Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-51

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
March 24, 2021 4 Mins Read
5 Comments

“މީ ކޯއްޗެއް..؟” އައިވިންގެ އަޑާއެކު ޖޫން އަށް ސިހުން ގެނުވިއެވެ. އެ އަޑުން އެއްވެސް އަސަރެއް ފާޅުނުވާއިރު މޫނުމަތިންވެސް އެއްވެސް އިޙްސާސެއް ފާޅެއް ނުވެއެވެ.

“ތިއީ.. ބާތް ކޮންޓްރޯލް ޕިލްސް ..އެންނު” ޖޫން ގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ. އޭނާ ފަޟީހަތްވަނީ ކަމުގައި ނިންމަމުން ދެލޯ މަރާލިއެވެ.

“ދެން..؟ ޖޫން އެންނު އަހަރެން ކައިރީ ބުނީ ޤަވާއިދުން ބޭސް ކާ ވާހަކަ.. ޔޫ ޓޯލްޑް މީ ނޮޓް ޓު ޔޫސް އެނީތިންގް.. ޔޫ ޑިޑް.. ޔޫ ސެއިޑް ޔޫލް ޓޭކް ކެއަރ އޮފް އެވްރީތިންގް.. ދެން ވައި..؟” ފަހު އަކުރުތަކަށް ބާރުލަމުން އައިވިން ބުނެލި އިރު އޭނާގެ އަޑު ކޮންމެވެސް ވަރަކަށް ބާރުވިއެވެ. ނޭވާ ހިފަހައްޓާލައިގެން ހުރި ޖޫން އައިވިން އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. ރުޅިންފޯވެފައިވާ އައިވިންގެ ދެލޯ ފެންނާނެ ކަމަށް އުންމީދު ކުރެވުނަސް އެއާ ޚިލާފަށް ޖޫން އަށް ފެނުނީ އެދެލޮލުގައިވާ ވޭނާއި ޝަކުވާއެވެ. އަމިއްލަ ނަފްސު ދިފާޢު ކުރުމަށް ދައްކާނެ ވާހަކައެއް ނެތި ހިންދިރުވާލަމުން ޖޫން އަށް އިސްޖަހާލެވުނެވެ.

“އައި ވޯންޓެޑް އަ ޗައިލްޑް..އެހެންވެ ބޭސް ކެއުން ހުއްޓާލީ..” އިސްޖަހައިގެން ހުރެ ޖޫން ވާހަކަ ދެއްކިއެވެ.

“ތިވަރު ކަމެއް ޖޫން އަމިއްލަ އަށް ނިންމީ ކީއްވެ..؟ އަހަންނާ މަޝްވަރާ ކޮށްލުމެއްވެސް ނެތި.. ކުއްޖަކު ހޯދުމަކީ އެކަކު ބޭނުންވާހާއިރަކަށް ނިންމޭނެ ނިންމުމެއް ނޫނޭ.. އެއީ އެއަށްވުރެ ބޮޑު ކަމެކޭ.. ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދީ ރަނގަޅު ގޮތުގައި ބަލާ ބޮޑު ކުުރުމަކީ މައިންބަފައިންގެ ޒިންމާއެކޭ.. ޖޫން އެހުރިހާ ޒިންމާއެއް އުފުލަން ތައްޔާރުތަ..؟” އައިވިންގެ ސުވާލުތަކާއެކު ޖޫން ހާސްވާގޮތްވިއެވެ. އޭނާއަކީ ކުޑަ ކުއްޖަކު ގެންގުޅޭނެގޮތްވެސް އިނގޭ މީހެއް ނޫނެވެ. އެއިން އެއްވެސް ކަމަކާ ވިސްނާވެސް ނުލެވެއެވެ. އެހުރިހާ ކަމަކަށް ކަނު ލޮލެއް ދެމުން ޖޫން މަސައްކަތް ކުރީ އައިވިންގެ ހިތް ކާމިޔާބު ކުރެވޭތޯއެވެ.

