
“އެކަމަކުވެސް އަހަންނަކަށް ތިކަމަކާ އެއްބަހެއް ނުވެވޭނެ.. އެހެންނޫނަސް ފަޒްލާ ކީއްކުރަން އަލުން އޭނަގެ މައްސަލަތައް ބަލަން ފަށަން ތިއުޅެނީ..؟” ލައިލާ އަދިވެސް ފަޒްލާއަށް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.
“ އަހަންނަށް އިތުރު ޑީޓެއިލްސް ދެވޭކަށް ނެތް.. އަހަންނަށްވެސް މީ ކުރަން ފަސޭހަ ކަމެއް ނޫން.. އެކަމަކު މިކަން ނުކޮށްވެސް ވާކަށް ނެތް.. ލައިލާއަށް އަހަންނަށް އެހީވުން ފިޔަވާ އިތުރު އޮޕްޝަނެއް އޮތް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން.. އާފްޓަރ އޯލް.. އައި ނޯ އެވްރީތިންގް ޔޫ ބޯތް ޑިޑް..” ފަޒްލާގެ ތުންފަތް އެއްފަރާތަކަށް ދެމިލިއެވެ.
“އާ ޔޫ ތުރެޓަނިންގް މީ ނައު.؟” ލައިލާގެ ދެލޯ ބޮޑުވެގެން ދިޔައިރު އޭނާގެ އަޑު ބާރުވެގެން ދިޔައެވެ.
“ނޫނޭ.. ލައިލާއަށް އެއްވެސް ދެރަގޮތެއްް ވާކަށް އަހަރެން ބޭނުމެއް ނޫން.. މިކަމުގެ ތެރެއަށް ލައިލާ ވެއްދުމުގެ ޚިޔާލެއްވެސް އަހަރެންގެ ނެތް.. ހަމައެކަނި ކޮށްދެންވީ ކަމަކީ އެ ފައިލްތައް އަހަންނާ ހަވާލުކުރަންވީ.. އެހިސާބުން ލައިލާގެ މަސައްކަތް ނިމުނީ.. އަހަންނަށް އިތުރު މަގެއް ޚިޔާރުކުރަން ޖެހޭނީ ލައިލާ އެކަމާ އެއްބަސް ނުވެއްޖެނަމަ.. ސޯ ޑޯންޓް ފޯސް މީ ޓު ޑޯ ދެޓް..” ފަޒްލާގެ ވާހަކަ އަޑުއަހަން އިން ލައިލާ އިސްޖަހާލިއެވެ. އޭނާއަކީ ޒަފަރްގެ ކުރީގެ ލޯޔަރުގެ އިތުރުން އޭނާގެ ސިއްރު ލޯބިވެރިޔާވެސް މެއެވެ. އެެދެމެދުގައިވީ ހުރިހާކަމެއް އެންމެ ކައިރިން އިނގޭނީ އެދުވަސްވަރު އެއް ލޯ ފާމެއްގައި މަސައްކަތް ކުރި ފަޒްލާއަށެވެ.
ފަޒްލާގެ ކުރިމަތީ މޮޅު ނުވެވޭނެކަން ޤަބޫލުކޮށް ލައިލާ ހަތިޔާރު ބެހެއްޓިއެވެ. އޭނާގެ ޤަދަރު ވެއްޔާއި މޮޑެވިގެންދާނެ ފަދަ ފުރުސަތެއް ފަޒްލާއަށް ދޭކަށް ލައިލާ ބޭނުމެއް ނޫނެވެ.
“އެންމެ ރަނގަޅު.. އަހަރެން އެ ފައިލްތައް ހަވާލުކުރާނަން.. މާދަމާ އަހަރެންގެ އޮފީހަށް އާދޭ.. އަންނަންވީ ގަޑި މެސެޖު ކޮށްލާނަން..” ހަތިޔާރު ބަހައްޓަމުން އެންމެ ފަހުން ލައިލާ އެއްބަސްވިއެވެ. ލައިލާގެ ވާހަކައާއެކު ކާމިޔާބުގެ ހިނިތުންވުމެއް ފަޒްލާގެ ތުންފަތް މައްޗަށް ވެރިވިއެވެ.
