Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-46

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
February 23, 2021 4 Mins Read
5 Comments

އައިވިންގެ މައްޗަށް އުފުލިފައިވާ ރިޝްވަތުގެ މައްސަލައިގެ އަޑު އެހުންތައް ކޯޓުގައި ފެށިގެން ކުރިއަށް ދިޔައެވެ. އައިވިން އޭނާގެ ވަކީލުގެ އެހީގައި މައްސަލައިގެ ކުރި ހޯދުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ޒަފަރްގެ ކޮޅު މޮޅުވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާކަމެއް އައިވިން ކުރަމުން ދިޔައެވެ.

ދުވަހަށް ތާވަލު ކުރެވުނު ކޯޓުގެ އަޑު އެހުން ނިމުމުން އައިވިން އައީ ލަސްނުކޮށް އައީ ގެޔަށެވެ. ގެއަށް ވަދެވުމާއެކު ފުރަތަމަވެސް އައިވިން ދެލޯ ހޯދާލީ ޒޯޔާއެވެ. ފެންނަން ނެތުމުން ނަޖުމާ ކުރެން ޒޯޔާ ވީތަނެއް އޮޅުން ފިލުވިއެވެ. ހާމަފެންޑާގައި ވެއްޖެކަމަށް ނަޖުމާ ބުނުމުން އައިވިން މިސްރާބުޖެހީ ސިޑިއާ ދިމާއަށެވެ. ރައިހާގެ ފަރާތުން ލިބުނު އެއްބާރުލުމާއެކު ހަފްތާއެއްގެ ތެރޭގައި ޒޯޔާގެ އުޅުމަށް ހެޔޮ ބަދަލުތައް އަންނަން ފަށައިފިއެވެ. ކުރިއަށް ވުރެ ގިނައިން ކޮޓަރިން ބޭރަށް ނިކުމެލާ ހަދައެވެ. ގިނައިން ޒޯޔާ އިންނަން ބޭނުންވަނީ ހާމަފެންޑާގައެވެ. އެގޮތުގައި އިންނައިރު ގަސްތައް ކައިރީ އުޅޭވަޤުތުތައް ގިނައެވެ. އެހެނަސް އަދިވެސް ޒޯޔާގެ މޫނުމަތިން މާޔޫސްކަން ފިލާ ނުދެއެވެ. ބަސްމަދުވެ ހަނު ހުންނަ އިރު ގިނައެވެ.

މީހެއްގެ ހިލަން ވުމާއެކު ޒޯޔާ ފަހަތް ބަލައިލިއެވެ. އައިވިން ފެނުމާއެކު ޒޯޔާ ހަށިގަނޑު ސީދާކޮށްލިއެވެ. އޭނާ އެހުރީ އައިވިން އަންނާނެ އިރެއްގެ އިންރިޒާރުގައެވެ. މައްސަލަ ކުރިއަށް ދިޔަގޮތް އިނގެން ބޭނުންވެ އެކަމާމެދު ހާސްވެފައެވެ.

ޒޯޔާ އައިސް ހުއްޓުނީ އައިވިންގެ ކުރިމަތީގައެވެ. ބަސްމޮށުން ތެރިކަމަކާ ނުލާ ވެސް ޒޯޔާގެ ހިތުގައިވީ ކީކޭކަން އައިވިން އަށް ނަގައިގަނެވުނެވެ.

“އިޓް ވެންޓް ވެލް… އިރާދަ ކުރެއްވިއްޔާ މައްސަލަ ނިމޭނީ ރަނގަޅަށް… “ އައިވިން ޒޯޔާގެ ނިތްކުރިއަށް ވެރިފައިވާ އިސްތަށި ކޮޅު ކަންފަތަށް ލައްވާލަދެމުން ބުނެލިއެވެ.

“ކައިގެންތަ ތިހުރީ..؟” އައިވިން ގެ ސުވާލާއެކު ޒޯޔާ ދެފަރާތަށް ބޯ ހޫރުވާލިއެވެ.

