އައިވިންގެ ވިސްނުން ބަދަލުވުމުގެ ކުރިން ލިބުނު ފުރުސަތުގެ ބޭނުން ފަޒްލާ ފުރިހަމަ ގޮތުގައި ހިފިއެވެ. ޖޫންގެ ޢާއިލާއަށް ކެއުމަކަށް ދަޢުވަތު އެރުވުމަށްފަހު ތައްޔާރުވެ ހުރުމަށް އައިވިން ކައިރި ބުނީ އެންމެ ފަހު ވަޤުތުއެވެ. ހުރިހާ ކަމެއް ތައްޔާރުވެ ނިމިފައިވުމުން އިތުރަށް ދެކޮޅު ހެދޭކަށްވެސް އައިވިން އަކަށް ނެތެވެ.

ޗާބީ ދީފައިވާ ބުދެއްހެން ސުފުރާ ދޮށުގައި އައިވިން އިން އިރު ޖޫންގެ ތުންފަތުގައިވަނީ ނުފިލާ ހިނިތުންވުމެކެވެ. އެންމެ ފަހުން އައިވިންގެ ހައްޤަކަށް ވުން އެދި ދުން ހުވަފެންތައް ހަޤީޤަތަކަށް ވާން އުޅެނީއެވެ. ގިނަ ވާހަކަތަށް ކުރިއަށް ދިޔައީ ފަޒްލާ އާއި ޖޫންގެ މައިންބަފައިންގެ މެދުގައެވެ. ޖޫންއާއި އައިވިންގެ ގުޅުމަށް ޖޫންގެ މައިންބަފައިންވެސް ރުހި ޤަބޫލުވިއެވެ. ފަޒްލާގެ ވާހަކަތަކުން ކައިވެނި އަވަސްކުރަން ބޭނުންވެފައިވާކަން ހާމަކުރިއެވެ.

އެތަނުގައި އިންނަން ބޭނުންނުވެ މަޖުބޫރުވެފައި އިން ހަމައެކަނި މީހަކީ އައިވިންއެވެ. ފަޒްލާ ހުރިހާކަމެއް އަވަސް އަރުވާލަން އުޅޭތީ އައިވިން އިނީ ހާސްވެފައެވެ. އަނެއްކޮޅުން އޭނާގެ ކުރިމައްޗަށް ވާހެން އިށީނދެގެން އިން ޖޫންގެ ނަޒަރު އޭނާއަށް ހުއްޓިފައިވާތަން ފެނުމުން އައިވިން އަށް އުނދަގޫ ވާގޮތްވިއެވެ. އިންތަނުން ތެދުވެގެން އަވަހަށް ކޮޓަރިއަށް ދެވޭނެ ވަޤުތަކަށް އައިވިން ދުޢާ ކުރަމުން ދިޔައެވެ.

އައިވިންގެ ދެކޮޅު ހެދުމާއެކުވެސް އާދައިގެ ޕާޓީއެއް ބާއްވާން ފަޒްލާ އެއްބަހެއް ނުވިއެވެ. އަނެއްކޮޅުން ޖޫންވެސް ބޭނުންވީ ކުލަގަދަ ގޮތެއްގައި ކައިވެނީގެ ވަލީމާ ބޭއްވުމަށެވެ. ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައި ހުރުމެގެ ބޭނުމެއްނެތްކަން ވިސްނި އައިވިން މަންމައަށް ދޫދިނެވެ. ފުރަތަމައިން މި ކައިވެންޏަކީވެސް އޭނާ ބޭނުންވެެގެން ކުރެވޭ ކައިވެންޏެއް ނޫނެވެ. ޕާޓީ ކިތަންމެ ކުލަ ގަދަޔަސް ނުވަތަ ކުލަ މަޑަސް އޭނާއަށް ވަރިހަމައެވެ.

