށް އައިސް ހުއްޓި ހިނިތުންވެހުރެ އޭނާގެ އަތުގައި ހިފަހައްޓާލަމުން ގެނެސް ސޯފާގައި ބޭންދިއެވެ. “ދައްތައަށް އަދި ޒޯޔާއަށް ދޭންވެފަ އޮތް ކައިވެނީގެ ހަދިޔާ ނުދެވޭތީ މިގޮވާލީ..”ނަޖުމާ ބުނެލިއެވެ. “ނަޖުމާއްތަ ކީއްކުރަން ހަދިޔާ ހޯދުމުގެ ބުރަ އުފުލީ. […]
މީހުންގެ އަތްތިލަބަޑީގެ އަޑުތަކާއެކު އައިވިން އަށް ހޭވެރިކަން ލިބިގެން ދޔައެވެ. ކުރިމައްޗަށް ބަލާލެވުނު ހިނދު ދެއްކުންތެރިކަމުގެ ލަދުވެތިކަމަކާއެކު ޖޫން އިސްޖަހާލިތަން ފެނުނެވެ. ވީނުވީއެއްނޭނގިގެން އެޅެނިކޮށް ޤާޒީ ތެދުވެލަމުން ހިނިތުންވުމެއް ރައްދުުކުރިއެވެ. “ބާއްޖަވެރި ކައިވެންޏަކަށް އެދެން.”ޤާޒީ ސަލާމަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ގަބުކައިފާ އިން އައިވިން އަށް އަދިވެސް ވެގެން މިއުޅޭގޮތް އިޙްސާސްނުވާ ފަދައެވެ. އޭނާ ކައިވެނި ވެވުނީ ޒޯޔާއާއެވެ. އަނބި ޤަބޫލު ކޮށްފީމޭ ބުނީ ކައިރީގައި އިން ޒޯޔާއަށް ބަލަހައްޓައިގެންނެވެ. އެހެނަސް ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މިވީ […]
ޒަފަރްގެ އުނދަގޫ ކުރިމަތިވާން ފެށީ ޒޯޔާ ވިހޭތާ އެއް ދުވަސް ފަހުންނެވެ. އެކި ކަހަލައިގެ ޕާރްސަލް ތަކާއި މާބޮނޑިތައް ފޮނުވާ ހަދައެވެ. އެއިން ކޮންމެ ކަމެއްވެސް ޒަފަރް ކުރަނީ އޭނާގެ އައުވާނުން ލައްވައެވެ. ޚުދު ޒަފަރް އަމިއްލަ އަށް ނާންނަ ކަމަށްޓަކައި ޒޯޔާ ޝުކުރުވެރިވިއެވެ. ޒަފަރް ދޭ ކޮންމެ އެއްޗެއް ޒޯޔާ އެއްލައިލަނީއެވެ. އެހެނަސް އޭނާގެ ހިތްބިރުގަތީ ޒަފަރް ދިން މާބޮނޑިއެއްގައި އޮތް ލިޔުން ކޮޅަކުންނެވެ. މިނިމުނީކަމަށް ހީނުކޮށް އަދި މިފަށައިގަތީ ކަމަށް ހީކޮށްލުމަށް ލިޔެފައިވިއެވެ. އޭގެ […]
“އަހަރެން ބޭނުން ވަރަށް އަވަހަށް ޒޯ އާ މެރީ ކުރަން.. ޒޯ ވިހާ ގަދަވިހާ އަވަހަކަށް އެކަން ކުރަން ބޭނުން..” އައިވިންގެ އަޑުން އެކަމަށް ކެތްމަދުވެފައިވާކަން ހާމަވެއެވެ. އޭނާގެ ހައްޤަކަށް ޒޯޔާ ވުމީ މިހާރު އައިވިންގެ އެންމެ ބޮޑު އެދުމެވެ. ޒޯޔާ އައިވިންގެ ނިންމުމަކާ ދެކޮޅެއް ނަހަދައެވެ. އޭނާވެސް ބޭނުންވަނީ އަވަހަށް ކައިވެނިކޮށް ނިންމުމަށެވެ. އައިވިން އޭނާގެ އަތުގައި އަޅުވާލަދިން އަނގޮޓިއަށް ބަލާލުމާއެކު ޒޯޔާގެ ހިތަށް ބުނެދެން ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ހާމަފެންޑާގައި އުފާވެރި ވަޤުތު […]
