އެނދުގައި އޮށޯވެގެން އޮތް އައިވިން އަތު ކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ގަޑިން ދަންވަރު އެކެއް ޖަހަނީއެވެ. މާޔޫސްކަމުގެ ފުންނޭވާއެއް ދޫކޮށްލަމުން އައިވިން އޭނާގެ އަތް ލޯމަތީގައި ބާއްވާލިއެވެ. އެހެނަސް އިތުރު ކަމަކާމެދު ވިސްނާލާނެ ފުރުސަތެއްވެސް ނުލިބެނީސް ބޭބީ މޮނީޓަރުން ދަރިފުޅުގެ ރުއިމުގެ އަޑު އިވިގެން ދިޔައެވެ. ކަންފަތުގައި އެ އަޑު ޖެހުމާއެކު ސިހިފައި ހަށިގަނޑު ސީދާ ކޮށްލަމުން އައިވިން ދުރު ފިޔަވަޅުތަކެއް އަޅަމުން އައިސް ނާސަރީ ރޫމްގެ ދޮރު ހުޅުވާލިއެވެ. ކުޑަ އެނދު ކައިރިއަށް ހުއްޓި ދަރިފުޅު ނަގާ އުރާލަމުން އައިވިން ދެކޮޅަށް ހިނގަން ފެށިއެވެ.
ކޮނޑުގައި ދަރިފުޅު ބާއްވައިގެން ހުރެ ބުރަކަށީގައި ފިރުމަމުން އައިސް މަޑު މަޑުން ފްރިޖްގެ ދޮރު އައިވިން ހުޅުވާލިއެވެ. ކުޑައިރުކޮޅެއް ކުރިން ތައްޔާރު ކޮށްފައިވާ ބޭބީ ފޯމިއުލަރ އަޅާފައި ހުރި ބުއްުފުޅި ހިފައިގެން އައިސް އައިވިން ސޯފާގައި އިށީނެވެ. މަޑު މަޑުން އުނގަން ލީ ކުޑަބާލީހުގައި ދަރިފުޅު ބާއްވަމުން ބުއްފުޅިދޭން ފެށިއެވެ. ރުއިން ހުއްޓާލުމަށްފަހު ދަހިކޮށް ބުއްފުޅި ބޮމުންދިޔަ ތުއްތު ދަރިފުޅުގެ ހަރަކާތްތަކުން އައިވިންގެ ތުންފަތައް ކުޑަނަމަވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.އަލަތު ދަރިފުޅު ލިބުނުތާ މަހެއް ފުރުނީ މީގެ ދެދުވަސްކުރިންނެވެ. ދަރިފުޅަށް ނަންކިޔުމުގެ އެންމެކުރީގައި ހުރީ ފަޒްލާއެވެ. ދަރިފުޅުގެ ނަމަކަަށް ކީ އިވާން އެވެ. އައިވިން އާގުޅުވާފައެވެ. ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ނިތުގައި އައިވިން ބޮސްދިނެވެ. އެވަޤުތުވެސް އައިވިންއަށް އަނެއްކާވެސް އަތުގައި އަޅާފައި އޮތްގަޑިއަށް ބަލައިލެވުނެވެ. ނިތްކުރިއަށް ވެރިވި ރޫތަކާއެކު ދެބޮމަ ގޮށްޖެހިގެން ދިޔައީ މަންމަ އަކަށްވެ ހުރެ އެހާ ދަންވަންދެން ބޭރުގައި އުޅެން ޖޫން އަށް ކެރޭތީއެވެ. އައިވިން ގުޅަން މަސައްކަތް ކުރުމުންވެސް ޖަވާބު ލިބުނީ ފޯނު ނިއްވާލާފައިވާ ކަމަށެވެ. ވިހާ ގަދަވުމާއެކުހެން ޖޫން އޭނާގެ ކުރީގެ ދިރިއުޅުމަށް ރުޖޫޢަ ވެއްޖެއެވެ. މަންމައެއް އުފުލަން ޖެހޭ އެއްވެސް ޒިންމާއެއް ނެތްފަދައެވެ. އައިވިން އެންމެ ހައިރާންވަނީ ދަރިއަކު ބޭނުން ކަމަށްބުނެ ވާހަކަ ދެއްކުމަށްފަހު ޖޫން އެގޮތަށް ކަންތައް ކުރާތީއެވެ. ގޭގައި ހުންނަ ވަޤުތުވެސް އިވާން އަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ޖޫން ނުދެއެވެ. އެކަމާ ނުރުހި އައިވިން އެއްޗެކޭ ބުނާ ކޮންމެ ފަހަރަކު ޖޫން ރުޅިއައިސް ނުވަތަ ދެރަވެގެން ރޯން ފަަށައެވެ. އައިވިން އަށް އޭނާ ކުރާ އެއްވެސް ކަމެއް ކަމުނުދާ ކަމަށްބުނެއެވެ.ަ
އެއަށްފަހު އައިވިންގެ ފަރާތުން ސަމާލުކަން ހޯދަން ޖޫން މަސައްކަތް ކުރީ އޭނާގެ ހަށިގަނޑާއި ރީތިކަން ކުރިންވެސް ހުރިހެން ބެހެއްޓުމަށް މަސައްކަތް ކުރަން ޑައިޓް ކޮށް ޖިމަށް ދާން ފަށައިގެންނެވެ. އެހެނަސް ޖޫން އަށް ނުވިސްނުނު ކަމަކީ އެހުރިހާ ކަމެއްގެ ބަދަލުގައި އައިވިން ބޭނުންވަނީ އޭނާގެ ދަރިފުޅަށް ރަނގަޅު މަންމައަކަށް ޖޫން ވުމަށް ކަމެވެ.
ބުއްފުޅި ބޮމުންގޮސް އިވާން އަށް ނިދުމުން ކައުންޓަރުގައި ފުޅި ބެހެއްޓުމަށްފަހު އައިވިން ޓިޝޫއެއް ނަގާ ދަރިފުޅުގެ ތުންފަތް ފޮހެލިއެވެ. ވައި ލެއްވުމަށް ދަރިފުޅު މޭމަތީ ބާއްވާލުމަށްފަހު ބުރަކަށީގައި ވައް ބޮޅަކަށް އިނގިލިތައް ހިންގަމުން ދިޔައެވެ. އިރުކޮޅެއްގެ ތެރޭގައި މަޤުސަދު ހާސިލް ވުމުން އައިވިން ދަރިފުޅު ގެނެސް ކުޑަ އެނދުގައި ރީއްޗަށް ބާއްވާލިއެވެ.
********
ރިސޯޓުގެ މޫދު ފެންނަހެން ގޮނޑު ދޮށުގައި އިށީނދެލައިގެން އިން ޖޫންގެ މޫނުމަތިން ކޮންމެވެސް ފިކުރެއްގައި އިންކަން ހާމަވަމުން ދިޔައެވެ. އޭނާ އިށީނދެގެން އިން މާޙައުލާއި މާ ދުރު ނޫން ހިސާބެއްގައި އައުޓް ޑޯ ޕާޓީއެއް ކުރިއަށް ދަމުން ދިޔައެވެ. ޕާޓީ އޮތް ހިސާބު ވަށައިގެން ޖަހާފައިވާ އަލިފާން ގަނޑު ތަކާއެކު މާހަޢުލުވަނީ ހުޅުދާން ވެފައެވެ. ޑީޖޭ ޖަހަމުން ދިޔަ ރާގާއި އެއްވަރަށް ފައި ހަމަކުރެވޭތޯ ދެޖިންސު މަސްހުނިވެ މަސައްކަތް ކުރަމުން ދިޔައެވެ. އެމީހުން ލަވަމުންދިޔަ ހަޅޭކާއި ލަވައިގެ އަޑު ޖޫންގެ ކަންފަތައް ވެސް އިވި އިވި ހުއްޓެވެ.
