ޖޫންގެ ޢަމަލުތައްް ހުރިގޮތުން އެޒުވާނާއާ ދެމެދުގައިވަނީ ކޮންކަހަލަ ގުޅުމެއްކަން ދެނެގަންނާކަށް އައިވިން އަށް އިތުރު ހެއްކަތް ބޭނުމެއް ނުވިއެވެ. އެފަދަ ގައިގޯޅި މަންޒަރަކުން އައިވިންގެ ހިތަށް މާބޮޑު އަސަރެއް ނުކުރިއެވެ. މާކުރިންވެސް ޖޫންގެ ފަރާތުން އެކަހަލަ ކަމެއް ފެނިދާނެކަމަށް އައިވިންއަށް އުންމީދު ކުރެވިފައި ވާތީކަމަށްވެސް ވެދާނެއެވެ. އެހެނަސް ދެން އައިވިން ކަންތައް ކުރަންވީ ގޮތަކާމެދު ފިކުރު ބޮޑުވިއެވެ. މަންޒަރުތައް ލޮލަށް ފެނުމަށްފަހު އެކަމަށް އަޅާ ނުލާ ހުންނާކަށް އައިވިން ބޭނުމެއް ނޫނެވެ. އެހެނަސް ޖޫންގެ މިޒާޖުގެ ސަބަބުން […]
ޒޯޔާ ބުނި އެޑްރެހަށް ކާރަށް އާދެވުމާއެކު އައިވިން ކާރުގެ ދުވެލި މަޑު ޖައްސާލިއެވެ. މަންޒިލަށް ހާސިލުވާން ނެގި ވަޤުތުވެސް އައިވިން އަށް ކުރުވެފައިވާ ފަދައެވެ. ޖެހިގެން އިން ސީޓުގައި އިން ޒޯޔާއަށް ބަލައިލެވުުނު އައިވިންގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އަނެއްކާވެސް ޒޯޔާ އޭނާގެ ލޯމަތިން ގެއްލެން އުޅެނީއެވެ. އެޚިޔާލާއެކު އައިވިންގެ ހިތަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. އޭނާގެ ކައިރީ ހުރެދިނުމަށް އެދި އާދޭސްކުރަން އައިވިންގެ ހިތް ތެޅިފޮޅިގަތެވެ. ޒޯޔާއާ ނުލާ އޭނާގެ ދިރިއުޅުން އެކަނިވެރިވެފައިވާ މިންވަރު ޒޯޔާއަށް […]
ލިފްޓު ތެރޭގައި ހުރި ޒޯޔާގެ މޫނު ފެނުމާއެކު ލާން އުޅުނު ނޭވާވެސް އައިވިންގެ އަރު ތެރޭގައި ތާށިވިއެވެ. ދެފަހަރަކަށް އެސްފިޔަ ޖަހާލަމުން އައިވިން ބަލައިލީ އޭނާއަށް ފެންނަމުންދިޔަ މަންޒަރު ކުށްހީ އަކަށް ވެދާނެތީއެވެ. ލިފްޓުގެ ދޮރު ލެއްޕެން އުޅުމުން ހަމަހޭވެރިކަން ލިބުނު މީހެއް ފަދައިން އައިވިން އަވަސް އަވަހަށް ލިފްޓުގެ ތެރެއަށް ދެމިގަތެވެ. ލިފްޓު ތެރޭގައި އައިވިންގެ އިތުރުން ހުރީ ފިރިހެނަކާއި ޒޯޔާ އެކަންޏެވެ. ލިފްޓުގެ އެއްކަނުގައި ޒޯޔާ ހުއްޓިލައިގެން ހުރިއިރު އޭނާއާ ޖެހިގެން ހުރީ އުމުރުން […]
އެނދުގައި އޮށޯވެގެން އޮތް އައިވިން އަތު ކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ގަޑިން ދަންވަރު އެކެއް ޖަހަނީއެވެ. މާޔޫސްކަމުގެ ފުންނޭވާއެއް ދޫކޮށްލަމުން އައިވިން އޭނާގެ އަތް ލޯމަތީގައި ބާއްވާލިއެވެ. އެހެނަސް އިތުރު ކަމަކާމެދު ވިސްނާލާނެ ފުރުސަތެއްވެސް ނުލިބެނީސް ބޭބީ މޮނީޓަރުން ދަރިފުޅުގެ ރުއިމުގެ އަޑު އިވިގެން ދިޔައެވެ. ކަންފަތުގައި އެ އަޑު ޖެހުމާއެކު ސިހިފައި ހަށިގަނޑު ސީދާ ކޮށްލަމުން އައިވިން ދުރު ފިޔަވަޅުތަކެއް އަޅަމުން އައިސް ނާސަރީ ރޫމްގެ ދޮރު ހުޅުވާލިއެވެ. ކުޑަ އެނދު ކައިރިއަށް ހުއްޓި […]
