
މާޙައުލުގައި ގުގުމަމުން ދިޔައީ ލަވައިގެ އަޑާއި މަސްހުނި ވެފައިވާ ދެޖިންސުގެ ހުނުމާއި ވާހަކަ ދެއްކުމުގެ އަޑެވެ. ޖޫން އެންމެންނާ އެއްފަރާތް ވެލަމުން ގޮނޑީގައި އިށީނދެ ޖޫސްތައްޓެއް އަތަށް ނެގިއެވެ. ޖޫސްތައްޓައް ބަލަހައްޓައިގެން އިން ޖޫންގެ މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. އޭނާ ޕާޓީއަށް އައީ ހިތް އުފާކޮށް އެކުވެރިންނާއި އެކު މަޖާ ވަޤުތު ކޮޅެއް ހޭދަކޮށްލާށެވެ. ނަމަވެސް ނޭނގޭ ސަބަބަކާ ހުރެ އޭނާގެ ހަށިގަނޑަށް ލޮޑުކަން ވެރިވެއްޖެއެވެ. ކޮޅަށް ތެދުވާ އިރަށް ބޮލަށް ބަރުވާގޮތްވެއެވެ. ބޭނުންވީގޮތާ ޚިލާފަށް ޕާޓީއިން އެކަހެރިވާން ޖެހުމުން އެކަމުގެ ފޫހިކަމުގައި އިން ޖޫން ހިފަހައްޓައިގެން އިން ޖޫސް ތަށިން އެތިފޮދެއް ބޯލިއެވެ. ނަމަވެސް ޖޫސްފޮދުގެ ރަހަ ކަރުތެރޭގައި ލުމާއެކު ޖޫންގެ މޫނަށް ގޮތެއް ހަދާލެވުނެވެ. މުޅި އަރުތެރެއަށް ފާޑެއްގެ ހިތި ރަހައެއް ފެތުރިގެން ދިޔައެވެ. ލީ ރަހައާއެކު އޯކަށް ދެމެން ފެށުމުން ޖޫން އަށް ދެލޯ ބޮޑު ކޮށްލަމުން އަނގައިގާ އަތް އަޅާލެވުނެވެ. ގޮނޑިން ތެދުވެ ފާޚާނާއާ ހިސާބަށް ފޯރީ ކިރިޔަ ކިރިޔާއެވެ. ގޮހޮރު ހުސްވަންދެން ކޭ ކޭ ހުރިހާ އެއްޗެއް ހޮޑަށް ބޭރުވެގެން ދިޔައެވެ.
ހޮޑުލައި ނިމިގެން ޖޫން އަނގައާއި މޫނު ރީއްޗަށް ދޮވެލަމުން ޓޮއިލެޓް ޕޭޕާ އެއް ނަގާ ތުންފަތުގައި ޖައްސާލިއެވެ. ފާޚާނައިގާ ހުރި ލޯގަނޑުން ޖޫން އޭނާގެ ތަސްވީރަށް ބަލައިލިއެވެ. މޫނުމަތިން ވަރުބަލިކަން ފާޅުވާއިރު މޫނުގެ ކުލަ ވަނީ ހުދުވެފައެވެ. އެއް އަތުން ކޯތާފަތުގައި ޖޫން އިނގިލި ކުރިތައް ޖައްސާލިއެވެ. އަނެއްކާ އޭނާ ބަލިވީހެއްޔެވެ؟ ޑޮކްޓަރަށް ދައްކަން ދާންވީބާވަައެވެ؟ އެ ފަދަ ޚިޔާލުތަކެއްގައި ހުރި ޖޫން ޑްރައިވަރަށް މެސެޖުކުރަމުން އޭނާ ބަލާއައުމަށް އެދުނެވެ. ގައިގާވާ ހަކަތަ ހުސްވެފައި ވުމުން އިތުރަށް ޕާޓީގައި ހުރުމުގެ ޚިޔާލު ޖޫން ދޫކޮށްލިއެވެ. އޭނާގެ ރަޙުމަތްތެރިން ކައިރީ ކުޑަކޮށް ބަލިވެ އުޅޭތީ ގެޔަށް ދަނީ ކަމުގައި ބުނަމުން ޖޫން އެ މާޙައުލުން ނިކުންނަން ހިނގަައިގަތެެވެ.
ޖޫން އޭނާއަށް ކުރިމަތިވަމުން ދިޔަ ކަންކަން ހައްލުވޭތޯ ދެތިން ދުވަހަކު ޑޮކްޓަރަށް ނުގޮސް މަޑުކޮށްލިއެވެ. އެހެނަސް އޭނާގެ ހަށިގަނޑު ދުވަހެއް ދުވަހަކަށް ދިޔައީ ބަލިކަށި ވަމުންނެެވެ. އެނދުން ތެދުވާހިތް ނުވެ ކަންނެތް ވެފައި ގިނަ ވަޤުތު އޮވެވެއެވެ. ހަށިގަނޑަށް ބަލައިގެން އުޅޭ ޖޫން އަކީ ފޮނި އެއްޗިއްސާ މުޅިން ބީރައްޓެހި މީހެކެވެ. އެހެނަސް މިދެތިން ދުވަހު އެނޫން އެއްޗެއްކާން އޭނާގެ ހިތް އެއްބަހެއް ނުވެއެވެ. ބަތް ނުވަތަ މަހުގެ ބާވަތެއް ކާ ކޮންމެ ފަހަރަކު ހޮޑުލެވޭ ގޮތްވެއެވެ.
އެންމެފަހުން ޖޫން ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުގެ އެކި ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ލޭގެ ޓެސްޓެއް ހެއްދިއެވެ. ނަތީޖާ އިރުކޮޅެއްގެ ތެރޭގައި ލިބޭނެކަމަށް ބުނުމުން ޖޫން މަޑުކޮށްލީ ދެވަނަ ފަހަރަށް ހޮސްޕިޓަލަށް ނައިސް ހުރިހާ ކަމެއް ނިންމާލުމުގެ ގޮތުންނެވެ. ހޮސްޕިޓަލުގައި އިންނަށް ބޮޑުކަމަކަށް ވުމުން ޖޫން ހޮސޕިޓަލުގެ ކައިރީ ހުރި ފިހާރަތަކަށް ވަދެލިއެވެ. ބޯ ހާސްވެ ހިތްހަމަ ނުޖެހޭ ކަމެއް ވުމުން ޖޫން އަބަދުވެސް ކުރާ ކަމަކީ އެއީއެވެ. ބާޒާރު ކޮށްލުމަކީ އޭނާގެ ހުރިހާ ނުތަނަވަސް ކަމެއް ފިލުވާލަދޭ ބޭހެކެވެ.
ގަޔާވި ދެތިން ހެދުމާއި ފައިވާނެއް ގަތުމަށްފަހު އެއެއްޗެހި ކާރަށް ލުމަށް ޑްރައިވަރާއި ޖޫން ހަވާލު ކުރިއެވެ. ޓެސްޓުގެ ނަތީޖާ ލިބޭގަޑި ކައިރިވެފައި ވުމުން ޖޫން އަނބުރާ މިސްރާބު ޖެހީ ހޮސްޕިޓަލް ތެރެއަށެވެ.
“މަރުޚަބާ.. ޔޫ އަރ ޕްރެގްނެންޓް..” ޑޮކްޓަރު ހިނިތުންވުމާއެކު ބުނެލި ވާހަކައިން ޖޫންގެ ދެލޯ ބޮޑުވިއެވެ. އޭނާގެ ހަށިގަނޑަށް އަންނަމުން ދިޔަ ހުރިހާ ބަދަލުތަކާއެކުވެސް އެފަދަ ކަމަކަށް ޖޫން އުންމީދެއް ނުކުރެއެވެ. ޙަޤީޤަތުގައި އެކަމާމެދު އެއްވެސް ވަރަކަށް ވިސްނާލެވިފައެއްވެސް ނެތެވެ. އެފަދަ ޚިޔާލުތަކެއްގައި އިން ޖޫން ބުރަ މަސައްކަތުން ޑޮކްްޓަރަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
