Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-55

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
April 11, 2021 4 Mins Read
8 Comments

ލިފްޓު ތެރޭގައި ހުރި ޒޯޔާގެ މޫނު ފެނުމާއެކު ލާން އުޅުނު ނޭވާވެސް އައިވިންގެ އަރު ތެރޭގައި ތާށިވިއެވެ. ދެފަހަރަކަށް އެސްފިޔަ ޖަހާލަމުން އައިވިން ބަލައިލީ އޭނާއަށް ފެންނަމުންދިޔަ މަންޒަރު ކުށްހީ އަކަށް ވެދާނެތީއެވެ. ލިފްޓުގެ ދޮރު ލެއްޕެން އުޅުމުން ހަމަހޭވެރިކަން ލިބުނު މީހެއް ފަދައިން އައިވިން އަވަސް އަވަހަށް ލިފްޓުގެ ތެރެއަށް ދެމިގަތެވެ.

ލިފްޓު ތެރޭގައި އައިވިންގެ އިތުރުން ހުރީ ފިރިހެނަކާއި ޒޯޔާ އެކަންޏެވެ. ލިފްޓުގެ އެއްކަނުގައި ޒޯޔާ ހުއްޓިލައިގެން ހުރިއިރު އޭނާއާ ޖެހިގެން ހުރީ އުމުރުން ސާޅީހަށްދާ ފިރިހެނެކެވެ. ބަލާބެލުމަށް އެއީވެސް ދިވެއްސެއް ހެނެއް ހިޔެއް ނުވެއެވެ. އައިވިން އަށް ހުންނަން ޖެހުނީ އެފިރިހެން މީހާގެ ކައިރީއެވެ. ނުރައްކާތެރި ދަރަޖައަކަށް ޒޯޔާއާ ޖެހި ފިތިގެން އެ ނުދަންނަ ފިރިހެންމީހާ ހުރުމުން އައިވިންގެ ބޮމަ ގޮށްޖެހިގެން ދިޔައެވެ. ޒޯޔާ ހައްތަހާ ބޮޑަށް ލިފްޓުގެ ކަނުގެ ތެރެއަށް ފޮރުވެން މަސައްކަތް ކުރުމުން އޭނާއަށްވެސް އެ ނުދަންނަ ފިރިހެނާގެ ސަބަބުން އުނދަގޫ ވަނީކަން ހާމަވަމުން ދިޔައެވެ. އައިވިންގެ ނިތަށް ވަކިން ބޮޑަށް ރޫތަށް ޖަމާވެގެން ދިޔައިރު ދެއަތް މުށްކެވިގެން ދިޔައެވެ. ލިފްޓުގައި ޖާގަ އޮށްވާވެސް އަންހެން ކުއްޖެއްގެ ގައިގާ ކޭތްތިގެންނޫނީ އޭނާއަށް ނުހުރެވެނީ ހެއްޔެވެ؟ އަތުންފައިން ގޯހެއް ހެދުމުގެ މަގުމަތީގައި ހުރި އައިވިންގެ ލޭ ކެކެމުން  ދިޔައެވެ. އިތުރަށް އެންމެ ތަންފުކެއްވެސް އެ ފިރިހެނާ ޒޯޔާ އާ ކައިރިވެއްޖެނަމަ އައިވިން އަށް މަޑަކުން ނުހުރެވޭނެކަން ޔަޤީނެވެ.

ލިފްޓު ގޮސް އެންމެ ތިރީ ފަންގިފިލާއަށް ހުއްޓުމާއެކު އައިވިން އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޒޯޔާއަށް ކަޅިއެއް ދެމުން އައިވިން ލިފްޓުން ފޭބިއިރު ލިފްޓުގައި ހުރި ނުދަންނަ މީހާ ލިފްޓުން ނިކުމެއްޖެއެވެ.

“ސޯ ޑާރލިގް.. އިފް ޔޫ އަރ ފްރީ ވައި ޑޯންޓް ޔޫ ގޯ އައުޓް ވިތް މީ…؟” ޒޯޔާ ލިފްޓުން ނިކުތުމާއެކު އެ ނުދަންނަ ފިރިހެންމީހާ ޒޯޔާގެ އަތުގައި ހިފާ ކައިރިއަށް ދަމައިގަންނަމުން ފޮށުން ތެރިކަން އެކުލެވޭ ހިނިތުންވުމަކާއެކު ބުންޏެވެ. އައިވިންގެ ކެތްތެރިކަން ކޮޅުންލައި ހިތުގައިވާ ހަސަދަވެެރިކަން ބޭރުވީ އެހާ ހިސާބުންނެވެ.