“އަހަރެން… އައިވިން.. ބޭނުން ނުވެދާނެތީ ބުނަން ނުކެރުނީ… އައިވިންވެސް ދުވަހަކުވެސް މަސައްކަތް ކުރިންތަ އަހަރެން ބޭނުންވާގޮތް އުޅޮން ފިލުވާ އަހަރެންގެ އިޙްސާސްތައް ދެނެގަންނަން.. ދެމީހުންނެކޭ ދުރުހިލޭ ބަޔެކޭ ތަފާތެއް ނެތް.. އަމިއްލަ އަށް އިސްވެ އަހަރެންގެ ގައިގަ އައިވިން އިނގިލި ކުރި ޖައްސާލަންވެސް ފަސްޖެހޭ.. އަހަރެން މީ ނަޖިހެއްތަ..؟ މިއީ އައިވިންގެ ވެސް ކުށް .. ކައިވެނީގެ ފުރަތަމަ ކޮޅުން ފެށިގެންވެސް އައިވިންގެ ފަރާތުން އަހަންނަށް ލިބެން ޖެހޭ ސަމާލުކަން  ލިބުން ނަމަ މިހުރިހާ ކަމެއް ނުވާނެ.. އަހަންނަށް އަދިވެސް ޔަޤީން.. އައިވިން އަދިވެސް ބޭނުންވަނީ ޒޯޔާ.. އަހަރެންމީ އެއްވެސް މީހެއް ނޫން..” އެންމެ ފަހު ވަޤުތު ޖޫން އަކަށްވެސް މަޑަކުން ނުހުރެވުނެވެ. ހިތަށް އައި ހުރިހާ އެއްޗެއް ބޭރުކޮށްލެވުނު އިރު ޒޯޔާއާ މެދު ހިތުގައި އޮތް ޙަސަދަވެެރިކަންވެސް ހާމަކުރެވިއްޖެއެވެ. ކިޔުނު އެއްޗެހި ރެޔަކާލުމާއެކު ޖޫން އަށް ލަސްލަހުން އައިވިންގެ ލޮލަށް ބަލައިލެވުނެވެ.

ޖޫން ހާމަކުރި ވާހަކަތަކާއެކު އައިވިން އަށް ހުރެވުނީ ޝޮކެއްގައެވެ. ހޭވެރިކަން ލިބުނު ވަޤުތު އޭނާގެ މޫނުމައްޗަށް މާޔޫސްކަން ވެރިވެގެން ދިޔައެވެ. ޒޯޔާގެ ނަން ގަނެވުމާއެކު އެހިތަށް ލިބުނު ވޭން ދެގުނަ ވެގެން ދިޔައެވެ. އެހެނަސް ޖޫން ކުރިމަތީގައި އޭނާގެ އިޙްސާސްތަކަށް ތަންދޭކަށް އައިވިން ބޭނުމެއް ނުވިއެވެ. ދެލޯ މަރާބާރު ކޮށްލުމަށްފަހު ހުޅުވާލި އިރު އެދެލޮލުން ފެންނަމުންދިޔައީ ހުސްކަމެވެ. އައިވިން ޖޫންގެ ވާހަކަތަކަށް ރައްދު ދިނުމެއްނެތި ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. ސިޑިން އަރައިގެން އައިސް ސްޓަޑީ ރޫމްގެ ދޮރު ހުޅުވާލަމުން އައިވިން އެތެރެއަށް ވަނެވެ. ދޮރު ލެއްޕުމާއެކު ހަށިގަނޑުގައި ވަރުނެތްމީހެއް ފަދައިން ދޮރުބުޑުގައި އައިވިން އިށީނެވެ. ކަނާއަތު ފައި ކުރު ކޮށްލުމަށްފަހު ކަނާއަތް ތިލަ ކަކުުލުގައި އަޅުވާލިއިރު ވާއަތު ފައި އޮތީ މުށިގަނޑު މަތީ ދަމާލެވިފައެވެ. އިސްޖަހާލައިގެން އިން އިރު އިސްތަށިތައް ނިތްކުރި މައްޗަށް ތަރުތީބެއްނެތްހެން ވެރިފައި އޮތެވެ.