*******
ކާރުގައި އިން ޖޫން ވަނީ ފުންވިސްނުމަކަށް ގެއްލިފައެވެ. މަޑު މަޑުން ބަނޑުގައި ޖޫންއަށް އަތް ހާކާލެވުނެވެ. އެވަޤުތު ވެރިވި ޚިޔާލުތަކާއެކު ޖޫންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ގިނަދުވަސް ވީހެން އޭނާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަށް އިތުރުވާނެކަން ވިސްނުނެވެ. އެހާ ބަލައިގެން ގެންގުޅެމުން އައި ހަށިގަނޑުގެ ރީތިކަމާއި ޒުވާންކަން ގެއްލިގެން ދާނެކަމުގައި ޖޫން އަށް ޤަބޫލުކުރެވުނެވެ. ހުރިހާ މަޖަލަކާއި އުފަލަކުން މަޙުރޫމްވެ ގޭގައި ހަތަރު ދަމު އޮންނަން އޭނާގެ ހިތަށް ކެތްވާނެހެއްޔެވެ؟ އެކަމަކު މިއީ އޭނާ ބޭނުންވި ގޮތެވެ. ފަޒްލާ އޭނާއަށް ދިން ނަސޭޙަތާއެކު ޖޫން މަސައްކަތް ކުރީ އަވަހަށް ކުއްޖަކު ހޯދޭތޯއެވެ. އައިވިންގެ ހިތް މިލްކު ކުރެވެން އޮތީ އެގޮތުގެ މަތިން ކަމުގައި ފަޒްލާއަށް ޤަބޫލު ކުރެވުމުންނެވެ. އެކަމަކު އޭނާގެ މި ޚަބަރާއެކު އައިވިން އުފާވޭނެހެއްޔެވެ؟ ކައިވެންޏަށް ދޮޅު އަހަރު ނުވަނީސް ބައްޕައަކަށް ވާން އައިވިން ބޭނުންވާނެހެއްޔެވެ؟
އެފަދަ ޚިޔާލުތަކުން ޖޫންގެ ހިތް ނުތަނަވަސް ކުރުވަމުން ދިޔައެވެ. ޖޫން އޭނާގެ ފޯނު ނަގަމުން ފަޒްލާއަށް ގުޅާލީ މިކަމުގައި އޭނާ ދެން ކަންތައް ކުރަންވީގޮތް އިނގޭނެ މީހަކީ އެއީ ކަމަށް ނިންމަމުންނެވެ.
“މަންމަ ހާދަ އުފާވެއްޖެއޭ..” ފަޒްލާއަށް އެޚަބަރު ލިބުމާއެކު އުދުއްސައި ނުގަތީ ކިރިޔާއެވެ.
އެކަމަކު.. އަހަރެން ވަރަށް ބިރުގަނޭ.. އައިވިން.. އައިވިން ރުޅިއައިސް ދާނެ..” ޖޫން އިސްޖަހާލަމުން ބުނެލިއެވެ. އައިވިން އޭނާއަށް ނަފްރަތު ކުރުން އެއީ އޭނާ ބޭނުންވާނެ އެންމެ ފަހު ގޮތެވެ.
ފަޒްލާއައިސް ޖޫންގެ އަތްތިލައިގާ ހިފާލިއެވެ. ފަޒްލާގެ އެދުމަށް ޖޫން އައިސް އޭނީ އޭނާގެ އެޕާޓްމެންޓުގައެވެ.
“ޖޫން މާ ބޮޑަށޭ ތި ހާސްވަނީ.. މަންމައަށް ވަރަށް ރަނގަޅަށް އެނގޭ އައިވިންގެ ގޮތް.. ފުރަތަމަ ތި ޚަބަރާމެދު އޭނާ އެހާ ގަޔާ ނުވެދާނެ.. އެކަމަކު އައިވިން އަކީ ހިތް ހަރު މީހެއް ނޫން.. އޭނާ ޖޫން އާއި ތި ދަރިފުޅު ޤަބޫލު ކުރާނެ.. ދުވަސްވީ ވަރަށް އެހިތުގައި ތި ދެމައިންނަށް ލޯބި އުފެދޭނެ.. އަމުދުން ބަނޑުގައި ތި އޮތް ދަރިފުޅު އުފަންވާ ހިސާބުން އައިވިންގެ ހިތް ދަރިފުޅަށް ފަތަޙަ ކުރެވޭނެކަން މަންމައަށް ޔަޤީން..” ފަޒްލާ ވަރަށް ޔަޤީން ކަމާއެކު ބުނެލިއެވެ. ފަޒްލާގެ މޫނުމަތިން ފެނުނު ޔަޤީން ކަމާއެކު ޖޫންއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދެން އޮތީ މި ޚަބަރާއެކު އައިވިން އާ ކުރިމަތި ލުމެވެ.