“ކަޓް އިޓް އައުޓް..! ޑޯންޓް ޔޫ ޑެއަރ ޓަޗް ހަރ..!” އައިވިންގެ ދެލޮލުން އޭނާ އަންދާލަން މަސައްކަތް ކުރަމުންދިޔަ ފަދައެވެ. ޒޯޔާގެ އަތް އޭނާގެ އަތު ތެރެއިން ދަމައިގަންނަމުން އައިވިންގެ ކައިރިއަށް ގެނައެވެ. ބިރުގަނެ ހާސްވެފައި ހުރި ޒޯޔާއަށް އިޚްތިޔާރަކާ ނުލާ އައިވިންގެ ޓީ ޝާޓުގެ ކޮޅުގައި ހިފާ ބާރުކޮށްލެވުނެވެ.

“ހޭ މޭން.. ހޫ ޑޫ ޔޫ ތިންކް ޔޫ އަރ..؟” އައިވިންގެ ޢަމަލުތަކުން އެ ފިރިހެންމީހާ ބޭނުންވި ކަންތަކަށް ހުރަސް އެޅުމުން މޫނުމަތިން އައިވިން އަށް މަރުގެ އިންޒާރެއް ދެމުން ދިޔަފަދައެވެ.

“ދެޓްސް މައި ލައިން.. ހޫ ޑޫ ޔޫ ތިންކް ޔޫ އަރ ޓު ޓަޗް އަ ވުމެން ވިތައުޓް ހާ ކޮންސެންޓް..؟” އައިވިން ހުރީ އެއްވެސް ގޮތެއް ފޮތެއްނެތް މި ފިރިހެންމީހާ އަށް ދޫދޭ ގޮތަކަށް ނޫނެވެ.

“ޔޫ ޑޯންޓް ޓެލް މީ ވަޓް ޓު ޑޫ.. ދިސް އިޒް ނޮން އޮފް ޔޯރ ބިޒްނަސް.. “ އައިވިންގެ ވާހަކައިން އެ ފިރިހެންމީހާއަށް އުނދަގޫ ވަމުންދިޔައެވެ.

“ ޔެސް އިޓް އިޒް.. ބިކޯޒް ޝީ އިޒް މައި ވައިފް.. އެންޑް އައި ޑޯންޓް ވޯންޓް ޓު ސީ އަ ރޭންޑަމް ސްޓްރޭންޖަރ ޓަޗިންގް މައި ވައިފް. އައި ޑޯންޓް ތިންކް ޔޫ ވުޑް އީދަރ..” އައިވިންގެ ވާހަކައިން ފިރިހެންމީހާގެ ދެލޯ ބޮޑުވެގެން ދިޔަކަން ޔަޤީނެވެ. އެއްފަހަރު އައިވިން ކައިރި އިސްޖަހާލައިގެން ހުރި ޒޯޔާއަށް އަނެއްފަހަރު އައިވިން އަށް އޭނާ ބަލައިލިއެވެ. އޭނާގެ މޫނުމަތިން އެފަދަ ޚަބަރަކަށް އުންމީދު ނުކުރާކަން ހާމަވެއެވެ.

“އޯކޭ ޗިލް.. އައި ޑިޑިންޓް ނޯ ދެޓް އޯކޭ.. އައިމް ސޮރީ..” މިއުޅެވެނީ އަލިފާނަށް ތެޔޮ އަޅަންކަން ރެޔަކާ ލުމުން އެފިރިހެންމީހާ ހަތިޔާރު ބެހެއްޓިއެވެ. ދެކޮނޑު އަރުވާލަމުން މަޢާފަށް އެދުމަށްފަހު އޭނާ އައިވިން މެންނާ ދުރަށް ހިނގައިގަތެވެ.

ލޮލުކޮޅަށް އެފިރިހެންމީހާ ގޮސް ގެއްލުމާއެކު އައިވިންއަށް ހަމަޖެހިލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ކައިރީގައި ހުރި ޒޯޔާއަށް އައިވިން ބަލައިލިއިރު އިސްޖަހަލާއިގެން ހުރި ޒޯޔާގެ ފުށުން ހާސްކަން ފާޅުވަމުން ދިޔަތަން ފެނި އައިވިންގެ ދެލޯ ފިނިވެގެން ދިޔައެވެ.

