Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-53

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
April 3, 2021 5 Mins Read
5 Comments

އައިވިން އަށް ހީވީ ހުވަފެނެއްގެ ތެރޭގައި އުޅެވެމުންދާ ހެންނެވެ. ނޫންނަމަ އޭނާގެ ދެލޯ އަމިއްލަ ނަފްސަށްވެސް ކެހި ދެނީހެއްޔެވެ؟ އޭނާއާ ދިހަވަރަކަށް ފޫޓު ދުރުގައި ހުއްޓިލައިގެން އެހުރީ ޒޯޔާ ނޫން ދެވަނަ މީހެއް ނޫނެވެ. ހޮޓެލްގެ މަސައްކަތު ޔުނިފޯމުގައި ޒޯޔާ ހުރިއިރު “ފްރިންޖް” ހެއަރ ސްޓައިލަށް ކޮށާލެވިފައިވާ ހިތްގައިމު އިސްތަށިގަނޑު ގައިވަނީ ހުޅިއެއް ޖަހާފައެވެ. އައިވިންގެ ދެލޮލުން ފެނިގެން ދިޔަ ސިހުމާއި ހައިރާންކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކުޅަދާނަ ކަމާއެކު އޭނާ ވަންހަނާ ކޮށްލިއެވެ.
*******

ޒޯޔާގެ ދެލޯ އައިވިންގެ މޫނާ ކަސިޔާރުވެގެން ނުދިޔައެވެ. ހިނދުކޮޅެއްގެ ތެރޭގައި އައިވިންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ފެނުނު ނަމަވެސް އެދެލޯ ޒޯޔާއަކަށް އޮޅުވައެއް ނުލިއެވެ. އައިވިންގެ ލޮލުން ފެންނަމުންދިޔައީ ރިޙުމާއި ޝަކުވާގެ އަސަރުތަކެވެ. އެލޮލުގައި މައްސުނި ވެފައިވާ އިޙްސާސްތައް ފެނި ޒޯޔާއަށް ހިންދިރުވާލެވުނީ ގަދަކަމުންނެވެ. އައިވިންގެ ސޫރަ ގިނަދުވަސްތަކަކަށްފަހު ހަމަލޮލަށް ފެނުމުން އެހިތުގައި ފަސްއަޅާ ފޮރުވަން މަސައްކަތް ކުރަމުންދިޔަ އިޙްސާސްތައް ހޭލަން މަސައްކަތް ކުރަމުންދިޔައެވެ. ތުނިކޮށް ކޮށާލެވިފައިވާ ތުނބުޅިއާއެކު ކުރިއަށްވުރެ އައިވިންގެ ފިރިހެންވަންތަކަން އިތުރުވެފައިވާހެން ޒޯޔާއަށް ފާހަގަވިއެވެ. ނުވަތަ ގިނަދުވަސްތަކެއް ފަހުން ހިތުގައި އަބަދުމެ ރަސްކަން ކުރަމުންދާ ސޫރަ ފެނުމުން އޭނާއަށް އެގޮތަށް ސިފަވީއެވެ.

ޒޯޔާއަށް ހަމަހޭވެރިކަން ވެގެންދިޔައީ އެކުގައި މަސައްކަތް ކުރާ ކުއްޖެއް އޭނާގެ ނަމުން ގޮވާލުމުންނެވެ. ހޯލުތެރެއަށް ވަންނަމުން ދިޔަ އިތުރު މެޙެމާނުން ދައްކާލަމުން އެމީހުންނާ ހަވާލު ވުމަށް ޒޯޔާ ކުރެން އޭނާ އެދުނެވެ. ޒޯޔާ ބޯ ޖަހާލުމަށްފަހު އަނެއްކާވެސް އައިވިން ހުރި ދިމާއަށް އެނބުރުނެވެ. އެހެނަސް އައިވިންގެ އެއްވެސް ހިލަމެއް އެތަނުން ފެންނާކަށް ނެތެވެ. ހިތަށް ލިބުނު މާޔޫސްކަމާއެކުވެސް ހިތްވަރު ކުރަމުން ޒޯޔާ އޭނާގެ މަސްއޫލިއްޔަތާއިގެން ކުރިއަށް ދިޔައެވެ.
*******

