“ޒަފަރް..” ޒޯޔާއަށް ވައި އަޑުން ބުނެލެވުނު އިރު ބިރުން މީހާ ތުރުތުރު އަޅަމުން ދިޔައެވެ. “އަހަރެން މަތިން ހަނދާންވިތަ..؟” ޒޯޔާގެ ކުރިމަތީ ހުއްޓިލަމުން ޒަފަރް ވެރިކުރުވީ ވިހަ ހިނިތުންވުމެކެވެ. “މިތާ..؟ ކިހިނެއް..؟ އަހަރެން..” ޒޯޔާ ހާސްވެފައި ހުރިވަރުން ރަނގަޅަކަށް ވާހަކައެއް ނުދެއްކުނެވެ. އެފަދައިން ކުއްލި އަކަށް ޒަފަރް ފެނިދާނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. “ޒޯޔާ މިތާ ހުރިކަން އެނގުނީ ކިހިނެއްހޭ އަހަންތަ ތިއުޅެނީ..؟ ޒޯޔާ ހީކުރީތަ އަހަރެންގެ ކިބައިން އެހާ ފަސޭހައިން ސަލާމަތްވެވޭނެ ކަމަށް.. އަހަރެން […]
ދޮރުމަތީގައި ހުއްޓުނު ޒޯޔާގެ ބޮލުން ފެށިގެން ފަޔާ ހިސާބަށް އައިވިން އަށް ނަޒަރު ހިންގާލެވުނެވެ. ކޮނޑާ ހަމަޔަށް އެއްވަރަކަށް ކޮށާލެވިފައިވާ އިސްތަށިގަނޑުގެ ނިތްމަތި ވެސް ވަނީ ބޮމަޔާ ހިސާބަށް އެއްވަރަކަށް ކޮށާލެވިފައެވެ. ތަނބިކައްޓާ ހަމަޔަށް އަރާ ގަދަ އަޅި ކުލައިގެ މެކްސީ ހެދުން ޒޯޔާއާ ނުހަނު ގުޅެއެވެ. މޫނުގައި ކޮށްފާވާ މަޑު މޭކަޕާއެކު ކުރިން ނުފެންނަފަދަ ރީތި ކަމެއް ޒޯޔާގެ ފަރާތުން ފެންނަމުން ދިޔައެވެ. އައިވިން ކަޅިވެސް ޖަހާނުލާ ބަލަން ފެށުމުން ޒޯޔާ ލަދުން އިސްޖަހާލިއެވެ. އެތަން […]
އައިވިން އަވަސް ހިނގުމުގައި އައީ ސޯފާތަކާ ދިމާއަށެވެ. ނަމަވެސް އެއަށްވުރެ ކުރިން އިސްޖަހާލުމަށްފަހު ޒޯޔާ ބާރު ހިނގުމުގައި އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. “ޒޯ..” އައިވިން ކަންބޮޑުވެ ހުރެ ޒޯޔާ އާ ދިމާއަށް އަތް ދިއްކޮށްލަމުން ގޮވާލިއެވެ. އެހެނަސް ޒޯޔާ މަޑު ނުކޮށް އެދިޔަގޮތަށް ދިޔައީއެވެ. ޒޯޔާގެ ފަހަތުން ދާން އުޅެފައިވެސް އައިވިން މަޑުޖެހިލަމުން ބަލައިލީ ކުރިމަތީގައި ހުރި ޖޫން އަށެވެ. އޭރު އައިވިންގެ ލޮލުން ނުރުހުން ތެރި ކަމުގެ އަސަރު ފާޅުވަމުން ދިޔައެވެ. “އާދޭ..!” އައިވިން […]
ރޭގަނޑުގެ ކެއުން މޭޒުމަތީ އަތުރާލުމާއެކު އައިވިން ވެސް ހަމަޖެހިލަމުން ކާއެއްޗިއްސަށް ނަޒަރު ހިންގާލިއެވެ. ނަޖުމާ އައިސް ޒޯޔާގެ ކައިރީ އެކި ކަހަލައިގެ މޭވާ އާއި ތަރުކާރީ ހުރި ތަށިތައް އަތުރާލަމުން ހުސްކުރަން ވާނެކަމަށް ބުންޏެވެ. އެހިނދު ޒޯޔާގެ ދެލޯ ބޮޑުވެގެން ދިޔަގޮތުން އައިވިން ކައިރިއަށް ހިނި އަންނަ ގޮތްވިއެވެ. “އެކަމަކު މިހުރިހާ އެއްޗެއް..” ޒޯޔާ އުޅުނީ ހުސްނުވާނެ ކަމަށް ބުނެ ބަހަނާއެއް ދެއްކޭތޯއެވެ. ނަމަވެސް އެ ފުރުސަތު ނަޖުމާ ޒޯޔާއަކަށް ނުދިނެވެ. މާބަނޑު ދުވަސްވަރު ހަށިގަނޑަށް ފައިދާ […]