ކީ ކާޑުން ގޭގެ ދޮރު ހުޅުވާލުމަށްފަހު ޖޫން އެތެރެއަށް ވަނެވެ. އޭނާގެ އެދުމަށް ފަޒްލާވެސް ޖޫން އާއެކު އައިސް ގޭތެރެއަށް ވަނެވެ. ސޯފާގައި ފޯނާ ކުޅެން އިން އައިވިން އިސްއުފުލާލީ މީހެއްގެ ހިލަން ވުމުންނެވެ. ފަޒްލާއާއި ޖޫން ފެނުމުން އައިވިން ސޯފާއިން ތެދުވިއެވެ.
“ދަރިފުޅާ.. މަންމަ މިއަދު ވަރަށް އުފާވެއްޖެ..”ފަޒްލާ އޭނާގެ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވަމުން އައިސް އައިވިން ގައިގާ ބައްދާލިއެވެ. ވާނުވާ ނޭނގިފައި ހުރި އައިވިން އަށް ބަލައިލެވުނީ ކައިރީގައި ހުރި ޖޫނަށެވެ. އެހެނަސް އިސްޖަހައިގެން ހުރި ޖޫންގެ ފަރާތުން އައިވިން އަށް އެއްވެސް ކަމެއް ފަޙުމެއް ނުވިއެވެ.
”އޯ.. އަދި ނުބުނެވޭ ދޯ ކީއްވެކަމެއް.. އިނގޭތަ..ދަރިފުޅު ބައްޕަ އަކަށް ވަނީނު..” ފަޒްލާގެ ވާހަކަ އާއެކު އައިވިން ގެ ނިތަށް ރޫތައް ގިނަވިއެވެ. މަންމަ ދައްކަން އެފެށީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނާ އަކީ މިހާރުވެސް ބައްޕައެކެވެ. އޭނާއަކީ ޒައިކްގެ ބައްޕައެވެ. ކޮންމެ މީހަކު ކޮންމެ ގޮތަކަށް ދެކުނަސް އައިވިން ގެ ހިތުގައި އޮންނާނީ އެގޮތަށެވެ.
“ މަންމަ މާމައަކަށް ވަނީ… ޖޫން ބަނޑުބޮޑު” ފަޒްލާ ޖޯށާއެކު ބުނެލިއެވެ. މިފަހަރު ފަޒްލާ ހާމަކުރި ހަޤީޤަތާއެކު އައިވިން އަށް އިރުކޮޅަކު ގަނޑުވެފައި ހުރެވުނެވެ. ހަމަހޭވެރިކަންވެ ދެލޯ ބޮޑު ކޮށްލަމުން އައިވިން އަށް ލަސްލަހުން ބަލައިލެވުނީ ޖޫން އާ ދިމާއަށެވެ. ޖޫން އަދިވެސް ހުރީ އިސްޖަހައިގެންނެވެ.
“ދަރިފުޅު ވާނެ މިހާރު ވަކިން ޚާއްސަކޮށް ޖޫން އަށް ބަލަން.. ޑޮކްޓަރ ބުނީ އަދި އެންމެ ދެ ހަފްތާއެކޭ ވީ..” ފަޒްލާ އައިވިން އަށް ނަސޭހަތްތެރި ވިއެވެ. އައިވިން އަށް ފަޒްލާގެ ވާހަކައަށް ސަމާލުކަން ދެވޭގޮތެއްް ނުވިއެވެ. ޖޫންގެ ހަޤީޤަތް ޤަބޫލުކުރަން އައިވިން އަށް އުނދަގޫވިއެވެ.
ކުއްލިއަކަށް އައިވިން ހިނގައިގަތީ އޭނާ ކޮޓަރިއާ ދިމާއަށެވެ. އޭނާގެ ކައިރީ ބަޔަކު ތިބިކަންވެސް ހަނދާން ނެތް ފަދައެވެ. ޖޫން އަށް އިސްއުފުލާ ބަލައިލެވުނީ އެވަޤުތުއެވެ. އައިވިން ދިޔަ ދިމާއަށް ބަލައިލަމުން ހާސްވެ ހުރެ ފަޒްލާގެ މޫނަށް ޖޫން ބަލައިލީ ދެން ހަދަންވީ ކިހިނެތްހޭ އަހާ ފަދައިންނެވެ.
“ޖޫން ހާސްނުވޭ.. އައިވިން އަށް ވަޤުތުކޮޅެއްދީ.. މިގަޑީގަ ހުންނާނީ ޝޮކެއްގަ… ދެން އޮތީ ޖޫންގެ މަސައްކަތް.. ހުރިހާކަމެއްވެސް ރަނގަޅުވާނެ.. މަންމަ މިގަޑީ މިގޮސްލަނީ.. ” ފަޒްލާ ޖޫންގެ ގޮނޑުގައި އަތް ބާއްވާލަމުން ހިނިތުންވުމެއް ރައްދުކުރިއެވެ. ޖޫން ގަދަކަމުން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.