ފަޒްލާގެ ކޮންމެ ބަހަކަށް އާން ހޫން ކިޔަމުން ދިޔަ އައިވިން ކައިވެނީގައި ލާނެ ތަކެތިވެސް އެންމެ ފަހުވަޤުތު އިޚްތިޔާރު ކުރަން ޖެހުނީ ފަޒްލާއަށެވެ. ފަޒްލާ އިޚްތިޔާރު ކުރީ ޖޫން އަށް އެންމެ ކަމުދިޔަ ޑިޒައިނެވެ. ޕާޓީ ރިސޯޓެއްގައި ބާއްވަން ބޭނުންވީވެސް ޖޫން އެވެ. އެއީ އޭނާގެ އަބަދުގެވެސް ހުވަފެނެއް ކަމުގައި ބުނަމުންނެވެ. ތިންމަސް ތެރޭ ކައިވެންޏަށް ތައްޔާރުވާން ކުރަން ހުރި ހުރިހާ ކަމެއް ނިމިގެން ދިޔައެވެ.

ރިސޯޓުގެ އައިވިން އަށް ޙާއްސަ ކުރެވިފައިވާ ރޫމުގައި އޭނާ ހުރީ ކައިވެނީގެ ހަފްލާއަށް ތައްޔާރުވެގެންނެވެ. ކޮޓަރީގައި ހުރި ފުޅާ ލޯގަނޑުން އައިވިން އޭނާގެ ސޫރައަށް ބަލައިލިއެވެ. ކިތަންމެ އަގުބޮޑު ރީތި ކޯޓު ފަޓުލޫނުގަައި ހުއްޓަސް އެ މޫނުމަތީގައި ދިރުމެއް ނުވެއެވެ. ޒޯޔާގެ ހަނދާންތަށް އެ ހިތުން އެއްވެސް ވަރަކަށް ނުފޮހެވޭކަން އެ ދެލޮލުން އެކަނިވެސް ހާމަވެއެވެ. އެހެނަސް އެ ހިތާމައިގެ ތެރޭގައި އިތުރު ހަލަބޮލިކަމެއްގެ ތެރެއަށް އައިވިން ވަންނަން ތައްޔާރުވަނީއެވެ. އައިވިންގެ ހިތި ހިނިތުންވުން އެވަޤުތު ލޯގަނޑުން ފެނިގެން ދިޔައެވެ. އޭނާގެ އުފަލާ ހިތްހަމަޖެހުމަށް ވިސްނާނެ މީހަކު ނެތެވެ. އެހެންވިއިރު އޭނާ އެކަމާ ހާސްވެ ކަންބޮޑުވާންނީ ކީއްވެހެއްޔެވެ؟

********

ކައިވެނި ކުރަން ހަމަޖެހިފައިވާ މާޙައުލަށް އައިވިން އައެެވެ. މުޅި މާޙައުލުވަނީ ޕާޓީގެ ތީމާ އެއްގޮތަށް ނުހަނު ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ކައިވެނިކުރާ ޖޯޑު އިށީނދެގެން ތިބެން ހުރި ދެގޮޑިން ހުސްކޮށް އިން ގޮނޑީގައި އައިވިން އިށީނެވެ. ކައިރީގައި އިން ޖޫންގެ ނަޒަރު އޭނާއަށް ހުއްޓުނުކަން އައިވިން އަށް އިޙްސާސްވިއެވެ. އެހެނަސް އޭގެ ބަދަލުގައި ޖޫން އަށް ބަލައިލުމުގެ އެއްވެސް ވިސްނުމެއް އައިވިންގެ ނެތެވެ.

ޣާޒީގެ ކައިވެނީގެ ޚުތުބާއާއެކު މުޅި މާޙައުލަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. އެހެނަސް ދޭތެރެއަކުން ކެމެރާގެ ފްލޭޝް ކެނޑިގެން ދާ އަޑު އިވެމުން ދިޔައެވެ.

ޣާޒީ ވާހަކަ ދައްކަން ފެށުމާއެކު އައިވިންގެ ބޮލަށް ބާރުވާން ފެށިއެވެ. އެވާހަކަ ތަަކަކީ މީގެ ކުރިންވެސް އަޑުއަހާ ހިތުގައި ހަރުލާފައިވާ ވާހަކަތަކެއްކަމަށް ހިތްބުނަން ފެށިއެވެ. އެހިނދު އޭނާގެ ލޯ ކުރިމަތީ ސިފަވަން ފެށީ ޒޯޔާ އާ ކުރެވުނު ކައިވެންޏެވެ. އެވަޤުުތުކޮޅު އޭނާގެ ހިތުގައިވީ އުފާވެރިކަމެވެ. ޒޯޔާގެ ތުންފަތުގައިވީ ރީތި ހިނިތުންވުމެެވެ. އެހިނިތުންވުން ފެނުނު އައިވިންގެ ނޭވާ އެތެރެ ހަށީގައި ހަރުލިއެވެ. އައިވިންގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ބޭޤަރާރުކަން އެދެލޮލުން ފާޅުވަމުން ދިޔައެވެ.

