މިޝަލީގެ ކެބިން އަށް ރައިހާ ވަނީ ވަރަށް ބަލައިގެންނެވެ. މޭޒުގައި ފޯނާއި ފާސް ބާއްވާލުމަށްފަހު ރައިހާ ވަށައިގެން ނަޒަރު ހިންގާލިއެވެ. ކޮޓަރީގެ އެއްކަނެއްގައި ވޯކް ޓޭބަލް އަކާއި ކޮމްޕިއުޓަރެއް ބެހެއްޓިފައިވާއިރު ފާރާއި ޖައްސާފައި ދެ ފޮތް ހަރުގަނޑު ބަހައްޓާފައި ވެއެވެ. އޭގެ އިތުރުން އިތުރު ލޮކާ ކަބަޑެއް ބެހެއްޓިފައި ހުއްޓެވެ. ރައިހާ ފުރަތަމަވެސް ގާތްވެލީ ކޮޓަރީގެ ދެފަރާތުގައި ބެހެއްޓިފައިވާ ފޮތް ހަރުގަނޑުން އެއްހަރުގަނޑުގެ ކައިރީއެވެ. އެކި ފައިލް ތަކުގެ ގަނޑުތައް އުކަމުން ދިޔައިރު ރައިހާ މަސައްކަތް ކުރަމުން […]
ކައިލް އަތުލަފިކޮށްގެން ދެމުވައްޒަފުން ހުރި އިރު މިޝަލީ ކުރީގައި ހުރެގެން ހިނގައިގަތީ ލިފްޓާއި ދިމާއަށެވެ. އޭރު އެދެމީހުންގެ އަތުން ވީއްލިގެން ދިޔުމަށް ކައިލް ގަދަ ހަދަމުން ދިޔައެވެ. އެމީހުން ކުރަން އެއުޅޭ ކަމެއް ހޯދުމުގެ ޝައުޤުވެރިކަން ރައިހާގެ ހިތުގައި އުފެދުނެވެ. ކައިލް ގޮވައިގެން ތިންމީހުން ލިފްޓަށް ވަދެ ދޮރު ލެއްޕުމާއެކު ރައިހާ މަޑުމަޑުން އައިސް ލިފްޓާއި ކައިރި ވެލިއެވެ. ބޭނުމަކީ މިޝަލީ ކައިލް ގޮވައިގެން ދަނީ ކޮން ފަންގިފިލާ އަކަށްތޯ ބެލުމެވެ. ލިފްޓު ގޮސް ފަސްވަނަ ފަންގިފިލާ […]
ރޭގަނޑު 8 ޖަހައިފިއެވެ. ދުވަހަށް ހަމަޖެހިފައިވާ ހުރިހާ މަސައްކަތެއް ނިމުމުން ރައިހާ ގޮނޑީގައި ލެނގިލަމުން މޯޅިއަކަށް ދެމިލިއެވެ. ވޯކް ޓޭބަލްގައި ހުރި ފައިލްތަކާއި ގަނޑުތައް ތަރުތީބު ކޮށްލުމަށްފަހު ސައިޑް ބޭގް އަތަށް މަހާލަމުން ބޭރަށް ނިކުންނަން އޭނާ ހިނގައިގަތެވެ. ދެވަނަ ފަންގިފިލާގެ ހޯލްވޭއިން ހިނގާފައި އަައި އިރު މުޅި މާހައުުލުގައި ވަނީ ހަމަހިމޭންކަމެވެ. ހޯލްވޭގެ ދެފަރާތުގައި ބަލިމީހުންގެ ކޮޓަރިތައް ހުރި އިރު ކޮންމެ ކޮޓަރިއެއްގެ ދޮރުކައިރީ ނަންބަރ ބޯޑެއް ހަރުކުރެވިފައިވެއެވެ. ރައިހާ އަށް އިނގުނު ގޮތުގައި އެއީ […]
ލޯންޗުން ރަށަށް ފޭބި އިރު ރައިހާގެ ކައިރިއަށް ފާލަމުގައި ހުރި ޒުވާން އަންހެންކުއްޖަކު އާދެއެވެ. އެކުއްޖާ ސަލާމަށް އަތްދިއްކޮށްލުމަށްފަހު ހިތްހެޔޮ ހިނިތުންވުމެއް ރައްދުކުރިއެވެ. ” ނިޝާ.. އަޅުގަނޑު މީ ސްޕެޝަލް ނީޑްސް ސެންޓަރ ގެ މެނޭޖަރގެ އެސިސްޓެންޓް.” އޭނާގެ ކުޑަ ތަޢާރަފެއް ހާމަކުރިއެވެ. ޓެކްސީގައި ނިޝާ ރައިހާ ގޮވައިގެން ދިޔައީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ކައިރީގައި ހުރި ހޮޓެލް އަކަށެވެ. އަދި އެކޮމެޑޭޝަން ހަމަޖެހިފައިވަނީ މި ހޮޓެލް ގައި ކަމަށް ބުނުމަށްފަހު ހަވީރު ހަތަރެއް […]
މެންދުރުގެ ވަގުތުގައި ކާރުބާރު ބޮޑު މަޖީދީމަގުން އައި ކަޅުކުލައިގެ ޓެކްސީ ހުއްޓުނީ މާފަންނުގައި ހުރި ދިހަ ބުރީގެ އިމާރާތެއްގެ ކުރިމައްޗަށެވެ. ކާރުގެ ދޮރު ހުޅުވާލުމަށްފަހު ނިކުތީ ބަލާބެލުމަށް ފަންސަވީހަކަށް އަހަރުގެ ޒުވާން އަންހެންކުއްޖެކެވެ. އިސްކޮޅުން މާދިގުނޫނަސް ރީތި، ލޫޅާފަތި ކުއްޖެކެވެ. ލޮލުގައި އަޅާފައިވާ އަވި އައިނު މައްޗަށް ހިއްލާލުމަށްފަހު ކުރިމަތީގައި ހުރި އިމާރާތަށް ބަލާލިއިރު އެ ތުންފަތްމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. އަތުގައި އަޅުވާފައި އޮތް އަތްދަބަހަށް އައިނު ލުމަށްފަހު އެ އަންހެންކުއްޖާ ހިނގައިގަތީ އިމާރާތުގެ ތެރެއަށް […]