Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމެ ވަކިވުމެއް-41

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
January 29, 2021 5 Mins Read
4 Comments

ކާރު ގަރާޖު ތެރެއަށް ވެއްދުމަށްފަހު އައިވިން ނިކުމެ މިސްރާބު ޖެހީ ލިފްޓާ ދިމާއަށެވެ. އެވަޤުތު އެދިމާއަށް އައި ފަޒްލާ އައިވިންގެ ލޮލުގައި އަޅައިގަތެވެ. ހީވަނީ ފަޒްލާވެސް އެއައީ ބޭރުންހެންނެވެ. އައިވިން ފެނުމާއެކު ފަޒްލާގެ މޫނުމަތި ބަނަވެގެން ދިޔައެވެ.

“މަންމަ މިހުންނަނީ އައިވިން އަށް ގުޅަން ހިތުލައިގެން… އެބައޮތް ދައްކާލަން ބޭނުންވެފަ އޮތް ވާހަކައެއް.. މިވަޤުތު ބިޒީތަ..؟ “ ލިފްޓަށް އަރަމުން ފަޒްލާ އައިވިން ކުރެން އެއްސެވެ. މަންމަގެ އަޑުގައި ކުރިން ހުންނަ މަޑުމައިތިރިކަން ނެތުމުން ދައްކަން އެއުޅެނީ އާދައިގެ ވާހަކައެއް ނޫންކަން އައިވިން އަށް އިޙްސާސްކުރެވުނެވެ. އައިވިން ހަމައެކަނި ދެފަރާތަށް ބޯ ހޫރުވާލީއެވެ. އޭނާ އެހުރީ އެއްވެސް މީހަކާ ކުރިމަތިލާހިތްވާކަހަލަ މޫޑެއްގައެއް ނޫނެވެ. އެހެނަސް މަންމަގެ ކިބައިން ސަލާމަތް ނުވެވޭނެކަން އައިވިން އަށް އެނގެޔެވެ.

“އެހެންވީއިރު ހިނގާ މަންމަގެ ބަޔަށް… ލިފްޓު ހުއްޓުމުން އޭނާގެ ބަޔަށް ފޭބުމަށް ފަޒްލާ އައިވިން އަށް ދަޢުވަތު ދިނެވެ.

ދެކޮޅު ހެދުމެއްނެތި މަޑު މަޑުން ލިފްޓުން ފައިބައިގެން ފަޒްލާގެ ފަހަތުން އައިވިން ގޭތެރެއަށް މިސްރާބު ޖެހިއެވެ. ފަޒްލާ އައިވިން ގޮވައިގެން ހިނގައިގަތީ އާންމުކޮށް އޭނާ މީހުންނާ ބައްދަލު ކުރާ ގޭގެ ކުތުބުޚާނާ އަށެވެެ. އެތެރޭގައި ހުރި ފޮތް ކިޔާ މޭޒާ ޖެހިގެން ހުރި ސޯފާ ގޮނޑީގައި ފަޒްލާ އައިވިން އާއެކު އިށީނެވެ.

“މަންމައަށް ފާހަގަވަނީ މިހާރު ދަރިފުޅު މާގިނައިން ބޭރުގަ އުޅޭކަން..މިހާރު ދަރިފުޅު ޖެހޭނެ ޖޫން އާ މެދުވެސް ވިސްނަން.. ޒޯޔާ ނޫނަސް އެއީވެސް އައިވިންގެ އަންބެއް…” މަންމަގެ ވާހަކަތަކުގެ ތެރެއިން ޒޯޔާގެ ނަން އައުމުން އައިވިން އަށް ދެލޯ މަރާލެވުނެވެ.