ޒޯޔާގެ ހިނިތުންވުމަށް ގެއްލިފައިވާ އައިވިންގެ ދުލުން އަނބި ޤަބޫލުކޮށްފިކަމަށް ބުނެލިއެވެ. އެހިނދު އެއްފަހަރާ އެތަކެއް ބައެއްގެ އަތްތިލަބަޑީގެ އަޑާއި ކެމެރާތަކުގެ ފްލޭޝްތައް ކެނޑިގެން ދިޔަ އަޑު އިވިގެން ދިޔައެވެ. ފުސްވަމުން އައި ކުލަ ތަސްވީރު ސައިބޯނި ބޮތްކެއްގެ އުސޫލުން ފަޒާގެ ތެރެއަށް ބުރައިގެން ދިޔައެވެ. އެސްފިޔަ ޖަހާލަމުން ލޯ ހުޅުވާލިއިރު މަންޒަރު ބަދަލުވެގެން އައިސް ޙަޤީޤަތާއި ކުރިމަތިލާން އައިވިންއަށް ޖެހުނެވެ.

********
ޚިޔާލުގެ ވާފަށް ކެނޑިގެން އައިސް ހަމަވިސްނުމަށް އައީ އެވަޤުތުއެވެ. މާ ދުރަށްދާންދެން ފެތުރިފައިވާ އިމާރާތްތަކުގެ އަލިތަކަށް ބަލަން ހުރި އައިވިން ފުންނޭވާއެއް ދޫކޮށްލިއެވެ. އެނޭވާއާއެކު ހިތުގައިވާ ގިލަންވެރިކަންވެސް ނެތިދާނެ ނަމަ ކިހާ ރަނގަޅުހެއްޔެވެ؟ މަންމަގެ އެދުމާއި އެއްގޮތަށް ޖޫން އާއެކު ހަމަޖެހޭ އުޅުމެއް އުޅެން އޭނާ މަސައްކަތް ކުރަން ބޭނުމެވެ. އެހެނަސް އޭނާއަށް އެކަން ވާނެކަމުގައި ހިތުގައި ޝަަައްކު އުފެދިފައިވިއެވެ.

ސްޓަޑީ ރޫމް އިން ނުކުމެގެން އައިސް އައިވިން އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނިދިފައި އޮތް ޖޫން ފެނުމާއެކު އައިވިންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މަޑުމަޑުން ފާޚާނާއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން އެނދުގެ އެއްފަރާތުގައި އައިވިން އޮށޯތެވެ. ޖޫން އާ ފުރަގަސްދީގެން އޮތް އައިވިން ލޯ މަރާލި ނަމަވެސް ފަސޭހައިން ނުނިދޭނެކަން އޭނާގެ އަމިއްލަ ނަފްސަށްވެސް އިނގެއެވެ. ޒޯޔާއާ ވަކިވިފަހުން އޭނާގެ ހާލަކީ އެއީއެވެ.

******
“ޒޯ ކާކު އެ ގުޅީ..؟ ކީއްވެ ހާދަ ހާސްވެފަ..؟” ދެންމެ އައި ފޯނު ކޯލާއެކު ޒޯޔާގެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރުތައް ފެނި ޝަބާ ސުވާލުކުރިއެވެ.

”އެޗް އާރް ޑިޕާޓްމެންޓް އިން އެގުޅީ.. ގޯލްޑެން އޭޖްގެ މާލޭ މެއިން ގެސްޓް ހައުސް އިން މުވައްޒަފުން މަދުވެ އެ ތަނަށް ޓްރާންސްފަރ ކުރަން ޖެހިގެންނޯ” ޒޯޔާގެ އަޑުން އެކަނިވެސް ހާސްވެފައިވާވަރު ހާމަވިއެވެ.

” ދެން.. ދެން ޒޯ އެއްބަސްވީތަ..؟” ޝަބާ ސުވާލު ކޮށްލިއެވެ. ޒޯޔާއަށް މާލޭގަައި އުޅުމަކީ ކިހާ އުނދަގޫވާނެ ކަމެއްކަން އޭނާއަށް އެނގެއެވެ.