“އެންމެ ރަނގަޅު.. ލައިލާ ތިކޮށްދެނީ ވަރަށް ބޮޑުކަމެއް.. އަހަރެން އަބަދުވެސް ތިކޮށްދިން ކަންތައް ހަނދާނުގަ ބަހައްޓާނަން.. “ ފަޒްލާ ގޮނޑިން ތެދުވަމުން ލައިލާގެ ކޮނޑުގައ އަތް ބާއްވާލިއެވެ. ލައިލާވެސް ގަދަކަމުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
*******
ލައިލާގެ ފައިލްތައް ލިބުމާއެކު ފަޒްލާ އޭނާގެ މަސައްކަތް ފެށިއެވެ. އޭނާ ދިން ފައިލް ތަކުގެ އެހީގައި ޒަފަރްގެ މައްސަލަތަކަށް ހެކި ލިބި ކޯޓުން އެމައްސަލަައިގެ އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވިއެވެ. ފަޒްލާ ހުށައެޅި ހެކިތަކާއެކު ޒަފަރްގެ މިލްކިއްޔާތުގެ ދަށުގައިވާ ތަންތަން ބަލާ ފާސްކުރުމަށް ސާޗް ވޮރެންޓު ކޯޓުން ދޫކުރިއެވެ.
ޒަފަރް އާ ގުޅުން ހުރި ތަންތަން ފާސްކުރި ކުރުމުގައި ޒަފަރްގެ މައްސަލަތަކުގައި ބައިވެރިވެފައިވާކަމަށް ޝައްކު ކުރެވޭ ފަރާތްތައް ޕޮލިހުން ހައްޔަރު ކުރަމުންދިޔައެވެ. އަދި އެފަރާތްތަކާއި ކުރެވުނު ތަޙުޤީޤާއެކު މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތުތައް ލިބިގެން ދިޔައެވެ.
އެގޮތަށް ލިބުނު މަޢުލޫމާތުގެ އަލީގައި ޒައިކްގެ ކޭސްއާ ގުޅޭ އާ މަޢުލޫމާތު ތަކެއްވެސް ލިބިގެން ދިޔައެވެ. އެކަން ޕޮލިހުން އައިވިންއަށް އެންގުމާއެކު އޭނާގެ ކެތްތެރިކަން ކުޑަވެގެން ދިޔައެވެ.
ލިބުނު މަޢުލޫމާތާއި އެއްގޮތަށް ހުޅުމާލޭގަައި ހުރި ޒަފަރްގެ ޕެންޓްހައުސް ބަލާ ފާސްކުރަން ޕޮލިހުންނާއެކު އައިވިންވެސް ދިޔައެވެ. އެތަނުގެ ތެރެއިން ޒައިކް ފެނުނު އިރު އޭނާ ކިޑްނެޕް ކުރި ޒުވާން އަންހެންކުއްޖާވެސް ފެނިގެން ދިޔައެވެ. އޭގެ އިތުރުން އިތުރު ތިން ބިދޭސީ އަންހެނުންވެސް އެތަނުގެ ތެރެއިން ހައްޔަރު ކުރެވުނެވެ. ބޮޑަށް ލަފާ ކުރެވުނީ އެމީހުންނަކީ ޒައިކް ބެލެހެއްޓުމަށް ޒަފަރް ކަނޑައަޅާފައި ތިބި ބައެއް ކަމަށެވެ.