“އެހެންވިއްޔާ ހިނގާ އަހަންނާއެކު ކާން.. ވަރަށް ބަނޑުހައި..” ބަނޑުގައި އަތް ހާކާލަމުން އައިވިން ބުނެލަމުން ޒޯޔާގެ އަތަށް ދަމާލިއެވެ.

*******

އައިވިން އޭނާގެ ލޯޔަރު އަދުހަމް އާއެކު ހުރީ އޭނާގެ ސްޓަޑީ ރޫމުގައެވެ. މައްސަލައިގެ ކުރިއަށް އޮތް އަޑުއެހުންތަކަށް ތައްޔާރުވުމުގައި ދެމީހުންވެސް އުޅުނީ އަވަދިނެތިއެވެ.

”އަދުހަމް.. ޒައިކްގެ މައްސަލަ އަވަހަށް ނިމިގެންދާނެ ގޮތެއް ނެތްތަ..؟ ފުލުހުންގެ ޓީމުންވެސް މިހާރު އެ މައްސަލައަށް އެއްވެސް ވަރަކަށް މަސައްކަތް ކުރާހެނެއް ހިޔެއްނުވެ.. އިންވެސްޓިގޭޝަންގައި އިސްކޮށްހުރި ފުލުސް އޮފިސަރާ ބައްދަލު ކުރެވުނު އަދަދުވެސް ނޭނގޭ.. މައްސަލައިގެ އެއްވެސް ކުރިއެރުމެއް ނުލިބެޔޭ ބުނަނީ.. އަހަންނަށް އެނގޭ މިހުރިހާ ކަމަކީވެސް ޒަފަރްގެ ރޭވުމެއްކަން.. އެކަމަކު އޭނާއާ ދެކޮޅަށް ދައްކާނެ ހެތްކެއް ނެތް..” އައިވިން މަޝްވަރާގެ ތެރެއިން އޭނާގެ ކަންބޮޑުވުން ފާޅުކުރިއެވެ.

“ތިކަމުގަ އޮންނާނީ ޒަފަރް އާ ދެކޮޅަށް މައްސަލަ ހުށައެޅުން.. އެކަމަކު ހެއްކެތް ނެތި ސާރޗް ވޮރެންޓެއް ހާ ހިސާބުވެސް ނުލިބޭނެ.. އެނގެއެންނު މިހާތަނަށް އޭނާއާ ދެކޮޅަށް އުފުލިފައި ހުރި މައްސަލަތަކަށް ވެފައި ހުރިގޮތް..” އަދުހަމް ބުނެލިއެވެ.

”އެކަމަކު އަހަރެން ދީފާނަން ޚިޔާލެއް.. ނޭނގެ މިކަމާ އައިވިން އެހާ ޤަޔާވާނެ ކަމެއް..” އަދުހަމް އިރުކޮޅަކު ވިސްނަން އިނދެފައި ބުނެލިއެވެ:

”ޓެލް މީ.. ޒައިކް ހޯދޭނެ ކިތަންމެ ހަނި ފުރުސަތެއް އޮތަސް އަހަރެން އެ ފުރުސަތެއްގެ ބޭނުން ހިފަން ތައްޔާރު.. ޒައިކް ހޯދަން ކޮންމެ ކަމެއް ކުރަން ޖެހުނަސް ފަހަކަށް ނުޖެހޭނަން.. އަހަރެންގެ ދަރިފުޅު އަހަރެން ބޭނުން..” އައިވިން ގެ ހިތުގައި ޒައިކް އާ މެދު އޮތް މަޤާމު އަދުޙަމް އަށް ވިސްނޭކަށް އިތުރު ވާހަކައެއް ބޭނުމެއްނުވިއެވެ.

”އެނގޭނެ އައިވިން މަންމައަކީ މިދާއިރާގެ ތަޖުރިބާހުރި ޤާނޫނީ ވަަކީލެއްކަން.. މިދާއިރާގަ އެންމެ ކާމިޔާބު އަދި ދުވަސްވީ ގިނަ ޤާނޫނީ ވަކީލުން ދަންނަ އަދި އެމީހުންގެ ޤަދަރު ލިބިފައިވާ މީހެއް އައިވިން މަންމައަކީ..” އަދުހަމް އޭނާ ދައްކަން އުޅޭ ވާހަކަ ދުރުދުރުން ފެށިއެވެ.