”އަހަރަން އެއްބަަސްނުވެ ވަކި ކީކޭ ބުނާނީ..؟ މި ވަޒީފާވެސް ގެއްލިގެން ދާކަށް އަހަރެން ބޭނުމެއް ނޫން.. “ ޒޯޔާ މާޔޫސްކަމާއެކު ބުނެލިއެވެ. ޝަބާ ޒޯޔާއަށް ހިތްވަރު ދިނުމުގެ ގޮތުން ކޮނޑުގައި އަތް ބާއްވާލުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ބުނެލިއެވެ. އެހެނަސް ޝަބާގެ ވާހަކަތަކުންވެސް ޒޯޔާގެ ހިތަކަށް މާ ބޮޑު ހިތްހަމަ ޖެހުމެއް ނުލިބުނެވެ. މާލެއަށް ދާން ފަށައިފިނަމަ އައިވިން ފެނުުމުގެ ފުރުސަތު ބޮޑުވީއެވެ. އެހެން ވެއްޖެނަމަ ޒޯޔާއަށް އޭނާގެ އިޙްސާސްތައް ކޮންޓްރޯލް ކުރެވޭނޭ ކަމާމެދު ޝަައްކެވެ.

******
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް އައިވިން އާއި ޖޫންގެ ކައިވެންޏަށް ތިންމަސް ވެގެން ހިނގައްޖެއެވެ. އެހެނަސް ދެމެދުގައިވާ ގުޅުމަށް ބަދަލެއް ނާދެއެވެ. އައިވިން ކިތަންމެ މަސައްކަތް ކުރިޔަސް އެހިތުން މަޤާމެއް ޖޫން އަކަށް ނުދެވުނެވެ. ޖޫންގެ ފަރާތުން ހަޔާތުގެ ބައިވެރިއެއްގެ ގައިގާ ހުންނަން ޖެހޭނެ ކަމަށް އައިވިން ޤަބޫލު ކުރާ ސިފަތަކެއް ނުފެނެއެވެ. އަންބެތް ހުރެމެ ނަޖުމާ ލައްވާ އައިވިންގެ ހުރިހާކަމެއް ކުރަން އައިވިން ލަދުވެތިވެއެވެ. އެހެނަސް ޖޫން ދެކޭގޮތް ތަފާތެވެ. ފިރިމާހާގެ އަންނައުނު ދޮވެ އިސްތިރިކުރުންވެސް އެއީ އޭނާ ކުރަންޖެހޭނެ ކަމެއްކަމުގައި ނުދެކެއެވެ. އެންމެ ކުޑަ މިނުން އުޅޭ ކޮޓަރިވެސް ސާފު ކުރަން ޖެހެނީ ގެ ސާފުކުރަން އަންނަ ޚާދިމަށެވެ. އެހެނަސް އައިވިން އެކަމާ ނުރުހި ގިނަ ފަހަރަށް ކޮޓަރި ސާފުކޮށް ހަދަނީ އަމިއްލަ އަށެވެ.

ޖޫންގެ ގިނަވަޤުތުތައް އޭނާ ހޭދަ ކުރަން ބޭނުންވަނީ ރިސޯޓުތަކުގަޔާއި ޕާޓީ ތަކުގައެވެ. ފުރާވަރަށް އެޅީއްސުރެ އެފަދަ ދިރިއުޅުމެއް އުޅެމުން އައިސްފައިވާތީ ކަންނޭނގެއެވެ. އެއިން ކޮންމެ ފަހަރަކު އައިވިން އޭނާއާއެކު އެދާތާކަށް ދިޔުމަށް އެދި ޖޫން އާދޭސްކުރެއެވެ. އެހެނަސް އައިވިން އަކީ އެކަން ކަމަށް ގަޔާވާ މީހެއް ނޫންކަމުން ކޮންމެވެސް އުޒުރެއް ދެއްކޭތޯ ބަލަައެވެ. ޖޫންގެ ކަށީގައި ހިފާފައިވާ އެފަދަ ކަންކަމާއެކުވެސް އައިވިން ޖޫން އަކަށް އެއްވެސް ކަމެއް މަނައެއް ނުކުރެއެވެ. ޖޫން ބޭނުންވާގޮތަކަށް ބޭނުންކަމެއް ކުރުމުގެ މިނިވަންކަން އޮވެއެވެ. ޖޫންގެ އެއްވެސް ޢަަމަލަކަށް އޭނާގެ ހިތް ޝައުޤުވެރިކަމެއް ނުދެއެވެ.