ދޮރުގައި މަޑުމަޑުން ފުއްކިބައިން ޖަހާލި އައިވިން އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރަމުން ދިޔައެވެ. ޖޫން ދެއްކި ވާހަކަތަކުގައި އެކުލެވިފައިވާ ބަރުދަން އޭނާއަށް އިޙްސާސްކުރެވެމުން ދާފަދައެވެ. ފިރިއެއްގެ ޒިންމާ ރަނގަޅު ގޮތުގައި އަދާ ނުކުރެވޭކަމުގެ ކުށްވެރި އިޙްސާސް އައިވިންއަށް ކުރެވެން ފެށުނެވެ. ޒޯޔާވެސް އޭނާ ދޫކޮށްލާފައިދިޔައީ އެހެންވެ ކަމުގައި ހިތްބުނަން ފެށިއެވެ. އަނެއްކޮޅުން ލިބެން އުޅޭ ދަރިފުޅާ މެދު ވެސް އައިވިން ކަންބޮޑުވެއެވެ. އަމިއްލަ ދަރިއެއް ލިބެން އުޅޭ ބައްޕައަކަށް އިޙްސާސްކުރެވޭ އުފާވެރިކަން އައިވިން އަކަށް ތަޖުރިބާއެއް ނުކުރެވުނެވެ. އެއާ ޚިލާފަށް އެހިތަށް ލިބިފައިވަނީ އިތުރު ވޭނާ ތަކުލީފެކެވެ.

*******

މާބަނޑު ދުވަސްވަރުގެ ފުރަތަމަ ތިންމަސް ޖޫން އަށް ވެގެން ދިޔައީ ބޮޑު ވޭނަކަށެވެ. ހޮޑުލެވުމާއި ބޯ އެނބުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު ފަހަރުތައް ގިނައެވެ. އައިވިންވެސް ގިނަ ވަޤުތު ޖޫން އާއެކު ހޭދަކޮށް ޖޫން ބޭނުންވާ ހުރިހާކަމެއް ކޮށްދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ކޮންމެ ގޮތަކަށް ކަންތައް ވެގެން ގޮސްފައިވީނަމަވެސް ޖޫންގެ ބަނޑުގައި އަށަގަންނަމުން އެދަނީ އޭނާގެ ވެސް ލެއެވެ. ވީ އެއްވެސް ކަމަކާ ހިތްހަމަ ނުޖެހި އެދަރިފުޅަށް ބައްޕައެއްގެ ފަރާތުން ލިބެން ޖެހޭ އަޅާލުން އުނިވެގެންދާކަށް އައިވިން ބޭނުމެއްނޫނެވެ. ފަޒްލާވެސް އަބަދުމެ ޖޫން އަށް އެހީވުމުގަޔާއި އޭނާ ފޫހިފިލުވައި ދިނުމުގައި ހޭދަކުރަމުންދިޔައެވެ. ލިބެން އުޅޭ މާމަދަރިފުޅަށްޓަކައި ކެތްމަދުވެފައިވާކަން މަންމަގެ ޢަމަލުތަކުން އައިވިން އަށް ދޭހަވެއެވެ. އެހުރިހާ މަންޒަރަކުން އެހިތަށް އުފާވެެރިކަން ލިބުނު ނަމަވެސް ހިތުގެ ކަނަކުން ޝަކުވާއުފެދުނެވެ. މަންމަ ޒޯޔާއާމެދުވެސް ޖޫން އާމެދު ކަންތައް ކޮށްދޭ ބީދައިން އަމަލުތައް ބެހެއްޓިނަމައެވެ. ޒައިކް އަކީވެސް މާމަ ދަރިއެއްގެ ގޮތުގައި ބަލައިގަނެ ލޯބިދިން ނަމައެވެ. އެހެންކަންތައްވި ނަމަ މިއަދު އޭނާގެ ކައިރީ ޒޯޔާ ހުރީސް ބާވައެވެ؟ އެފަދަ އެތަކެއް ޚިޔާލާއެކު އައިވިންގެ ހިތަށް ތަދުވަމުން ދިޔައެވެ.

*******
ޒައިކް ނިންދެވުމަށްފަހު ޒޯޔާ އެނދުން ތެދުވެލަމުން ހަމަޖެހިލިއެވެ. ދުވާލުގެ ވަޤުތުގައި ބުރަކޮށް އުޅުމުގެ ސަބަބުން ހަށިގަނޑު ވަރުބަލިވެފައިވީނަމަވެސް އެދެލޮލުގައި ނިދީގެ އަސަރެއް ނުވެއެވެ. ނިދަން އޮށޯތަސް އަވަހަށް ނުނިދޭނެކަން އެނގިހުރެ ޒޯޔާ މިސްރާބު ޖެހީ ސިޓިންގް ރޫމަށެވެ.