އައިވިންގެ ނަޒަރު އޭނާއަށް އަމާޒުވެފައި ވާކަން އިޙްސާސް ކުރެވުނީ ކަންނޭނގެއެވެ. އައިވިންގެ ޓީ ޝާޓުގައި ހިފަހައްޓައިގެން ހުރި އަތް އަވަސް އަވަހަށް ޒޯޔާ ދުރުކޮށްލިއެވެ.

“ތެންކިޔު..” އިސްޖަަހައިގެން ހުރެ މަޑު މަޑުން ޒޯޔާ ބުނެލިއެވެ. އެ އަޑު އައިވިންގެ ކަންފަތައްވެސް ފޯރީ ކިރިޔަ ކިރިޔާއެވެ. އައިވިން އަށް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތު ނުލިބެނީސް ޒޯޔާ އަވަސް ފިޔަވަޅުތަކުގައި އައިވިން ފަސްދީ ހިނގައިގަތެވެ. ފަހަތައް އެނބުރި ޒޯޔާގެ ނަަމުން ގޮވާލަން އައިވިން އަަށް އަނގަ ހުޅުވާލެވުނެވެ. އެހެނަސް އެނަން ދުލުން ބޭރުކުރާނެ ހިތްވަރެއް އައިވިން އަކަށް ނުލިބުނެވެ. ޒޯޔާ ހުއްޓުވަން އެދި އަތް އުފުލާލެވުނު ނަމަވެސް ހަށިގަނޑު ކުރިއަކަށް ނުދިޔައެވެ. ދެމެދުގައިވީ ދުރުމިން އިތުރުވަމުން ދިޔައިރު އައިވިން އަށް ގޮތްހުސްވެފައި ހުރެވުނީއެވެ. ޒޯޔާ އަނެއްކާވެސް އޭނާގެ ލޯމަތިން ގެއްލިގެން ދަނީއެވެ. އޭނާގެ ލޯބި ކުރިމަތިން އޭނާއާ ދުރަށްދާތަން ފެނުމުން އައިވިންގެ ހިތަށް ބުނެދެން ނޭނގޭހާ އަސަރު ކުރަމުން ދިޔައެވެ.
*******

ދުވެފައި ކަހަލަ ގޮތަކަށް ހޮޓެލުން ނިކުންނަން އައި ޒޯޔާގެ ހިތް ނޭނގޭ ބާރު މިނުގައި ތެޅެމުން ދިޔައެވެ. އައިވިން ފެނުން ވަޤުތުން ފެށިގެން އޭނާގެ އިޙްސާސްތައް ހިފަހައްޓަން ޒޯޔާއަށް ދަތިވަމުން ދިޔައެވެ. ކުޑަ ވަޤުތުކޮޅަކަށް ނަމަވެސް މުޅި ދުނިޔެއަށް ވަންހަނާ ވެލުމަށް އެހިތް އެދެމުން ދިޔައެވެ. ޒޯޔާ ހޮޓެލުން ނިކުމެގެން މަގުމައްޗަށް ނުނިކުމެވެނީސް ބޯކޮށް ވާރޭ އޮއްސާލައިފިއެވެ. ބޮޑުތިކި ވާރޭގެ ހަމަލާތައް ޒޯޔާގެ ގަޔަށް ފޯރުމާއެކު ދުވެފައި އައިސް ހޮޓެލްގެ ހިޔާވަހި ކަމުގައި ޒޯޔާ މަޑުކޮށްލިއެވެ. ތެމުމުގެ ސަބަބުން ހީކަރުވައި ގަނެފައި ހުރި ޒޯޔާ ދެއަތް މެޔާލާ ބޮނޑިކޮށްލަމުން ގެއަށް ދާނެ ގޮތަކާމެދު ވިސްނަމުން އަތް ދަބަހުން ފޯނު ނަގާ ހުޅުވާލިއެވެ.