” ތިބުނަނީ..؟ އަހަންނަށް ތިބުނަން އުޅޭ އެއްޗެއް އަދި ނުވިސްނޭ..” އައިވިން ސުވާލުގެ ނަޒަރަކުން އަދުހަމް އަށް ބަލައިލިއެވެ.

” މިބުނަން އުޅެނީ އައިވިން މަންމަ ކައިރި ބުނެގެން ޒަފަރްގެ ހުއްޓިފައި ހުރި މައްސަލަތައް އަލުން ބަލަންފަށަން ވީނޫންހޭ.. މަންމަގެ ތަޖުރިބާގެ އަލީގަ އަހަންނަށް ހީވަނީ މައްސަލައަށް ކުރިއެރުމެއް ލިބޭނެހެން.. ޒަފަރް އާ މެދު އުފުލިފައިވާ ތުޙުމަތަކަށް ހެކި ލިބިއްޖެނަމަ ސާޗް ވޮރެންޓްގެ އެހީގައި އޭނާ އުޅޭ ތަންތަން ބަލާ ފާސްވެސް ކުރެވޭނެ.. އެކަމުގެ ތެރެއިން ޒައިކްގެ ކޭސް އާ ގުޅުންހުރި ހެއްކެތް ނުވަތަ ސަސްޕެކްޓް ކުރެވޭ މީހެއް ފެނުން ގާތް.. ހައްތަހާވެސް ޒައިކް ފެނުމާ ކައިރިވާނެ ކަންކަން..” އަދުހަމް ވިސްނުންތެރިކަމާއެކު ދެއްކި ވާހަކަތައް އައިވިން ދިޔައީ ކަނުލާ އަޑު އަހަމުންނެވެ.

ފުން ޚިޔާލެއްގައި ހުރި އައިވިން އެނބުރުނީ ދޮރުފޮތިތައް ކަހާލެވިފައިވާ ބިއްލޫރި ފާރާ ދިމާއަށެވެ. މާލޭގެ ދިއްލާ އަޅާފައިވާ އުސްއިމާރާތްތަކަށް ބަލަންހުރި އައިވިން އަދުޙަމް ދެއްކި ވާހަކަތަކަށް ވިސްނަމުން ދިޔައެވެ.

ފަޒްލާއާއި އައިވިންގެ މެދުގައިވާ ގުޅުން އެހާ ހީނަރު ވެފައިވާ ދަނޑިވަޅެއްގައި އެފަދަ ކަމަކަށް އެދެން އައިވިން އަށް ކެރޭނެހެއްޔެވެ؟ އޭނާއާމެދު އުފުލިފައިވާ ތުޙުމަތުތައް މަންމައަށް ރަނގަޅަށް އެނގޭނެކަން ގައިމެވެ. އެހެނަސް އޭނާގެ ޙާލަތާ މެދު ޙަމްދަރުދީވެގެންވެސް ފަޒްލާ އައިވިން އަށް ގުޅާލާ ނުވިތާކަށް ހާލު ބަލާލާފައިވެސް ނުވެއެވެ. އެއިންވެސް ފަޒްލާ އޭނާއާމެދު ނުރުހުންވެފައިވާ ވަރު ރަނގަޅަށް ދޭހަވެއެވެ.

ދެލޯ މަރާލަމުން އައިވިން ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އަދުޙަމް ބުނިފަދައިން އޭނާ ބޭނުންވާ ކަންތައް އެންމެ ފަސޭހައިންވާން އޮތީ ފަޒްލާގެ އެހީ ލިބިގެންނެވެ. މަންމަގެ ކުރިމަތީ ފައިބުޑަށްވެއްޓި ސަލާން ޖަހަން ޖެހުނަސް ވަރިހަމަކަމަށް އައިވިން ނިންމީ ފަޒްލާއާ ބައްދަލު ކުރުމަށެވެ.
******

ދޮރުގައި ބެލް އަޅާލިތާ އިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވިގެން ދިޔައެވެ. ދޮރު ހުޅުވާލި ގޭގެ ޚާދިމާއަށް އައިވިން ފެނުމާއެކު މޫނުމަތިން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހައިރާންކަން ފެނިގެން ދިޔައެވެ.