އަނދިރިކަން ވެރިވެފައިވާ ސިޓިންގް ރޫމުގައިވަނީ މަރުފަދަ ހަމަހިމޭންކަމެވެ. ގަނޑިން ބާރަ ޖަހާ ބޮޑުވެފައި ވުމުން އެގަޑީގައި ޝަބާމެންވެސް ވާނީ ނިދަންވަދެކަން ޒޯޔާއަށް ވިސްނުނެވެ. ބޮކިތައް ދިއްލުމުގެ ބަދަލުގައި ޒޯޔާ ސޯފާގައި އިށީނދެ ރިމޯޓު އަތަށް ނަގާ ޓީވީ ހުޅުވާލިއެވެ.  ދެފައިކުރުކޮށްލަމުން ސޯފާގައި ޒޯޔާ ލައްވެލިއެވެ. އެހެނަސް ޓީވީއިން ފެނިގެންދިޔަ މަންޒަރުން ޒޯޔާއަށް ދެލޯ ބޮޑުކޮށްފައި ހަށިގަނޑު ސީދާކޮށްލެވުނެވެ.

ދުވަހަކީ މިނިވަން ދުވަސްކަމުން ރާއްޖޭގެ ޗެނަލްއަކުން ދައްކަމުން ދިޔައީ ސަރުކާރުން ބޭއްވި މިނިވަންދުވަހުގެ ޚާއްސަ ޖަލްސާއެވެ. ކަންދިމާކުރި ގޮތުން ޒޯޔާއަށް ޓީވީ ހުޅުވާލެވުނީ ޖަލްސާ ނިމިގެން ދިޔަވަޤުތުއެވެ. ޒޯޔާގެ ލޯ އަޅައިގަތީ ޖަލްސާ ނިންމާލުމަށްފަހު ބައިވެރިވި އެންމެހާ އިއްޒަތްތެރިން ސަލާމްޤަލާމް ކޮށް އެބައެއްގެ ކާރާ ދިމާއަށް މިސްރާބުޖެހި ވަޤުތު ފެނުނު މޫނަކުންނެވެ. ގަދަ ރަތްލޭ ކުލައިގެ ގަމީހާއި ކަޅު ޓައީ އާއި ކޯޓު ފަޓުލޫނުގައި ހުއްޓިލައިގެން އެހުރީ އައިވިން ނޫން އިތުރު މީހެއް ނޫނެވެ. ކެމެރާގެ ފްލޭޝްތަކުގެ އަލި އެޅެމުންދިޔަ އެމޫނުގައި ވީ ލުއި ލުއި ހިނިތުންވުން ފެނި އަންހެންކުދިންގެ ހިތްތައް ވިރިގެންފައިބާނެކަން ޔަޤީނެވެ. މުޅި މާޙައުލުންވެސް އެރީތިކަން ފާޅުވަމުންދާފައެވެ.

ޒޯޔާގެ ހިތަށް އެނގުންވެލި ވަޤުތު އެދެލޮލުގައި ބޭޤަރާރުކަން އެކުލެވިފައިވިއެވެ. އެހެނަސް ދެން ފެނުނު މަންޒަރުން ޒޯޔާގެ ހިތް ގެނބިގެންދިޔައެވެ.

އައިވިން ދިއްކޮށްލި އަތުގައި އެހިފީ ޖޫން ނޫން ދެވަނަ މީހެއް ނޫނެވެ. ރަތްކުލައިގެ ވިދުމެއްހުރި އަގުބޮޑު ހެދުން ޖޫންގެ ނިކުމެފައިވާ ކުޑަ ކުޑަ ބަނޑާއެކު ހަށިގަނޑާ ނުހަނު ގުޅެއެވެ. ބަލާލާމީހަކަށް އެ ދެމީހުންނަކީ ދުނިޔެއިން އެންމެ ގުޅޭ އެންމެ ރީތި ޖޯޑުގެ ގޮތުގައި ފެންނާނެކަން ޔަޤީނެވެ. އެމަންޒަރު ފެނުނު ޒޯޔާގެ ހިތަށްވެސް ވެރިވީ އެފަދަ އިޙްސާސްތަކެކެވެ. އެއާއެކު އޭނާގެ މަޖުބޫރީ ހާލަތު ލޯ ކުރިމަތީގައި ސިފަވެގެން ދިޔައެވެ.