ކުއްލިއަކަށް މިއައި ހަލަބޮލި ކަމުގެ ތެރެއިން ޒަފަރް އަށް ރެކިގަންނާނެ ފުރުސަތެއް ނުލިބުނެވެ. ފަޒްލާ ފަދަ ޤާނޫނީ ވަކީލަކު އޭނާގެ މައްސަލަތަށް ބަލަން ފެށި ޚަބަރު ވެގެން ދިޔައީ ޒަފަރް އަށް ފެނުނު ނުބައި ހުވަފެނަކަށެވެ. އެ ހުވަފެނުން ސަލާމަތްވެވޭވެނެ ހުރިހާ މަގެއް ބަންދުވެގެން ދިޔައީ ޕޮލިހުންގެ އިންވެސްޓިގޭޝަން ގައި އޭނާގެ އަރިސް އެތަކެއް މީހުންނެއް ހައްޔަރު ކުރެވުމުންނެވެ. ޒަފަރް އަށް ބާރުގެ ބޭނުން ހިފޭނެ އިތުރު ގޮތެއް ނެތި ހަތަރު އުދަރެސް ފެނުޖެހުނެވެ. ފަޒްލާގެ އަތުގައި އޭނާއާ ދެކޮޅަށް ހުރި ވަރުޤަދަ ހެކިތަކާއެކު ސަލާމަތްވުމުގެ ފުރުސަތު ޒަފަރް އަށް އެއްކޮށް ގެއްލިގެން ދިޔައެވެ. ޖަލުގެ ތޭރިތަކުގައި އުމުރުގެ ބާކީ ހުރި ދުވަސްތަކުން ބޮޑުބައެއް ހޭދަކުރަން ޖެހުނީއެވެ. އައިވިން އޭނާއާ ދިމާއަށް އެންމެ ފަހުން ބުނި ބަސްތައް ހޮނު ގުގުރިއެއްގެ ސިފައިގާ ޒަފަރްގެ ކަންފަތުގައި ގުގުމަން ފެށިއެވެ.
*********
ޒައިކް އެނބުރި އައުމާއެކު ގޭތެރެ އަލުން އުޖާލާވެގެންދާނެކަމުގައި އައިވިން އަށް ޤަބޫލުކުރެވުނެވެ. އެހެނަސް އަދިވެސް ޒޯޔާގެ މޫނުމަތިން އައިވިން އަށް ނުތަނަވަަސްކަން ފެންނަމުންދިޔައެވެ. ވާހަކަ ދެއްކުންމަދެވެ. ޒޯޔާ އޭނާއަށް ކަމެއް ސިއްރުކުރަނީކަމުގައި ހިތްބުނަން ފެށި ނަމަވެސް އެކަން ހިތުން ނެރެލީ ޒޯޔާ މުޅިން ހަމަޔަކަށް އެޅެން އަދި ވަޤުތު ބޭނުންވާނެކަމަކަށް ނިންމަމުންނެެވެ. އެހެނަސް އޭނާގެ އެ ވިސްނުން ވެގެން ދިޔައީ ބިލާހަކަށެވެ.
ޒަފަރްގެ އަޑުއެހުންތައް ނިމި ޖަލުގެ ޙުކުމް އިއްވުމާއެކު އައިވިން އާ ދެކޮޅަށް އުފުލިފައިވާ މައްސަލަ ތަކުގެ ނިމުންވެސް އައީ ޒަފަރްގެ ކޮޅު ދެރަވެގެންނެވެ. ދިރިއުޅުން ކުރިން ހުރި ގޮތަށް އަނބުރާ އިޢާދަ ވުމާއެކު އައިވިން އާދައިގެ މަތިން މަޖިލީހުގެ ޖަލްސާ ނިންމާލުމަށްފަހު އައީ ގެޔަށެވެ. ހަފްތާއަކީ ނަޖުމާވެސް ރާއްޖެތެރޭ ރަޙުމަތްތެރިއެއްގެ ރަށަކަށް ގޮސްގެން އުޅޭ ހަފްތާއެކެވެ.
އައިވިން ގެޔަށް އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެހެނަސް ކޮޓަރިން އޭނާއާ ބައްދަލުކުރީ ހަމަހިމޭންކަމެވެ. ޒޯޔާ އާއި ޒައިކް ފެންނަން ނެތުމުން އައިވިންގެ ހިތުގައި ސުވާލު އުފެދުނެވެ. މަޑު ހިނގުމެއްގައި އައިސް އައިވިން ފާޚަނައިގެ ތަޅުގައި ހިފާލިއެވެ. ދޮރު އެތެރެއަށް ހުޅުވިގެން ދިޔުމާއެކު އައިވިން އެތެރެ ބަލައިލިއެވެ. އެތެރޭގައި މީހަކު ނެތްކަން ޔަޤީންވުމާއެކު އައިވިން އަނބުރާ ދޮރު ޖަހާލިއެވެ. ދެން އައިވިން ބެލީ ހާމަފެންޑާއެވެ. އެހެނަސް އައިވިން އަށް ހާމަފެންޑާއިންވެސް ކުރިމަތިވީ ހުސްކަމާއެވެ. ކުޑަކޮށް ހާސްވި އައިވިން ސިޑިން ފައިބަމުން ޒޯޔާގެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ.