ހޮޓެލްގެ ޕާކިންގް އޭރިއާގައި ޕާކު ކޮށްފައި އޮތް ކާރަށް އަރާ ހަމަޖެހިލި އައިވިން އަށް ދޮރުމަތީގައި ވާރެއާ ތެމިފައި ހުރި ޒޯޔާ ލޮލުގައި އަޅައިގަތެވެ. ކަންފަތުގައި ޖައްސާފައި ހުރި ޒޯޔާގެ ފޯނު މާޔޫސްކަމާއެކު ތިރި ކޮށްލިތަން އައިވިން އަށް ފެނުނެވެ. ޒޯޔާގެ މޫނުމަތިން އޭނާ އެހުރީ ހީކަރުވައި ގަނެފައިކަން ހާމަވަމުން ދިޔައެވެ. ޒޯޔާއަށް އެހީވަން ހިތަށް އަރާފައިވެސް ޒޯޔާ އޭނާގެ ކުރިމަތިން އަވަހަށް ދިޔަގޮތް ހަނދާންވުމުން އައިވިން އަށް މަޑުޖެހެވުނެވެ. ޒޯޔާ އޭނާގެ އެއްވެސް އެހީއެއް ބޭނުންނުވާނެ ކަމުގައި އައިވިން އަށް ދެކެވުނެވެ. އެޚިޔާލުގައި އައިވިން އޭނާގެ ކާރު ޕާކިންގް އޭރިއާއިން ނެރެމުން މަގާ ދިމާއަށް މިސްރާބުޖެހިއެވެ. އެހެނަސް ޒޯޔާ އެހާލަށް ދޫކޮށް ދިޔުމަށް އެހިތް ދެކޮޅު ހަދަމުން ދިޔައެވެ. ނަފްސުގެ ހަމަޖެހުން ގެއްލިގެން ދިޔުމާއެކު އައިވިން އަށް ކާރުގެ ހުންގާނު ބުރުގައި ގޮށްމުށުން ޖަހާލެވުނެވެ. ދެބޮމަ ގޮށްޖަހާލަމުން ބާރު ސްޕީޑުގައި އައި ކާރު ހުއްޓާލީ ޒޯޔާގެ ކުރިމައްޗަށެވެ.

ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނު ކާރު ފެނުމުން ޒޯޔާއަށް ސިހުން ގެނުވިއެވެ. ކާރުން ނިކުމެ ދޮރުފަތް ބަންލާފައި ޖަހާލަމުން އޭނާއާ ދިމާއަށް އެނބުރުނު އައިވިން ފެނުމާއެކު ޒޯޔާގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ.

“އަރާ..!” ޑްރައިވަރު ސީޓާ ޖެހިގެން އިން  ސީޓުގެ ދޮރު ހުޅުވާލަމުން އައިވިން ބުނި އިރު އޭނާގެ އަޑުގައިވީ ހަރުކަށިކަމާއެކު ޒޯޔާއަށް ހީވީ އަމުރެއް ކޮށްލިހެންނެވެ. ހަދަންވީ ކިހިނެތް ކަމެއް ނޭނގި ޒޯޔާއަށް އިސް ޖަހާލެވުނެވެ. ވާރޭގެ ފެންތިކިތަކާއެކު ބިންމައްޗަށް ވިރިގެން ފައިބާނެ ނަމައޭ އެވަޤުތު ޒޯޔާގެ ހިތަށް އަރަމުން ދިޔައެވެ.

ޒޯޔާގެ ފަސްޖެހުން ފެނުމާއެކު އައިވިންގެ ކަތުރު ކަށިގަނޑަށް ވާން ވެގެން ދިޔައެވެ. ޒޯޔާ އޭނާގެ ކެތްތެރިކަން އިމްތިހާނު ކުރަން މަސައްކަތް ކުރަނީ ކީއްވެހެއްޔެވެ؟

“ގަދަކަމުން އަރުވަންވީތަ..؟” ދަތްތައް ޖައްސާ ބާރު ކޮށްލަމުން އައިވިން އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ބުންޏެވެ. ޚުދު އައިވިން އަށްވެސް އޭނާގެ ޢަމަލުތަކަށް ބާރެއް ނުފޯރުވޭފަދައެވެ. ޒޯޔާގެ ސަބަބުން އޭނާ ދުނިޔެއިން މޮޔަވުމާ ކައިރިވެއްޖެއެވެ.

އައިވިންގެ ޡަބީއަތަށް އަައިސްފައިވާ ބަދަލު ފެނި ޒޯޔާއަށް އިތުރަށް އިންކާރު ކުރާކަށް ނުކެރުނެވެ. މަޑު މަޑުން އައިސް އައިވިން ހުޅުވައިވެން ހުރި ދޮރުފަތުގެ ތެރެއިން ކާރަށް އެރިއެވެ. ޒޯޔާގެ ޢަމަލުން ނަފްސަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބި އައިވިން ދޮރު ލައްޕާލުމަށްފަހު ޑްރައިވަރ ސީޓުގެ ދޮރު ހުޅުވާލަމުން ކާރަށް އެރިއެވެ.