*******
ކޮޓަރިއަށް ވަތް އައިވިން އަށް ރީތިވާ މޭޒުދޮށުގައި އިން ޖޫން ފެނުނެވެ. މިރޭވެސް ކޮންމެވެސް ތާކަށް ދާން ރީތިވަނީކަން އައިވިން އަށް ޔަޤީންވިއެވެ. ދަނީކޮންތާކަށްތޯވެސް އޮޅުން ފިލުވުމެއް ނެތި އައިވިން އައިސް އެނދުގައި ޖައްސާލިއެވެ. އައިވިން ފެނުމާއެކު ޖޫން ގޮނޑިން ތެދުވެގެން އައިސް އައިވިން ކައިރީ އިށީނެވެ.

“ރައްޓެހި ކުއްޖެއްގެ ޕާޓީއަކަށް އިނގޭ މިދަނީ.. އައިވިންވެސް ހިނގާބަ އަހަންނާއެކު ދާން..” ލޯމަރާލައިގެން އޮށޯވެ އޮތް އައިވިންގެ އަތްތިލާގައި ހިފާލަމުން ޖޫން ކުސްތަޅާލިއެވެ.

”އަހަރެން ވަރަށް ވަރުބަލި.. ޖޫން އެކަނި ގޮސްލާ..” އާދައިގެ މަތިން އައިވިން އުޒުރުވެރިވިއެވެ. އައިވިން ނިންމައިފި ގޮތެއް ބަދަލު ނުވާނެކަން އެނގިހުރެ ޖޫން ފުންނޭވާއެއް ދޫކޮށްލިއެވެ. އެނދުން ތެދުވެގެން އަދިވެސް އެއްފަހަރު އައިވިން އާ ދިމާ ބަލައިލިއެވެ. ހަރަކާތެއް ކޮށްނުލާ ކުރިންވެސް އޮތް ގޮތަށް ދެލޯ މަރާލައިގެން އައިވިން އޮތެވެ.

އައިވިން ލޯ ހުޅުވާލީ ޖޫން ނިކުމެ ކޮޓަރީގެ ދޮރު ލައްޕާލި އަޑު އިވުމުންނެވެ. ހިމޭންކަން ވެރިވެފައިވާ ކޮޓަރީގެ ސީލިންގަށް ނަޒަރު ހުއްޓާލައިގެން އައިވިން އޮތެވެ. އޭނާގެ ސިކުނޑި ތެރޭގައި ދައުރުވަމުންދަނީ ކޮންކަހަލަ ޚިޔާލުތަކެއް ކަމެއް ނޭނގެއެވެ. މަޑުމަޑުން އައިވިންގެ އަތް ހަރަކާތް ކޮށްލިތަން ފެނުނެވެ. ވާއަތް އުފުލާލަމުން ގެނެސް މޭމަތީ ބާއްވާލިއެވެ. އަތުގެ އިނގިލިތަކުން ޓީޝާޓުގެ ކަރުގައި ހިފާ މޭމައްޗަށް ވާން ކޮށްލި އިރު އައިވިންގެ ދެލޯ ވަނީ ތަގުޅި ކޮށްލެވިފައެވެ. ބަރުދާސްތުކުރަން ދަތި ވޭނަކަށް ކެތްތެރިވާން އައިވިން މަސައްކަތް ކުރަމުން ދާ ފަދައެވެ.