ކޮޓަރިއާ އަރާ ހަމަވި އައިިވިން އަށް ފޯނެއްގެ ރިންގްގު އަޑު އިވިގެން ދިޔައެވެ. އެނދުގައި އޮތް ޒޯޔާގެ ފޯނު އައިވިންގެ ލޮލުގައި އަޅައިގަތެވެ. ފޯނު ކަނޑާލަމުން އައިވިން ނިތްކުރީގައި އަތުން ހިފަހައްޓާލިއެވެ.
”ޒޯ.. ވެއަރ އަރ ޔޫ..” އައިވިން އަށް ހިތާއި ހިތުން ބުނެލެވުނެވެ. ޒޯޔާ ގޭގައި ނެތްކަން ޔަޤީންވުމާއެކު އައިވިންގެ ނުތަނަވަސްކަން އިތުރުވިއެވެ. ޒޯޔާއަކީ މީގެ ކުރިން އޭނާ ކައިރި ނުބުނެ ބޭރަށް ދިޔަ މީހެއް ނޫނެވެ. އައިވިން ދެފިކުރެއްގައި ހުރެމެ ޝަބާއަށް ގުޅާލިއެވެ. ފޯނު ރިންގުވަމުން ގޮސް ކެނޑުން އިރުވެސް ފޯނެއް ނުނަގައެވެ. އައިވިން ހަމަޖެހެވޭތޯ މަސައްކަތް ކުރަމުން އައިސް އެނދުގެ ފައިލާ ކޮޅުގައި އިށީނެވެ. ފަހަރުގައި ޒޯޔާ ޒައިކް ގޮވައިގެން ބޭރަށް ނިކުމެލީ ކަމުގައި ވެދާނެއެވެ. އަދި ހަނދާން ނެތި ގޭގަައި ފޯނު ބާއްވާފައި ދެވުނީ ކަމަށް ވެދާނެއެވެ.
އެފަދަ ޚިޔާލުތަކެއްގައި ހުރެ އައިވިން ތެދުވެގެން އައިސް ރީތިވާ މޭޒުކުރިމަތީ ހުއްޓުނެވެ. މޭޒުގެ ދެކޮޅުގައި ހިފަހައްޓާލަމުން އައިވިން ހަމަޖެހިލުމުގެ ގޮތުން ލޯމަރާލަމުން އިސްދަށަށް ޖަހާލިއެވެ. ދެވަނަ ސިކުންތުގައި ލޯހުޅުވާލެވުނު ވަޤުތު މޭޒުގައި އޮތް ރީނދޫކުލައިގެ ނޯޓު ކޮޅު އައިވިންގެ ލޮލުގައި އަޅައިގަތެވެ.
އިތުރުވިސްނުމެއް ނެތި އައިވިން ނޯޓުކޮޅު ނަގަމުން ކިޔާލިއެވެ. އެ ނޯޓުކޮޅު ކިޔާ ނިމުން އިރު އައިވިންގެ މޫނުގެ ކުލަވަރު އެކީ ބަދަލުވެއްޖެއެވެ. ނޭވާ ފުންވަމުންގޮސް މީހާގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ:
ތުރު ތުރު އަޅަމުން ދިޔަ އިނގިލިތަކުގެ ތެރެއިން ނޯޓު ކޮޅު ދޫވެގެން ވެއްޓުނު އިރު އައިވިން އަށް ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. ދެފަރާތަށް ބޯހޫރުވާލަމުން އައިވިން ދުވެފައި ގޮސް ވާޑްރޮބް ހުޅުވާލިއެވެ. ޒޯޔާގެ ހުރިހާ ހެދުމެއް އެހުރިގޮތަށް އޭގައި ހުއްޓެވެ. ޒައިކްގެ ސާމާނުތައްވެސް ހަމަޔަށް ހުއްޓެވެ. އަނެއްކަަ ޒޯޔާ އޭނާއާ ނުބަައި ސަމާސާއެއް ކުރަނީހެއްޔެވެ؟
******
ބާރު ސުޕީޑުގައި ކާރު ދުއްވަމުން ދިޔަ އައިވިންގެ ހިތް ވަނީ އެތަކެއް ސުވާލުތަކަކުން ފުނިޖެހިފައެވެ. އޭނާގެ ސިކުނޑީގައި ތަސްވީރު ވަމުންދިޔައީ ޒޯޔާ ލިޔެފައިވާ ނޯޓުކޮޅެވެ. އެއީ ޒޯޔާގެ އަތު ލިޔުންކަން އޭނާއަށް ޔަޤީންވެއެވެ.