ސަރުކާރުގެ ގިނަ އިސްވެރިންނާއި މަޖިލީހުގެ މެންބަރުންގެ އިތުރުން އެކި ޤައުމުތަކުގެ ސަފީރުން ހާޒިރުވި ޖަލްސާ ނިމިގެން ދިޔައީ ދަންވަރު ބާރަ ޖަހަން ކައިރިވެފައި ވަނިކޮށެވެ. ހޮޓެލްގެ ފަރާތުން ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައިވާ ބިލެއްމީރުކުރުމަށް އިންސާފުކުރުމަށްފަހު ހުރިހާ އިއްޒަތްތެރިންވެސް ހޮޓެލުން ނިކުތުމަށް މިސްރާބުޖެހިއެވެ. މީޑިއާގެ ފަރާތްތަކުން އެވަޤުތު ޖަލްސާގައި ދެކެވުނު ވާހަކަތަކާއި ބެހޭގޮތުން އެކި ފަރާތްތަކާއި ސުވާލުކުރަން މަސައްކަތް ކުރަމުން ދުވެފައި އައެވެ. ބޮޑީގަރޑުން އެފަރާތްތައް ދުރުކުރުމަށް މަސައްކަތް ކުރަމުންދިޔަ އިރު އެންމެންގެ ހިނގުންވެސް ވަނީ އަވަސްވެފައެވެ. ހޯލު ތެރޭން ކެމެރާތަކާއި މައިކުތައް ހިފައިގެން އެކި މީޑިއާތަކުގެ ބޭފުޅުން އައި އިރު ތަނެއް ދޮރެއް ވަކިވާ ވަރެއް ނޫނެވެ. ހާޒިރުވި އިއްޒަތްތެރިންނަށް ޢަލްވަދާޢު ކިޔުމަށް ދޮރު ކުރިމައްޗަށް ނިކުން ޒޯޔާއަށް ދެލޯ ބޮޑު ކޮށްލެވުނީ ތަނެއްފަޅާފައި ނަމަވެސް އެފަރާތެއް ބޭނުން ސުވާލެއް ކުރަމުން ހަލީ ހިނގުމުގައި އައި ނިއުސްކާސްޓަރުންތައް ފެނުމުންނެވެ. އެފަރާތްތައް ދުރުކޮށް ކޮއްޕަން މަސައްކަތް ކުރި ބޮޑީގާރޑުންގެ ކުރިމަތިލުމުގައި ޒޯޔާ އޭނާގެ ބެލެންސް ކޮންޓްރޯލް ނުކުރެވި އަރި އަޅާލާ ގޮތްވިއެވެ. ކައިރީގައި ހުރި ފާރުގައި އަތްޖައްސާލަމުން ހަށިގަނޑު ތެދުކޮށްލި ޒޯޔާގެ ދެލޯ މަރާ ބާރުކޮށްލެވުނީ ފަޔަށް ވީ ތަދުންނެވެ. ކުޑަ އުސްކައްޓެއް ލެވިފައިވާ ބޫޓަކަށް އަރައިގެން ހުރި ޒޯޔާގެ ފައިފުރުޅާލީއެވެ.