ވާރޭގެ ފެންތިކިތައް ކާރުގެ ބިއްލޫރި ގަނޑުގައި ބޮސްދެމުން ތިރިއަށް ފައިބަމުންދިޔަ ހިތްގައިމު މަންޒަރު ބަލަން އިން ޒޯޔާ އިނީ އައިވިންގެ މޫނު ނުފެންނާނެހެން ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ.

ޒޯޔާގެ ހަރަކާތްތަކަށް ބަލަން އިން އައިވިން އަށް އެދުރުކަމުން ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. ހިތް އެދެމުން ދިޔައީ ޒޯޔާ ގެނެސް އޭނާގެ އަތު ތެރޭގައި ފޮރުވާލަމުން އެ ހަށިގަނޑުގެ ހޫނުކަން އިޙްސާސްކޮށްލުމަށެވެ.

ކާރު ދުއްވަމުން ދިޔަ ނަމަވެސް އައިވިން އަަށް ޒޯޔާ އުޅޭ ގޭގެ އެޑްރެހެއް ނޭނގެއެވެ. ދެމެދަށް ވެރިވެފައިވީ ދުރުކަަމާއެކު ސުވާލު ކުރަން އައިވިން އަށް އުނދަގޫ ކަމަށްވިއެވެ. ކަރުކެހިލަމުން އެޑްރެސް ޖެހުމަށް އެދި ކާރުގައި ހަރުކުރެވިފައިވާ ޖީޕީއެސް އައިވިން ޒޯޔާއަށް ދައްކާލިއެވެ. ކުރިން އައިވިންގެ މޫނުމަތިން ފެންނަން ހުރި ނުރުހުންތެރިކަމުގެ އެއްވެސް އަސަރެއް މިހާރު އެ މޫނުން ފެންނާކަށް ނެތެވެ.

”ބަސް ސްޓޮޕަށް މަޑު ކުރީމަ ރަނގަޅުވާނެ..” ޒޯޔާ މަޑު މަޑުން ބުނެލިއެވެ. ޒޯޔާ ދިރިއުޅެނީ ހުޅުމާލޭގައިކަން އައިވިން އަށް ވިސްނުނީ ދެނެވެ. މާލެއިން އޭނާއަށް ޒޯޔާ ހޯދޭގޮތް ނުވީ ކީއްވެކަން އެނގުނީ ދެނެވެ. ޒޯޔާގެ އެދުމާއި އެއްގޮތަށް ކަންތައްކޮށްދޭން އުޅެފައިވެސް އައިވިންގެ ޚިޔާލު ބަދަލުކޮށްލިއެވެ. ޒޯޔާގެ އެޑްރެސް އިނގެން ކައިރިވެފައި ވަނިކޮށް އެ ފުރުސަތު ގެއްލުވާލާކަށް އައިވިން ބޭނުމެއް ނޫނެވެ. އެހެންނޫނަސް ޒޯޔާގެ ތެމިފައިވާ ހެދުން ފެނުމުން ޒޯޔާ ބޭނުންވާގޮތަށް ކަންތައްކޮށްދިނުމުން އައިވިން މަނާވެ ގަތެވެ.

އިތުރުގޮތެއްނެތުމުން ފުން ނޭވާއެއް ދޫކޮށްލަމުން ޒޯޔާ ދާންވީ އެޑްރެސް ޖީޕީއެސްގެ އެހީގައި ދައްކައިދިނެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ސިނަމާލެ ބްރިޖް ފެންނަ ހިސާބަށް ކާރަށް އާދެވޭ ވަރު ވިއެވެ.

ބްރިޖް މަތިން ދަތުރު ކުރަމުން ދިޔައިރު ޒޯޔާގެ ހަނދާނަށް އަންނަމުން ދިޔައީ ރޭގަނޑު އެގޮތަށް އައިވިން އާއެކު ކާރު ދުއްވާލަން އައިސް އުޅުނު ރޭތަކެވެ. އެތައް ރެޔަކު ބްރިޖް ކަޑައްތު ކުރުމަށްފަހު ހުޅުމާލެ އައިސް އުފާވެރި ވަޤުތުތައް ދެމީހުން އެކީގައި ހޭދަކުރިއެވެ. އެހަނދާންތައް އާވުމާއެކު ޒޯޔާގެ ހިތަށް ތަދުވެގެން ދިޔައެވެ. ވަޤުތާއެކު ދެމީހުންގެ ގުޅުން އޮތް ފައްތަރު ޒޯޔާއަށް އިޙްސާސްކުރެވިގެން ދިޔައެވެ.