“ މަންމަ މިދައްކާ ވާހަކަ އަޑު އިވޭތަ އެބަ..؟” އައިވިންގެ ފަރާތުން ޖަވާބެއް ނައުމުން ފަޒްލާ އައިވިން އަތުގައި ހިފާލަމުން ބުންޏެވެ. އައިވިން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“ދަރިފުޅު ތިހެން ކަަންތައްކުރުމަކީވެސް ޖޫން އަށް ދެވޭނެ ދެރައެއް.. މަންމަވެސް ބޭނުން އައިވިން ޖޫން އާއެކު އުފަލުގަ އުޅޭތަން ބަލަން.. ޒޯޔާ ދަރިފުޅަށް ހަދާލި ގޮތް މަންމަ ހަނދާނެއް ނުނެތޭ…”

“މަންމާ..!” އައިވިން އަށް ކެތްނުވެގެން ގޮވާލިއެވެ.

“މަންމަ މިދައްކަނީ ދޮގު ވާހަކައެއް ނޫނެންނު.. ދަރިފުޅުގެ އާދޭހާއެކު މަންމަ ޒޯޔާވެސް ބަލައިގަތިން.. އެކަމަކު އެހެރީ އޭނަ އެންމެ ފަހު ވަޤުތު ކަންތައްކުރިގޮތް.. މަންމަ ފުރަތަމަވެސް އޭނަ އާ މެދު ނުރުހުންވީ އެއީ އެކަހަލަ އަންހެނެއްކަން އެނގޭތީ.. ޒޯޔާ މަތިން ހަނދާން ނައްތާލާފަ އައިވިންވެސް އުފާވެރި ހަޔާތެއް ވޭތު ކުރެވޭތޯ މަސައްކަތް ކުރޭ.. މަންމަ އެންމެ އުފާވާނީ އެދުވަހަކުން.. “ ފަޒްލާ އައިވިންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އައިވިންގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ. މަންމައަށް ބުނެލަން ކިތަންމެ ފަސޭހަ ނަމަވެސް އޭނާއަށް ހަނދާން ނައްތާލަން ހާދަ ދައްޗެވެ. ދުވަހަކުވެސް އެކަން ވާނެކަމާމެދު އޭނާއަށް ޝައްކެވެ.

“މަންމައަށް ހީވަނީ ދަރިފުޅު ޒޯޔާ ވަރިކުރަންވީހެން.. އޭރުން އޭނާގެ ހަނދާންތަކާ ދުރަށްދެވޭނީ..” ފަޒްލާގެ ވާހަކައާއެކު އައިވިން އަށް މަންމަގެ މޫނަށް ބަލައިލެވުނީ ބިރެއް ފެނުނު ފަދައިންނެވެ. ހިމޭނުން އިށީނދެގެން އިންނަން ދަތިކަމަކަށް ވެގެން ދިޔައެވެ.

“އެކަމަކު..” އައިވިން ފާޅުގައި ދެކޮޅު ހަދަން ބޭނުންވި ނަމަވެސް މަންމަގެ ކުރިމަތީ އެހިތްވަރެއް ނުލިބުނެވެ.

“އެކަމަކު ކިހިނެއްވީ..؟” މިހާރު ތިދެމީހުންނެކޭ ދުރުހިލޭ ދެމީހުންނެކޭ ތަފާތެއް ނެތެންނު.. އެންމެ ކުޑަމިނުން އޭނާ އުޅެނީ ކޮންތާކު ކަމެއްވެސް ދަރިފުޅަކަށް ނޭނގެއެންނު.. ދެން އޭނަ ހިފެހެއްޓުމުގެ ބޭނުމަކީ ކޮބާ..؟ އޭނަގެ ހިޔަނި އެޅޭހާ ދުވަހަކު ދަރިފުޅުގެ ދިރިއުޅުން ކުރިޔަކަށް ނުދާނެ..” ފަޒްލާ ކޮޅަށް ތެދުވަމުން އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ.