“މަންމަ އެބައުޅޭތަ..؟” އައިވިން ސުވާލުކޮށްލިއެވެ.

“ކުތުބުޚާނައިގާ އެބަ އިންނެވި.. ވަންނަވާ އެތެރެއަށް..” އެއްފަރާތަކަށް ޖެހިލަމުން އައިވިން  އެތެރެއަށް ވަންނަން އޭނާ ތަންދައްކާލިއެވެ.

އައިވިން ވަދެގެން އައިސް ކުތުބުޚާނައިގެ ދޮރު ކުރިމަތީގައި ހުއްޓުނުވެ. އަމިއްލަ ނަފްސަށް ހިތްވަރުދިނުމުގެ ގޮތުން ދެތިން ފަހަރު ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހު ދޮރުގައި ޓަކި ދިނެވެ.

“ވަދޭ..” ފަޒްލާގެ އަޑު އިވުމާއެކު އައިވިން މަޑުމަޑުން ދޮރު ހުޅުވާލިއެވެ. މަންމަގެ ކުރިމައްޗަށް އަރަން އައިވިންގެ ހިތަށް ނުތަނަވަސްކަން ވެރިވި މީ ފުރަތަމަ ފަހަރެވެ.

ފޮތްކިޔާ މޭޒު ދޮށުގައި އިން ފަޒްލާއަށް ދޮރުން ވަދެގެން އައި އައިވިން ފެނުމާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. އެހެނަސް ދެވަނަ ސިކުންތުގައި ލިބުނު ސިހުން އެއްފަރާތް ކޮށްލަމުން މޫނުމައްޗަށް ހަރުކަށިކަން ވެރިކުރުވިއެވެ. އައިވިން އާއި މޫނު ބައްދަލުކުރަން ބޭނުންނުވެ ކިޔަން އިން ފޮތުގެ ތެރެއަށް ނަޒަރު ހުއްޓާލިއެވެ.

މަޑު ހިނގުމެއްގައި އައިސް އައިވިން ހުއްޓިލީ ފޮތްކިޔާ މޭޒު ކުރިމަތީ ފަޒްލާއާ ކުރިމަތިވާނެ ގޮތަށެވެ. މަންމަގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން އައިވިން މާޔޫސްވާ ގޮތްވިއެވެ. އޭނާގެ މޫނު ދުށުމަށްވެސް މަންމަ ނޭދެނީހެއްޔެވެ؟

“މަންމަ އަދިވެސް އަޅުގަނޑު ދެކެ ހިތްހަމަ ނުޖެހިފަތޯ..” އައިވިން ހިތްވަރު ކުރަމުން ފަޒްލާއާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ފަޒްލާ ވާހަކަ ނުދެއްކި ތަނުގައި އެނބުރި އައިވިން އަށް ބަލާވެސް ނުލިއެވެ.

“ މަންމާ.. ވެދިޔަކަންތައް ހަނދާން ނައްތާލާކަށް ނުވޭތަ..؟ އަހަރެންގެ މަންމަ އަނބުރާ އަހަރެން ބޭނުން….  މި ހުރިހާ ދުވަހުވެސް މަންމަ ކައިރިއަށް ނައިސް ހުރީ މަންމަ މަތިން ހަނދާން ނުވާތީއެއް ނޫން.. އެކަމަކު މަންމައަށް އަމިއްލައަށް ފެނިގެން އަހަރެން ކައިރިއަށް އާދޭތޯ.. މަންމަ އަށް އަހަރެންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ރަނގަޅަށް އެނގޭނެ.. އެވަރުންވެސް ހުރި ހަމައެކަނި ދަރިފުޅުގެ ހާލުވެސް ބަލާލަން ބޭނުންނުވަނީތަ..؟” އައިވިންގެ އަޑުގައި ހިތާމަޔާއެކު ވީ ޝަކުވާއެވެ.