ބައިބޯ މީސްގަނޑުގެ ތެރެއިން ނިކުމެގެން އައި އައިވިން އަށް ޒޯޔާއަށް ވީގޮތް ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. އިޚްތިޔާރަކާ ނުލާ އެދިމާއަށް ދާން ފިޔަވަޅުވެސް އަޅާލެވުނެވެ. އެހެނަސް ދޮރުމަތީގައި އުފެދިފައިވާ ހަައިޖާނާއެކު އޭނާގެ ބޮޑީގަރޑް އައިވިން ކާރަށް އެެރުމަށް ތަން ހަދައިދިނެވެ. ކާރަށް އަރެމާއެކު ޑްރައިވަރު ކާރު ދުއްވާލި ވަޤުތުވެސް އައިވިން އަށް ކާރުގެ ބިއްލޫރިގަނޑުން ބެލެމުން ދިޔައީ ޒޯޔާގެ ސޫރަ ފެނޭތޯއެވެ.

ކާރު އާދައިގެ ދުވެއްޔެއްގައި ކުރިއަށް ދިޔައިރު އައިވިންގެ ހިތަށް ނުތަނަވަސްކަން ވެރިވަމުންދިޔައެވެ. ސީޓުގައި ހަމަޖެހިގެން އިށީނދެ އިނުމަށްވެސް އުނދަގޫ ވަމުންދިޔައެވެ. ޒޯޔާގެ މޫނުގައިވީ ކުލަވަރު އޭނާގެ ލޯ ކުރިމަތީ ސިފަވަމުން ދިޔައެވެ. ދެބޮމަ ކައިރިކޮށްލަމުން ލޯމަރާލި ގޮތުންވެސް ޒޯޔާގެ ފަޔަށް ވާނެ ތަދު އައިވިން އަށް ތަސައްވަރު ކޮށްލެވުނެވެ. ކިތަންމެ ވަރަކަށް އެ ޚިޔާލުތަކާއި ދުރަށްދާން މަސައްކަތް ކުރި ނަމަވެސް އޭނާގެ ހިތް އެދި ގޮވަމުންދިޔައީ ޒޯޔާއަށް އެހީވުމަށެވެ.

“ކާރު އަނބުރާލާ ހޮޓެލާ ދިމާއަށް..” އައިވިން އަށް ކެތްނުކުރެވުމުން އެންމެ ފަހުން ޑްރައިވަރުގެ ކިބައިން އެދުނެވެ. އައިވިންގެ ބަހަށް ކިޔަމަން ވަމުން ޑްރައިވަރު ކާރުގެ މިސްރާބު ބަދަލުކޮށްލިއިރު އައިވިންގެ ކެތްތެރިކަން ކޮޅުން ލަމުން ދިޔައެވެ.
******

ރަތްވެ ދުޅަވެފައިވާ ފައިގެ ތަނބިކައްޓަށް ބަލައިލަމުން ޒޯޔާއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. ފަޔަށް ލިބުނު ގެއްލުމާއެކު އެކަނި ހިނގާފައި ބަސް ސްޓޮޕާއި ހަމައަށް ނުދެވޭނެކަން ޒޯޔާއަށް ޔަޤީންވިއެވެ. އަދި ފަޔަށް ވެފައިވާ ގޮތެއް ބަލަން ޑޮކްޓަރަށް ދައްކަންވެސް ޖެހޭނެއެވެ. ޓެކްސީއަކަށް ގުޅަން މަސައްކަތް ކުރުމުންވެސް ވަޤުތުގެ ގޮތުން ޓެކްސީއެއް ލިބޭގޮތެއް ނުވިއެވެ. އިތުރު ގޮތެއް ނެތްމީހެއްފަދައިން ޒޯޔާ ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ.
******

ހޮޓެލްގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު އައިވިންގެ ހިތް އޭގެ އެންމެ ބާރު މިނުގައި ތެޅެން ފެށިއެވެ. ކާރުގެ ދޮރު ހުޅުވާލަން އަވަސްވެ ގަތް އައިވިންގެ ހަަރަކާތްތައް ކުއްލިއަކަށް ހުއްޓުނެވެ. ދޮރު ހުޅުވާލަން އަތްގަނޑުގައި ހިފަހައްޓާލި އަތް ތިރިކޮށްލެވުނެވެ. ހޮޓެލްގެ ދޮރުމައްޗަށް ހުއްޓުނު ސައިކަލުގެ ކުރީގައި އިނީ ފިރިހެނެއްކަން އައިވިން އަށް ޔަޤީނެވެ. އެހެނަސް އޭނާގެ މޫނު ފެންނަގޮތް ނުވީ ހެލްމެޓުން ބޮލާއި މޫނު ފޮރުވާލާފައި ވުމުންނެވެ. އައިވިންގެ ސަމާލުކަން އަތުލީ ޒޯޔާ ކޮރަމުން ކަހަލަ ގޮތަކަށް އައިސް ސައިކަލުގެ ފަހަތަށް އެއްފަރާތަކަށް އެރުމުންނެވެ. ޒޯޔާއަށް ސައިކަލަށް އެރުމަށް އެހީވުމުގެ ގޮތުން އެފިރިހެންމީހާ ޒޯޔާގެ އަތުގައި ހިފަހައްޓާލި ތަން ފެނުމުން އައިވިންގެ ލޭ ކެކިގެން ދިޔައެވެ. ސައިކަލު ނައްޓާލި އިރުވެސް އައިވިން އިނީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ޒޯޔާއާއި އެޒުވާނާއާ މެދު އޮތް ގުޅުމާމެދު ހިތުގައި ސުވާލު އުފެދުނެވެ. ހިތަށްވެެރިވެގެންދާ ކޮންމެ ނުބައި ޚިޔާލަކާއެކު އައިވިން އަށް އޭނާގެ އަތް މުށްކަވާ ބާރުކޮށްލެވެއެވެ.

އައިވިންއަށް އޭނާގެ ޚިޔާލުތަކުން ބޭރުވެވުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލި ވަޤުތު ނަޖުމާގެ ހާސްވެފައިވާ އަޑު ޖެހުމުން އައިވިންގެ ސަމާލުކަން އެކަމަށް ދެވުނެވެ.

“އައިވިން.. ހޮސްޕިޓަލަށް އާދޭ.. ޖޫން ބަނޑުގަ ރިއްސަން ފެށީމަ އެންބިޔުލެންސްގަ ހޮސްޕިޓަލަށް މިދަނީ..” ނަޖުމާގެ ވާހަކަ އާއެކު އައިވިންވެސް އިތުރު ސުވާލެއް ކުރުމެއްނެތި މިދަނީ ކަމުގައި ބުނެ ފޯނު ބޭއްވިއެވެ. އަދި ޑްރައިވަރުގެ ކިބައިން ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ދިޔުމަށް އެދުނެވެ.

އައިވިން އަށް ހޮސްޕިޓަލަށް ދެވުނު އިރު ނަޖުމާއާއި ފަޒްލާ ވިހާ ކޮޓަރި ކުރިމަތީ ތިއްބެވެ. ޒޯޔާގެ އާއިލާ މީހެއް ފެންނަން ނެތް ނަމަވެސް އައިވިން އަށް އެކަމުން ހައިރާންކަމެއް ނުލިބުނެވެ. މީގެ ދެތިން މަސް ކުރިން ޖޫންގެ މައިންބަފައިން ވަނީ ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލު ކޮށްފައެވެ. ޖޫންގެ ކަންކަމަށް އެމީހުން މާ ބޮޑު ފަރުވާލެއް ނުބަހައްޓާކަން ކުރިންސުރެވެސް އައިވިންއަށް ވަނީ އެނގިފައެވެ. ނުވަތަ ޖޫން އޭނާގެ މައިންބަފައިންނަށް އެގުޅުން ހަރުދަނާ ކުރުމަށް ފުރުސަތެއް ނުދެނީއެވެ. ނަމަވެސް އެއިން ކަމަކާ ގުޅޭގޮތުން އައިވިން ޖޫން އަކާ ސުވާލެއް ނުކުރެއެވެ.

އިރުކޮޅެއްފަހުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ޑޮކްޓަރު ނިކުތުމުން އައިވިން ހަށިގަނޑު ސީދާކޮށްލަމުން އެދިމާއަށް ބަލައިލިއެވެ.

”މަރުޙަބާ.. ދެމައިންގެ ހާލުވެސް ރަނގަޅު..” ޑޮކްޓަރުގެ ހިނިތުންވެފައިވާ މޫނު ފެނުމުން އައިވިންގެ ހިތަށްވެސް ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ. ކޮޓަރިއަށް ވަންނަން ފުރުސަތު ލިބުމުން އަައިވިން އެތެރެއަށް ވަނުމާއެކު ނަރުސް ކުއްޖާ އައިވިންގެ އަތަށް ދަރިފުޅު ލައިދިނެވެ. ދަރިފުޅުގެ ރަތްވެފައިވާ ތުއްތު ތުއްތު މޫނަށް އައިވިން އަށް ބަލައިލެވުނެވެ.

“ހަމަ ހީވަނީ އައިވިން ކުޑައިރުހެން.. އިސްތަށިގަނޑު ފިޔަވާ” ފަޒްލާ ކައިރީގައި ހުއްޓި މާމަ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ހާމަކުރިއެވެ. ފަޒްލާގެ ވާހަކަތަކަށް އައިވިންއަށް ހިނިތުންވެލެވުނެވެ. ދަރިފުޅުގެ ނިތްކުރީގައި ބޮސްދެމުން އައިވިން ދަރިފުޅު ކުޑަ އެނދުގައި ބާއްވާލިއެވެ. ޖޫން އޮތް އެނދާ ދިމާއަށް ނަޒަރު ހިންގާލި އިރު އޭނާއަށް އޮތީ ނިދިފައެވެ.
******

“ޑޮކްޓަރ ކީކޭތަ ބުނީ.. ވަރަށް ބޮޑުވަރު ވެފަތަ..؟” ޑޮކްޓަރަށް ދެއްކުމަށްފަހު ޒޯޔާ ގެޔަށް އައުމާއެކު ހާސްވެ ހުރެ ޝަބާ ސުވާލުކޮށްލިއެވެ.

”ނޫން.. ނަސީބަކުން މާބޮޑު ވަރެއްނުވެ.. ޑޮކްޓަރ ބުނީ ބަލައިގެން އުޅެފިނަމަ އެއް ހަފްތާ ތެރޭ ރަނގަޅު ވާނެއޯ..” ޝަބާގެ އެހީގައި ސޯފާގައި ޒޯޔާ އިށީނދެ ބެންޑޭޖް ކުރެވިފައިވާ ފައި ކޮފީ ޓޭބަލް މަތީ ބާއްވާލަމުން ބުނެލިއެވެ.

”ކޮބާ ޒައިކް.. ފަހުންވެސް ވަރަށް ރުއިތަ..؟” ކަމެއް ހަނދާންވި މީހެއް ފަދައިން ޒޯޔާ އަވަސް އަވަހަށް ސުވާލުކުރިއެވެ.