އައިވިން ލޯ ހުޅުވާލިއިރު އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. ކޮޓަރީގައިވާ ހަމަހިމޭންކަން އޭނާގެ އެކަނިވެރި ޙަޔާތް ހަނދާންކޮށްދޭން މަސައްކަތް ކުރަމުންދާފަދައެވެ. އެ އެކަނިވެރިކަން ހަތަރުފަރާތުން އޭނާ ކަމުން ގެންދާފަދައެވެ. ހިތުގައި އުފެދިފައިވާ ހުސްޖާގަ ފުރާނެ ގޮތެއް އައިވިން އަކަށް ނޭނގުނެވެ. އެފަދަ ކޮންމެ ވަޤުތަކު އޭނާގެ ހިތް ޒޯޔާއަށް އެދި ރޮއެ ގިސްލަމުން ދެއެވެ. އެ ލޯބިވެތި އަދާތަކާއި ފިރުމުންތަކަށް އެހިތް ފެންބޮވައިގަނެއެވެ. އިޚްތިޔާރަކާ ނުލާވެސް ޖޫން އާއި ޒޯޔާގެ ކިބައިގައި ހުރި ތަފާތުތަށް އަޅާކިޔާލެވެއެވެ.  ޒޯޔާ އައިވިންގެ ހުރިހާ ކަމެއް ކޮށްދިނީ ނުހަނު ފުރިހަމައަށެވެ. ކަމެއް ކުރަން ނުބުނަނީސް ހުންނަނީ އެކަމެއް ފުރިހަމައަށް ކޮށް ނިންމާފައެވެ. ޒޯޔާގެ އެ ލަދުރަކިކަމާއި މަޑުމައިތިރިކަން އައިވިން އަށް ނުހަނު ކަމުދެއެވެ. އެއާ ޚިލާފަށް ޖޫން އަކީ އެހުރިހާ ކަމެއްގެ އިދިކޮޅެވެ. ކައިވެނީގެ ހަމައެކަނި ބޭނުމަކީ ދެމީހުންގެ ދެމެދުގައި އޮންނަ ހަށިގަނޑުގެ ގުޅުންކަމުގައި ޖޫންއަށް ހީވާފަދައެވެ. ޒޯޔާ ހަނދާން ނައްތާލަން ކުރާ ހުރިހާ މަސައްކަތެއް ފެނަށްވެގެން ދަނީ އެހެންވެއެވެ. އޭނާގެ ހިތްބޭނުންވަނީ ޒޯޔާކަން ރޭގަނޑާއި ދުވާލު ވަކިވާހެން ސާފެވެ. އެހެނަސް ޒޯޔާ އޭނާ ބޭނުން ނުވާކަން ސާފު ކޮށްދީފިއެވެ. އޭނާގެ ފަރާތުން ޒޯޔާއަށް އުފަލެއް ނުލިބުންކަންވެސް ސާފުކޮށްދީފިއެވެ. އެޚިޔާލުތަކާއެކު އައިވިންގެ ހިތުގައި އަޅަމުން ދިޔަ ވޭން އިތުރުވެގެން ދިޔައެވެ.

-ނުނިމޭ-

72

10 Comments

 1. imkko

  March 11, 2021 at 5:05 pm

  Maasha Allah .. Mi baives v reethi … Avaha aivin aa zoya ekee ulhen beynunnnn … Please avaha dhemeehun gulhuvaa … Aivin abadhu dheravefa hunnaathee imkko ves v dheravey … Btw curiously waiting for next part 👍💕💕

  • Wonder

   March 11, 2021 at 5:39 pm

   Thank u so much imkko. V ufaavejje mi bai ves kamudhiyaeema.. Ya its sad dhw :(( let’s hope they get back together soon. In sha Allh next part avas kohdheveythoa masahkaih kuraanan. Stay safe😊❤️

  • Wonder

   March 11, 2021 at 5:41 pm

   Dear readers.. im really sorry for not being able to reply to comments from previous parts. Just wanted to Thank u everyone who commented. Thank u for the support. Love you all😊❤️❤️

 2. 🌹Ril🌹

  March 11, 2021 at 7:37 pm

  Hlw sisoo😊😊😊❤❤❤❤
  How are u 😍☺️☺️❤❤
  Mi part VX as usual vrh sali ❤❤
  Masha Allah🌹🌹❤❤❤ Hama speechless🌹🌹
  Fainallzymihaaru ingihje veegoi 😊😁❤❤. Ale ril vrh dera vey Alvin ah vee gothun 🥺🥺🥺❤❤
  Sis❤❤ vrh avaha aivin as zoya guluvaachey waiting for that day 😊😊😊❤❤😍😍🥰🥰😘🌹🌹🌹❤❤❤❤❤😊😊😊
  Next part ah 🌹🌹waiting 😊😊❤❤🌹🌹
  Love u ❤sisoo❤❤❤🌹🌹
  Stay safe ❤❤and❤❤ take good care ❤🌹