“ތިހުރިހާ ކަމެއްވެސް ތިވީ އައިވިން އަމިއްލަ އަށް ބުއި ބޮނޑިއަކުންނެންނު.. އޭރުވެސް އަހަރެން ނުބުނަންތަ އެ ޒޯޔާއާ ގުޅޭނެ ކަމެއް ނެތޭ.. ދަރިފުޅުގެ މުޅި ދިރިއުޅުން ހަލާކުވެގެން ތިހިރަ ދަނީ.. އަދިވެސް ތި ބޯހަރު ސިކުނޑިއަށް އެއްޗެއް ވިސްނޭކަށް ނޫޅޭތަ..؟ “ އަޅައިގެން އިން ނަންބަރު އައިނު މޭޒުމަތީ ބާއްވަމުން ފަޒްލާ ތެދުވި އިރު އޭނާގެ އަޑުގައިވަނީ ހަރުކަށިކަމެވެ:

“ މަންމަ ވެސް އައިވިން އާ ގުޅުން ކަނޑާލައިގެން މިހުންނަނީ އެއީ މާ ފަސޭހަ ކަމަކަށް ވާތީއެއް ނޫނޭ.. އެކަމަކު ދަރިފުޅަށް އެއްޗެއް ވިސްނޭތޯ.. އެކަމަކު އަދިވެސް މަންމައަކަށް ހިޔެއްނުވޭ އައިވިން އަށް ރެޔަކާ ލާހެނެއް..” ފަޒްލާ އިތުރު ކޮށްލިއެވެ.

“މަންމާ ހެޔޮނުވާނެ.. އަހަންނަކަށް ނޫނޭ ނުވިސްނިގެން މިއުޅެނީ.. ޒޯޔާ އަކީ ގޯސް ކުއްޖެއް ނޫން.. މިވީހާ ދުވަހު ޒޯޔާގެ ފަރާތުން އަހަންނަށް ގޯސްކަމެއް ނުފެނޭ.. އަހަރެން ބޭނުންވާފަދަ އަންބެތް އެއީ.. އެންމެ ފަހަރަކުވެސް މަންމަ ކީއްވާނީ ހެޔޮހިތުން ޒޯޔާ މަންމަގެ ދަރިއެއްގެ ގޮތުގައި ބަލައިގަތިއްޔާ.. އެއްފަހަރުވެސް މަންމަ މަސައްކަތް ކުރިންތަ ޒޯޔާ އާ އެއްގަލަކަށް އަރައިގެން އެކީގަ އުޅެން..؟” މަންމަގެ ވިސްނުން އަދިވެސް ބަދަލު ނުވާކަން އެނގުމުން އައިވިން އަށް ލިބުނީ އިތުރު ހިތްދަތި ކަމެކެވެ.

” ފުރަތަމަ އަހަންނަށް އޭނައާ އެއްގަލަކަށް އެރޭނީ އެފަދަ ފުރުސަތެއް އޭނަ ދީގެނެންނު.. ބަލާބަލަ ދަރިފުޅު ދިރިއުޅުން އޮތް ނާޒުކު ފައްތަރު.. ކޮންމެ ދުވަހަކު ކޯޓަށް ތި ދުވަން ޖެހެނީ.. “ ފަޒްލާގެ ދުލުން ޒޯޔާއަށް އޮތް ނަފްރަތު ދިޔައީ ހާމަ ވަމުންނެވެ.