ޖޫން އޭނާގެ ކޮނޑާ ދިމާއިން ވާތް ފަރާތަށް ބަލައިލީ މީހެއްގެ ހިލަން ވުމުންނެވެ. އޭރު ކައިރިއަށް އައިސް ހުއްޓުނު ޒުވާނާ އޭނާއެކޭ އެއްހަމައެއްގައި ވެލިގަނޑުމަތީ އިށީންނަނީއެވެ.
“ހާއި އޭންޖަލް..” ޒުވާނާ އިށީނދެ ހިނިތުންވެލަމުން ބުނެލި ބަސްކޮޅާއެކު ޖޫން ހައިރާންވިއެވެ. އެޒުވާނާއަކީ އޭނާ ދަންނަ މީހެއްވެސް ނޫނެވެ. އެހެނަސް އޭނާގެ ފަރާތުން ބީރައްޓެހި ކަމުގެ ކުޑަ މިންވަރެއްވެސް ފާޅެއްނުވެއެވެ. ޖޫން އަށް ބޭއިޚްތިޔާރުގައި އެ ޒުވާނާއަށް ރަނގަޅަށް ބަލައިލެވުނެވެ.
ފިރިހެންވަންތަ ކަން ހާމަވާ މޫނަކާއި އެސްފިޔަތައް ދިގު ދެލޮލެވެ. ކޮނޑާ ހަމައަށް ދިގު ކުރެވިފައިވާ އިސްތަށިގަނޑުގައި ގަދަ މުށިކުލައިން ހައިލައިޓް ކުރެވިފައިވެއެވެ. އަވީގައި ނުވަތަ މޫދުގައި ގިނަ އިރު އުޅުމުގެ ސަބަބުން އޮލަޅި ވެފައިވާ ހަންގަނޑެކެވެ. ލައިގެން އިން ހުދުކުލައިގެ ޕްލޭން ޓީޝާޓާއެކު ކުރު ސޯޓެއްގައި އިން އިރު ކަރުގައި ކަޅުކުލައިގެ ހިމަ ފަށެއް އަޅާފައިވާއިރު އަތުގައިވެސް އޭގެ އެއްޗެއް އަޅާފައި އޮތެވެ. ލައިގެން ހުރި އާދައިގެ ސާދާ އެއްޗިއްސާއެކުވެސް ޒޫވާނާގެ ރީތިކަން ޖޫން ގެ ލޮލަށް ކަސިޔާރުވެގެން ނުދިޔައެވެ.
“ ރުޅިއައީތަ އަހަރެން އެހެން ބުނީމަ؟” ޖޫން ޒުވާނާއާ ދުރަށް މޫނު އަނބުރާލުުމުން ބޯއަރިކޮށްލުމަށްފަހު އޭނާ އެއްސެވެ.
“ސޮރީ ރުޅިއައްޔާ.. އެކަހެރިކޮށް ތިހާ ރީތި ކުއްޖެއް އިނީމަ ލޮލުގަ އަޅައިގަތީ.. ފުރަތަމަ ފެނުމުންވެސް ހިތަށް އައީ ތީހަމަ އޭންޖަލް އެކޭ..” ޒުވާނާ އޭނާގެ ރަޙުމަތްތެރި ރާގުގައި ހާމަކުރިއެވެ.
އިސްޖަހާލައިގެން އިން ޖޫންގެ ހިތަށް ޝަކުވާގެ އިޙްސާސްތައް ވެރިވެގެން ދިޔައީ އެހިނދުއެވެ. ނުދަންނަ ބީރައްޓެހި ޒުވާނާވެސް އޭނާގެ ރީތިކަމަށް ތަޢުރީފު ކޮށްފިއެވެ. އެހެނަސް އެފަދަ ތަޢުރީފެއް އަޑުއިވުމަށް އެންމެ ބޭނުންވި އައިވިންގެ ފަރާތުން ޖޫން އަށް ފެނުނީ ބަސްމަދުކަމާއި އަޅާލުން ކުޑަ ކަމެވެ. ހާއްސަކޮށް އިވާން ލިބުން ފަހުން އޭނާ ހީކުރި ގޮތާ ޚިލާފަށް އައިވިންގެ ފަރާތުން އޭނާއަށް ލިބޭ ސަމާލުކަން ކުޑަވެއްޖެއެވެ. ގިނަ ވަޤުތު އައިވިން ހޭދަކުރަނީ އިވާން އާއެކުއެވެ. އެކަމާމެދު ހިތުގައި އުފެދިގެން ހަސަދަ ވެރިކަމާއެކު ދަރިފުޅު ދެކެވެސް ޖޫންއަށް ރުޅި އާދެވެން ފެށުނެވެ. ފަޒްލާގެ ބަހަށް ހެއްލި ދަރިއަކު ނުހޯދުން ނަމަ މާ ރަނގަޅުވީސްކަމުގައި ޖޫން އަށް ދެކެވެން ފެށުނެވެ.