”ނޫން.. ވަރަށް އަވަހަށް ނިދައިފި.. ފަހުން ހޭލި އިރު އިނީ ވަރަށް ހަމަޖެހިފަ.. ވަރަަށް ރަނގަޅަށް ކައިގެން ދިހައެއް ޖަހަން އުޅެނިކޮށް ނިދީ..” ޝަބާގެ ވާހަކައާއެކު ޒޯޔާއަށް ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ. ޝަބާގެ އެހީގައި ކޮޓަރިއަށް ވަދެ އެނދުގައި އިށީންނަމުން އެކުވެރިޔާއަށް ޒޯޔާ ޝުކުރު އަދާކުރިއެވެ. ޝަބާ ހިނިތުންވެލަމުން ކޮޓަރިން ނިކުމެ ދޮރު ޖެހުމާއެކު ޒޯޔާ އެނދުގައި ނިދިފައި އޮތް ޒައިކް އަށް ބަލައިލިއެވެ. މަޢުސޫމުކަމުން ފުރިފައިވާ އެމޫނުގައި ބޮސްދެމުން ޒޯޔާ ހިނިތުންވެލިއެވެ. ނިދަން އަރާ އެނދުގައި އޮށޯވެލި ޒޯޔާގެ ދެލޯ ވަރުބަލި ކަމާއެކު މަރާލިއެވެ. އެހެނަސް ލޯމަރާލުމާއެކު ސިކުނޑީގައި ކުލަވެގެންދިޔަ އައިވިންގެ ތަސްވީރާއެކު ތުންފަތުގައިވީ ހިނިތުންވުން ގެއްލި ހިތްދަތިކަމުގެ ކުލަތައް މޫނުމައްޗަށް ވެރިވެގެން ދިޔައެވެ.

*******

ދޮރު ހުޅުވާލަމުން އެތެރެއަށް ވަތް އައިވިން ގެ އެއް އަތުގައި ކޮތަޅެއް ހުރި އިރު އަނެއް އަތުގައި އޮތީ މާބޮނޑި އެކެވެ. އަދިވެސް ނިދިފައި އޮތް ޖޫން އަށް ބަލައިލަމުން އައިވިން ކައުންޓަރު މަތީ ގެނައި ތަކެތި ބެހެއްޓިއެވެ. އޭނާގެ ހިތުގައި ޖޫން އާމެދު ލޯބި އުފެދިފައި ނުވިނަމަވެސް އޭނާގެ ދަރިފުޅު ދުނިޔެއަށް އައުމުގެ މެދުވެރިއަކީ އެއީއެވެ. ގެނައި މާބޮނޑި އާއި ޖޫން އަށް އެންމެ ކަމުދާ ކާތަކެތިން ޖޫންގެ މޫނަށް އުފާވެރިަކަން ގެނެސްދޭން އައިވިން ބޭނުންވިއެވެ.

ދަރިފުޅުގެ ރުއިމުގެ އަޑާއެކު އައިވިންއަށް އަވަސް އަވަހަށް ކުޑަ އެނދާ ދިމާއަށް ދެވުނެވެ. ފަރުވާތެރި ކަމާއެކު ދަރިފުޅު އުރާލަމުން ދެކޮޅަށް ހިނގާލީ ރުއިން ހުއްޓާލާތޯއެވެ. އެހެނަސް ފަހަރަކަށް ވުރެ ފަހަރެއް ރުއިން ދިޔައީ ބާރުވަމުންނެވެ. އެހިނދު ދަރިފުޅު އެއުޅެނީ ބަނޑުހައިވެގެންކަން އައިވިންއަށް ޔަޤީންވިއެވެ. އަވަސް އަވަހަށް އައިވިން ޖޫން ނިދާފައި އޮތް އެނދުގެ ކައިރީ ހުއްޓެމުން ޖޫންއަށް ގޮވާލިއެވެ.

“ޖޫން.. ދެން ހޭލަބަ.. ބޭބީ ބަނޑުހައިވެގެންނޭ އެރޮނީ.. ފީޑް ހިމް..” އައިވިން ދެތިންފަހަރަކު ޖޫން އަށް ގޮވުމުންވެސް ނުހޭލުމުން ތަންކޮޅެއް ބާރަށް ބުނެވުނެވެ.

ވަރުބަލި ގޮތަކަށް ދެލޯ ހުޅުވާލި ޖޫން އައިވިން އަށް ބަލައިލިއެވެ.

“ އަހަރެން ވަރަށް ވަރުބަލި.. އަދި އިރުކޮޅަކަށް ނިދާލަން ދީބަލަ.. މައިމީހާގެ ގާތުން ނޫނަސް ބޭބީއަށް ފީޑް ކުރާނެ ގޮތްގޮތް ހުންނާނެ..” އައިވިން އާ ފުރަގަސް ދެމުން ޖޫން ނިދިއަޑުން ބުނެލިއެވެ.