-ނުނިމޭ-

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 6

Next

ކިޔުންތެރިންނަށް….

Next
April 13, 2021

ކިޔުންތެރިންނަށް….

Previews
April 11, 2021

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 6

8 Comments!

  1. ?Ril? says:
    April 12, 2021 at 8:48 am

    Hello sis ❤️❤️
    Wow vrh Sali mi part vxx❤️❤️
    Masha Allah❤️❤️
    Zoya ah dhw Evy Hama ❤️❤️❤️
    Wow aivin haadha cool eyy dhw❤️❤️❤️ Zoya rescue kuri gady ehehhehe???❤️❤️❤️❤️??
    Hope edemeehun anehkaa guley thoo❤️❤️❤️❤️❤️❤️❤️☺️??
    They look good when both are together☺️❤️❤️❤️??❤️❤️❤️
    And sis Ramadan Mubarak ingeyy??????????????❤️❤️❤️☺️
    Waiting for the next part ❤️❤️
    Love u soo much ❤️❤️
    Stay safe❤️❤️ and tvgc ❤️❤️

    1. Wonder says:
      April 12, 2021 at 6:38 pm

      Hi Ril.. v ufaavejje mi bai ves kamudhiyaeema.. yess it was zoya dhw.. let’s hope they get back together.. Ramadan Mubarak to u too. Next part avahah up kohlan masahkaih kuraanan ingey.. lymm. B safe?❤️

  2. ReeshA CoronA ReeshA CoronA says:
    April 12, 2021 at 9:59 am

    Alheyyyyyyyyyyy Haadha goas meehaa gandekey eiiii?????Btw mee hama ZoayA ngey
    Ohhh yesss finally v kairiah aissi zoa aa Aivin lhiyanbe aa??????????????❤️❤️❤️❤️❤️
    Eoh vehey vaarey ga Zoa thihunnanii bumareh hen????
    Aivin rulhi Anna iru Hunna goe sifa v ma J vx vey?
    Yes yes zoa ge address hadhaafa huhttaathi Aivin ✊✊✊✊
    Vvv salhi mi part vx ngey wonder dhooniii
    Kihineh thr ???
    Kaifin thr? Boefin thr?
    Maadhan roadha thr?
    ROADHA MUBAARAK wonder dhoonigandashaa Aivin ashaa zoa ashaa Nayaa ashaa Dhen thibi kudhin nah vx ??
    Maadhan roadha veehlun Alhuga ge g faraathun hurihaa kudhin nah ???????????????????????????☕???

    1. Wonder says:
      April 12, 2021 at 6:36 pm

      Hehe.. V ufaavejje dear ah ves mi bai kamudhiyaeema ingey.. Dear ge comment kiyaalaafa ves ingijje furathamain ves thiee ZoayA kan. Im doing great Al’hamdhulillah.. n yes I did eat. Ofc maadhan roadha vaane ennu dhw hehe.. the foods look yummy ?. How r u dear? Ramadan Mubarak ?❤️

  3. Wonder says:
    April 12, 2021 at 12:06 pm

    Ramadan Mubarak to all my dear readers.. let us use this month to become a better version of ourselves.. May Allah accept it from all of us.. stay home and stay safe
    -wonder-❤️❤️❤️

  4. imkko says:
    April 12, 2021 at 3:53 pm

    Maasha Allah .. Mi baives v v v v salhii .. Story update vefa in than fenuneema hama fumen feshee ?? … Mi bai haadha salhi ey .. Aivin zoya salaamai koh dhin scene v fakkaa hama … Dhn inthizaaru kurevenee Aivin and zaik ge scene akah, I want to see how aivin will feel after seeing zaik … Btw can’t wait for the next part .. Nooooo excitedddd ???

    1. Wonder says:
      April 12, 2021 at 6:33 pm

      Thank u soo much imkko. V ufaavejje mi bai ves kamudhiyaeema.. hehe.. story ah thidhey tharuheebah hama v bodah shukuriyya. Glad u liked the scene. Let’s hope dhw zaik and Aivin ge scene ehves fennaane kamah.. Next part Avahah up kohlan masahkaih kuraanan ingey.. Ramadan Mubarak?❤️

    2. ReeshA CoronA ReeshA CoronA says:
      April 12, 2021 at 7:47 pm

      Eyyyy imkkoooo… Mee santhi Eyyyy.. Ramadan mubarak… How are you sisoo

Comments are closed.

Next Episodeނޭދެމޭ ވަކިވުމެެއް-56←


All Right Reserved!