“އަހަރެން މިހުރިހާ ވާހަކައެއް ދައްްކާއިރު އަނގައިންވެސް ބުނެ ނުލާނަންތަ.. އޭންޖަލް އެއްގެ އަޑުވެސް ހަށިގަނޑާ އެއްވަރަށް ރީތިވާނެކަން ޔަޤީން..” އަނެއްކާވެސް ޒުވާނާ އޭނާގެ ތަޢުރީފުގެ ބަސްތައް ޖޫންގެ ކަންފަތައް ވިރުވާ އަޅަމުން ގެންދިޔައެވެ.
“ބައިދަވޭ.. އަހަންނަށް ކިޔަނީ މިހްދާދް.. ރައްޓެހިން ކިޔާ އުޅެނީ ޑޭން.. މިހާރު ދެން މި ރަޙުމަތްތެރި ވެވުނީނު ދޯ..” ސަލާމަށް އަތް އުފުލާލަމުން މިހްދާދް ޖޫން އަށް ބަލައިލީ އޭނާގެ ފިރިހެންވަންތަ ހިނިތުންވުން އިޝްތިހާރު ކުރަމުންނެވެ.
ޖޫން ފުންކޮށް މިހްދާދްގެ މޫނަށް ބަލައިލުމަށްފަހު އޭނާގެ އަތުގައި ހިފާ ސަލާމް ކޮށްލިއެވެ.
******
“ކޮންތާކުން ތިއައީ..؟ ކީއްވެ ފޯނު ނިއްވާލައިގެން އުޅުނީ..؟“ ޖޫން ގެޔަށް އައިސް ވަނުމާއެކު އައިވިންގެ ސުވާލުތަކާ ކުރިމަތި ލާން ޖެހުނެވެ. އޭނާ ގެޔަށް އައީ ފަތިހު ހަތަރެއްވެސް ޖެހިފަހުންނެވެ. އައިވިންގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ޖޫން މިސްރާބު ޖެހީ ފާޚާނާއާ ދިމާއަށެވެ.
”ޖޫން..! އަހަރެން ކުރާ ސުވާލަކަށް ޖަވާބު ދީބަލަ.. ކުރިން އުޅުންހެން ޖޫނަކަށް ނޫޅެވޭނެއޭ އަހަރެން ބުނީމެންނު.. ނޭނގޭތަ އިވާން އޭނަ މަންމަ ހޯދަން އުޅޭނެކަމެއް..؟” އައިވިންގެ އަޑު ބާރުވެގެން ދިޔައިރު ހިފަހައްޓައިގެން ހުރި ޖޫންގެ އަތަށް ބާރު ވަމުން ދިޔައެވެ.
”އައިވިން.. އަތަށް ތަދުވެޔޭ.. ދޫކޮށްލާ.. އިވާން އާ މެދު ތިހާ ކަންބޮޑު ވަންޏާ ނެނީ އެއް އޭނަ ބަލަން ބެހެއްޓީމަ ވީނު.. ..” ޖޫން އޭނާގެ އަތް އައިވިންގެ ކިބައިން މިނިވަން ކުރަން މަސައްކަތް ކުރަމުން ރުޅިވެރިކަމާއެކު ބުންޏެވެ.