“އައި ޑޯންޓް ތިންކް އަވަރ މެރިއޭޖް އިޒް ވޯކިންގް އައުޓް.. އައިމް ސޮރީ އައިވިން.. ބަޓް އައި ކާންޓް ބީ ސަމްވެއަރ އައި ޑޯންޓް ފައިޑް ޕީސް.. ތެންކްޔޫ ފޯ އެވްރީތިންގް ޔޫ ހޭވް ޑަން ފޯ އަސް.. އައި ވިޝް ޔޫ ހެޕިނެސް އިން އެވްރީތިންގް.. ގުޑް ބައި އައިވިން” ނޯޓުގައި ޒޯޔާ ލިޔެފައިވާ ކޮންމެ ލަފުޒެއް އައިވިންގެ ހިތުގައި ބިންވަޅު ނެގިފައިވާ ފަދައެވެ.
ޒޯޔާ ހޯދުމަށްޓަކައި މުޅި މާލެ އެފުށް މިފުށަށް ޖެހުނު އިރުވެސް އައިވިން އަށް އެކަމެއް ނުވިއެވެ. އޭނާގެ ހިތުގައި ޒޯޔާއާ ކުރަން ބޭނުން އެތަކެއް ސުވާލެއް އެބަހުއްޓެވެ. ޒޯޔާ އޭނާއާ އެކު އުޅެން ބޭނުންނުވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ ކުއްލިއަކަށް އެހާބޮޑު ބަދަލެއް ޒޯޔާއަށް އަންނަންވީ ކީއްވެހެއްޔެވެ؟ އެހެނަސް ހިތުގައި ފުނިޖެހެމުންދިޔަ ޝަކުވާތަކާއި ސުވާލުތަކަށް ޖަވާބުދާރީވާން ޒޯޔާ އޭނާގެ ޙަޔާތަކު ނެތެވެ.
*******
ޒޯޔާ ކަންތައްކުރިގޮތް ފަޒްލާއަށް އިނގޭކަށް މާގިނަ ދުވަހެއް ނުނެގިއެވެ. އައިވިން މާޔޫސްކަމުގައިވީ ދަނޑިވަޅުގެ ބޭނުން ހިފާ އިތުރު ކައިވެންޏެއް ކުރުމަށް ފަޒްލާ އައިވިން އަށް ހިތްވަރު ދިނެވެ.
”މަންމަ އޭރުވެސް ބުނިތަން މިއޮތީ އައިއްސަ.. އޭނާގެ މުހުތާދު ހާސިލްވީމަ އެ ދިޔައީނު ދަރިފުޅު ދޫކޮށްލާފަ.. އޭނާގެ ދަރިފުޅު ހޯދަން މަޅިއެއްގެ ގޮތުގައި އައިވިން އެ ބޭނުންކޮށްލީ.. ދެންވެސް މަންމަ ބުނާގޮތް ހަދާބަލަ..” ފަޒްލާ އައިވިން އަށް ވިސްނަދެމުން ދިޔައެވެ. އެހެނަސް ފަޒްލާގެ ކޮންމެ ވާހަކައަކާއެކު އައިވިންގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. ޒޯޔާއާމެދު މަންމަ އެކުރާ ތުޙުމަތުތައް ދޮގު ކުރަން ބޭނުންވިއެވެ.
“މަންމަގެ ނުހަނު ގާތް ރަޙުމަތްތެރިއެއްގެ ދަރިއެއް ޖޫން އަކީ.. ދަރިފުޅުގެވެސް ރަޙުމަތްތެރިއެންނު އެއީ.. ތިދެކުދިން ވާނީ އެންމެ އެކަށީގެންވާ ޖޯޑަށް..” ފަޒްލާގެ ވާހަކައާއެކު އައިވިންގެ ދެލޯ ބޮޑުވިއެވެ. ޖޫންއަކީ އޭނާގެ މާޒީއެވެ. އެ މާޒީގެ ތެރެއަށް އަލުން ވަންނާކަށް އޭނާ ބޭނުމެއް ނޫނެވެ.