އައިވިން އަށް ފަޒްލާގެ ފޯނުގެ ސްކްރީނަށް ބަލައިލެވުނެވެ. އެއީ ކޮންމެވެސް ނޫސް ޕޭޖަކުން ލިޔެފައިވާ ޚަބަރެކެވެ. “ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، އައިވިން ހަސަން ގޮތް ނޭނގޭ އަންހެއްކުއްޖަކާއެކު.” އައިވިން އަށް ޚަބަރުގެ ސުރުޙީ ކިޔާލެވުނެވެ. އެއާއެކު އައިވިން ފަޒްލާގެ އަތުން ފޯނު ދަމައި ގަތުމަށްފަހު އެޚަބަރު ކިޔަން ފެށިއެވެ. “އައިވިން އަށް އަދިވެސް ތިކުރެވޭ ކަންތައް ރެޔަކާ ނުލާތަ..؟ ދަރިފުޅުގެ މުޅި ދިރިއުޅުން ހަލާކުވާނީ.. މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ އަމާޒު ފަތްގަނޑަކަށް ދަރިފުޅު ވާނީ… އެއަންހެންކުއްޖާ […]
“މަންމާ..” އައިވިން ހިނިތުންވެލާފައި އައިސް ފަޒްލާގެ ގައިގާ ބައްދާލިއެވެ. ގިނަ ދުވަސް ތަކެއް ފަހުން ލޯބިވާ މަންމަގެ މޫނު ފެނުމުން އައިވިން އަށް ބަޔާން ކުރަންދަތި އުފަލެއް ލިބިގެން ދިޔައެވެ. އައިވިން އޭނާގެ ގައިގާ ބައްދާލައިގެން ހުރި އިރުވެސް ފަޒްލާއަށް ބެލެމުން ދިޔައީ ދުރުގައި ހުރި ޒޯޔާއަށެވެ. ޒޯޔާގެ ނިކުމެފައިވާ ބަނޑާއި ހެނދުން އެޅުމުގެ ވައްޓަފާޅިއަށް ފަޒްލާއަށް ބެލެމުން ދިޔައީ ބިރުވެރި އެއްޗަކަށް ބަލާހެންނެވެ. އައިވިން އަށްވެސް މަންމައަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވުނީ ކަންނޭނގެއެވެ. ފަޒްލާގެ […]
މޭޒުގައި ދެއަތުގެ އޮޅަނބުށި ވިއްދާލައިގެން އިން ޒަފަރް ގެެއްލިފައިވަނީ ފުން ވިސްނުމެއްގެ ތެރެއަށެވެ. ދެއަތުގެ އިނގިލިތައް މަހާލައިގެން ނިތްކުރީގައި ޖައްސާލައިގެން އިން ޒަފަރް އަށް ކެބިންގެ ދޮރުގައި ޓަކި ޖެހުމާއެކު ނިތްކުރިމަތިން އަތް ދުރު ކޮށްލަމުން ވަނުމުގެ ހުއްދަ ދިނެވެ. ކެބިންގެ ތެރެއަށް ވަދެގެން އައި ޔަޢުޤޫބު ޒަފަރްގެ ކުރިމައްޗަށް ވާނެހެން މޭޒު ކައިރީގައި ހުއްޓުނެވެ. “އަހަރެން ބުނި ކަންތައް ކިހާ ހިސާބަކަށް ގޮށްސި..؟” ޒަފަރް ޔަޢުޤޫބަށް ބަލައިލުމެއް ނެތި މޭޒުގައި ޖޯޑު ކޮށްލެވިފައިވާ އޭނާގެ އަތްތިލައަށް […]
ކާރު އާދައިގެ ދުވެލީގައި އައިސް ބަނދަރު ދޮށުގައި މަޑު ކޮށްލިއެވެ. ބޮޑީ ގަރޑް ދޮރު ހުޅުވާލުމާއެކު އައިވިން ކާރުން ފައިބަން އުޅެފާމެ އިސްޖެހިފައި އިން ޒޯޔާއަށް ބަލައިލިއެވެ. “ޒޯ އެހަށް ކާރުގައި މަޑުކޮށްލާ އިނގޭ… ފައިބަން ވީމަ އަހަރެން ބުނާނަން.. އަދިވެސް ވާރެ ތުނިކޮށް އެބަ ވެހޭ..” އައިވިން ގެ އޯގާތެރި އަޑު ޖެހުމާއެކު ޒޯޔާގެ ހިތަށް ބުނެދެން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އައިވިން އަށް ބަލައިލާ ކޮންމެ ފަހަރަކު ހުރިހާ ކަމެއްވެސް ރަނގަޅުވާނެ […]
ކާރު ތެރޭގައި އިން އައިވިންގެ ލޯ ދަތުރު ކުރީ ކާރުގެ ބިއްލޫރި ގަނޑުން ރޮނގު ހަދާފައި ފައިބަމުން ދިޔަ ވާރޭގެ ފެން ތިކި ތަކަށެވެ. އޭނާގެ ހިތުގެ ހަމަޖެހުން ގެއްލިފައިވީ އިރު އައިވިން ދެރަވީ އައުމުގެ ކުރިން އޭނާގެ ހިތުގެ ހާލު ޒޯޔާއަށް އަންގައި ނުދެވުމުންނެވެ. “އަހަންނަށް ކަންތައް މިކުރެވުނީ ރަނގަޅަށްތަ..؟އަހަންނަށް އަދި ޒޯޔާ ފެންނާނެބާ..؟ ނޫން..ނޫން.. އަހަރެން.. އަހަރެންގެ އިޙްސާސްތައް ނުކިޔައިދެވުނީ ކީއްވެތަ..؟ އަހަރެން މީ ހަމަ އެހާވެސް ފިނޑި މީހެއްތަ..؟” ކުއްލި އަކަށް އައިވިން […]