“ޖޫން ބޭނުންޙާ ގޮތަކަށް އިވާންގެ ކަންކަން ހަމައެއް ނުޖެއްސޭނެ.. އަހަރެން އޭރުވެސް ބުނީމެންނު އިވާންގެ ހުރިހާކަމެއް ހަވާލުކުރަން ނެނީ އެއް ނުގެންނާނަމޭ.. ޖޫން ބޭނުމިއްޔާ އިވާންގެ ކަންކަމުގަ ހެލްޕް ވާން މީހެއް ގެނެސް ދީފާނަން.. އެކަމަކު އިވާންގެ ބެލުމުގެ ހުރިހާ ޒިންމާއެއް އެހެން މީހަކު އުފުލާކަށް އަހަރެން ބޭނުމެއް ނޫން.. “ އައިވިން ޖޫންގެ އަތުން އަތް ދޫކޮށްލަމުން މަޑުމައިރި ކަމާއެކު ވާހަކަ ދެއްކީ ޖޫން އަށް ވިސްނޭނެކަމުގެ އުންމީދުގައެވެ.
“އަހަންނަށް އެނގޭ އައިވިން އަށް އަހަރެން ބޭނުންވާ އެއްވެސް ގޮތެއް ކަމުނުދާނެކަން ..އަހަންނަކީ އައިވިން އަށް އެއްވެސް ވަރަކަށް މުހިންމު މީހެއް ނޫނެންނު..” މައްސަލައިގެ ކުށްވެރިއަކީ އައިވިން ކަމުގައި ޖޫން ހާމަކުރަން މަސައްކަތް ކުރަމުންދިޔައެވެ. އައިވިން އަށް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ޖޫން ފާޚާނައަށް ވަދެ ދޮރު ތަޅުލިއެވެ.
ފެންމާގަނޑުން ވެހެމުންދިޔަ ފެންތަކުގެ ދަށުގައި ހުއްޓިގެން ހުރި ޖޫންގެ ވިސްނުން އަނބުރާ ރޭގެ ހަނދާންތަކަށް ދިޔައެވެ. މިހްދާދު އާއެކު ހޭދަކުރެވުނު ވަޤުތުތައް ހިތަށް އައުމާއެކު ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެމީހުންގެ ދެމެދުގައި އެފަދަ ގާތް ގުޅުމެއް އުފެދިގެންދާނެ ކަމަކަށް ޖޫން އުންމީދެއް ނުކުރެއެވެ. އެހެންނަމަވެސް އޭނާ ހީކުރި ގޮތާއި ޚިލާފަށް މިހްދާދް ވެގެން ދިޔައީ އޭނާގެ އިޙްސާސްތަކަށް ޤަދަރު ކުރި މީހަކަށެވެ. އިޚްތިޔާރަކާ ނުލާ އޭނާގެ ހަށިގަނޑު އެންމެ ރެއަކުން ފެނިދެނިވި ޒުވާނެއްގެ އަތްމައްޗަށް ދޫކޮށްލެވުނީ އެހެންވެއެވެ. ހައިރާންވާން ޖެހުނީ ޖޫން ޤަބޫލު ކުރަން ބޭނުން ނުވިޔަސް އެކަމުން ކުށްވެެރިކަމުގެ އެއްވެސް އިޙްސާސެއް އޭނާއަށް ނުކުރެވުމުންނެވެ. އޭގެ ބަދަލުގައި އަދިވެސް އެއްފަހަރު އެ ހިތްހަމަޖެހުން ތަޖުރިބާ ކޮށްލަން ޖޫންގެ ހިތް އެދެމުން ދިޔައެވެ. އައިވިންގެ ފަރާތުން ލިބެމުން ދިޔަ މާޔޫސްކަން ހިތުން ފޮހެލަން އެންމެ ރަނގަޅު އުކުޅަކަށް ޖޫން އަށް ވިސްނުނު ކަމަކީ އެއީއެވެ.