ފަޒްލާ ނިކުމެގެން ދިޔަ ދިމާ ބަލަން ހުރި ޖޫން ދެއަތް ދެއަތާ މޮޑެލިއެވެ. އައިވިންގެ ކުރިމައްޗަށް އަރަން ފަސްޖެހެވެމުން ދިޔައެވެ. އެހެނަސް އައިވިންގެ ކުރިމައްޗަށް ނާރާ ވާން ނޯންނާނެކަން ޖޫން އަށް އެނގެއެވެ. ފުން ނޭވާއެއް ދޫކޮށްލަމުންް ޖޫން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
ކޮޓަރީގެ ދޮރު ހުޅުވާލި ޖޫން އަށް އެއްޗިހި ތަކެއް ހާވާއަޑު އިވިގެން ދިޔައެވެ. އައިވިން ކުރާ ކަމެއް ބެލުމުގެ ޝަޢުޤުވެރިކަމުގައި ޖޫން އެތެރެއަށް ވަދެގެން އައެވެ. އައިވިން ރީތިވާ މޭޒުގެ ވަތްގަނޑެއް ހާވަމުންގޮސް އެއްޗެއް ނެގިތަން ޖޫން އަށް ފެނުނެވެ.
އައިވިން ޖޫންގެ ހިލަންވެގެން ފަހަތް ބަލައިލިއެވެ. އޭނާގެ އަތުގައި އޮތް ބޭސްކާޑު އައިވިން ޖޫންގެ މޫނުމަތީ ހުރަސްކޮށްލިއެވެ. ޖޫން އަށް ދެލޯ ބޮޑުކޮށްލަމުން އެ ބޭސްކާޑަށް ބަލާލެވުނެވެ.
-ނުނިމޭ-
14 Comments!
Comments are closed.
Ey yey yeyy yeyy laa ilaaha illa Allah ??????dhoonii lwbiiiii kokkiiiii frendooooo Koba kihineh ?kaifin thr boefin thr Magey dhoonigandu ???miss vey hama hetakah ?????
ކަލޯ ގަޔާ ޖެނުއަރީ ކާކުގެ ދަރިއަކަށް ބަލިވެ އިނީ… ? ? ? ? މަންޖޭ ތިޔާ އުޅެނީ ކޮން ފާޑަކަށް… ކައިވެނީގެ ރެއެއްނު ބަނޑު ބޮޑުވީ… މި ފަޒުލާ ޒުލުކާ ހާދަ ކަންތަށް ބޮޑޭ???????އަޅޭ ކޮބާތަ މައި ޒޯ????އެއްކަލަ ޒަރާފާ ގަޑުގެ ޚަބަރެއް ވެސް ނުވޭ މިހާރަކު ????ވޮންޑާ ދޫނީ އިނގޭތަ ރޭގަ ހުވަފެނުން ފެނުނީ ޒޯޔާ އާ ވޮންޑާ އާ ސަކަލު ދުއްވަނިކޮށް ???ކޮބާތަ ލަމް މެން ރިލް މެން ހުރިހާ ކުދިން ކިހިނެއްތަ… ލަމް މިހާރު ނުވެސް ގުޅާ.. ކިހިނެއްވީ ވައިބާ އިން ވެސް މެސެޖު ނުކުރޭ… އާން އެންޑް މައި ދޫނިގަޑަށް ސަޕްރްއިޒެއް ދޭނަމޭ ބުނެވުނު ތަ؟އެއީ ޒޯޔާގެ ފުރަތަމަ ވާހަކަ ދެވަނަ ޕޭޖްގަ ނޫނީ ފުރަތަމަ ޕޭޖްގަ އިންނާނެ ތީ އޭ ހަނދަކީ ޖަހާފަ… ކިޔާލާފަ ޕްލީޒް ޕޮއިންޓު އައުޓް މައި މިސްޓޭކްސް
Lyssmmmmmmmm ❣️❣️❣️❣️❣️❣️Myssssssmmmmm ????????SS?✖️?SH ?