  • Wonder

   March 11, 2021 at 8:44 pm

   Hi Ril..v gina dhuvas fahun dhw mi dhimaavy. Al’hamdhulillah.. im great.. how r u?? Thank u so much. V ufaavejje mi part ves kamudhiyaeema.. yes.. mihaaru hurihaa kiyuntherinnah ves veegoih ingeyne kamah wonder ves mibalany. I knw.. it’s sad dhw☹️ Let’s hope they get back soon. Next part avahah up kohlan masahkaih kuraanan.. lymm dear. U too b safe n tvgc😊❤️

  • 🌹Ril🌹

   March 12, 2021 at 9:04 am

   Yhh sisoo vrh Gina duvas fahun dhw😊♥️♥️♥️♥️♥️♥️
   Aslu Ril vxx studies gaa busy vaathy I can’t cmnt🥺🥺🥺 ekamku Hama stry kiyan . ISA konme part akah cmnt kureveythoo dhn♥️♥️ ♥️♥️balaana ingey sisoo♥️♥️♥️♥️
   Great to know that u are fine♥️♥️. ♥️♥️♥️♥️♥️♥️Alhamdhulihlaahi Ril vxx Hama baraabaru 😊♥️♥️♥️♥️♥️♥️

 3. redlailacrose

  March 11, 2021 at 10:17 pm

  Alhe so sad aivin ah family in force kuree dhw marry kuran ,🌹🌹 fazla haadha goaheyy😡 aivin nd zoya dhimaavaan beynumee 🌹🌹🌹the stry is stunning nd the author is really talented. Aslu mi kahala long stry eh liyeveyne vrh patient hardworking author akah🌹🌹🌹 as an author i know stry writing is a really time consumming activity 🌹🌹🌹and commments inspire the authors🌹🌹 so could you please comment on my stys🌹🌹🌹 it will be a really good help for me 🌹🌹🌹nd waiting for next episodes 🌹🌹🌹 stay safe 🌹🌹

  • Wonder

   March 11, 2021 at 10:32 pm

   Thank u so so much redlailacrose for the sweet words.. yes absolutely! As for me too i didn’t know how hard it actually is until i started to write stories.. it indeed is really time consuming and need lot’s of dedication and patience.. and there comes some days that u dnt feel like writing at all. *sigh* but tbh comments like this keeps me going. And it’s really true that comments from the readers motivates us.. I sure will In sha Allah comment to ur stories.. know that u will always have my full support.. thank u again for the sweet words and im really happy u liked this part too. Stay safe😊❤️

  • redlailacrose

   March 12, 2021 at 1:36 pm

   Ur really welcome 🌹 wonder🌹🌹🌹 i usually comment to stories in which tha author replies kindly🌹🌹🌹🌹 so im really happy that my comment motivated u🌹🌹🌹 we writers should surport each other nd help each other to keep going on🌹🌹 remember this 🌹🌹 ill always help u if u need my help in writing 🌹🌹🌹nd ill surely point out if i find out any thing to improve while reading🌹🌹🌹once thanks for your support

 4. ZoayA

  March 16, 2021 at 7:59 pm

  Ohh myyyy godddd wonderrrrrrr🤣🤣🤣😍😍😍😍😜😜😜😝😝😝😝😝😭😭😭😭😭🤣🤣🤣😂😂😂😂😀😀😀😉😉😉😘😘😘😘😘😘I don’t know what to sayyyyy…. Mi esfiya AH login vaan jehunu fahun nuvx vannan esfiya akah…. Vaahaka ehvx nukiyan… But look at this 😍😍😍😍😍just look at my face…. I’M laughing crying singing and And…. Magey Aivin aa zoaya ah v gotheh vx neyngunu esfiya ah nuvannaathy…. Eyyru login vegen comment kuran jehuniima ai rulhiiga vaahaka vx nukiyan.. Sooooooo sorry my Dhoonigandoooooooo😭😭😭😭😭😩😩😩😩😘😘😘😘😘😘🤧🤧🤧🤧🤧missed u soooooooooooooooooo muchhhh dhoooniiiiii…. And v avahah miss vi epi thah kiyaalaanan ngey….. Na plsssss plsssss Reply to this cmmnt… I will be soooooooooooooooooo happpyyyyyy

Comments are closed.