****
އުނިމާ ކޮމްލެކްސްގެ ދޮރުމައްޗަށް ކާރު ހުއްޓުމާއެކު އައިވިން ކާރުން ފައިބާ ކުރިމަތީ ފެންނަން ހުރި އުސް އިމާރާތަށް ބަލައިލިއެވެ. ތަޤުދީރު އޭނާއާ ކުރާ ސަމާސާއެއް ކަމެއް ނުވަތަ އިއްތިފާޤެއް ކަމެއް ނޭނގެއެވެ. އަނެއްކާވެސް އެ ހޮޓެލަށް އަންނަން އައިވިން އަށް މިވަނީ ޖެހިފައެވެ. އެ ހޮޓެލާ ގުޅުފައިވާ ޒޯޔާގެ ހަނދާން އާވުމާއެކު އެހިތް ބާރުމިނުގައި ތެޅެން ފެށިއެވެ.
ހޮޓެލަށް ވަދެގެން ދިޔަވަޤުތު ރިސެޕްޝަނުގައި ތިބި ކުދިންގެ އިތުރުން ބައެއް ފަރާތްތަކުގެ ނަޒަރު އޭނާއާ އަމާޒުވީ ނަމަވެސް އައިވިން ގެ ލޯ ދަތުރު ކުރަމުން ދިޔައީ އޭނާގެ ހިތް އެދެމުންދާ ސޫރަ ފެނޭތޯއެވެ. އެކިފަރާތް ފަރާތައް ކަޅި ހިންގަމުން އައިސް ޒޯޔާގެ ހިލަމެއް ނުވުމުން މާޔޫސްކަމާއެކު ލިފްޓަށް އެރުމަށްފަހު ދާން ބޭނުންވާ ފްލޯއަށް އައިވިން ފިތާލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މަންޒިލަށް ވާސިލު ވުމާއެކު އައިވިން ލިފްޓުން ފައިބައިގެން އައިސް ކޮޓަރިއެއްގެ ދޮރުމަތީ ހުއްޓެމުން ދޮރުގައި ޓަކި ޖަހާލިއެވެ. ދެތިން ފަހަރު ޓަކި ޖަހާލުމާއެކު ދޮރު ހުޅުވިގެން ދިޔައެވެ.
ދޮރުން ބޯ ދިއްކޮށްލި އިސްކޮޅުން ދިގު ޒުވާނާ އައިވިން ފެނުމާއެކު ފުޅާ ހިނިތުންވުމެއް ރައްދުކުރަމުން ސާފު އިނގިރޭސި ބަހުން ހާލު އަހުވާލު އޮޅުން ފިލުވާލިއެވެ. ރަންކުލައަކަށް ދާ އިސްތަށިގަނޑާއި ހުދު ދޮނެއް ލިބިފައިވާ ޒުވާނާގެ ހަންގަނޑުގެ ކުލައިންވެސް އެއީ ރާއްޖޭން ބޭރު ފަރާތެއްކަން ހާމަވެއެވެ. އައިވިންވެސް ހިނިތުންވެ ހުރެ ސުވާލަށް ޖަވާބު ދެމުން ސުވީޓްގެ ތެރެއަށް ވަދެގެން ދިޔައެވެ.
ބެންޖަމިން އަކީ އައިވިން ރާއްޖޭން ބޭރުގައި ކިޔަވަން ހުރި އިރު ލިބުނު ގާތް ރަޙުމަތްތެރިއެކެވެ. އޭނާ ރާއްޖެއައި ވާހަކަ ބުނުމުން އުފަލާއެކު އައިވިންވެސް ބައްދަލުކޮށްލަން އެއްބަސްވީ އެކުވެެރިޔާ ނުފެނި ގިނަ ދުވަސްތަކެއް ވެފައި ވުމުންނެވެ. ކަންދިމާކުރި ގޮތުން އެކުވެރިޔާ އައިސް ހުރީ އުނިމާ ކޮމްޕްލެކްސް ގައެވެ.