*******

ހެނދުނުގެ ވަޤުތެވެ. ނިދިފައި އޮތް ޒޯޔާއަށް ހޭލެވުނީ ފޯނުގެ ރިންގުގެ އަޑާއެކުއެވެ. މަޑުމަޑުން އެސްފިޔަތައް ހަރަކާތް ކޮށްލަމުން ޒޯޔާ ދެ ލޯ ހުޅުވާލިއެވެ. އެނދުގެ ހުސްކޮށް އޮތްފަޅި ލޮލުގައި އަޅައިގަތުމާއެކު ޒޯޔާ ތެދުވެ ގަޑި ބަލައިލިއެވެ. ހެނދުނު ހަތެއް ޖެހީއެވެ. ރިންގް ވަމުންދިޔަ ފޯނުގެ މަތިން ޒޯޔާ ހަނދާން ވީވެސް ދެނެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު އިވިގެން ދިޔައީ ފަޒްލާގެ އަޑެވެ.

“ޒޯޔާ.. އަހަރެން ބޭނުން ޒޯޔާއާ ބައްދަލު ކޮށްލަން.. މިގަޑީގަ ވާނެތަ..؟” އެއްވެސް އަސަރެއްނެތް އަޑަކުން ފަޒްލާ ބުނެލިއެވެ. އެހެނަސް ފަޒްލާގެ އެދުމާއެކު ވަޤުތުން ޒޯޔާ ހާސްވާގޮތްވިއެވެ.

ޒޯޔާގެ ޚަބަރެއް ނުވުމުން ފަޒްލާ ދެވަނަ ފަހަރަށް ޒޯޔާގެ ނަމުން ގޮވާލީ ތަންކޮޅެއް ބާރަށެވެ.

”އެ..އެންމެ ރަނގަޅު..” ފަޒްލާ އިތުރަށް ރުޅި އައުމުގެ ކުރިން އަވަަހަށް ޒޯޔާ ބުނެލިއެވެ.

”ރަނގަޅު.. އާދޭ އަހަރެން އެޕާޓްމެންޓަށް.. އެއްވެސް މީހެއްކައިރި ނުބުނެ އަންނާނީ.  އައިވިން ކައިރީވެސް..” ޒޯޔާގެ ނިތަށް ރޫތައް ޖަމާވެގެން ދިޔައެވެ. އެއްވެސް މީހަކަށް އެނގުމެއްނެތި ފަޒްލާ އޭނާއާ ބައްދަލު ކުރަން ބޭނުންވަނީ ކީއްވެބާއެވެ؟ އެކޮޅުން ފޯނު ކަނޑާލުމާއެކު ޒޯޔާއަށް ފޯނަށް ނަޒަރު ހިންގާލެވުނެވެ. އައިވިންގެ ފަރާތުން އައިސްފައި އިން މެސެޖު ފެނުނީ ދެނެވެ. ކުޑަ ކަމެއް ޖެހިގެން ބޭރަށް ދާން ޖެހުނީކަމުގައި ބުނެ ރަނގަޅަށް ކައިގެން ހުރުމަށް  މެސެޖުގައި އެދިފައި ވިއެވެ. ޒޯޔާއަށް އިރުކޮޅަކު މެސެޖަށް ބަލަހައްޓައިގެން އިނދެވުނެވެ. އައިވިން ކައިރީ ނުބުނެ ފަޒްލާގެ ކައިރިއަށް ދިޔުން އެއީ އެންމެ ރަނގަޅު ނިންމުން ކަމުގައިވެދާނެ ބާވައެވެ؟ އެހެނަސް ފަޒްލާގެ ނިންމުމާ ދެކޮޅު ހަދާނެ ހިތްވަރެއްވެސް އޭނާގެ ކިބަޔަކު ނެތެވެ. މައިދައިތަގެ ރުހުން ހޯދުމަށް ޒޯޔާގެ ހިތްވަނީ ފެންބޮވައިގެންފައެވެ. އައިވިން އާއި ފަޒްލާގެ ދެމެދުގައި އެޅިފައިވާ ބޯފާރުގެ އަސްލަކީ އޭނާކަމުގައި ހިތަށް އަރާ ކޮންމެ ފަހަރަކު ކުށްވެރި އިޙްސާސްތަކުން އެހިތް ފުރާލައެވެ. އެހެންކަމުން ދެމައިންގެ ގުޅުން އަނބުރާ އިއާދަ ކުރުމަށްޓަކައި ކޮންމެ ކަމެއް ކުރަން ވެސް ޒޯޔާ އެހުރީ ތައްޔާރަށެވެެ. އެޚިޔާލާއެކު އަވަސް އަވަހަށް އެނދުން ތެދުވަމުން ޒޯޔާ ފާޚާނާއަށް ވަނީ ފަޒްލާގެ ކައިރިއަށް ދިޔުމަށްޓަކައި ތައްޔާރު ވުމަށެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