އައިވިން އަށް ހީވީ ހުވަފެނެއްގެ ތެރޭގައި އުޅެވެމުންދާ ހެންނެވެ. ނޫންނަމަ އޭނާގެ ދެލޯ އަމިއްލަ ނަފްސަށްވެސް ކެހި ދެނީހެއްޔެވެ؟ އޭނާއާ ދިހަވަރަކަށް ފޫޓު ދުރުގައި ހުއްޓިލައިގެން އެހުރީ ޒޯޔާ ނޫން ދެވަނަ މީހެއް ނޫނެވެ. ހޮޓެލްގެ މަސައްކަތު ޔުނިފޯމުގައި ޒޯޔާ ހުރިއިރު “ފްރިންޖް” ހެއަރ ސްޓައިލަށް ކޮށާލެވިފައިވާ ހިތްގައިމު އިސްތަށިގަނޑު ގައިވަނީ ހުޅިއެއް ޖަހާފައެވެ. އައިވިންގެ ދެލޮލުން ފެނިގެން ދިޔަ ސިހުމާއި ހައިރާންކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކުޅަދާނަ ކަމާއެކު އޭނާ ވަންހަނާ ކޮށްލިއެވެ. ******* ޒޯޔާގެ ދެލޯ އައިވިންގެ […]
ދެއަތް ދެއަތާ މޮޑެމުން ދިޔަ ޒޯޔާގެ މޫނުމަތިން ހާސްކަން ފާޅުވަމުން ދިޔައެވެ. ފަޒްލާގެ ކުރިމަތީ އިށީން ވަޤުތުން ފެށިގެން މުޅިހަށިގަނޑަށް މަޑު ތުރުތުރު ލުމެއް ވެރިވެފައިވާ ފަދައެވެ. ފަޒްލާ ދައްކަން އުޅޭ ވާހަކައަކާ މެދު ޒޯޔާއަށް ވިސްނެމުންދިޔައީ އިންތިހާ އަށެވެ. “ޒޯޔާ މިގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން.. އަހަންނަށް ހީވަނީ މިކަމުން ދެމީހުންނަށްވެސް ކުރާނީ ފައިދާހެން..” ފަޒްލާ ދުރު ދުރުން ދައްކަން ފެށި ވާހަކައިގެ މިސްރާބު ހުރީ ކޮންދިމާއަކަށްކަން ލަފާކޮށްލަންވެސް ޒޯޔާއަށް ދަތިވިއެވެ. “ޒޯޔާ ބޭނުންތަ ޒައިކް […]
“މީ ކޯއްޗެއް..؟” އައިވިންގެ އަޑާއެކު ޖޫން އަށް ސިހުން ގެނުވިއެވެ. އެ އަޑުން އެއްވެސް އަސަރެއް ފާޅުނުވާއިރު މޫނުމަތިންވެސް އެއްވެސް އިޙްސާސެއް ފާޅެއް ނުވެއެވެ. “ތިއީ.. ބާތް ކޮންޓްރޯލް ޕިލްސް ..އެންނު” ޖޫން ގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ. އޭނާ ފަޟީހަތްވަނީ ކަމުގައި ނިންމަމުން ދެލޯ މަރާލިއެވެ. “ދެން..؟ ޖޫން އެންނު އަހަރެން ކައިރީ ބުނީ ޤަވާއިދުން ބޭސް ކާ ވާހަކަ.. ޔޫ ޓޯލްޑް މީ ނޮޓް ޓު ޔޫސް އެނީތިންގް.. ޔޫ ޑިޑް.. ޔޫ […]
މާޙައުލުގައި ގުގުމަމުން ދިޔައީ ލަވައިގެ އަޑާއި މަސްހުނި ވެފައިވާ ދެޖިންސުގެ ހުނުމާއި ވާހަކަ ދެއްކުމުގެ އަޑެވެ. ޖޫން އެންމެންނާ އެއްފަރާތް ވެލަމުން ގޮނޑީގައި އިށީނދެ ޖޫސްތައްޓެއް އަތަށް ނެގިއެވެ. ޖޫސްތައްޓައް ބަލަހައްޓައިގެން އިން ޖޫންގެ މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. އޭނާ ޕާޓީއަށް އައީ ހިތް އުފާކޮށް އެކުވެރިންނާއި އެކު މަޖާ ވަޤުތު ކޮޅެއް ހޭދަކޮށްލާށެވެ. ނަމަވެސް ނޭނގޭ ސަބަބަކާ ހުރެ އޭނާގެ ހަށިގަނޑަށް ލޮޑުކަން ވެރިވެއްޖެއެވެ. ކޮޅަށް ތެދުވާ އިރަށް ބޮލަށް ބަރުވާގޮތްވެއެވެ. ބޭނުންވީގޮތާ ޚިލާފަށް ޕާޓީއިން […]
އައިވިންގެ ވިސްނުން ބަދަލުވުމުގެ ކުރިން ލިބުނު ފުރުސަތުގެ ބޭނުން ފަޒްލާ ފުރިހަމަ ގޮތުގައި ހިފިއެވެ. ޖޫންގެ ޢާއިލާއަށް ކެއުމަކަށް ދަޢުވަތު އެރުވުމަށްފަހު ތައްޔާރުވެ ހުރުމަށް އައިވިން ކައިރި ބުނީ އެންމެ ފަހު ވަޤުތުއެވެ. ހުރިހާ ކަމެއް ތައްޔާރުވެ ނިމިފައިވުމުން އިތުރަށް ދެކޮޅު ހެދޭކަށްވެސް އައިވިން އަކަށް ނެތެވެ. ޗާބީ ދީފައިވާ ބުދެއްހެން ސުފުރާ ދޮށުގައި އައިވިން އިން އިރު ޖޫންގެ ތުންފަތުގައިވަނީ ނުފިލާ ހިނިތުންވުމެކެވެ. އެންމެ ފަހުން އައިވިންގެ ހައްޤަކަށް ވުން އެދި ދުން ހުވަފެންތައް ހަޤީޤަތަކަށް ވާން އުޅެނީއެވެ. […]