ފަހަތަށް އެނބުރި އޮތް ޖޫން އަށް ބަލަހައްޓައިގެން އައިވިންއަށް ހުރެވުނީ އިވުނު ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ. ކުޑަ ހިނދުކޮޅަކަށް އުރުގައި އޮތް ދަރިފުޅުގެ ރުއިމުގެ އަޑުވެސް އެ ކަންފަތައް ނީވޭފަދައެވެ.

”ޖޫން…” އައިވިން އަށް ލަސްލަހުން ޖޫންގެ ނަން ކިޔާލެވުނު އިރު އަޑު ނިކުތީ ޖެހިގެން ހުންނަ މީހާއަށްވެސް އަޑު އިވޭވަރަށްވުރެ މަޑުންނެވެ. އެ އަޑުގައިވާ ވޭނާއި ރިހުން އިޙްސާސްކުރެވުނު މީހެއްގެ ހިތް ޙަމްދަރުދީއިން ފުރިގެންދާނެކަން ޔަޤީނެވެ. އަތުގައި އޮތް ތުއްތު ދަރިފުޅު ގަޔާލާ ބޮނޑިކޮށްލި އައިވިންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 29

Next

ނިކަން ލޯބިން-34

Next
April 3, 2021

ނިކަން ލޯބިން-34

Previews
April 2, 2021

އަންނަންދެން ހުންނާނަން ލޯބިން 29

5 Comments!

  1. imkko says:
    April 3, 2021 at 1:38 pm

    Maasha allah .. mi baives v v v salhi … finally zoya and aivin meet vejje .. yehh .. and i feel so bad for the baby ..alhe ekm joon ehn hadhan heyo vaanee kihineh … dhn adhi aivin a zoya aa ehn meehaka eku fenigen misunderstand nuviyyaa kithamme haaves rangalhu .. cant’t wait for next chapter ???

    1. Wonder says:
      April 3, 2021 at 6:14 pm

      Thank u so much imkko. Ufaavejje mi bai ves kamudhiyaeema. Ikr! Joon is so not doing this right.. hingaa dhw dhn vaagotheh ves balamaa. Next episode avahah up kohleveythoa masahkaih kuraanan. B safe dear?❤️

    2. ReeshA CoronA Nonnie says:
      April 4, 2021 at 8:47 am

      Eyy imkkoooo… Thee Comedy land ge Imkko thr… Mee santhimariyanbeyyy

  2. ?Ril? says:
    April 3, 2021 at 7:39 pm

    Hello sisooo❤️❤️❤️
    Masha Allah vrh Sali mi part vxxx ❤️❤️❤️❤️
    Omg Zoya and aivin meet vee dhw wow❤️❤️❤️❤️❤️❤️❤️❤️
    I just hope demeehun guley thooo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Aivin and Zoya both love each other
    What !!!!!!!?????? How could Joon be so rahumukuda .???? Kuda kuhjakah ehn treat kureemaa Ril vrh dera vi ?????. Vrh sad vi poor baby and aivin dhn hadhaany kihineh baa . ??????????I guess Zoya will be a great mother for that baby . ❤️❤️❤️❤️
    Anyways waiting for next part ingey sisooo❤️❤️❤️❤️❤️❤️
    Stay safe and tvgc❤️❤️❤️
    Love u soo much❤️❤️❤️

  3. ReeshA CoronA Nonnie says:
    April 4, 2021 at 8:46 am

    Woderrr dhooniii… Vvv salhi mibai vx… Sorry for short cmnt… Alhey january amihlla dhari Eyyyy… Nikan zoa hen muraali vabala… Manjey anhenakah nuve ehnnu???Alhey zoa ah fenihjje Aivin yesss
    TC Dhooni

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-54←


All Right Reserved!