“ނޫން މަންމާ.. އޭނަ އަހަރެން ކައިރިން ވަރިއަށް ނޭދޭހާ ހިނދަކު ވަރިއެއް ނުކުރާނަން..” އައިވިން  ކިތަންމެ ގޮތަކުން ވިސްނިޔަސް މަންމަގެ އެދުމާއި އެއްބަސްވެވޭކަށް ނެތެވެ. އޭނާ ޒޯޔާ ވަރިކޮށްފިނަމަ ދެމީހުން ގުޅުވައިދޭ ހަމައެކަނި ގުޅުންވެސް ކެނޑިގެން ދިޔައީއެވެ. އޭރުން ޒޯޔާ މުޅި އުމުރަށް އައިވިންއަށް ގެއްލިގެން ދިޔައީއެވެ. އޭނާގެ ހިތުގައިވާ ހަމައެކަނި ހިތްހަމަޖެހުންވެސް ނިގުޅިގެން ދާކަށް އައިވިން ބޭނުމެއްނޫނެވެ.

ފަޒްލާ އުޅުނީ އައިވިންގެ ނިންމުން ބަދަލުކުރުމަށް ވާހަކަ ދައްކާށެވެ. ނަމަވެސް އެފުރުސަތު އައިވިން ނުދީ އޭނާގެ ވާހަކަ ފުރިހަމަކުރިއެވެ.

“މަންމަ ކަންބޮޑު ނުވޭ.. އަޅުގަނޑު ޖޫން އާއެކު ރަނގަޅަށް އުޅެވޭތޯ މަސައްކަތް ކުރާނަން.. ޒޯޔާގެ ހިޔަނި އެޅޭ ވަރަށް ވުރެ އޭނާ އެހުރީ އަޅުގަނޑާ ދުރުގަ…” އައިވިން އަށް ފަހު ޖުމްލަ ބުނެލެވުނީ ހިންދިރުވާލަމުންނެވެ. މަންމަ ހިތްހަމަ ޖައްސާލުމަށް ބުނި ޖުމްލައިން އޭނާގެ ހިތަށް ހާދަ އަސަރެއް ކޮށްދިއެވެ. ޒޯޔާ އޭނާގެ ފެންނަ ފަށުގައި ނެތުން ވޭނަކަށް ވަނީ ވެފައެވެ.

“އެންމެ ރަނގަޅު.. އެހެންވިއްޔާ މަންމައަށް ވަޢުދުވޭ ޒޯޔާ ހޯދަން މަސައްކަތް ނުކުރާނެކަމުގަ.. މަންމަ ހިތްހަމަ ޖެހޭނީ އެގޮތުގެ މަތިން..” ފަޒްމާ އައިވިންގެ ނިންމުމާ ރުހެވެން އޮތްގޮތް ހާމަކުރިއެވެ. ހިތާ ދެކޮޅަށް ލޯ މަރާލަމުން އައިވިން ބޯ ޖަހާލިއެވެ. މަންމަ އޭނާއަށް ކޮށްދިން ކަންތަކުގެ ބަދަލުގައި އެވަރު ކަމެއް ކޮށްދެވެން ޖެހޭނެކަމަށް އައިވިން ޤަބޫލު ކުރިއެވެ.

*****
ލިފްޓު ގޮސް ޕެންޓް ހައުސް އަށް ހުއްޓުމާއެކު އައިވިން ފޭބިއެވެ. ދޮރުން އެތެރެއަށް ވަދެގެން އައިސް އައިވިން މިސްރާބު ޖެހީ ސިޑިއާ ދިމާއަށެވެ. ކޮޓަރިއަށް ވަންނަން ބޭނުންނުވުމުން އޭނާ ގަސްދު ކުރީ ސްޓަޑީ ރޫމަށް ދިޔުމަށެވެ.

ތަޅުދަނޑިން ކޮޓަރި ހުޅުވާލުމަށްފަހު ބޮކިތައް ދިއްލައިލިއެވެ. ބޭރު ފެންނާނެހެން ދޮރުފޮތިތައް އެއްފަރާތް ކޮށްލުމަށްފަހު އައިވިން ހުއްޓުނީ ހާމަފެންޑާ އާއެކު މާލޭގެ މަލަމަތި ފެންނާނެހެންނެވެ.

ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމާއެކުވެސް އައިވިންގެ ސިކުނޑީގައި ދުވެލީ ޒޯޔާ އާއެކު އެކޮޓަރީގައި ހޭދަވި ވަޤުތު ތަކެވެ. ހަރުގަނޑު ކައިރި ހުއްޓެމުން އެއިން އޭނާގެ ފޮޓޯ އަލްބަމް ނަގައިގެން އައިސް ސޯފާގައި ހަމަޖެހިލިއެވެ. ފޮޓޯތައް އުކަމުން އައިސް އައިވިން ހުއްޓުނީ ޒޯޔާ އާއި އައިވިންގެ ކައިވެނީގެ ފޮޓޯތައް ފެނުމުންނެވެ. އިތުރަށް ގަނޑުތައް އުކަމުން ދިޔަ ވަރަކަށް ޒޯޔާ އާއެކު އެކި ދުވަަސް މަތިން ނެގިފައިވާ ފޮޓޯތައް ފެންނަން ހުއްޓެވެ. ކަވަރުގެ މަތިން އައިވިން އަތް ޖައްސާލީ ޒޯޔާ އާއި އައިވިން ޒައިކް އުރައިގެން ނަގާފައިވާ ފޮޓޯގަނޑުގައެވެ. އެ ފޮޓޯގަނޑުގައި ޒޯޔާއާއެކު އޭނާ ހިނިތުންވެލައިގެން ހުރި އުފާވެރިކަން ފެނުމާއެކު އައިވިންގެ ހިތަށް ތަދުވެލިއެވެ. އޭނާގެ ކުޑަ ކުޑަ އެ އާއިލާ އުޅުނީ ކިހާ އުފާވެރި ކަމާ އެކުހެއްޔެވެ. އެހެނަސް މަންޒަރު ބަދަލުވެން ދިޔައީ ނުހަނު ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
*******

ޒޯޔާ އާއި އައިވިންގެ ކައިވެންޏަށް ދޮޅު އަހަރު ފުރިއްޖެއެވެ. އުފާވެރި ކަމާއި ހިތްހަމަޖެހުން ނޫން އެއްޗެއް އެ އާއިލާއަށް ލިބިގެން ނުވާފަދަައެވެ. ގޭތެރެއަށްވެސް އާ ދިރުމެއް ލިބިފައިވާ ފަދައެވެ. ދިރުން ނުލިބެނީ އައިވިން އާއި ފަޒްލާގެ ގުޅުމަށެވެ. ކައިވެނި ކުރިތާ ކައިރީ ޖެހުނު މައްސަލައަކަށް ފަހު އައިވިން އާއި ފަޒްލާގެ ގުޅުން އިތުރަށް ހީނަރުވެފައި ވެއެވެ. އެދުވަހަކީ އައިވިންގެ ހަޔާތުގައިވެސް މަންމަދެކެ ރުޅިއައިސްގެން ޒުވާބު ކުރި ހަމައެކަނި ދުވަހެވެ.
*******

ކައިވެންޏަށްފަހު އައިވިން އަލަށް ވަޒީފާއަށް ނިކުން ދުވަހެވެ. ތާވަލު ރޭވިފައި އޮތް ގޮތުން މަޖިލީހުގެ ޖަލްސާއަށް ދާން ޖެހުނީ ހެނދުނުއެވެ. ސައިބުއިމަށްފަހު އައިވިން ދިޔުމުން ނަޖުމާއާއެކު ތަށިތައް ނެގުމަށް އެހީވެދިނުމަށްފަހު ޒައިކް ނުހޭލާތީ ޒޯޔާ މިސްރާބު ޖެހީ ހާމަ ފެންޑާއަށެވެ. ކުރިއާ ޚިލާފަށް މިހާރު ހާމަފެންޑާ ފެންނަނީ އެކި ގަސްތަކުން ފުރިފައިވާ ބަޤީޗާ އެއްގެ ގޮތުގައެވެ. ޒޯޔާ ގަސް އިންދަން ލޯބިކުރާކަން އެނގުމުން އައިވިން ހަދިޔާއެއްގެ ގޮތުގައި އެތަކެއް ގަހެއް ޒޯޔާ އަށް ގެނެސްދީފިއެވެ. ނަޖުމާގެ އެހީ އާއެކު ޒޯޔާ އެގަސްތައް ބަލަހައްޓަނީ ނުހަނު ލޯބިން ފަރުވާތެރި ކަމާއެކުއެވެ. ނަތީޖާއެއްގެ ގޮތުން މުޅި މާޙައުލު ފެހިވެ މާއަޅާ ބަރާވެފައިވާ ހިތްފަސޭހަ މާޙައުލަކަށްވަނީ ބަދަލުވެފައެވެ. އެއާއެކު ޒައިކް ގޮވައިގެން އިނދެވޭނެ ހުދުކުލައިގެ ރީތި އުނދޯއްޔެއްވެސް އައިވިން ވަނީ ހާމަފެންޑާގައި ބަހައްޓައި ދީފައެވެ.