އަބަދުވެސް ލޯބިވާނަން

Next

ގެއްލުނު އެކުވެރިޔާ 2

Next
March 25, 2021

ގެއްލުނު އެކުވެރިޔާ 2

Previews
March 24, 2021

އަބަދުވެސް ލޯބިވާނަން

5 Comments!

  1. Lailac Baby says:
    March 25, 2021 at 7:12 am

    Alhey zoyaa nudhaathi????e fazlaa e ulhenee zoyaaa ah knmvs landeh dheyn ???zoa alhe aivin kairee buneba????alhe aivin ah june ge baby ge father akee ehn meeheh kn avahah engeyne nama dhw??? waiting for aivin nd zoya’s reunion ????? remember this my dear friend ??? hopefully ill alway surport ur stor

  2. Lailac Baby says:
    March 25, 2021 at 7:12 am

    Alhey zoyaa nudhaathi????e fazlaa e ulhenee zoyaaa ah knmvs landeh dheyn ???zoa alhe aivin kairee buneba????alhe aivin ah june ge baby ge father akee ehn meeheh kn avahah engeyne nama dhw??? waiting for aivin nd zoya’s reunion ????? remember this my dear friend ??? hopefully ill alway surport ur stories ?? never lose hope ??? learn from ur mistakes???my best wishes are with you ??? stay safe ?? and tc

  3. ?Ril? says:
    March 25, 2021 at 7:15 am

    Hello sis ❤️❤️❤️❤️
    Vrh sali Mi part vxx vrh sali ❤️❤️❤️
    Masha Allah keep it up sis ❤️❤️❤️
    Aleyyyy vrh dera vey aivin sad vefaa hunaathy ??❤️❤️❤️❤️
    Omg Zoya dhakaalaafi dhw Mi part gaaa long time Ah fahu dhw. ❤️❤️❤️❤️Vrh miss vi Zoya aa zaik mathin. ❤️❤️❤️❤️????Aleyyy Sis aivin and Zoya guluvaachey. ❤️❤️❤️❤️❤️❤️❤️Vrh foohi vey Mi fazla aa joon deke. ?????
    Heyo koh veee Aaa fazla Zoya Ah force kuree aivin aa duruvaan vrh foohi ?????????
    Btw dhw in part ah waiting ingey Sis ❤️❤️❤️
    Love u so much ❤️❤️❤️
    Stay safe and take care sis❤️❤️❤️☺️☺️

  4. Lailac Baby says:
    March 25, 2021 at 1:40 pm

    Hey wonder do u wanna dm mee????if so i could send u my mail ???

  5. imkko says:
    March 25, 2021 at 5:42 pm

    Mi baives v reethi .. maasha allah … and alhe ekm v dheravey eba aivin ehaa sad vefa hunnaathee and anehkolhun zoya vx hunnanee ehaa dhera vefa … ekm fazla dhn mihaaru keebaa kuran e ulhenee alhe adhivx kurevunu varu kudavegen … but i just hope fazla, zoya ah divorce paper eh nudhene kamah … avaha aivin and zoya reunion vaan varah beynunnnn … adhi zaik mathin vx v miss vey eba … zaik and aivin ge scene evves fennaane kamah unmeedhu kurevey … btw cutiously waiting for the next part ????

Comments are closed.


All Right Reserved!