އެނދުމަތީގައި އޮތް ހުދު ކުލަައިގެ ފޮއްޓަށް ބަލަހައްޓައިގެން ޒޯޔާއަށް ހުރެވުނެވެ. އޭތި އެތަނުގައި ބޭއްވި މީހަކާ މެދު ހިތުގައި ސުވާލު އުފެދުނެވެ. މަޑު މަޑުން އައިސް ޒޯޔާ އެނދުގައި އިށީނދެ އެ ފޮށީގައި އަތް ހާކާލިއެވެ. މެދު ސައިޒުގެ އެފޮށީގެ އެތެރޭގައި އޮތް އެއްޗެއް ހޯދުމުގެ ޝައުޤުވެރިކަން ޒޯޔާގެ ހިތުގައި އުފެދިގެންދިޔައެވެ. ފޮށީގެ މަތިގަނޑު ހިއްލާލުމާއެކު އެންމެ ފުރަތަމަ ވެސް ޒޯޔާގެ ލޮލުގައި އަޅައިގަތީ މަތީގައި ބާއްވާލެވިފައި އޮތް ނޯޓު ކޮޅެކެވެ. “ވެއަރ ދިސް އެންޑް ކަމް […]
“އައިވިންގެ މަންމަ..” ނަޖުމާއަށް އިސް ޖަހާލެވުނެވެ. އާއިލާގެ ތެރޭގައި ހިނގި ކަމެއްގެ ވާހަކަ ދެއްކުން އެންމެ އެކަށީގެން ވޭބާއޭ އޭނާ ހިތަށް އަރަމުން ދިޔައެވެ. ފަޒްލާގެ ނަން ގަނެވުމާއެކު އައިވިންގެ ހާސްކަން ދެގުނަވިއެވެ. ކެތްތެރިކަން ކުޑަ ގޮތަކަށް އައިވިން އަށް ނަޖުމާގެ ދެއަތުގައި ހިފާލެވުނެވެ. “ނަޖުމާއްތާ.. އާދޭސްކޮށްފަ މިބުނީ.. ދެން އަހަރެންގެ ހިތްނުތަޅުވަ ވީ ކަމެއް ކިޔައިދީ.. އަހަރެންގެ މަންމަ ކީއްކުރީ..؟” އައިވިންގެ އަޑުގައިވަނީ އާދޭހެވެ. އައިވިން ނަޖުމާ ގޮވައިގެން އައިސް ސޯފާގައި އިށީނެވެ. “އައިވިން މަންމަ […]
ޒޯޔާ ޒަފަރް އާ ކައިވެނި ކުރަން ނިންމި ޚަބަރު ލިބުމާއެކު ސޯބިރާއަށް ލިބުނީ ހައިރާންކަމެވެ. ވަޤުތުން ދަރިފުޅު ކުރެން އިތުރަށް އޮޅުން ފިލުވަން ސޯބިރާ އެތަކެއް ސުވާލެއް ކުރަން ފެށިއެވެ. ނަމަވެސް ޒޯޔާ އެއްވެސްކަމެއް ހާމައެއް ނުކުރެއެވެ. ދިރިއުޅުމުގައި ކުރިމަތިވެފައިވާ މަޖުބޫރީގެ ހާލަތު މަންމައަށް އަންގާކަށް ޒޯޔާ ބޭނުމެއް ނޫނެވެ. ޒޯޔާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނު ނަމަވެސް ސޯބިރާގެ ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައެވެ. ކުއްލި ގޮތަކަށް އޭނާގެ ދަރިފުޅު ޒަފަރް އާ ކައިވެނި ކުރަން ނިންމި […]
ކޮޓަރި ތެރެއަށް ވަދެގެން އައި ޒޯޔާގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނުވެއެވެ. އެތެރެއިން ދޮރުލައްޕާލުމަށްފަހު ކަނޑާ ވައްޓާލި ރުކެއްހެން އެނދުމައްޗަށް ޒޯޔާ ވެއްޓިގަތެވެ. އެހިނދު ކޮޓަރީގެ ހަތަރު ފާރު ތެރޭގައި ހަރުލައިގެން ދިޔައީ ޒޯޔާގެ ރުއިމުގެ އަޑެވެ. ބަންޑުން އޮވެ ގިސްލަމުން ދިޔަ ޒޯޔާ އެނދުގައި އަޅާފައި އޮތް މެޑުޝީޓުގައި ހިފަހައްޓާ އަތުގެ ތެރެއަށް ބޮނޑި ކޮށްލިއެވެ. އިރުއޮއްސުނު ވަޤުތުން ފަށައިގެން ވެދިޔަ ހުރިހާ ކަމެއް އެސިކުނޑީގައި އެނބުރެމުން ދިޔައިރު ބޯ ފަޅާ ސިކުނޑި ނިކުންނަން އުޅޭހެން […]