”މަންމާ ..އަހަންނަކަށް ތިކަމެއް ނުވާނެ.. ޖޫންއާ މެދު އަހަރެން އެގޮތަކަށް ނުދެކެން.. އެހެންނޫނަސް އިތުރު ކައިވެންޏެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން.. އަހަރެން މިގޮތުގަ އުޅުނަ ދީ..” އައިވިން ފަޒްލާގެ އެދުމަށް އިންކާރުކުރަމުން ބުނެލިއެވެ.
”ދަރިފުޅުގެ ތިހިތާމަތަށް ލޮލަށް ފެނި އަތުން ހިފުނީމަ ދެން މަންމައަށް ވަކި ކިހިނެއް ދަރިފުޅު ތިހާލަށް ދޫކޮށްލެވޭނީ..މަންމަ ބުނާގޮތް އެއްފަހަރު ނަމަވެސް ހަދާބަލަ..ދަރިފުޅަށް އުފާވެރިކަން އަލުން ހޯދައިދޭން މަންމަ ބޭނުމޭ.. ދަރިފުޅު އެދުމުން މަންމަ ނުކުރަން ހުރި ކަންތައްވެސް ކޮށްދިނިން.. ޒޯޔާ ޤަބޫލުކޮށް ޒައިކް ހޯދަދިނިން.. އެކަމަކު މަންމަގެ އެދުން އައިވިން އަށް ޤަބޫލެއް ނުކުރެވުން..” ފަޒްލާގެ އަޑުން ހިތާމައިގެ އަސަރު ފާޅުވަމުން ދިޔައެވެ. އައިވިންއަށް ކުށްވެރިކަމުގެ އިޙްސާސް ކުރެވެންފެށުނީ ދެނެވެ. އޭނާގެ އަމިއްލަ އެދުން އިސްކުރެވިފައިވާވަރު ހަނދާނަށް އަންނަމުން ދިޔައެވެ. މަންމަ އޭނާއަށް ކޮށްދިން ކަންކަމުގެ ބަދަލުގައ އޭނާއަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތެވެ.
ސިކުނޑީގައި އުފެދިފައިވާ ހައިޖާނާއެކު ހަމަވިސްނުން އައިވިންގެ ގެއްލިފައިވާފަދައެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލި ދުނިޔެމަތިން ފޫހިވެއްޖެއެވެ. ކޮންމެކަމެއް ވަރިހަކަމަކޮށްލަމުން މަންމަގެ އެދުމަށް އެެެއްބަސްވެލީ ހިތުގައި ބަރުހިލަގަނޑެއް ބާއްވަމުންނެވެ. އައިވިންގެ އިޝާރާތާއެކު ފަޒްލާގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ދުވެލިއެވެ.
-ނުނިމޭ-
3 Comments!
Comments are closed.
Wonderrrrrrrrrrrrr, mihaaru eba get vey mi van goi
Curiously waiting for the next part
Nice . Waiting for next part ?? nd could u please comment on my stry loibahtakai aharen huva maru vs vedhaanamey ???and loabiveriyeh thi nooney masheh neydhemey???alhe fazlaa aivin ah force kuranee tha????
Hiiii sisoo❤️❤️❤️
Swry ingey regular koh cmnt eh nukohleveythaa???❤️❤️
Btw mi part vrh vrh Sali ❤️❤️❤️??
It’s getting interesting ❤️❤️❤️❤️☺️☺️☺️
Ale keeve baa Zoya aivin dookohfaa ediyaee????❤️❤️❤️❤️❤️❤️
Fainally Zafar ah punishment libuny vrh happy vehje ????????☺️☺️☺️
Hope that Zoya as aivin guleythoo even if he is married to jooon ❤️❤️❤️❤️
Waiting for the next part ❤️❤️❤️
Love uu sisoo❤️❤️❤️
Stay safe and take care ❤️❤️❤️❤️