ގަސްތަކަށް ފެންދީ ހާމަފެންޑާ ކުނި ކަހާ ނިންމާލުމަށްފަހު ޒޯޔާ ތިރިއަށް ފޭބިއެވެ. އެވަޤުތު ނަޖުމާ ހާސްވެ ހުރެ ބަދިގެ ފަރާތުން ނިކުންނަނީއެވެ. ޒޯޔާ ފެނުމާއެކު ނަޖުމާ އައިސް ހުއްޓުނީ އޭނާގެ ކައިރީއެވެ.

“ފަޒްލާ އެބަ ހޯދާ ދަރިފުޅު..” ޒޯޔާ އައިވިން އާ ކައިވެނި ކުރި ފަހުން ނަޖުމާ ޒޯޔާއަށް މުޚާތަބު ކުރަނީ ދަރިފުޅު ކިޔާފައެވެ. ނަޖުމާގެ ވާހަކައިން ޒޯޔާއަށް ހައިރާންކަން ލިބުނެވެ. ކައިވެނީގެ ފަހުން ހަފްތާއެއް ފާއިތުވީ އިރުވެސް ފަޒްލާ ޒޯޔާ އާ އަނގައިންވެސް ނުބުނެއެވެ.

“ގުޅާފަ ބުނީ ވަރަށް އަވަހަށް އެބަޔަށް ގޮސްދޭށޭ ޒޯޔާ ކައިރި ބުނާށޯ..” ނަޖުމާ އިތުރު ތަފްސީލު ދިނެވެ. އޭނާގެ މޫނުމަތިންވެސް ހާސްކަން ފާޅުވަމުން ދިޔައީ ފަޒްލާ ޒޯޔާ ގެން ގޮސްގެން ކުރަން އެއުޅޭ ކަމެއް ނޭނގޭތީއެވެ.

ޒޯޔާ ވެސް ދެފިކުރެއްގައި ހުރެމެ ހިނގައިގަތީ ފަޒްލާގެ ބަޔަށް ދިޔުމަށެވެ. ނަޖުމާ ކުރެން ޒައިކް ހޭލައިފިނަމަ އޭނާއަށް ގުޅަން އެދެމުން ޒޯޔާ ނުކުތެވެ.

އާދައިގެ މަތިން ބެލް އަޅާލުމާއެކު ދޮރު ހުޅުވީ ގޭގެ ޚާދިމާއެކެވެ. ޒޯޔާ ފެނުމާއެކު ހިނިތުންވެލަމުން އެތެރެއަށް ވަނުމަށް ތަން ދެއްކިއެވެ. ހިތް އަވަސްވެ އަތްފައި ފިނިވެފައި ހުރި ޒޯޔާ ގަދަކަމުން ހިނިތުންވަމުން އެތެރެއަށް ވަނެވެ.

”މިއޮށް އައީނު..” ފަޒްލާ ޒޯޔާ ފެނުމާއެކު ގޮވާލިއެވެ. އޭރު ސޯފާގައި އިށީނދެގެން މެދު އުުމުރުގެ ދެތިން އަންހެނަކު ތިއްބެވެ. ޒޯޔާ ފެނުމާއެކު ތިރިން ފެށިގެން މައްޗަށް ކަޅި ހިންގާލީ އެއްޗެއް ހޯދާ ބީދައިންނެވެ.