“މަންމާ.. އެއީ ޒޯޔާގެ ކުށެއް ނޫނެންނު.. ބަޔަކު އުފަލުގަ އުޅެންޏާ އެކަމަށް ހަސަދަވެރިވާނެ ބައިވަރު މީހުން ތިބޭނެ.. އަހަންނާ އަޅާ ބަލާއިރު ޒޯޔާ އަށް ލިބުނު ހިތާމަ މާ ބޮޑު.. އަމިއްލަ ދަރިފުޅު އަތުން ބީވެގެން އެދިޔައީ.. މަންމާ.. މަންމައަށް ކެތްވާނެތަ އަހަންނަށް އެފަދަ ކަމެއް ވީނަމަ..؟ “ އައިވިން ފަޒްލާއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔައެވެ.

”މަންމާ.. އަހަރެން މަންމަ ކައިރިއަށް މިއައީ މިއަދު ވަރަށް ބޮޑުކަމަކު އެދެން.. އިނގޭ މިކަމާ މަންމަ ގަޔާ ނުވާނެކަންވެސް.. އެކަމަކު މަޔަކަށް އޭނާގެ ދަރިފުޅާ ނުލާ އުޅޭތަން ބަލާކަށް އަޅުގަނޑަކަށް އިތުރަކަށް ކެތެއް ނުވާނެ..” އައިވިން ފަޒްލާގެ ފައިބުޑުގައި ދެކަކޫ ޖަހާލަމުން އިސްޖަހާލިތަން ފެނި ފަޒްލާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެފަދަ ޢަމަލެއް އައިވިންގެ ފަރާތުން ފެންނާނެކަމަކަށް ފަޒްލާ ހިޔެއް ނުކުރެއެވެ.

”މަންމާ.. އަހަންނަށް ޒައިކް ހޯދަދޭން އެހީވެދީ.. އަހަރެންގެ ދަރިފުޅު ހޯދަދޭން އެހީވެދީ.. އާދޭސްކުރަން.. މަންމަ ޒޯޔާ ދެކެ ކުރާ ނަފްރަތު އެ މަޢުސޫމު ތުއްތު ފުރާނައާ މެދު ލެވޭ ފާރަކަށް ނަހަދާ.. “ އައިވިން އިސް އުފުލާލަމުން އޭނާގެ މަންމައަށް ބަލައިލި އިރު ދެލޯ ފުރިގެން ކަރުނަތައް ފައިބަމުން ދިޔައެވެ. ފުރާވަރަށް އެޅިފަހުން ފުރަތަމަ ފަހަރަށް ދަރިފުޅު ރޯތަން ފެނި ހުއްޓުން އަރާފައި ހުރި ފަޒްލާއަށް އެހިނދު ހިންދިރުވާލެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (11)

Next

ބޭވަފާތެރިވުމުން ޔާރާ – 4

Next
February 24, 2021

ބޭވަފާތެރިވުމުން ޔާރާ – 4

Previews
February 22, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (11)

5 Comments!

  1. Shaleen says:
    February 24, 2021 at 12:17 am

    Wow
    V v salhi mi part ves ingey
    Aiwin ge character mi part gaves Hama v slahi
    V emotional koh e dhiyaee ebai
    Dhen alhe zaik hoadhan eheevaanebaa?
    Keep it up dear
    Waiting for the next part

    1. Wonder says:
      February 24, 2021 at 12:03 pm

      Thank u so much Shaleen. Kurin post ah kohfa in comment fenunyma ves v ufaavejje.. vaahaka liyumah thidhey hihvarah v bodah shukuriyya. In sha Allah next part v avahah up kohleveythoa masahkaih kuraanan?❤️

  2. redlailacrose says:
    February 24, 2021 at 8:32 pm

    Hey.stry vrh reethi.waiting for next part.and could u please comment on my story.it means a lot to me ?? stay safe bye

  3. redlailacrose says:
    February 24, 2021 at 9:51 pm

    Stry vrh reethi.kiyaa nimunu iru vs heevee vaahakaige thereygai ulhevunu hn.ur really talented dear keep the good work up.. n i got ur comment.thanks for taking ur precious time to comment on my poems ??? stay safe

  4. Unknown says:
    September 21, 2024 at 6:48 pm

    Omg, mi part aa ehkoh hama fen kalhi vehjje

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-47←


All Right Reserved!