Hellowww Nonnie.. Hehe.. im sooo happy to meet u after soo loong. Miss u a lot too. Ahaha.. lets see January ulheygotheh ves? zafar ah ehery rangalhah veli kevifa ennu? ahahah.. seriously?? that’s one hella crazy dream then?? ohh ehntha.. i also dnt knw lam ge habareh.. hope she’s doing well tho. OMG.. u started writing!!! That’s such a greaat newss. In sha Allah will take some time to read ur story.. soo proud of Youuu!!❤️ Lymmmm deaar.. u too b safe ?❤️
Bro haadha ehn kahala huvafeneh thi bely?????????
Sis Ril vxx thikahala huvafeneh feneythoo mioleny ingey ?????
Eyy bro Ril mioleny eyy lam men habareh nei
Ril Hama baraabaru ❤️❤️❤️❤️
Hlw my dear sisoo♥️♥️♥️
Masha Allah vrh lwbi mi part vxxx Hama best ♥️♥️♥️♥️♥️♥️♥️♥️♥️
Ale what Joon is preg ???. Aleyy dhn kihineh baa vaany♥️♥️♥️♥️♥️ . Aivin is in shock dhw .♥️♥️♥️ Wait what kon beys kaadeh baa . So curious dhn vaane gothakah . What will be aivin ge reaction . ♥️♥️♥️
Btw sis ingeytha Ril vxx stry liyan mi site ah . Yeoja ge name gaa . Vrh duvas vess vehje . ♥️♥️♥️♥️♥️Swry to tell u late sisoo???? .♥️♥️♥️
Btw waiting for the next part ♥️♥️
Love u ♥️♥️♥️
Stay safe ♥️♥️
Haii Ril.. awwn.. thank u.. so happy u liked this part too. Yess.. she’s preg dhw.. ya he’s in a shock.. let’s c what happens next. OMG.. I didn’t even knoww.. that’s soo greatt!! Aslu wonder esfiya ah vaahaka liyunas v mi site ge vaahaka nukiyey. BUT defini will check out ur stories.. soo proud of youu! It’s okay dear.. v ufaavejje bunelyma.. I’ll always support you❤️ Lymmm dear.. u too b safe?❤️
Yhhh I didn’t tell anyone furathama kolu only my bestie ah first ingeynee dhn fahun Ril hurihaa frnds kudhin kairi bunamun diyaee ❤️❤️❤️❤️❤️ ❤️❤️❤️❤️
Sis kairi vxx bunelee Ril . Sis Ril ge Hama close frnd eh veemaa ❤️❤️❤️
Awwwwnn thank uuu sis ❤️❤️❤️. Ril vxx vrh happy vehje sis ge support libeyney buneemaa .❤️❤️ Ril vxx Hama sis aa eku ingey❤️❤️
Lymmmm ❤️❤️❤️❤️ stay safe too❤️❤️
And sis mihaaru Ril profile name vxx change kohlaafin Ril ge name ah
Oops swry yeoja baa inaany ingey sis
vrh reethi mibaivx! knmme baehga cmnt eh nukurevunas hurihaa baithakeh keen ? owh! is that u ril.. vrh reethi yeoja ge stry thah! ?? btw when next?
Thank u so much Reeen.. v ufaavejje vaahaka kamudhaakan engunyma.. konme part akah comment kuran undhaguvaane kan ves ingey.. ekamku dheythere akun thihen readers comment kohlyma hama v ufaavey.. ? next part Tuesday haathaa up kohla dheveythoa mi balany.. thi dhey support ah v bodah shukuriyya. B safe?❤️
Yhhh it’s me Ril heheheh❤️❤️
Thank uu reeen vrh happy vehje kamudaakan inguny maa ❤️❤️❤️
I love this part???ekm june dheke vrh foohi vejjend i hate fazlaa???aivin ah zaik aa meet vaan beynumee??? curiously waiting for next part ??? nd alhugandu ge stry adhi lhen thakah wonder surport kuraathee im really happy ???
Thank u so much Lailac Baby.. so happy that u liked this part too! Hingaa dhw dhn vaagotheh ves balamaa. Awwn ur wc.. I’ll b happy to help if u need too. And thank u too for supporting and commenting my story.. it means a lot.. b safe?❤️
Yess???ur absolutely right ???we writers should help and support each other???glade to have such a wonderful friend ???nd lailac kudairu vs famous author aa vrh talk kohllaa hih vey???now i have such a great author as a friend ??? its a big happiness ??? thanks for been an amazing friend???lysm??? stay safe dear ??? stay home ???