ފަޒްލާ ޒޯޔާ ގެނެސް ސޯފާގެ ކުރިމަތީގައި ބެހެއްޓިއެވެ. ވާނުވާ ނޭނގޭހާލު ޒޯޔާގެ މޫނު ހުދުވެގެން ދިޔައެވެ.

”ތިއީތަ އައިވިންގެ އަންހެނުންނަކީ..؟” ސޯފާގައި އިން އެކަކު އަޅައިގެން އިން ނަންބަރު އައިނު ރަނގަޅު ކޮށްލަމުން ސުވާލު ކުރިއެވެ. ޒޯޔާ ހާސްވެފައި ހުރެ މަޑު މަޑުން ބޯ ޖަހާލިއެވެ.

”އޭތެދެއް އެހެން މީހަކަށް ދަރިއެއްވެސް އޮވޭތަ..؟ އިތުރު އަންހެނަކު ސުވާލު ކުރިއެވެ. ޒޯޔާ އަށް ބަލައިލެވުނީ ކައިރީގައި އިން ފަޒްލާ އަށެވެ. އެހެނަސް ފަޒްލާ އިނީ ޒޯޔާ ފެންނަކަމަށްވެސް ނަހަދާ އޭނާގެ އެކުވެރިންނަށް ހިނިތުންވުމެއް ރައްދުކޮށްގެންނެވެ. މިއަދު ރަނގަޅަށްވެސް ޒޯޔާ ލަދުގަންނަވާލެވޭނެކަން ޔަޤީންވެ އެކަމާ ނުހަނު ހިތްހަމަޖެހިފައެވެ.

ޒޯޔާ އިސްޖަހާލަމުން ބޯ ޖަހާލިއެވެ. ހިތާ ހިތާ ދުޢާކުރެވެމުން ދިޔައީ އެތަނުން ސަލާމަތްވާނެ އިރަކަށެވެ.

”ކާކުގެ ދަރިއެއްތަ..؟” ދެން ކޮށްލި ސުވާލުން ޒޯޔާއަށް ސިހުންގެނުވިއެވެ. ޒަފަރްގެ ނަން ގަތުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ޒަފަރް އަކީ އެންމެން ދަންނަ ދެކެފަރިތަ މޫނެކެވެ. އެކަން އެންމެނަށް އަންގާ ހޫނު ޚަބަރެއްގެ ގޮތުގައި ފެތުރިގެން ދާކަށް ޒޯޔާ ބޭނުމެއް ނޫނެވެ.

ފަޒްލާވެސް ޒޯޔާއަށް ބަލައިލި ގޮތުން ހީވީ ޖަވާބަކަށް އުންމީދުކުރާހެންނެވެ. ޚުދު އޭނާއަށްވެސް އެސުވާލުގެ ޖަވާބު އައިވިންގެ ފަރާތުންވެސް އެނގިފައި ނުވުމުންނެވެ.

ޖަވާބު ދޭނެހާއިރު ވީ އިރުވެސް ޒޯޔާގެ އަނގައިން އެއްވެސް ބަހެއް ބޭރެއް ނުވިއެވެ. އިސްޖެހުނު ގޮތަށް ހުއްޓިގެން ހުރީއެވެ.

”ދެން ދޭ ސައިގެންނަން…” ފަޒްލާގެ އަޑާއެކު ޒޯޔާއަށް އިސްއުފުލާލެވުނެވެ. އޭނާއަށް ފަޒްލާއަށް ބަލަހައްޓައިގެން ހުރެވުނީ ހައިރާންވެ ހުރެއެވެ.

“ކީއްވެ ބަލަހައްޓައިގެން ތިހުންނަނީ..؟ ބަދިގެ ހުންނަތަން އެނގެއެންނު.. ދޭ..!” ފަޒްލާ ގަސްދުގައި ޒޯޔާގެ އަގު ދައްކޮށްލަން މަސައްކަތް ކުރަމުން ދިޔައެވެ. ގަދަކަމުން ހިންދިރުވާލަމުން ޒޯޔާ މިސްރާބުޖެހީ ބަދިގެ ބަޔާ ދިމާއަށެވެ.