******
ދުވަސްވީ ރަޙުމަތްތެރިޔާއާ އެކު ވަޤުތު ހޭދަކޮށްލުމަށްފަހު އައިވިން އަނބުރާ ހިނގައިގަތީ ލިފްޓާ ދިމާއަށެވެ. ލިފްޓު އޭނާ ހުރި ފަންގިފިލާއަށް ހުއްޓުމާއެކު ދެފަރާތަށް ދޮރު ކެހިގެން ދިޔައެވެ. އެއްވެސް ޚިޔާލެއްނެތި ލިފްޓުގެ ތެރެެއަށް ވަންނަން އިސްއުފުލާލި އައިވިންގެ ފިޔަވަޅު ހުއްޓުން އެރީ ލިފްޓު ތެރޭގައި ހުރި ސޫރަ ފެނުމުންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







hey wonder sis… vrh reethi mi prt vx… lift threyga e hurii zoya thr? vrh hiivey… noonii vedhaane joon mihdhaadh aa ekkoh kamah vx dhw.. heheh nxt prt kiyaaliima dhen ingeynii… curiously waiting for the nxt prt
SH
SS
LYSM
Hai Nayaa. V ufaavejje mi bai ves dear ah kamudhiyaeema.. hingaa dhw lift thereyga ehury kaakuthoa balamaa.. next part In sha Allah avahah up kohleveythoa balaanan. U too stay safe.. lym?❤️
Hello sis
Masha Allah vrh sali Mi part vxx vrh sali ❤️❤️❤️
Keep it up sis ❤️❤️❤️❤️
Pis Aley joon vxxxx dhw???. Wow ivaan nice name ingey sis ❤️❤️❤️
Vrh sali stry Kuriah daaagoi vxxx❤️❤️❤️❤️❤️
Aivin Ah ekuhjaa fenuny Zoya dhw ❤️❤️❤️❤️❤️❤️❤️❤️Ale dhn kihineh baa vaany vrh curious❤️❤️❤️
Waiting for the next part ❤️❤️❤️
Love u sooo much sisoo❤️❤️❤️
Stay safe ❤️❤️and tvgc❤️❤️❤️
Hai Ril.. v ufaavejje mi bai ves kamudhiyaeema.. glad u liked the name dear. Hingaa dhw Aivin ah fenuny kaakuthoa balamaa.. In sha Allah next part avahah up kohleveythoa balaanan. u too b safe.. lym?❤️
Brwwwwwww dhoooniiiiiii…. Name badhalu kohllee ey mi foohi vegan… Ey dhooni migadee nethey maa Gina vaahak eh dhehkey kah… Mistake eh faahaga kohllaanan ngey dhooni gandooo
މަސްހުނި އެއް ނ ޖޫހަށް ނޫން މައްސުނި އިނގޭ ދޫނީ
Ey mi mahudhee thr mhdheedhu thr… Mi golaa mee azzey kahaal golaeh dhw????January mee Hama kail fahathun ulhunu manje… Kon nameh thr kiyanee…. Handhaaneh vx nethey…. Oh my godddd zoa aa anehkkka badhalu V dhwww… Yayyy
Hahaha nice name ReeshA coronA?
haha. Beynun gothakah hama nan kiyan vee? but dear when i checked dhivehi baskoshaaru it said މަސްހުނި and މައްސުނި both is correct. Let me know more abt it if u knw any information. Hingaa dhe eii zoa thw balamaa. B safe dear?❤️
Maasha allah .. mi baivx v salhi … joon e ulhey gothun v rulhi aadhey eba .. she’s acting so immature … and omg , haadha heeve ey lift ga zoya hunnaanehen … zoya and aivin badhaluvejjee v salhi vaane .. aaand the baby ivaan is so cute .. dhn inthizaaru kurevenee zaik and aivin ge scene akah … can’t wait for the next chapter ?? stay safe ?
Thank u so much imkko. V ufaavejje mi bai ves kamudhiyaeema.. hingaa dhw lift thereyga hury kaakuthoa balamaa.. Hama dear beynun vaakahala scene ehves fenidhaanw ingey kuriyah oihthaa.. im not going to spoil it? next chapter avahah up kohlan v masahkaih kuraanan.. u too stay safe?❤️