ބަދިގޭގައި އުޅުނު ވަޤުތުވެސް ގޭގެ ޚާދިމުން ސިއްރު ވާހަކަތެއް ދައްކަމުން ދިޔަތަން ޒޯޔާއަށް ފެނުނެވެ. އޭނާއަށް ސިއްރުން ބަލާކަން ފާހަގަވެ އެދައްކަނީ އޭނާގެ ވާހަކަ ކަން ޒޯޔާއަށް ޔަޤީންވިއެވެ. ފެންނަ ކަންކަން ނުފެންނަ ކަމަށް ހެދުމުން ތަބަކަށް ބުއިންތައް ލައިގެން ޒޯޔާ ސިޓިންގްރޫމަށް ހިނގައިގަތެވެ.

”ކޮންމެ މީހަކަށް ނަގާފަ ދީ ތިތަނުން ތައްޓެއް..”ޒޯޔާ ތަބަށް ތިރި މޭޒުގައި ބެހެއްޓުމާއެކު އަމުރުކޮށްލިއެވެ. ފަޒްލާގެ ބަހަށް ކިޔަމަން ވަމުން ޒޯޔާ ޖޫސްތައްޓެއް ނަގާ އެކަކަށް ދިއްކޮށްލިއެވެ.

”ޅީދަރިއަކަށްވުރެ ނޯކަރަކަށް ގެންގުޅެން މާތާހިރެންނު…” ސޯފާގައި އިން އެކަކު މަލާމާތުގެ ރާގެއްގައި ބުނެލިއެވެ. ދެން އިވުނީ ތަށިތައް ތަޅައިގެންދިޔަ ބާރު އަޑުފައްގަނޑެވެ. ޒޯޔާއަށްވެސް ލިބުނު ސިހުމުގައި ދެކަންފަތުގައި އަތް އަޅާލެވުނެވެ. އޭރު މޭޒުގައި ހުރި ތަބަށް އޮތީ ތަށިތަކާ އެކު މާ ދުރަށް ވިއްސައިގެން ގޮސްފައެވެ.

“އައިވިން..” ފަޒްލާ އާގަންނަމުން ސޯފާއިން ތެދުވިއެވެ. ރުޅިއައިސް ރަތްވެފައި ހުރި އައިވިން ޒޯޔާގެ ލޮލުގައި އަޅައިގަތީ ދެނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

އިމްތިޙާން 53

Next

އަންނަންދެން ހުންނާނަން ލޯބިން 18

Next
January 30, 2021

އަންނަންދެން ހުންނާނަން ލޯބިން 18

Previews
January 28, 2021

އިމްތިޙާން 53

4 Comments!

  1. sahoo says:
    January 29, 2021 at 10:31 am

    Wowwww very very nice waiting for the next part of the story keep it up

    1. Wonder says:
      January 30, 2021 at 12:32 am

      Thank u so much sahoo. V ufaavejje vaahak kamudhiyaeema. Next part avahah up kohleveythoa balaanan☺️❤️

  2. Naa says:
    January 29, 2021 at 10:57 am

    Wondered
    Mi oh reethi vaahaka in mihaaru neyge vaanuvaa eh
    It’s so complicated
    I’m sorry to say this
    Ekam mee ga vaa goi miharu neyge
    Aivin marry kuree joon aa eh noon tha
    dhn anekka keevve tha zoya aii mithanah
    I don’t understand
    Adhi fahun vaanuva engeyne tag

    1. Wonder says:
      January 30, 2021 at 12:31 am

      Aslu flash backs thah gina veema dear ah confuse vegen kanneynge thiulheny. Kuriyah huri baithakun In sha Allah huriha puzzles thakeh solve vaane kamah balamaa. ☺️❤️

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-42←


All Right Reserved!